ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، ރާއްޖޭގެ އެކި ބޭންކުތަކުގައި ހުޅުވާފައިވާ އެކި އެކައުންޓުތައް ފްރީޒް ކޮށްފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މާދަމާ މެންދުރުފަހު ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ވަޑައިގަތުމަށް ޗިޓު ފޮނުވާފައިވާއިރު، އެކައުންޓުތައް ފްރީޒް ކުރުމަށް ފުލުހުން ކޯޓު އަމުރު ހޯދާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ރޭ ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ ޔާމީން ފުލުހުންގެ އިދާރާއަށް ހާޟިރު ކުރައްވަނީ ރައީސްކަމުގައި ހުންނަވައިގެން ޤާނޫނާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދައުލަތުގެ އިދާރާއަކުން ހުށަހަޅާފައިވުމުން ކަމަށެވެ.

މީގެއިތުރުންވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ފްރީޒް ކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އިސްލާމިކް ބޭންލް އޮފް މޯލްޑިވްސް (އެމްއައިބީ) ގައި ހުޅުވާފައިވާ ބޭންކު އެކައުންޓުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އިންސާފު

    ޔަާމީނު އެކަނިތަ ދެންތިބިމީހުއްނޯ ތިމާމެއްނައް ބާރެއްލިބުނީމަ އުޅޭގޮތްއުތަ

  2. ކިޔުންތެރިއެއް

    ލާރިތައް ހޯދާތި ފްރީޒްކޮށްގެންވެސް

  3. ޕަޓާސް އާމިރު

    ހިނގާފަ ދިޔައިމަ ފައިވާން ގޭނުން ނޫން ކަމެއް ނުވާނެ. ގަދަބާރުން ބަޔަކު ލައްވާ ވޯޓުއެޅުވިޔަސް ރައީސް ޔާމީނަކަށް ތާއީދެއް ނެތޯ ހެހެއް! ރައީސް ޔާމީނަކަށް ތާއީދެއް ނެތޯ ހެހެއް!

  4. މުހައްމަދު

    މިހާރު މިރައްޖޭގާމިއޮތީ ބަލާވެރިކަމެއް. ޔާﷲ މިބަލާވެރިކަން ބަލިކަށި ކުރައްވާފާނދޭވެ.

  5. ؟؟؟؟

    ޔާމީނު މާ ރަގަޅު މީހެއްކަމަށް ކްރިމިނަލް ކޯޓިުގެ އިސްޤާޟީކަމަށް އެންމެ ފަހުން ލީ މީހަކު ލީ. އެމީހަކު ފޭހުނު އިލޮށިގަނޑު ހެރޭނީ ހަމަ އެމަީހެއްގެ ލޮލަށް.

  6. މުއުތަބަރު

    އެންސީ ހަމީދު ހީނުކުރައްވާތި ހަމީދަށް އަދި ............އަށް ސަލާމަތްވެވުދާނެކަމަށް ހޭއަރުވާލަން މިތިބީ ތައްޔާރަށް ހަމީދުތީ ކާކުތަ ފުލުހުންގެ ެރެއިން ހޭއަރުވާލާނީ

    • ެައަލިބިޔާއްކަލޯ

      ޔަގީން ޔަގީން ޔަގީން އެމް ސީ ރީނދޫ ބޮނޑިބަތް ހަމީދު
      ވ ހުނު ސަލާމަކުން ސަލާން

  7. ޭަަާއަލީ

    ހުރިހާ ލާރިއެއް ހޯދަންޖެހޭނެ. ފުރީޒް ކީއްކުރަން އުލުބައިންދާގެންވެސް.....ހޯދަންވާނެ.

  8. ނާނު

    ފުރީޒު ކުރަންވީ މާރިޔާ އެކައުންޓުތަށް ރައީސްޔާމީންގެ އެކައުންޓެއްނޫން .ފުލުހުންނަށް ހަލާކުހުރި.

  9. ބިޗޫ

    ތިގާއުކަނީ ކުޅަނދުރު ހަތަޔަށް ނިކަން ވިސްނާގެން ތިބޭތި މިގާއުކެނީ ކުޅަނދުރު ހަތަޔަށްކަން ދަތްއަޅާނެއިރެއް ނޭގޭނެ ވަރަށްވިހަގަދަވާނެ