ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

ސިޔާސީ ޕާޓީތަކުން އަދާކުރަން ޖެހޭ ދަރަނި އަދާކުރުމަށް އެއްވެސް މިންވަރަކަށް ފައިސާ މަދުވާ ނަމަ، އެ މަދުވާ އަދަދެއްގެ ފައިސާ ދެއްކުމުގެ ޒިންމާ އުފުލާނީ އެ ދަރަނީގެ މުއާމަލާތް ހިންގިއިރު، ޕާޓީގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ތިބި މީހުން ކަމަށް ކަނޑައަޅަން ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

މިއިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރެވެ.

އާމިރު މިފަދަ އިސްލާހެއް ހުށަހެޅުއްވިއިރު އިދިކޮޅު ޕީޕީއެމް ވަރަށް ބޮޑަށް ދަރަނިވެރިވެފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި އެޕާޓީގެ މަގާމުތަކުން ކުރީގެ ރައީސް ޔާމީން ވަކިކޮށް ޕާޓީ ކުރީގެ ރައީސް މައުމޫނާއި ހަވާލުކުރަން ކޯޓުން ޙުކުމް ކުރާނެ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އާމިރުގެ އިސްލާހުތައް ފާސްވާފަހުން ޕީޕީއެމް މައުމޫނަށް ލިބުނު ނަމަވެސް ދަރަންޏަށް ޒިންމާ ވާން ޖެހޭނީ ޔާމީނެވެ.

މިހާރު އޮންނަ ގޮތުން ޕާޓީތަކުގެ ދަރަންޏަށް ޕާޓީތައް ހިންގަން ތިބި މީހުން ޒިންމާ ވާކަށް ނުޖެހެއެވެ.

އާމިރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ޕާޓީ ހިންގުމުގައި އާއި ޕާޓީން ހިންގާ އެއްވެސް ހަރަކާތަކާ ގުޅިގެން މާލީ އަދި ޖިނާއީ އިލްތިޒާމެއް އުފުލަން ޖެހޭ ފަދަ އެއްވެސް ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެފަދަ އެންމެހައި ޒިންމާއެއް އުފުލަން ވާނީ އެފަދަ ކަމެއް މެދުވެރިވުމުގެ ސަބަބު އުފަންވިއިރު، ޕާޓީ ހިންގަން ތިބި މީހުން ކަމަށެވެ.

ސިޔާސީ ޕާޓީއެއްގެ ނަމުގައި ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަންޏެއް ނުދައްކާ ނަމަ، އެ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ އިން ދަރަނި ކަނޑާލެވޭ ގޮތަށް ވެސް ޤާނޫނު އިސްލާހު ކުރަން އާމިރު ވަނީ ހުށަހަޅުއްވާފައެވެ.

ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި އާމިރު ވިދާޅުވީ ރާއްޖޭގެ އަދުލުއިންސާފު ގާއިމު ކުރުމާއި ހައްގުތައް ރައްކާތެރި ކުރުމުގެ ސިފަތަކަކީ ސިޔާސީ ޕާޓީގެ ގާނޫނުގެ ތެރެއިން ކޮންމެހެން ވެސް އޮންނަން ޖެހޭ ސިފަތަކަކަށް ވާތީ ކަމަށެވެ.

އާމިރު މަޖިލީހަށް ހުށަހެޅުއްވި އިސްލާހުތައް ފާސްކުރެވޭ ހިސާބަށް ދާނީ އަންނަ ދައުރުގައި ކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޕާޓީގެ ދަރަނި ވެރިމީހާގެ ބޮލުގައި އަޅުވާއިރު އެޚަރަދުކުރި އަހަރުގެ ނުވަތަ ދަރަނިވެރިވެގެން ހޯދި އިންވެސްޓެއްގެ ފައިދާ ކޮންފަރާތަކަށްބާ؟

    ތިބުނީ 2018 ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ބޮޑު ޚަރަދެއްކޮށް ޕާޓީ ތިއޮތީ ދަރަނިވެރިވެފައި އެޕާޓީން އެޚަރަދުކުރީ ސިޔާސީ ޕާޓީތަކަށް ދައުލަތުންދޭންޖެހޭ ފައިސާއަށްވުރެ ބޮޑު ނުވާވަރަށް ޕާޓީގެ ދަރަނި ތިއޮތީ ދައުލަތުގެ އިހުމާލުންޕާޓީއަށް ޙައްގުވާ ފައިސާ ނުދިނުމުން މިޙަލަތުގައި ޕާޓީގެ ދަރަންޏަށް ޒިންމަވަންޖެހޭނީ ކޮމިޝަނުގެ ރައިސްނޫން ދެންކާކުތޯ އަދި ރައިސްމައުމޫނަށް ޕާޓީގެ މިލްކުވެރިކަން ބަދަލުކުރުމުން ކޮމިޝަނުން އެފައިސާ މައުމޫނަށް ދުކޮށް ޕާޓީ ދަރާފައިއޮވެ ދަރަނި އަދަކުރުން ނޫންކަމަކަށް މައުމޫނު އެފައިސާ ބޭނުން ކުރުމީ ތިއިސްލާހުން މަނާކުރަނިވި ކަމަކަށް ނުވަނަމަ ދެން ދައްކާނެ ވާހަކައެއްނެތް ޕާޓީ ދަރާއޮތްނަމަ އެދަރަނި އޮތީ ޕާޓީގެ ރައިސް ނޫނީ ލީޑަރުގެ އަމިއްލަބެނުންމަކަށް ކޮށްފައިއޮތް ޚަރަދަކުންކަމަށްނުވާނަމަވެސް ދައްކާނެ ވަހަކައެއް ނެތް ޒާތީ ސަބަބަކަށްޓަކައި މިއަދު ތިއިސްލާހު ފާސްކުރެވިދަނެ ތިއީ ބާޠިލު އިސްލާހެއް

  2. ތިޔަ ފަދަ ގާނޫނެއް ނުހެދިކަމުގައި ވިޔަސް މިހާރުވެސް އެފަދައިން ޒިންމާ ކުރުވައި ހުކުމް ކުރެވިދާނެ!

  3. ޒާތީވިޔަސް ތީބޮޑުވަރު ތީކަނޑައެލިގެން ވަކިމީހަކައްޖެއްސުން ކުރުމުގެނިޔަތުގަކުރިކަމެއ

  4. ތި ކަމަކީ ކޮންމެހެންވެސް ކުރަންޖެހޭ އަދި ޖެހިފައިވާ ކަމެއް. ޕާރޓީ ތަކަށް ދޫކުރާ ފައިސާ އެޕާރޓީގެ އިސްވެރިން ތަކެއް ކާލާ ހުސްކުރުމަށްފަހު ބިލް ކުރާ ގޮތައް ހުރިހާ ކަމެއް ކޮއްފައި ބިލް ތަކަށް ފައިސާ ދައްކަން ވީމާ ފައިސާ އެއް ނުހުރޭ. ވީގޮތެއް ނޭގޭ. މިއީ އަރަތެންނު.

  5. މިސަރުކާރާއި މަޖިލީސްމެންބަރުން ވެއްޖެނޫން ތަންކޮޅެއް ޒިންމާދާރުވާން، ވަކިމީހަކަށް އަމާޒުކޮށް ކަންކަން ކުރުމުގެ ބަދަލުގައި!

  6. ހުރިހާތަނަކުން މައުމޫނަށް 30 އަހަރުގެ ރަންމެޑެލް. ޑީ އާރު ޕީ އިނދަޖައްސާލާ ބޮޑު ދަރަންޏަކާއެކު ތަސްނީމަށް ތަބަކަކުން ޙަވާލުކުރުމުން ޕާޓީބް އެސޮރު ރެކިގަނެ އެމްޑީޕީއާއި ގުޅުމުން އަލަށް ޕާޓީއާއި ހަވާލުވި ކާނަލް ހުރިހާ ދަރަންޏަކާއި ޙަވާލުވެ ދެއްކީ. މިހާރު މި އޮތް ނާއިންސާފު އަދުލުން މައުމޫނަށް ޕީ ޕީ އެމް ދޭނެތީވެ އެޕާޓީގެ ހުރި ދަރަނިތައް މިހާރު ހިންގަން ހުރި މީހަކަށް. ޥަރަށް ހެއްވާ

  7. ޕީޕީއެމް އަށް ދޭންޖެހޭ ފައިސާ ހިފަހައްޓާފަ އޮތްމައްސަލަ ހިފައިގެން ކޯލިސަންގެ ކޮރަޕްޓް ކޯޓަށް ދާންފެނޭ ނޫންނަމަ މުޒާހަރާއަށް ނުކުންނަންވި