މ.މުލީގައި ހަލުވި ކަމާއެކު ހުމުގެ ރޯގާ ފެތުރެމުންދާ ކަމަށާއި، ނަމަވެސް މުލީ ރީޖަނަލް ހޮސްޕިޓަލުގައި ޑެންގޫއަށް ޓެސްޓް ކުރެވެން ނެތްކަމަށް މުލީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މުލީ ކައުންސިލްގެ ރައީސްއަށް، ވަގުތު އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ރަށުތެރޭގައި ހަލުވިކަމާއެކު ޑެންގޫ ފެތުރެމުންދާ ކަމުގެ މަޢުލޫމާތު ކައުންސިލަށް ލިބިފައިވާ ކަމަށާއި، މުލީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ޑެންގޫއަށް ޓެސްޓް ކުރެވެން ނެތް ކަމަށެވެ.

"ޢާއްމު ފަރާތަކުން ކައުންސިލަށް ހުށަހެޅި އެފަރާތުގެ ދަރިއަކު މުލީ ހޮސްޕިޓަލަށް ދެއްކުމުން ޑެންގޫއަށް ޓެސްޓް ކުރަން، ޖެހިގެން އޮތް މުލަކަށް ދާން އެންގި ކަމަށް. އެކަމާ ގުޅިގެން ހޮސްޕިޓަލަށް ގުޅައިގެން ބެލިއިރު ހޮސްޕިޓަލުން ދެންނެވި ޑެންގޫއަށް ޓެސްޓްކުރާ ސާމާނު ހޮސްޕިޓަލްގައި ނެތްކަމަށް." މުލީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މުލީ ކައުންސިލްގެ ރައީސް ވިދާޅުވީ، މުލީ ރީޖަނަލް ހޮސްޕިޓަލަށް އެއްވެސް ކަހަލަ ދަތިކަމެއް ދިމާވާނަމަ، އެ ކައުންސިލާ ހިއްޞާ ކުރުމުން އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށާއި، ނަމަވެސް މިފަދަ ކަމެއްގެ މަޢުލޫމާތު ކުރިން ލިބިފައި ނެތް ކަމަށެވެ.

"އުޞޫލެއްގެ ގޮތުން އެބޭފުޅުންނަށް ދަތުތަކެއް ދިމާވާނަމަ، އެބޭފުޅުން ކައުންސިލާ ހިއްޞާ ކުރީމަ އަޅުގަނޑުމެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ހިއްޞާ ކުރަނީ. މިފަދަ ދަތިކަމެއް އުޅޭކަން ކައުންސިލާ ހިއްޞާކުރެވިފައެއް ނެތް." މުލީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މުލީ ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ، މުލީ ރީޖަނަލް ހޮސްޕިޓަލުގައި ޑެންގޫއަށް ޓެސްޓް ކުރަން ބޭނުންކުރާ ސާމާނު ހުސްވެ، ޓެސްޓް ކުރެވެން ނެތް މައްސަލަ ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް މިހާރު ގެނެސްފައިވާ ކަމަށެވެ.

"ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާޙިރުއަށް މިހާރު ވާނީ ކައުންސިލުން މި މައްސަލަ ދަންނަވާފައި. ޑރ.ޝާހް މާހިރު ވިދާޅުވި އެކަމުގައި މިހާރު ކުރިއަށް ވަޑައިގަންނަވާ ކަމަށް." މުލީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މުލީ ރީޖަނަލް ހޮސްޕިޓަލްގައި ޑެންގޫއަށް ޓެސްޓް ކުރެވޭނެ ގޮތެއް ނެތްތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާކަމަށް މަޢުލޫމާތު ލިބިފައިވާއިރު، މިކަމާ ގުޅިގެން ތަކުރާރުކޮށް އެ ހޮސްޕިޓަލަށް ގުޅުމުންވެސް ޖަވާބު ދެއްވާފައި ނުވާތީ އިތުރު މަޢުލޫމާތު ސާފުވާގޮތް ވަނީ ނުވެފައެވެ.

ތަކުރާރުކޮށް ގުޅައި، "ވަގުތު" ނޫހުން މަޢުލޫމާތެއް ސާފުކުރަން ކަމަށް ބުނުމުން މުލީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ފޯނަށް ޖަވާބު ދެއްވަން އިންކާރުކޮށް ފޯނު ކަނޑާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މޫސަ

    ވަރަށް ދެރަވަރު މައްސަލައެއްތީ ހޮސްޕިޓަލް އަކުން ސިއްޙީމަރުކަޒަކަށް.

  2. ޙިލް

    ވެރިން ގިނަ ކޮންމެ ތަނެއްގަ ވާ ގޮތް މީ. ހޮސްޕިޓަލްތައް ސެންޓްރަލައިޒް ކޮއްލީމަ މިކަން ހަައްލުވާނީ.

  3. ސަޓާ

    މީ ވާވަރަކީ ހީކުރިން ވަރައް ހިންގާ ލާނެ ކަމަށް ދެން ހިނގާ އަތް ޖަހަން

  4. ވަަހަކަ ކިޔާ މީހާ

    ނޫހުގަ ހަބަރު ޖެހުމާއެކު މިހާރު ޓެސްޓްތައް ހެދެންފަށައިފި. ލަދުން ބޯހަލާކު

  5. ޕިންޕީ

    ދެން ސިއްހީދާއިރަވަޅުޖަހާކައް ގިނަދުވަހެއްނުނަގާނެ. ވަގައްގޮވާފަ ވެރިކަން ލިބުނީމަ ކުރާ ވައްކަން އިނގޭނެއެއްނު.

  6. ކިޔާ މީހާ

    ޑެންގޫ އަށް ޓެސްޓް ކުރުން މުހިންމެއް ނޫން....ބޭނުންވަނި މި ބަލި ޖެހުމުން ދަށްވާ އެއްޗެހި ޓެސްޓް ކުރުން މި ޓެސްޓް ތައް ހެދޭނަމަ ޑެންގޫ އަށް ފަރުވާކުރެވޭނެ...