ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަލާކު ކޮށްލި ސިއްރު ފެންފުށީގެ ގެލެރީ އަލުން މަރާމާތުކޮށް ބުދުތަކާއި އެކު އަނެއްކާވެސް އެތަން ހުޅުވުމުގެ ފުރުސަތު އެބައޮތް ކަމަށް ކަނޑު އަޑީގެ ތަފާތު ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ "ޑީޕް ބްލޫ" ގައި ބުނެފިއެވެ.

އިނގިރޭސި ވިލާތުގެ އާޓިސްޓެއް ކަމަށްވާ ޖޭސަން ޑިކެއާސްގެ ޚިޔާލާ އެއްގޮތަށް އުފެއްދި މި ގެލަރީ ގާއިމް ކުރީ ސިއްރު ފެންފުށީގެ ފަޅުތެރޭގަ އެވެ. މޫދުގެ ދިރުންތަކާއި އިންސާނުންނާ އޮތް ގުޅުން ދައްކުވައިދޭ ތަނެއް ކަމަށް ބުނެ ހެދި ގެލެރީގައި އިންސާނުންގެ ސޫރަ ސިފަވާގޮތައް ހަދާފައި ހުރި ބުދުތައް ނަގަން ކުރީގެ ސަރުކާރުން އެންގުމުން ސިއްރު ފެންފުށިން އެތަކެތި ނުނެގުމުން ފުލުހުން ކޯޓު އަމުރެއް ހިފައިގެން ގޮސް ވަނީ އެބުދުތައް ހަލާކުކޮށްލާފައެވެ.

ސިއްރު ފެންފުށީގައި، ބުދުތައް ބަހައްޓާފައި ހުރީ ހަ މީޓަރު ހުންނަ ދަގަނޑު ފޮއްޓެއްގައެވެ. އޭގެ ތަންތަންގަނޑު ކަނޑައިގެން، ފެނާއި ވައި ދައުރު ވާނެ ގޮތަށް ހަދާފައިވާ މި ފޮށީގެ ބޮޑުބައި ހުންނަނީ ފެނުން މަތީގަ އެވެ. ބިޔަ މި ފޮށީގެ މަތީގައި ވެސް ބުދުތައް ބަހައްޓާފައި ހުރި އިރު، ފޮށީގެ އެތެރޭގައި، ދެ ފެން ދޭތެރެ އާއި މޫދު އަޑީގައި ވެސް ބުދުތައް ހުއްޓެވެ.

ސިއްރު ފެންފުށީގައި އަލުން ބުދުތައް ބެހެއްޓުން އެކަށީގެންވާ ކަމަށް ބުނެފައިވާ ވެބްސައިޓްގައި އެކަމާއި ގުޅޭ ތަފްސީލެއް ދީފައެއް ނުވެއެވެ. އަލުން ބުދުތައް ބެހެއްޓުމާއި ގުޅޭގޮތުން މިހާތަނަށް ރިސޯޓުން ވެސް އަދި ސަރުކާރުން ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ސިއްރު ފެންފުށީގައި ބުދުތައް ބެހެއްޓުމުން ދީނީ އިލްމުވެރިންނާއި ގިނަ އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް ސަރުކާރަށް އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބުއްޅަބޭ

    ތުބުޅި އިމްރާނަކަށް ލާހުކެއްނޫން އެއްޗެއްބުނާކަށް މިފަހަރު!

  2. ތިލަދުންމަތި

    ބަލަގަ ފިހާރަތަކުގަ އެހުންނަނީ ބަހައްޓާފަ ކޮންއެއްޗެއްސެއް ތޯ؟

    • އަނެއް ދިވެހިރާއްޖެއޯ

      ޔާމީން ސަރުކާރުގަ އެކަން ކުރީމަ ކަލެއަށް ގޯސްވި. އެކަމަކު އިބޫ ވެރިކަމުގަ ގިނަ ގިނައިން ބުދު ބެހެއްޓިޔަސް އޯކޭ ދޯ

    • އަހަރެން

      އޭ ބީތާޔާ... ފިހާރައިގަ ހުންނަ ބުދުވެސް ކަޑަ... އެކަމު އެޔާ އެޔާ އެއްފަދަ ނޫން ދޯ...

  3. އަސްލަމް

    ބުދުބެހެެއްޓުމަށްފަހު އެތަން ހުޅުވުމަށް ޑރ އިޔާޒް އިލްޔާސް އަދި ޒައިދު އައް ދައުވަތި އެރުވުން ވަރަށް މުހިއްމު. މިއަދު ބުދުބެހެއްޓުން ދީނީ ގޮތުން ވަރަށް ބޮޑު ރަނގަޅު ވެއްޖެ ކަމަށް ފެނޭ

  4. ނަސް

    އަލުން ބަހައްޓަން މިހެން އޮތީމަ އެބަ އެގޭ އެއްފަހަރު ބަހައްޓާފަ ނަގާލެވިފަ ހުރި އެއްޗެއްކަން. މި ބެހެއްޓީ ކޮންބައެައްގެ ވެރިކަމެއްގަ....

  5. އަލީ

    އިބޫގެ ބަހެއް ބޭނުން މިކަމުގައި.

  6. މަރޭ

    ޑިމޮކުރަސީ ގެނައުމަށް ވޯޓުލީ މީހުން ނަށް މިކަންކަން ރަނަގޅު ވާނެ އެކަމާ ދެކޮޅު ހެދުމުގެ ބެނުމެއް ނެތް. މިއީ ސާފު ސީދާކޮސް އެނގޭކަންކަން،ޑިމޮކުރަސީ އަކަށް ދާއިރު ބުދުވެސް އަދި މިނު ންކަންކަން ވެސަ މަނާ ނުވާނެ ކަންކަން. އެއީ މިނިވަންކަމާއެކު ހައްގު ތަށް ހޯދަދިނުން.

  7. ވީރު

    މިގައުމަށްޓަކާރައްޔަތުންގުރުބާންވާންތަށްޔާރުވެތިބޭތިމިސްރާބުބަނަވެއްޖެ

  8. ޖަޒީރާ

    ހުޅަނގު ޑިމޮކުރަސީ...އޯކޭ ވާނެ...

  9. عبدالله

    ޤިޞާޞް ނުހިފުމަށް ނިންމާފައިވާ ވެރިކަމެއްގައި އަދި ޒިނޭގެ ޙައްދުވެސް ނުޖެހުމަށް ނިންމާފައިވާ ވެރިކަމެއްގައި ބުދުތައް ބެހެއްޓުމަށް ހުއްދަ ދެއްވުން އެކަށީގެންވާ ކަމަށް ބެލެއެވެ.