އާޓިފިޝަލް ބީޗު ސަރަޙައްދުގައި ކުރި މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފުލުހުން ކުރަނީ - ވަގުތު އިމޭޖަސް: އަމީން ހުސައިން ފަހުމީ

މިރޭ އިދިކޮޅު ފަރާތްތަކުން ސަރުކާރު ހުއްޓުވަން "ހުއްޓުވާ"ގެ ނަމުގައި މުޒާހަރާއެއް ރާވައިފިއެވެ.

އިދިކޮޅުން ބާއްވާ މުޒާހަރާ އޮންނާނީ މިރޭ 20:30 ގައި މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގައެވެ.

މިއަދު ކުނޫޒުގައި އިދިކޮޅު އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ހުއްޓުވާ" މި ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއަށް ވަަނީ ދިވެހި ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

"އެނގިވަޑައިގަންނަވާނެ ދިވެހިރާއްޖޭގެ ދައުލަތް މިއޮތީ ޔާމީންގެ މުށުތެރޭގައި. ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަމެއް ނެތް. ދަރުބާރު ފެކްޝަންގައި ތިބި ހުރިހާ މެމްބަރުންގެ ހަތަރެސްފައިގައި އެތިބީ ބިޑިއަޅުވާފައި. ހަމައެއާއެކީގައި ގައުމުގެ ވެރިއަކަށް ހުންނެވި ބޭފުޅާ މިވަނީ ކޯޓުތަކުގެ ތެރެއަށް އަތް ބާނާފައި. މިނިވަން މުއައްސަސާތައް މިވަނީ ހައިޖެކްކޮށްފައި. އަދި ހަމައެއާއެކީގައި އެނގިވަޑައިގަންނަވާނެ، ޣައިރު ގާނޫނީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކޮށް ހާލަތުގެ ދަށުން ކަމަށްބުނެ ޣައިރު ގާނޫނީ ގޮތުން އެތަކެއް ދިވެހި ރައްޔިތުންނެއް މިވަނީ ހިފާ ހައްޔަރު ކުރެވި ޖަލަށް ލެވިފައި." މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާއިން ހުރިހާ ބާރެއް ލިބިދީފައި ވަނީ ދިވެހި ރައްޔިތުންނަށް ކަމަށްވާއިރު ރާއްޖޭގައި ހިނގަމުންދާ ހުރިހާ ޣައިރު ގާނޫނީ އަމަލުތަކެއް ހުއްޓުވުމުގެ ބާރުވެސް އޮތީ ދިވެހި ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް މިގޮވާލަނީ މި ޣައިރު ގާނޫނީ އަމަލުތައް، މި ޣައިރު ގާނޫނީ ކަންކަން ހުއްޓުމަކަށް ގެނައުމަށް ތިބޭފުޅުން އަޅުގަނޑުމެންނާއެކީ ނުކުމުވަޑައިގަތުމަށް އަޅުގަނޑުމެންގެ ދިވެހި ހުރިހާ ރައްޔިތުންނަށް ދައުވަތު މިދެނީ މިރޭ ޗާންދަނީ މަގު ކަންމައްޗަށް މިރޭ 8:30 ދިވެހި ހުރިހާ ރައްޔިތުން ނުކުމެވަޑައިގަތުމަށް." އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ މިޙާރުވެސް އަތޮޅުތެރެއިން މުޒާހަރާއަށް މާލެއަށް އެތައް ބަޔަކު އައިސްފައިވާ ކަމަށެވެ. އަދި މިހާރުވެސް މާލެއަށް އެތައް ބަޔަކު ދަތުރު ކުރަމުންދާ ކަމަށް އޭނާ ވިދާޅިވިއެވެ.

އޭނާ މިހެން ވިދާޅުވިއިރު އިދިކޮޅު ފަރާތްތަކުން އަތޮޅު ތެރެއިން މީހުން ގެނައުމަށް ޓިކެޓާއި ފައިސާ ދޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެކަމާ ބެހޭގޮތުން "ވަގުތު" އިން ސުވާލު ކުރުމުން މެމްބަރު އަލީ ހުސެއިން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މުޒާހަަރަކާތަކަށް މީހުން ގެންނަނީ ބަޔަކަށް މުސާރަ ދީގެން ނޫން ކަމަށެވެ.

މި މުޒާހަރާއިން ނެރެން ބޭނުންވާ ނަތީޖާއަކީ ކޮބައިތޯ "ވަގުތު" އިން ސުވާލު ކުރުމުން އެކަމަށް އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވެއެވެ. އަދި ރައްޔިތުންގެ ބާރު ބޭނުން ކުރުން އެންމެ ރަނގަޅީ މުޒާހަރާއެއްގައިތޯ ނުވަތަ އިންތިހާބެއްގައި ތޯ ސުވާލު ކުރުމުންވެސް އެކަމަށް ވަނީ ޖަވާބު ލިބޭ ގޮތް ނުވެފައެވެ.

އިދިކޮޅުން މިރޭ މުޒާހަރާ ބާއްވަން ނިންމާފައިވާއިރު އަންނަ ހުކުރު ދުވަހުވެސް ބޮޑު މުޒާހަރާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. ޕީޕީއެމްއިން އިއްޔެ ތުހުމަތުކޮށްފައި ވަނީ އެ މުޒާހަރާއަކީ ވެރިކަން ވައްޓާލުމަށް ކުރިއަށް ގެންދާ މުޒާހަރާއެއް ކަމަށެވެ.

އިދިކޮޅުން މުޒާހަރާތައް ރާވަމުންދާއިރު މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވިދާޅުވީ ގާނޫނު ނެގެހެއްޓުމަށް ފުލުހުން ތިބީ އެކަތިގަނޑެއްގެ ގޮތުގައި ތައްޔާރަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބިލް ތަސްދީގުކޮށްފި، އަނެއްކާވެސް ބޮޑު ބަހުސަކަށް ދިޔައީ ކަމަށް ބަޔެއް މީހުންނަށް ހީކުރެވުނު ނަމަވެސް އެކަން އެހެން ނުވާނެއޭ އެއްވެސް ބަހުސް އެއް ނޯންނާނެއޭ މިކަމުގައި ބޮޑު އެއް ބަހުސް އޮންނާނީ ބަހުސް އޮޅާލާ ތަމެން ރަންރީނދުލޭ މެން. އޫމް އޫމް މަމެން ނުދެކެމޭ އެންޓިޑިފެކްޝަން ހާ ރީތި އުފާވެރި ގްލޯވިންގް ގެނެސް ދޭ ގާނޫނެއް އޫމް އޫމް އައި ނެވަރ ސީން އިޓް ޝައިންސް ސޯ ބްރައިޓް މަމެން ލުކިންގް ފޯރ އަ ލިޓިލް ޕީސް އޮފް މައިންޑް ފްރޮމް އެންޓިޑިފެކްޝަން ގާނޫނު ދޯ. ގާނޫނު އިން ދަ އޯޓަމްބްރީޒް ދިސް ބިއުޓީ ބައި މައި ސައިޑް. އައި ނެވަރ ފޮރގެޓް ދަވޭ ދިސް އެންޓިޑިފެކްޝަން ގާނޫނު ލުކްސް ލައިކް އިޓްސް އެމޭޒިންގް އެން ފްލޯލެސް ދޯ.

  2. ޙާލުގެ ދުލުން

    ސަރުކާރު ހުއްޓުވަން ނިކުންނަ ނަމަ އެވާނީ މުޒާހަރާ އަކަށްނޫން އެވާނީ ބަޣާވާތަކަށް.

  3. ސަރުކާރު ހުއްޓުވަން ކުރާނީ ބަޣާވާތް އެއީ މުޒާހިރާއެއްނޫން

  4. "ހުއްޓުވާ"ގެ ނަމުގައި މުޒާހަރާ ކުރާނީ ގާނޫނީ އިމުގެ ތެރެއިން އެހެންވީމަ އެމުޒާހަރާ ހުއްޓުވާނީ ޕޮލިނުން މަގުތަކުގަ ކާރުބާރު ބޮޑުވީމަ

  5. ބައްޔެއްނު! އަމީތުމެން ރިޝްވަތުކެއީމާ އަހަރެމެން ނުޖެހޭ އަމީތުގެ ދިފާޢުގައި ނުކުމެ ހަލާކުވާކަށެއް!