ދިވެހިން މިތިބީ މަރުވާން ތައްޔާރުވެގެން ނޫން ކަމަށާއި ކަނޑުގެ ލޮނުގަނޑަށް ވުރެ މަތީގައި ތިބުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އދ.އިން އިންތިޒާމް ކޮށްގެން ޕޮލެންޑްގައި ބާއްވަމުން ގެންދަވާ ތިމާވެށީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތިމާވެށީގެ ބައްދަލުވުމުގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފްދުގެ އިސްވެރިޔާގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖެއަކީ ތިމާވެށީގެ މައްސަލަތަކުގެ އަސަރު އެންމެ ފަސޭހައިން ކުރާ އެއް ގައުމު ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ މަރުވާން ތައްޔާރުވެގެންނެއް ނޫން. މޫސުމީ މައްސަލަތަކުގެ ސަބަބުން ފުރަތަމަ ފަނާވެގެން ދާނެ ބަޔަކަށް އަޅުގަނޑުމެން ނުވާނަން. ލޮނުގަނޑަށް ވުރެ މަތީގައި ތިބުމަށް އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ތިމާވެށީގެ މައްސަލަތަކަކީ ރާއްޖޭގެ ގައުމީ ސަލާމަތައް އޮތް ނުރައްކަލެއް ކަމަށެވެ.

"ތިމާވެށީގެ މައްސަލަތަކަކީ އަޅުގަނޑުމެންގެ ގައުމީ ސަލާމަތައް އޮތް ނުރައްކަލެއް. ތިމާވެށީގެ މައްސަލަތަކަކީ އަޅުގަނޑުމެންގެ ކަންބޮޑުވުން އިންތިހާއަށް ގޮސްވެފައިވާ މައްސަލަތަކެއް." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ތިމާވެށީގެ މައްސަލަތަކާއި ބެހޭ ގޮތުން އެމަނިކުފާނު 2009 ވަނަ އަހަރު ކޯޕަންހޭގަންގައި ވާހަކަފުޅު ދެއްކެވި ފަހުން ވެސް މާބޮޑު ބަދަލުތަކެއް އައިސްފައި ނެތް ކަމަށެވެ.

"ގާތްގަނޑަކަށް މީގެ ދިހަ އަހަރު ކުރިން އަޅުގަނޑު އެންމެ ފަހުން ތިމާވެށީގެ މިފަދަ ބައްދަލުވުމެއްގައި ވާހަކަ ދެއްކީ. އަޅުގަނޑު ދަންނަވަން ޖެހެނީ އޭގެ ފަހުން ވެސް ވަރަށް މަދު ކަމެއް ފިޔަވައި ބަދަލުވެފައެއް ނެތޭ. އަދިވެސް އަޅުގަނޑުމެން ދައްކަމުން މިގެންދަނީ ހަމަ ކުރީގެ ވާހަކަތައް." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކާބަން އިތުރު ވަމުންދާ މިންވަރު މިހާރު ވެސް ދަނީ މައްޗަށް ކަމަށާއި ކަމާބެހޭ ފަރާތްތަކުން އަދިވެސް މަޝްވަރާ ކުރުން ފިޔަވައި އަމަލީ ގޮތުން ކުރައްވާ މަސައްކަތެއް ނެތް ކަމަށެވެ.

ޕޮލެންޑްގައި ބޭއްވި ސަމިޓްގެ ރަސްމީ މަޝްވަރާތައް ދެދުވަސް ތެރޭގައި ނިމުނު ފަހުން ވެސް ބައްދަލުވުމުގެ ބައިވެރިން ވަނީ ހުރިހާ ފަރާތްތަތަކަކަށް އެއްބަސްވެވޭ ލިޔުމެއް ތައްޔާރު ކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ތިމާވެށީގެ މައްސަލަތަކަށް ހައްލެއް ގެނެވޭނެ ލިޔުމެއް ތައްޔާރު ނުކުރެވި ބައްދަލުވުން ނިމިފައި ވަނީ ފެއިލް ވެގެން ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ނަޝީދުގެ އިތުރުން އެންވާރްމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވެސް މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. މުހައްމަދު

    މުސްލިމުންގެ ގޮތަކީ އަބަދުވެސް މަރަށް ތައްޔާރު ވެގެން ކަމަރު ބަނދެގެން ތިބުން. ކިތައްމެ ޤައުމު އުސްކުރިޔަސް ކުރެވޭނެ ކަމެއް ނޯންނާނެ. އަދި އެހެންނޫނަސް މިޤައުމު މިގޮތަށް އޮއްވާ މިއަށްވުރެ މާ އުސް އަދި މޮޅު ޤައުމުތަށް ވެސް ނެތިގެން ގޮސްފަ އެބަހުރި. ﷲ އަށް ކިޔަމަންތެރިކަން އަދާ ކުރާ ބަޔަކު ﷲ ރައްކާތެރި ކުރައްވާނެ ހަމަ ޔަޤީން. އެއީ ބިމުއަޑީގައި ވި ކަމުގައި ވިޔަސް. މަރުވާނެ ހަމަ ޔަޤީން

  2. ބަކުރުބެ

    ކަލޭމަރުވާންތައްޔާރު ނުވިޔަސްމަރުވާނެ ކުރެވޭނެ އެއްކަމެއްވެސްނެއް

  3. ޟިންހާ

    ތީ ވަރައް ދެރަކަމެއް އިނގޭތޯ....
    ޢެއްމެންވެސް ތިބެން ވާނީ މަރުވަން ތައްޔާރު ވެގެން..........

  4. މޫސާ

    ކުފުރުގެ ބަހެއް!

  5. ޠފ

    އުމުރުގަ ތަންއޮތީދޯ

  6. ބަނާނަ މޭން

    ކޮންމެމީހަކުވެސް އެންމެ ކާރީގައި ވާއެއްޗަކީމަރު އަބަދުވެސް މަރައްތައްޔާރުވާންޖެހޭ

  7. ނުރަބޯ

    ސުބްޙާނަﷲ. ވަގުތު ޖެހުމުން ސިކުންތެއްގެ އިރުވެސް ލަސް ނުކުރައްވާ ގެންދަވާނެ. ސަބަބު ތަކުގައި ހިފުން އެއީ މައްސަލައެއް ނޫން. އަދި ބަލިތަކުން ރައްކައުތެރި ވާށާ ޤުދްރަތީ ކާރިސާ ތައް ދިމާވާ އިރު ރައްކައު ތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަކީ ވެސް މައްސަލަ އެއްނޫން.

  8. ޖޮއްބެ

    ތެދުވާހަކައެއް. މަރަށް ތައްޔާރު ވެގެން ހުރިމީހަކު އުޅޭވައްތަރަކަށް އުޅޭމީހެއްނޫން ތިޔައީކީ. ނުބުންޏަސް އެކަން އެނގޭ. ސުވާލަކީ މަރަށް ތައްޔާރުނުވެ ހުރިއްޔާ މަރެއް ނުވާނެ ހެއްޔޭ؟ ޖަވާބަކީ ނޫނެކޭ.

  9. މާމިގިލީ މީހާ

    ނަސީދުއަށް އިގޭތަ މަރުވާނެ ދުވަހެއް. ތިހިން ބުނާ އިރު. ނަސީދު ތިހިރީ ކުފުރުވެފަ، ނަސީދު ތައުބާވެﷲގެ މަގަށް ރުޖޫއަވޭ.. މަރުވަނީ ތިބާޔާ ނުހަނު ގާތުގައި..

  10. ގަމާރު

    އޭތް ބޯގޯސް މޮޔަނުގޮވާ މާއިތިރިވެ ހުރެވޭތޯ ބަލާ މަގޭ ފަރާތުން ވާހަކަ ދެއްކުމުގެ ހައްގު ކަލެޔަކަށް ނޯންނާނެ. ޢަހަރެން މިހުރީމަރަށް ތައްޔާރު ވެގެން އިންޝާ ﷲ މަރު އަންނާނީ ކޮންވަގުތަކު ކިހިނެއް ކޮންތާކު ކަމެއް އެއްވެސް އިންސާނަކަށް ނޭގޭނެ. ކަރުން ނާރު ފުއްޕާފަ ގަދަބަސް ބުނެފައުޅުނެއް ކަމަކު މަރުއާއިސް ކުރިމަތިވުމުން ތިބާވެސް ބަސްހުސްވެ އަގުޅިނެތް ކަންނޭލަކަށް ވެދޭ.

  11. علي

    آمين

  12. ޢަދި

    ކިތަންމެ ވަރުގަދަ ކިއްލާއެއް ތެރޭ އޮތަސް އެ މީހަކާ މަރު ބައްދަލުކުރާނެ.
    ﷲގެ މަގަށް ރުޖޫޢަނުވެ ކިތަންމެ ބޮޑު ހިލައެއްޖެހިޔަސް ރައްކާތެރިކަމެެއް ނުލިބޭނެ.
    ﷲގެ ދީނަށް ފުރައްސަރަކޮށްކޮށް ތިބެ ކިތަންމެ ސޭފު އައިލެންޑެއް ހެދިޔަސް މަތިމައްޗަށް ކަނޑުތޮށި ލިޔަސް ކުރާނެކަމެއް ނުމެއޮންނާނެ.

  13. ސޯދިގު

    ޗައިނާގެ ވިޔަފާރުއަށް ހުރަސް އަޅަން އެންމެ ފަސޭހަ މަގަކީ މިރާއްޖޭގައިއިންޑުއާގެ އަސްކަރިއްޔާ ގާއިމްކުރުން. އެކަން މި ކުރަނީ. ބަލަ ޗައިނާ މަސައްކަތްކުރަނީ އިންސާނީ ހަޟާރަތު ދަމަހައްޓައި ކުރި އެރުވުމަށް. ހުޅަގާ އިންޑިއާގެ ބޭނުމަކީ ހަޟާރަތް ނެތިކޮށްލުން. ހަގުރާމަތައް ކުރުން.

  14. Anonymous

    ދައްކާފަ ނުދައްކާނެ ވާހަކައެއްނޭގޭނަމަ އަގަނުހުލޫވަބަލަ .ކަލޭ އަބަދުވެސް ހުންނައްޖެހޭނީ މަރަށް ތައްޔާރުވެގެންޗ

  15. ހޮޅުއަށި

    ޢަބަދުވެސް ހުންނަސް ޖެހެނީ މަރައް ތައްޔާރުވެގެން ތިމާއަށް ތައްޔާރު ވެވުނީމަކާ ނުން މަރުއަންނާނީކީ އަހަރެންމެން މިތިބީކީ މަރަށް ތައްޔާރުވެގެންނެއްނުންނެކޭ ނުބުނެވޭނެ .އެހެންމީހުންގެ ނަމުގަ ތިފަދަ ވާހަކަ ހުއްދަޔަކާ ނުލާ ދައްކައިގެން ނުވާނެ ..

  16. ހޮޅުއަށި

    ދައްކާފަ ނުދައްކާނެ ވާހަކައެއްނޭގޭނަމަ އަގަނުހުޅުވާބަލަ .ކަލޭ އަބަދުވެސް ހުންނައްޖެހޭނީ މަރަށް ތައްޔާރުވެގެން

  17. ހޮޅުއަށި

    ދައްކާފަ ނުދައްކާނެ ވާހަކައެއްނޭގޭނަމަ އަގަނުހުޅުވާބަލަ . އަބަދުވެސް ހުންނައްޖެހޭނީ މަރަށް ތައްޔާރުވެގެން

  18. ހުސޭނުބޭ

    މަރުދެގެ ބިރުގަތުމަކީ ޔަހޫދީންނަށް ޚާއްޞަ ސިފައެއް! ތިކަލޭގެ ހުންނަ ނިފާޤުކަން ތި ފެންނަނީ!

  19. ފަތްމިނި

    މަރުހަނދާން ނުވާތީތާ ތިކަހަލަ ކުފުރުގެ ވާހަކަ ދައްކަނީ، މީނަ މީ އިސްލާމީ އުއްމަތަށް އުފެދިފައިވާ ޖައްބާރު މީހެއް، މީނަ ކަނޑަށް ޢަރަޤުވެގެންދާއިރުވެސް ބުނާނެ ތިމަންނަ މިދަނީ ސްވިމިންގ އަށޭ، މީ ވަރަށް ހިތާމަހުރި ކަމެއް، މީނަ ހުރި ހިސާބާ މިދޭތެރޭވެސް ބޮޑު މާސިންގާ ކަނޑެއް އެބަވޭ، ހެޔޮޙާލުގާ މިފަސްގަނޑަށް އާދެވެން އޮތީ މާތްﷲގެ އިރާދަފުޅާ މިންވަރުު ފުޅުން، މާތްﷲގެ ކުޅަދުންވންތަވެރިކަމުން، ވީމާ މިކަހަލަ ކުފުރުގެ ވާހަކަ ނުދެއްކުމަތް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަން.

  20. ހާރިސާ

    އަޅެ މީނަވެއްޖެއްނު އިބޫ ދުނިޔޭން ބޭރަން ފޮނުވާގެންވެސް ސިކުޑީގެ ޓެސްޓެއް ހަދައް މީނަގެ ސިކުޑި ރަގަޅުތޯ މިހާރު އެއްވެސް ހަމަޖެހޭ ވާހަކައެއް ނުދައްކާވިއްޔާ ބަލަގަ 3 އަހަރުގެ ކުއްޖާއަށްވެސް އިގޭނެ ކޮންމެތާކު ހުއްޓަސް މަރުވާނެކަން މީ ދެއް ކިހާ ބޮޑު މުސީބާތެއް މި ޤައުމަށް ޖެހިފައިއޮތް

  21. Anonymous

    ކަލޭ

  22. ކެރޭ އަބްދުﷲ

    އެވެސް މީހަކައް މަރުވާނެ ދުވަހެއް ނޭގޭނެ. މަރުވަނީ ވަރައް ގާތުގަ. ތިމާމީހާ މަރައް ފިލާއޮތަސް ވަގުތު އައިސް ޖެހުނީމަ ފުރާނަ ގެންދަވާނެ. ރޫރު މިޤައުމް ގަ ލާހިކެއް ނޫ ފަޅި އަޅާކައް. އަހަރަމެން މިޤައުމުގާ ދިރިހުރިހާ ހިދަކު. އިސްލާމް ދީނާ އިދިކޮޅައް އުޅޭ ހުރިހާ އެއްމެން ދާނީ ނަރަކައައް. އަހަރަމެން މުސްލިމުން ދާނީ ސުވަރުގެ އައް.

  23. ެއެސް

    މުސްލިމުން އަބަދުވެސް މަރަށް ތައްޔާރުވެގެން ތިބެން ވާނީ ، ނޫޙުގެފާނުގެ ނުކިޔަމަންތެރި ދަރިފުޅުވެސް ބުނީ ދޯ، އުސް ފަރުބަދައަކަށް އަރާ ތިމަންނާ ސަލާމަތްކަން ހޯދަފާނަމޭ، އެކަމަކު ކިހިނެއް ވީ؟ ﷲ ގެ އަމުރުފުޅު އައީމަ ކުރެވޭނެ ކަމެއް ނޯންނާނެ ، މީނާ މިބާވަތުގެ ޖަލްސާތަކަށް ދިވެހިރާއްޖެ ތަމްސީލު ކުރުމަށް ނުފޮނުވުމަށް ސަރުކާރަށް ގޮވާލަން

  24. މާނީ

    ކަލޯއުޑުގާވާވާގަންޑުޖަހާހިފެހެއްޓިއަސްފެނުގާމަރުވާންހުރިމީހަކުމަރުވާނީފެނުގަ

  25. ޑެއިލް

    ތިކަހަލަ މަރަށް ތައްޔާރުނުވާ މީހުންއުޅޭ ފަސްގަނޑުއުސް އެމެރިކާ އަންނަ ހާދިސާ މަދުތަ. ހައިރާނެއްނުވޭ ތިމީހާ ދައްކާ ވާހަކަތަކަށް. އިލްޔާސްއަށް ބޮޑަށް އިނގޭނީ. ދުޢާ ދެންނެވި މީހުން.

  26. ފަޤީރު ކަލޯ!

    ﷲ އަންގަވާފައި ވަނީ މަރަށް ތައްޔާރުވެގެން ހުރުމަށް، މުސްލިމެއްގެ ގޮތުގައި ނޫނީ މަރު ނުވުމަށް! އެކަމަކު މިކަލޭގެ އާއި މިކަލޭގެ އަށް ތާއީދު ކުރާމީހުން މަސައްކަތް ކުރަނީ މަރުނުވުމަށް، އެއީ ޔަހޫދީން އެދޭގޮތް!

  27. ބަރުގޮނު

    ބަސްބަހުގެ ފަންވަރު މާގަދަކޮށް ހުރުމުން މީހާގެ ކަންކަން ހުންނާނެގޮތް އެންމެންނަށްވެސް ވިސްނޭ. " އެންމެ ފުރަތަމަ ފަނާވާ ބަޔަކަށް އަހަރެމެން ނުވާނަށް" ކަމަށް ބުނާއިރު މިއީ އަމިއްލަޔަށް ވެފައި އަމިއްލަޔަށް ނުވެފައި ބޭނުން ގޮޮތަކަށް ބަދަލު ނުކުރެވޭނެ ކަންކަން. މިވަރުވެސް މީނަޔަށް ނޭގޭ. "
    އިރާދަ ކުރެއްވިއްޔާ " އޭ ކިޔާފައި ބުނެލަންވެސް ނުވިސްނުނު.

  28. ލަދު

    ކަލޭ ކިތަންމެ މައްޗަށް އެރިޔަސް މަރުވާނެ.

  29. ލަދުކުޑަ

    ކުފުރުވާއިރުވެސް ނޭނގޭ ބޮޑުމީހާއަށް

  30. އަހުން

    މޮޔަމީހާ ދެދުނިޔެއިން މޮޔަވީ ކަލެޔާ ކަލޭގެ ފުރެނޑު އިބޫވެސް ވަގުތުޖެހުމާއި އެކު މަރުވާނެ މަރުގެންދަވާނެ އިރެއްއެއްވެސް އިންސާނަކަށް ނޭނގޭނެ.