ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް މީގެކުރިންވެސް އެތައް ތުހުމަތެއް ކޮށްފައިވާކަމަށާއި އެހެންނަމަވެސް އެއްވެސް ކަމެއް މީގެކުރިންވެސް ސާބިތުކޮށްދެވިފައި ނުވާކަމަށާއި ހަމަ އެފަދައިން މިހާރުވެސް ކުރަމުންދާ އެއްވެސް ކަމެއް ސާބިތު ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީން މިހެން ވިދާޅުވީ، ޕީޕީއެމްގެ ބައެއް މެންބަރުންނަށް މަޖިލިސް އިންތިޚާބުގެ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޚާއްޞަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަބަދުވެސް ސަރުކާރެއް ބަދަލުވެގެންދާއިރު ކަތިލެވިގެންދާނެ ކިތަންމެ ބަޔަކު ތިބޭނެ. ބޮޑަށް އަންނާނީ ތުހުމަތު. އެތުހުމަތުތައް ކުރާނެ އަބަދުވެސް. އަޅުގަނޑުވެސް މިއީ ވަރަށް ގިނައިން ތުހުމަތުތަކުގެ ތެރޭގައި އުޅުނު މީހެއް ދެއްތޯ. ކޮން ކަމެއްތޯ ސާބިތު ކުރެވުނީ. އަޅުގަނޑު މިއަދުވެސް ޗެލެންޖު ކޮށްލާފައި މި ދަންނަވަނީ. އެއް ކަމެއްވެސް ސާބިތެއް ނުކުރެވޭނެ." ޔާމީން ވިދާޅުވިއެވެ.

ޔާމީން މިރޭ ވިދާޅުވީ އެހެން ފަރާތްތަކަށް ތުހުމަތުގެ އިނގިލިތައް ދިއްކުރުމުގެ ކުރިން އެފަރާތްތަކުގެ ތެރޭގައި ހުރި ކޮރަަޕްޝަނުގެ މައްސަލަތައް ހައްލު ކުރުން މާރަނގަޅުވާނެ ކަމަށެވެ.

"އެއަށްވުރެ މާ ރަނގަޅުވާނެ ފުރަތަމަ އެބޭފުޅުންގެ ތެރޭގައި އެބޭފުޅުންގެ ހައުސް ކީޕިން މައްސަލަތައް ސާބިތު ކުރިއްޔާ. ކޮރަޕްޝަނުގެ މައްސަލަތައް ހައްލު ކުރާކަމަށް ވަންޏާ ފުރަތަމަ އެބޭފުޅުންގެ ތެރޭގައި ހުރި މައްސަލަތައް ހައްލު ކުރައްވާ." އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ، ތަހުގީގު ކުރަންވީ ވަކި ތާރީޚަކުން ފެށިގެން ހިނގާފައިވާ ކަންތައްތައް ނޫންކަމުގައިވެސް ޔާމީން ވިދާޅުވިއެވެ. އެގޮތުން، އެމްޑީޕީގެ ސަރުކާރުގައި ފަޅުތަކާއި ރަށްތައް ދެވިފައިވާ ގޮތްތަކާއި ރައީސް މައުމޫނުގެ ވެރިކަމުގައި ހިނގި އެފްޕީއައިޑީގެ ކޮރަޕްޝަނުގެ މައްސަލަވެސް ބަލާ، އެކަމުން ފައިދާވީ ކޮން ބަޔަކަށްތޯވެސް ބަލަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކީއްވެގެންތޯ ވަކި ތާރީޚަކުން ފެށިގެން މައްސަލަ ބަލަންވީ. ދިވެހި ރައްޔިތުންގެ ޚަޒާނާ އަށް ވަންނަންވާ ފައިސާ ވަންނަން ވާނީ ވަކި ތާރީޚަުން ފެށިގެންތޯ. އެއަށްވުރެ މާ ކުރިން ހުރި މައްސަލަތައް ބަލަންވީ ނޫންތޯ. ފަޅުތަކާއި ރަށްތަކާ ދެވިފައި ހުރި ގޮތްތައް ބަލަންވީ ނޫންތޯ. އަދި މީގެ ކުރީގައި ހިނގާފައި ހުރި އެފްޕީއައިޑީގެ ކޮރަޕްޝަނާ އަދި އެފްޕީއައިޑީގެ ކޮރަޕްޝަނުގެ ތެރޭގައޮ އޭގެން ކޮން ބަޔަކަށްތޯ ފައިދާވީވެސް ކޮން ބަޔަކަށްތޯ ބަލަންވީނުންތޯ." ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި ހިނގި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ހާއްސަ ކޮމިޝަނެއް އުފައްދައިގެން އާސަރުކާރުން ގެންދަނީ މަސައްކަތްތަކެއް މިހާރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ޏ

  ާސަަަަަަަބަަސް

 2. ގަޓުބެ

  ކަލޭ މީހުން ހައްޔަރުކޮށް ޖަލަށް ލީ ސާބިތުވެގެންތަ؟

 3. ޜިޒާ

  މި ނޫނަސް ދުވަހެއް އެބައޮތް. އެދުހުކުން އަހަރުމެން ބަލާނަން އިރާދަކުރެއްވިއްޔާ.

 4. ވާރޭ

  ސާބަހޭ ރައީސް ޔާމީން ތީމިދިވެހިރާއްޖޭހައި އުފެދުނު ވަރުގަދަ ފަހުލަވާނެތް ، ހިތްވަރުގަދަ ލީޑަތެއް ތީބަޠަލެއް ކުރިއަށް ވަޑައިގަންނަވާ ސާބަހޭ، ސާބަހޭ

 5. ގައްޑާ

  ދަ ގައްޑާ ވިއްޔަތީ.... ގަޓުބެ.... ސަޅިބައިސާ.. ކަންކަން ބެލި ސާބިތުވާނެ ދުވަހެއްވެސް އަންނާނެ....

  • އައްޑޫ މީހާ

   ކެންނާރި ދަންނަ ނުދަނުދަންނަ މާފަތް އެދުރު ކަލޭގެ ހަދާހާދޮގު އެއީ ތެދުކަމަށް ހަދަނީ ކޮންބައެއް އެކަން ފަޅާއަރާ ދުވަހެއްވެސް އެބައޮތް ދީނަށް ކުރާ ފުރައްސާރަ ބެލޭނެ ދުވަސް ވެސް އެބައޮތް

 6. ހަރީ

  ސާބަހޭރައީސްޔާމީންސުކުރިއްޔީ

 7. ނަގޫރޯޅި

  އާ ސަރުކާރު ހުވާކުރިފަހުން މޑޕގެ ހަފްލާއެއްގެތެރޭން ރާއްޖޭގަ ވަރައްނަން ހިނގާ ޔާމިންއާއި ދެކޮޅު ވަކީލަކާ ދިމާވެގެން ތިވާހަކަ ކުޑަކޮއްއާހާލިން. އޭންދިނީ ވަރައް ކުރުޖަވާބެއް. އަބްލޯގާޒީ ހައްޔަރު ކުރިވީޑިޔޯ އެންމެ ކުޑަކުއްޖާއައް ވެސް ފެންނާނެ. އެކަމު މިހާރު ކޯޓުން އެނިންމީ އޭރުގެ ސިފައިންގެ ވެރިޔާ ރައީސުލް ޖުމްހޫރިއްޔާ، ޢޭރުގެ ޑިފެން މިނިސްޓަރު ތޮލްހަތް، އޭރުގެ މާލޭ ކޮމޯނޑަރ ޑީޑީ، އެކަކުވެސް ކުއްވެރި ނުވާކަމައް. އެކަމު ސިފައިން ގޮސް ހައްޔަރު ކުރީ. އެހެންވީމަ ޔާމިންވެސް ކުއްވެރި ވާނެގޮތެއް ނެތީމަ އަމިއްލަ ކޮމިށަނެއް ހަދާ އަމިއްލަޔައް މައްސަލަ ބަލަން އެޢުޅެނީ، އޭރުން ކޮންމެ ގޮތެއްވިޔަސް ކުއްވެރިވާނެ. މިބުނިއެއްޗެއް ވިސްނިއްޖެއެއްނު. އެވަރުން ފުއްދާލާ. މީ އޭނަ ދިން ޖަވާބު.

 8. އަލްޖިބްރާ

  ކަލެއަށް ތުހުމަތު ކުރާކަށް މީހެއްގެ ނުވަތަ ބައެއްގެ ހެކިބޭނުމެއް ނުވޭ ! ކަލޭތިހިރީ ހިންގި ހުރިހާޖަރީމާތަކަކަށް އަމިއްލައަށް އެއްބަސް ވެގެން ! އެތަން ކަލެއަށް ދައްކާލާނަން !

  • އައްޑޫ މީހާ

   ވަރަށްބޮޑު ތެދެއް މުޅި ރާއްޖެއަށް ބަލާލީމަ ހެކި ފެންނާނެ ބުރިޖް ނަރުދަމާ އާއި ސަފު ބޯފެނާއި އެއަރޕޯޓްތަށް ހޮސްޕިޓާތަށް ތަރައްގީކުރިވަރުން އެހެރީ ހެކި

 9. ކެޔޮޅު

  ސާބަހޭ ރައީސް ޔާމީނު އަހަރެމެން އަދިވެސް މަނިކުފާނު ރައީސް ކަމައް ގެންނާނަން إنشاءالله ،

 10. ޗިއްލޫ

  އެމީހުން ވެރިކަމަށް އައީ މޮޔަ ރައްޔިތުމީހާ އިތުރަށް މޮޔަހައްދާފަ، ހެއްވާކަމަކީ މިމީހުންގެ ވެރިކަމުގަ ހިންގި ޖަރީމާތައް ބެލުމެއްނުވޭ، ރައްޔިތުން މިމީހުން ޖަހާބެރަކަށް ނަށާނެކަމަށް ހީކުރުން ބުއްދިވރިއެއްނޫން! މައުމޫނުގެ ވެރިކަމުގަ ހިންގި ކަރަޕްޝަނާއި އަންނިގެ ވެރިކަމުގަ ހިންގި ކަރަޕްޝަންވެސްބަލަންޖެހޭނެ!

 11. ގޯތިބެ

  ވަރަށް ތާއީދު. މީހުން މަރާލެވި ގެއްލުވާކެވި، ބޮޑެތި ލޫޓުވުމާ ފޭރުމާ އެތައް ބައިވަރު ޖަރީމާއެއް ހިނގައިފި. ކިހާވަރަކަށްތޯ ހީފައި ސާބިތުވެފައި ހުރީ؟ނޫނީ ހޯދަންފެށި ވަކި މީހަކާ ހިސާބަކުން ހުއްޓެނީ؟ އެހެނެއް ނޫން ނިދާ ގޮދަޑިދަށުން ލައްކައިން ފައުސާއާ ބައެއް ވައްތަރުގެ ޕެންޑްރައިވްއާ ފޯއްވަޅި ފަދަ ތަކެތި ފެނި "ދިހަވަރަކަށް ޓެރަރިސްޓުން"ގެ ކުށް ސާބިތުކުރެވުނު. އެފެންވަރުގެ އިންޓެލިޖެންސީއަކާ ކޯޓް ސިސްޓަމުވެސް އޮތީމަ ދެއްތޯ؟

 12. ތިލަދުންމަތި

  މިދުނިޔޭގަ ވަގުކަލޭ ގެއައް ހުރެވިދާނެ ތިހެން ބުނެފަ .މާދަމާ ޔާމީނު ސިއްރު ކުރާނި ކޮން ފަރާތަކަށް.

 13. އައްޑޫ މީހާ

  ހުސްނާ ސުއާދު ކޮމިޝަނުން ސާބިތު ކުރާނެ ޔަގީން އެކަމަކުވެސް މަޖިލިިހުން ހަދާ ގާނޫނަކުން ސާބިތު ކުރާނީ ހެއްކާއި ގަރީނާއަކަށް ނޫން ބަލާނީ ބޮޑުމަންޒަރު މިހާރުވެސް ފެންނަކަހަލަ

 14. ޖުނައިދު

  ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އިނގޭ އެއްވެސް ކަމެއްވެސް ސާބިތެއް ނުކުރެވޭނެކަން.އެއަށްވުރެން މާ ވަގަށް ވިއްޔާ އެކަންތައްކޮށްފަހުރީ.ދަށުންތިބި މީހުންލައްވާ އެކަންތައްކޮށްފަހުރީ.އެންމެފަހު ވަގުތު އެމީހުންގެ ބޮލަށް ކަނޑާލީ.ރައްޔިތުންގެ ތާއީދު ހޯދުމަށާއި ކެމްޕެއިނަށް ދައުލަތު ކުންފުނިތަކުން ސުމާރެއް ގަމާރެއް ބަލާނުލާ ޚަރަދުކުރިއިރު އެތަންތަނުގެތިބި ވެރިންހިތަކަށްނާރާ މިނޫންދުވަހެއް އައިސްދާނެކަމަކަށް.އަދި ވެރިޔަކަށްހުރީ ކާކުކަން.އައިއޭއެސް،ފެނަކަ،އެމްޓީސީ،އެމްޕީއެލް.މީރާ މިތަންތާގެ ވެރިންނަށް ތިބިމީހުންނަށް ރަނގަޅު ފިލާވަޅެއް ލިބިއްޖެނުން.