މިދިޔަ މަހު ކ.އަތޮޅު ހުރާގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވުނު މީހާ އެންމެ ފަހުން މިއަދު ހައްޔަރު ކޮށްފިއެވެ.

އޭނާ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.

ފުލުހުން ވިދާޅުވީ މިދިޔަ މަހުގެ ފަހުކޮޅު އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ހައްޔަރު ކޮށްފައި ވަނީ އެރަށު މީހަކާ އިނދެގެން ކައިރި ރިސޯޓެއްގައި މަސައްކަތް ކުރާ ފިރިހެނެކެވެ. އެކަން ފުލުހުން ވެސް ކަށަވަރުކޮށް ދެއްވި އެވެ.

އަނިޔާ ލިބުނު ކުއްޖާގެ އާއިލާ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، މި މަހުގެ 16 ވަނަ ދުވަހު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އަންހެން ކުއްޖާއާ ބެހިފައި ވަނީ އެރަށު މީހަކާ އިނދެގެން ކައިރި ރިސޯޓެއްގައި މަސައްކަތް ކުރާ ފިރިހެނެއް ކަމަށެވެ. އެ ކުއްޖާއަކީ އުމުރުން 12 އަހަރުގެ ކުއްޖެއް ކަމަށާއި ކިވަމުންދަނީ ގްރޭޑް ހައެއްގައި ކަމަށްވެސް އާއިލާއިން މައުލޫމާތު ދީފައިވެއެވެ.

"ފިރިހެން މީހާއަކީ އެ ކުއްޖާ ދިރިއުޅޭ ގެއާ ޖެހިގެން ހުންނަ ގޭގައި ދިރިއުޅޭ މީހެއް. އެ ދުވަހު އެ ކުއްޖާގެ އިތުރުން، އެ މީހާގެ 12 އަހަރުގެ އަންހެން ދަރިފުޅު ވެސް ގޮވައިގެން ދިޔައީ. އެކަން ހިނގި ފަހުން އެ ކުއްޖާ އެމީހާ ކައިރީ ބުނި ކަމަށް ވަނީ ތަދުވާ ވާހަކަ. އެކަމަކު އެ ފިރިހެން މީހާ ބުނީ އެކަން އެނގޭނީ އެ ކުއްޖާއަށާއި ތިމަންނައަށޭ. އިތުރު ބަޔަކަށް އަންގާނެ ކަމެއް ނެތޭ،" މައުލޫމާތު ދިން މީހާ ބުންޏެވެ.

މިމައްސަލަ ޖެންޑާ މިނިސްޓްރީ އިން ވެސް ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ކަމަނަ

    އެމީހާ ވަނީ ފްރޭމް ކޮށްފަ. އަވަހަށް ދޫކޮށްލާ. ހޯރަ އިއްބެ ގޮތަށް

    • އިދިކީލި

      ބަރާބަރު ވާހަކައެއް

  2. ޢަލީ ހަމީދު

    ޕާރޓީ މީހެއްވިއްޔާ ދޫކޮއްލާނެ..ސިޔާސީ މީހެއް ވިއްޔާ ދޫކޮއްލާނެ. ނިކަމެއްޗެއްވިއްޔާ ތޭރިތަކު ބިއްދޮށުގަ މަޑުކުރަން ޖެހޭނީ..

  3. އާކާސް މުހައިމިނު ކުޅުދުއްފުށި

    އޭނާ ދޫކޮށްލާ.. ހޯރައިއްބެ ވެސް ދޫކޮށްލީ ނުން.
    މިހާރު ހިންނަވަރު މީހަކު އަރާ މިގައުމުގެ އިޖުތިމާއީ ފޭރާން ކެނެރީ އަންނި ބުނާހާ ގޮތަކަށް ވީދާ އެބަ ހުސްކުރޭ... އަންހެން ދުޅާ މީހުން އިސްކުރީމަ... ލަނޑަޔާ ވާނީ ލަނޑަޔާއަށް

    • އަސްލުހާލަތު

      ހޯރަ އިއްބެ ތަހުޤީޤުކޮށް މައްސަލަ ޝަރީއަތަށް ފޮނުވާ ހުކުމްވެސް ކުރި.. ރައީސް މާފު ކުރުމަކީ އެހެން ކަމެއް..އޮޅުވާލަން ނޫޅޭ...

  4. ާޒ

    އިންސާނިއްޔަތައްތަކާދުކޮއްލާ

  5. ޙައްވަ

    ނިކަމެއްޗެއް ބޮޑެއް ކުޑައެއް ނޯންނާނެ. ތިކަހަލަ ކަންކަމުގައި ހައްގު އަދަބު ދެވެން ޖެހޭނެ. ޙޯރައިއްބެއެކޭ އާދައިގެ މީހެކޭ ތަފާތުކުރުން އޮވެގެން ނުވާނެ. ޢިންސާފަށް ކަންތައް ކުރުން މުހިއްމު ވަނީ މިކަންކަން ހުއްޓުވަން.

  6. އޭ

    ޢޭ އަވަހަށް ބުނޭ ތިމަންނާ މީ އެމްޑީޕީ މީހެކޭ،އޭރުން ސަލާ މަތްވީ.

  7. ހަލަވެލި

    އެކުރިއިންސާނިހިދުމަތެއް އަވަަހައްދުކޮއްލާ

  8. އައިިިޝާ

    މާ ކުޑަ ކުދީންނަށް ވެސް މުސްކުޅިބޭބެއިން ތަދުކޮށްފައި އެބަހުރި

  9. ހާފިޒް

    ޝޭހުންގެނަމުގަ ތިބޭނެ ސޭކުން މިގަައުމުގަ އެމީހުންވެސް ބެހޭނެ ކުދިންނާ ޖާރިޔާއޭކިޔާފަ ރަންގަޅުގޮތެނެއި .........

  10. ޭއެދުވަސް

    ޢަވަހައް ޕާޓީ ބަދަލުކޮށްލާ

  11. އަހަރެން

    ކުޑަ ކުދިންނާ ބެހުމަކީ ސިޔާސީ ކަމެއް. ތީ ސިޔާސީ ހައްޔަރެއް - ޖަޒީރާ ސިޔާސަތު-

  12. ކެޔޮޅު

    އެމީހާ ދޫކޮއްލާ ނޫނީ ހޯރަ ހިފާ ހައްޔަރުކުރޭ!!!

  13. ހުރާ

    ހެޔޮނުވާނެ ނޫމާން ދޫކޮއްލާ ހޯރައިއްބެވެސް ދޫކޮއްލީނު މިގައުމަށް ވޯޓު އޮޅުވާލައިގެން އަރާހުރި ހިންނަވަރު މީހާ ގެންދަނީ މިގައުމުގެ އިޖުތިމާއީ ފޭރާން ބާފޮތިވީދާހެންވީދަމުން ހުރިހިތާމައެއްގެ ބޮޑުކަމާއޭ!!!!

  14. ޑޮންޑޮން

    އިންސާނިއްޔަތަށްޓަކައި ދޫކޮށްލާފަ ދެން އަތްޖަހާ.

  15. ހޯރަ

    އޭތް ޚަބަރުދާރު. ހަމަމިހާރު ދޫކޮށްލާ ދޫކޮށްލާށޭ ދޫކޮށްލާށޭ ތިޔައީ ސިޔާސީ ދަޢުވާއެކޭ.

  16. ޙޯރަ

    ކުޑަކުއްޖަކާބެހުމަކީ މިސަރުކާރަށް މައްސަލަ އެއް ނޫން. އަވަހަށް ދޫކޮށްލާ.. އިބޫގެ ނޫނީ އަންނި ގެ ދަރިޔަކާ ބެހިލީމަ އިގޭނީ ކުރާ އަސަރު

  17. އަހްމަދު

    އަޅުގަނޑު ސެއިހްއިމްރާނައްގޮވާލަން އިންސާނިއްޔަތައްޓަކައި ތިޔަހައްޔަރުކުރިމީހާ ދޫކޮށްލާ

  18. އެހެންތަ

    ހޯރަ އިއްބެ ދޫކޮއްލި ގޮތަށް ދޫކޮއްލާ މިއޮތީ ހިންނަވަރު ލާދީނީ ވެރިކަންފާޅުވެފަ.

  19. ޝިދާތާ

    ޢެކަމާ އެއްޗެއް ބުނެވެން ނެތް،އެކުއްޖާހުރީ ބާލިޣުވެފަ

  20. އަލީ

    ނަޝީދު ގެ ރައްޓެއްސެއްވިއްޔާ ދޫކޮށް ލެވޭނީ.

  21. ޢަހަންމާ

    ޙޯރަ އިއްބެ ދޫކޮލާފަ ދެން ކީއްކުރަން އެހެންމީހުން ހައްޔަރު ކުރަނީ. މީވެސް ސިޔާސީ ހައްޔަރެއް.

  22. عبدالله

    ނާމާންކަމާއި ބިރުވެރިކަން އުފެދިގެން ހިނގައިދާނެ ކަމަށްޓަކައި ހަމައާއި އިންޞާފުގައި ހިފަންޖެހޭނެއެވެ.

  23. ނާނު

    އެ ދުވަހު އެ ކުއްޖާގެ އިތުރުން، އެ މީހާގެ 12 އަހަރުގެ އަންހެން ދަރިފުޅު ވެސް ގޮވައިގެން ދިޔައީ. އެކަން ހިނގި ފަހުން އެ ކުއްޖާ އެމީހާ ކައިރީ ބުނި ކަމަށް ވަނީ ތަދުވާ ވާހަކަ. އެކަމަކު އެ ފިރިހެން މީހާ ބުނީ އެކަން އެނގޭނީ އެ ކުއްޖާއަށާއި ތިމަންނައަށޭ. އިތުރު ބަޔަކަށް އަންގާނެ ކަމެއް ނެތޭ،
    މީ ވާނުވާ ނޭގޭ ހިސާބެެއް..ލިޔުން ތެރިޔާ އަށް އެގޭނީ!