އިސްރާއީލާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތާ ދެމެދު ހަނގުރާމަ ފެށި ފަހުން ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.

އިމިގްރޭޝަނުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އޮކްޓޯބަރު، ނޮވެމްބަރު އަދި ޑިސެމްބަރުގައި އިސްރާއީލުގެ ފަތުރުވެރިންގެ އަދަދު ވަނީ އެތައް ގުނައެއް ދަށަށް ގޮސްފައެވެ. މީގެ ސަބަބެއް ކަމަށް ބެލެވެނީ އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލު އާންމާއި ދެކޮޅަށް ރާއްޖެއިން އަޑު އުފުލަމުން ގެންދިއުމެވެ. އިސްރާއީލް އާ ދެކޮޅަށް އެކިއެކި ހަރަކާތްތައް ހިންގަމުންދާތީ މީގެކުރިން އިސްރާއީލުން ވަނީ ރާއްޖެ އަށް ދަތުރު ނުކުރަން އަންގައިފައެވެ.

އިސްރާއީލުން މިގޮތަށް އެންގި އިރު، މިދިޔަ މަހު ރާއްޖެ އަށް ޒިޔާރަތް ކުރީ އިސްރާއީލްގެ އެންމެ 34 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި އިސްރާއީލުގެ ފަތުރުވެރިން:

  • ޖެނުއަރީ - 1،028
  • ފެބްރުއަރީ - 896
  • މާޗު - 1،269
  • އެޕްރީލް - 1،451
  • މެއި - 736
  • ޖޫން - 621
  • ޖުލައި - 985
  • އޮގަސްޓު - 1،600
  • ސެޕްޓެމްބަރު - 1،776
  • އޮކްޓޯބަރު - 518
  • ނޮވެމްބަރު - 54
  • ޑިސެމްބަރު - 34

އެ އަދަދުތަކަށް ބަލާއިރު މިދިޔަ އަހަރު އިސްރާއީލްގެ 10،968 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނިމުނީ

    ދެން ވަރަށް އުނދަގޫވާނެ އެކުދިންނަށް މި ރާއްޖެ ، އަހަރެމެންނަށް ފެނޭ ، އަޑުއިވޭ ، ވިސްނޭ

    4
    1
  2. ބުރުގާ

    ސާބަހޭ ގުނބޯ ދިވެހިންނޭ!!! ދެން ޔަހޫދީންނައް ވާގިވެރިވާ ބަޔެކޭ ކިޔާފަ ޖައްސާލާ އެމެރިކާ، އިގިރޭސި ވިލާތް، އިޓަލީ މީހުނާވެސް. އޭރުން އެ ގައުމުތަކުންވެސް ފަތުރުވެރިން ރާއްޖެއައް އައުން ހިސާހިތަކު ހުއްޓިދާނެ. އޭރުން ދިވެހިން ތިބޭނެ ދޮން ވެއްޔާއި މަގޫފަތް މޮޑެގެން ކާން.

    4
    34
    • ކއަމޯ

      ކޮބާ ކިހިނެއްވަނީ މަގޫފަތް ކެއުންގަނޑު

      3
      5
    • ބަކަރި

      އޭ މީދެ ޔަހޫދީކަލޭގެޔާ އިސްލާމްދީންދެކެ ހާދަރުޅިއެތްތިއަންނަނީ ބުރުގާ އޭކިޔާފަ ނަންޖަހައިގެން މަގޫފަތް ކެ އުންގަޑު އަރާމުތަ

  3. ދިވެއްސެއް

    އަލްޙަމްދުﷲ..

    23
  4. ރަނގަޅު

    އެއްގޮތަކަށްވެސް އިޒްރޭލުގެ މީހަކު އައިސްގެން ނުވާނެ. އައުމަކީ އަހަރެމެން ރައްޔިތުން އެދޭ ކަމެއްވެސް ނޫން.

    35
    0