ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް،ގެ ކެބިނެޓިގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންގެ ނައިބުގެ މަގާމަށް އިތުރު ދެ ބޭފުޅަކުޢައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރުންގެ ނައިބުކަމަށް ޢައްޔަން ކުރައްވާފައި ވަނީ، އިސްލާމިކް އެފެއާޒްގެ ނައިބުގެ މަގާމަށް ގދ. ތިނަދޫ، ގީނާ، އަޙްމަދުﷲ ޖަމީލާއި އެޑިއުކޭޝަންގެ ނައިބުގެ މަގާމަށް ގއ. ވިލިނގިލި، އަލަދަޑިއާގެ ޝަރުމާ ނަޞީރާ ކަމަށެވެ.

ރައީސް ޞޯލިހުގެ ސަރުކާރުން މިހާތަނަށް 42 ސްޓޭޓް މިނިސްޓަރަކާއި 10 ނާއިބު މިނިސްޓަރުން ވަނީ އައްޔަންކުރައްވައިފަ އެވެ. އެންމެ ގިނަ ސްޓޭޓު މިނިސްޓަރުން އައްޔަނުކުރައްވާފައިވަނީ ރައީސް އޮފީހަށެވެ. އެގޮތުން ރައީސް އޮފީހަށް ނުވަ ސްޓޭޓް މިނިސްޓަރަކު ވަނީ އައްޔަނުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތަމު

    އޮޅިވާލި ވޯޓް ސަރުކާރު

  2. އިބޫކާލާކާލާ

    ކާންދީފަ ބަހައްޓާ މި ޑިމޮކްރަސީއަކީ އަހަރެމެން މަސައްކަތް ކުރަނީ 10 ގަޑީއިރު މުސާރަޔަކީ 5300 ރުފިޔާ އެކްޓިވިސްޓުންނަށް 47000 ރުފިޔާ

  3. Anonymous

    ވޯޓެއް އޮޅުވައެއްނުލާ ޔާމީން އޮޅުވާލަންއުޅެ ﷲގެ ރަޙްމަތުން އޮޅުވާނުލެވުނު ވޯޓް އިންޝާ ﷲ

    • ޒަވިޔަނި.

      ވޯޓު އޮޅުވާލިކަން އެއީޔަގީން ކަމެއް. ސާބިތު ކޮށްދޭން ދަތިވާނީ.

  4. ރަށުމީހާ

    ހުރިހާމަޤާމެއް އައްޑޫ ހުވަދޫމީހުންނަށްދީފަ މެދުރާއްޖެތެރެއަށް ވޯޓްހޯދަނާންނާތި އަޅުގަނޑު އިބޫއަށް ވޯޓްދިނީ ހުރިހާރައްޔިތުން ހަމަހަމަކުރުމަށް ހުރިވަޒީފާ ވަކިރަށެއްގެމީހަކަށްދޭކަށްނޫން ވަޒީފާނުލިބި ކިޔަވައިގެންތިބިޒުވާނުން ވަރަށްގިނަ އެކުދިންގެ މައިންބަފައިން ލޮލުނިދިނުނިދައި ކުރިމަސައްކަތުގެ ބޭނުން ކޮށްމެސަރުކާރަކުންވެސް ބަލައިގަތުންއެދެން

  5. އިބޫ

    ހަމަ އެޑިއުކޭޟަނަށް ލާނެ ރަނގަޅު އެކަކުވެސް މިޤައުމުގައި ނެތީތޯ. މިހާރު މި ފެންނަނީ އެޑިއުކޭޟަން މިނިސްޓުރީ ފަހަތަށް ގިއަރު ޖަހާ މަންޒަރު. ދެރެކަމުގެ ކޮޅެއްވެސްނެތް.

  6. ޙުސައިން

    ހަމަ އެޑިއުކޭޟަނަށް ލާނެ ރަނގަޅު އެކަކުވެސް މިޤައުމުގައި ނެތީތޯ. މިހާރު މި ފެންނަނީ އެޑިއުކޭޟަން މިނިސްޓުރީ ފަހަތަށް ގިއަރު ޖަހާ މަންޒަރު. ދެރެކަމުގެ ކޮޅެއްވެސްނެތް.

  7. ރިސާޗް

    ކަނޑުގައި އުފެދޭ ކުނި ބުނި ފަދައިން ނައިބުންނާއި ސްޓޭޓް މިނިސްޓަރުން މި ސަރުކާރުގަ ތިބޭނެ..