އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިރޮސްލޭވް ޖެންކާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

ޔާމީނާއި ޖެންކާގެ ބައްދަލުވުން އޮތީ މިއަދު މެންދުުރު ފަހު ޕީޕީއެމް އޮފީހުގައެވެ.

ޕީިޕީއެމްއިން ބުނީ ޔާމީނާއި ޖެންކާގެ ބައްދަލުވުމުގައި ދެބޭފުޅުންގެ ބައްދަލުވުމުގައި ގިނަ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާއި ކޮށްފައިވާ ކަމަށެވެ. ނަމަވެސް މަޝްވަރާތަކުގެ އިތުރު ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކުރައްވާފައެއް ނުވެއެވެ.

މި ބައްދަލުވުމުގައި ޕީޕީއެމްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މިއީ ވެރިކަމުން ވަކިވެ ވަޑައިގެންނެވި ފަހުން ޔާމީން ބޭރުގެ ޑިޕްލޮމެޓަކާއި ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

ޖެންކާ މިއަދު ވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ވެސް ބައްދަލު ކުރައްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖެންކާ މާދަމާ ރައީސް ސޯލިހާ ވެސް ބައްދަލު ކުރައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަޝީދުބެ

    ޔާމީނާބައްދަލު ކުރެއްވީ ވައްކަމެއް ކޮއްލާނެ ކޮއްމެވެސް ގޮތެއްއޮތްތޯ ކުރެވުނުމިނަ މަޝްވަރާތަށް ދެއްތޯ

  2. ޔާމިން

    ރައީސް ސޯހިހް އާ ބައްދަލުކުރުން ބޭކާރުކަމެއް

  3. މާރިޔާ

    ވެރިއެއްގެސަހްސިއްޔަތުއެބަހުރި މަރުހަބާ

  4. ކުކުޅޭ

    ޝާހިދުއާ ބައްދަލުކުރަނީ މިނިވަން ޤައުމުތައް ކުރު މުއްދަތަކުން އަޅުވެތި ކުރާނެ ގޮތުގެ ހުނަރު ދަސްކުރަން. އަދި ފަރިތަކަމާއެކު ދޮގު ހެދުމުގެ އުކުޅުތައްވެސް ދަސްވާނެތީ.