ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންނަށް ތާއީދު ނުކުރެވޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞޯލިޙް މިހެން ވިދާޅުވެފައިވަނީ، ރޭ މުލިއާގޭގައި ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ ބައިވެރިންނާ މުޚާޠަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

"ވަގުތު" އަށް އިތުބާރު ހުރި ގޮތަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް ވިދާޅުވެލައްވާފައިވަނީ، ކޯލިޝަނެއްގައި އޮވެ ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް އެމްޑީޕީން ވާދަކުރަން ފެނިވަޑައި ނުގަންނަވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމްޑީޕީން ނިކުތް ނަމަވެސް ހުރިހާ ކެންޑިޑޭޓުންނަށް ތާއީދު ކުރެއްވެން ނެތް ކަމަށެވެ.

ރައީސް މިހެން ވިދާޅުވެލައްވާފައި މިވަނީ ކޯލިޝަން އެގްރީމެންޓާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް އެމްޑީޕީން ކުރިމަތިލުމަށް އެ ޕާޓީގެ ޤައުމީ މަޖިލީހުން ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ. ކޯލިޝަން އެގްރީމެންޓެއް އޮތްނަމަ އެ އެގްރީމެންޓަށް އިހުތިޜާމް ކުރުމާއެކު މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމުމަށް ޤައުމީ މަޖިލީހުގައި މަޝްވަރާ ކުރެވެމުން ދަނިކޮށް، ކުއްލި ގޮތަކަށް ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރަން ނިންމީ ކުރީގެ ރައީސް ނަޝީދުގެ ހުށަހެޅުމަކަށެވެ.

މަޢޫލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ ޤައުމީ މަޖިލީހުގައި ރައީސް ވިދާޅުވެލައްވާފައިވަނީ، މަޖިލިސް އިންތިޚާބާ ގުޅޭގޮތުން ކޯލިޝަނުގެ ލީޑަރުންނާ މަޝްވަރާ ކުރެވެމުން ދާ ކަމަށެވެ. އަދި އެގްރީމެންޓުގައި އޮތް އަދަދުތައް ނޫން ނަމަވެސް ފަންސާސް ވަރަކަށް ދާއިރާއިން އެމްޑީޕީން ވާދަ ކުރުވޭނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޞޯލިޙްގެ ވިސްނުންފުޅު ހުރީ ކޯލިޝަނަށް ބުރޫ ނާރާނެހެން މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ދޫތަކެއް ދީގެން ވާދަކުރުން ކަމަށް މަޢުލޫމާތު އެނގިހުރި ފަރާތަކުން ވިދާޅުވިއެވެ. ކޯލިޝަނަށް ބުރޫ އަރާނެ ގޮތަކަށް މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވަން އެއްވެސް ގޮތަކަށް ރައީސް ބޭނުންފުޅު ނުވާކަން ވަރަށް ސާފުކޮށް ރޭގެ އެމްޑީޕީ ޤައުމީ މަޖިލީހުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ރޭގެ އެމްޑީޕީ ޤައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، މަޖިލިސް އިންތިޚާބުގައި އެމްޑީޕީން 87 ދާއިރާއަށް ވާދަ ކުރި ނަމަވެސް، ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމް އިން ނެރޭ ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާނެ ކަމަށެވެ.

ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ގައުމީ މަޖިލީހުގެ މެންބަރަކު "ވަގުތު" އަށް ވިދާޅުވީ މިރޭ މުލީއާގޭގައި ބާއްވާފައި ވަނީ އެމްޑީޕީ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ކަމަށާއި، އެބައްދަލުވުމުގެ ދައުވަތު ގައުމީ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ދެއްވި ނަމަވެސް ރައީސް ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅުން ބައްދަލުވުމަށް ވަޑައިނުގަންނަވާ ކަމަށެވެ.

"ނުރަސްމީ ބައްދަލުވުމެއް ކުރިއަށް ދިޔައީ. ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅުން ބައްދަލުވުމަށް ވަޑައެއް ނުގަންނަވާ. ރައީސް ސޯލިހަށް ތާއިދު ކުރައްވާ ބޭފުޅުން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ." އޭނާ ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރުމާއި ގުޅޭ މުހިންމު ވާހަކަތަކެއް ދެކެވުނު އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ޗެއާޕާސަން ނައިބު އަލީ ނިޔާޒާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އާއި ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް ޞޯލިހަކީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މަޢުމޫންގެ ތާއީދާއެކު ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކަށްވާއިރު، ވެރިކަމަށް ވަޑައިގަންނަވަން ވެލައްވާފައިވާ އެއްބަސްވުންތަކުގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ވާދަ ކުރެވޭނީ 40 އިންސައްތަ ގޮނޑިތަކަށެވެ. އަދި ޖޭޕީއަށް 25 އިންސައްތަ، އަދާލަތު ޕާޓީއަށް 15 އިންސައްތަ ގޮނޑިއަށް ވާދަކުރެވޭއިރު ކުރީގެ ރައީސް މަޢުމޫނަށް ވާދަ ކުރެވޭނީ 20 އިންސައްތަ ގޮނޑިތަކަށެވެ.

މަޖިލިސް އިންތިޚާބުގެ 87 ދާއިރާގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންފުޅުވާ ފަރާތްތަކުން ކުރުމަތިލުގެ ފުރުޞަތު އެމްޑީޕީން ހުޅުވާލާފައިވާއިރު، ރޭ މުލިއާގޭގައި ބޭއްވި އެމްޑީޕީ ޤައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކަށް ބަލާއިރު، އަލުން ޤައުމީ މަޖިލީހެއް ބާއްވައި، އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމި ނިންމުން މުރާޖާއަ ކުރުމުގެ ފުރުޞަތު ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. Anonymous

    ރަގަޅު

  2. ލަޠީފް

    އެބުނީ އެމްޑީޕީން ޓިކެޓްލިބޭ 87 ގޮނޑިޔަށް ވާދަކުރާ މީހުންފިޔަވައި އެހެންމީހުނަށް ތާއީދު ނުކުރާނޭ ވާހަކަ! މި އެބަވޭތަ ޚަބަރަކަށް

  3. ފެއިލްޑް

    ރަނގަޅު ތިހެންވންާޖެހޭނެ

  4. ސަސްތިސްސ

    ވ ބަރާބަރު.

  5. ދެބޯދޫނި

    ސާބަސް އިއްޒަތްތެރި ރައީސް
    ނިންމުން ރަނގަޅު

  6. ޥަާނުވާ

    ޢަދިކިރިޔާ ކަމުދާގޮތެވަނި

  7. އެންމެންގެ ރައީސް

    ބޭނުމީ ތި އިޙްލާސްތެރިކަން އަބަދަށް.ވަރަށް އިބްތަތްރެރި ނިންމެވުމެއް.

  8. ބުރެކި ރަނިން

    އެމްޑީޕީ އިން ނުކުންނަ 87 މެމްބަރުންނަށް ރައީސް ތާއީދުކޮށްފިއްޔާ ކޯލީޝަންގެ ވެރިކަން ނިމޭނެ.. އެހެންވީމާ ހުންނަންޖެހޭނީ ޖެހި ތަނބެއްހެން..

  9. ރަނގަޅު!

    ވަރަށް ފައްކާ! ތިޔައީ މުޙައްމަދު ނަޝީދު ބުނާހާ ގޮތެއް ހަދަން ހުވާ ކުރެއްވި ބޭފުޅެއް ނޫން! ކުރެއްވި ހުވަޔާ އެއްގޮތަށް ރައްޔިތުންނަށް އިޚްލާޞްތެރި ވަންޏާ މާތް ﷲ މި ވެރިކަމަށް ނަޞްރު ދެއްވާނެ!

  10. ދުވަާފަރު

    ޖޭޕީން މުނާފިގުންނަށް ފުރުސަތް ދިނުމާއި އަޅުގަނޑުމެން ދެކޮޅު!ރައީސް މިކަމާ ވިސްނާލުން އެދެން.

  11. ސލ

    މޑޕ ޅައެއްޗެއް ނާޅައްޗެވެ 87 ދާއިރާއަށް
    ވާދަނުކޮށްފިނަމަ ނަތީޖާ ވ ގޯސްވާނެއެވެ
    މޑޕގެސާފް އަޣްލަބިއްޔަތެއް މަޖިލީހުގައި ނެތި
    ސަރުކާރު ނުހިފެހެއްޓޭނެކަން ދަންނަން ޖެހެއެވެ

    • އެންމެންގެ ރައީސް

      މިއީ ހަމައެކަނި އޑޕ އަށް ސަޕޯޓްކުރާ މީހުންގެ ސަރުކާރަކަށް ހައްދަވަން ނޫޅުއްވާ

  12. އަބޯ

    ނަސީދު ކުރައްވާފައިވާ ކުށެއްގަ ނަސީދަށް މިނިވަންކަން ދިނުމަކީ ހެއްދެވުނު ވަރަށް ބޮޑުގޯހެއް .އަލުން ރިވިޔު ކޮށް ނަސީދަށް13 އަހަރުގެ ހުކުމެއްކޮށް ޖަލަށް ލުމަކީ ގައުމުގެ މަސްލަހަތު ހުރި ގޮތް.

  13. Miadhu

    ޓިކެޓް ދިނަސް ނުދިނަސް ހުރިހާ ދާއިރާއަކަށް ކުރިމަތިލާނެ 87 ދާއިރާއަށް ކުރިމަތި ނުލައިފިނަމަ ޕާޓީގެ ޕްރެސަރ ބޮޑު ކުރިމަތިލައިފިނަމަ ކޯލިޝަން ރޫޅޭ ދެކޮޅަށް ދަމާ ގޮށްވަޅު ބޮޑުވާނެ

  14. އަޒީ

    އިބުރާހިމް މުހައްމަދު ސޯލިހުއަށް ރައްޔިތުން ވޯޓް ނުދޭ. އަޅުގަނޑުމެން މދޕ މެމްބަރުން ވޯޓް ދިނީ ރައީސް ނަސީދުގެ ހައްގުގައި.

  15. ސިނާހް

    އިބޫ އިސްތިއުފާ ދިނުމަށް ގޮވާލަން! ނަސީދުގެ ބަސް ހިގަންޖެހޭ. މޑޕ ކެނޑިޑޭޓުންނަށް ތާއިދު ކުރަނީ އަޅުގަނޑުމެން

    • ސަމު

      ނަޝީދަކީ ކާކު. ފެއިލް ވެފަ ހުރި މީހެއް. 2 ވަނަ ފަހަރަށް ކުރިމަތި ރައީސް ކަމަށް ލައިގެންވީ ފެއިލް. މިގައުމުގެ ގިނަ މީހުން ނަޝީދަށް ނަފްރަތު ކުރޭ. ނަޝީދަކީ ލާދީނީ ޔަހޫދީންގެ ޕަޕެޓެއް.

  16. އަޒްރާ

    ރައީސް އިބޫ އިސްތިއުފާ ދެއްވާ. ރައީސް ނަސީދުގެ ސަރުކާރެއްމީ

  17. މޮހޮނާ

    ޕާޓީ މީހުންނަށް އިހުތިރާމް ކުރުމަށް އިބޫއަށް ގޮވާލަން

  18. ރިޔާޒް

    ޕާޓީގެ ނިންމުމަށް ދެކޮޅު ނެހުދުމަށް އެދެން. ތިވަނީ ގޯސް

  19. ސުނޭ

    ރައީސަކީ ނަސިދު ވޯޓް ދިނީ ނަސީދަށް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓް ނުދެން

  20. ހަޖޫ

    އެ މަކަރުވެރި ރޭވުމެއް. ވިސްނާ

  21. ހަޖޫ

    އެ މަކަރުވެރި ރޭވުމެއް. ވިސްނާ ހުމް

  22. ޢަލީ ހަމީދު

    ކެނެރީގޭ ނަޝީދުއައް މިފަހަރު ރާކަނިމަސް ކެވޭނެ.. ދެންލަލާ.. މައުމޫނާ ގާމޫނު ބުނާގޮތައް ސޯލިހު އައް ހެދޭނީ..އައްނި އަކީ ބޮޑު ފެއިލީއާއެއް..

  23. ގާސިމް

    ކޮން އިޙްލާސްތެރި އެއް ގާނޫނަކަށް ގަވައިދަކަށް ބެލުމެއްނެތި ހޯރަ އިއްބެ ވެސް ދޫކޮށްލީ...އަމިއްލަޔަށް ފައިދާވާ ކަމެއްވިއްޔާ ކުރަނީ ރައްޔިތުންނަށް ބެލުމެއް ނެތް..ނަންވާނީ ޔާމީން...ހެޔޮވެރިކަން ކޮށްދޭށޭ ކިޔާފަ އައިސް ގަވްމް ހާލާކު ކޮށްފި

  24. ވަހިއްޓޭ

    އިބޫ ރަގަޅު. މީ އެންޑީޕިގެ އެކަނި ވެރިކަމެއް ނޫން. އަންނި ކުރިމަތި ލީނަމަ ބޮޑުތަނުން ބަލުވާނެ. ޔާމީނު ކާމިޔާބު ކުރީސް.އަންނިގެ ލާދީނީ ފިކުރަށް ރާއްޖޭގެ ގިނަ މީހުން ބުނާނީ ނޯ.