ހުރިހާ ދާއިރާއަކުން ދިވެހިރާއްޖެ އަށް އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ތިން ދުވަހުގެ މުއްދަތައް އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު އެގައުމަށް ފުރައިވަޑައިގަތުމުގެ ކުރިން މީޑިއާ އަށް ދެއްވި ބަޔާނެއްގައެވެ.

ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ނުދީ ހަމައެކަނި ކެމެރާމަނުންނަށް ފުރުސަތު ދީގެން ރައީސް އިއްވެވި ބަޔާނުގައި ވިދާޅުވީ އިންޑިއާ އަކީ ރާއްޖެ އާއި އެންމެ ފުރަތަމަ ސިޔާސީ ގުޅުން ގާއިމް ކުރި ގައުމު ކަމަށާއި އިންޑިއާގެ އެހީތައް ޝުކުރުވެރިކަމާއި އެކު ފާހަގަ ކުރައްވާ ކަމަށެވެ.

"ކުރިއަށް އޮތްތަނުގައި ވެސް ހުރިހަ ދާއިރާ އަކުން އިންޑިއާގެ އެހީ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ވިޔަފާރިވެރިންނާއި ބައްދަލުކޮށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައުލޫމާތު ދެއްވާ، އިންޑިއާ ވިޔަފާރިވެރިން ރާއްޖެއަށް ޝައުގުވެރި ކުރުވުމުގެ މަސައްކަތް ކުރައްވާނެވެ.

އިންޑިއާ ދަތުރުފުޅުގައި ލިބޭނެ އެންމެ ބޮޑު އުފާފުޅަކީ އިންޑިއާގައި ދިރިއުޅުއްވާ ދިވެހިންނާއި ބައްދަލު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުން ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ދަތުރުގައި އަޅުގަނޑަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އިންޑިޔާގައި ދިރިއުޅުއްވާ ދިވެހި ޢާއިލާތަކާ ބައްދަލުކޮށް، އެބޭފުޅުންގެ ޙާލު އޮޅުންފިލުވުމުގެ ފުރުޞަތު ލިބޭކަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ދިވެހި ޢާއިލާތަކާ ބައްދަލުކޮށް، އެބޭފުޅުންނަށް ދަތިވާ ކަންތައްތައް އޮޅުންފިލުވާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި އެއްބާރުލުން ގާއިމް ކުރުމާއި ބެހޭ އެއްބަސްވުންތަކެއްގައި ސޮއި ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިންވެސް އެންމެ މުހިންމު އެއްބަސްވުމަކީ، ވިސާގެ ލުއިފަސޭހަތަކާ ބެހޭގޮތުން ސޮއިކުރާ އެއްބަސްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ އެއްބަސްވުމުގައި ސޮއިކުރުމުން، ޑިޕެންޑެންޓް ވިސާ ހޯދުމާއި، ބޭސްފަރުވާ ކުރުމަށް ބޭނުންވާ ވިސާ ހޯދުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ. މީގެއިތުރުންވެސް ވިސާގެ އެތައް ލުއިތަކެއް، މި ދަތުރުގައި ސޮއިކުރާ އެއްބަސްވުމުން ލިބިގެންދާނެ. އިންޑިޔާ އާއި ރާއްޖެއާ ދެމެދު އަބަދުވެސް އެއްބާރުލުން ދަމަހައްޓަމުން އަންނަ ދާއިރާތައް ކަމަށްވާ، ޞިއްޙީ ދާއިރާއާއި، ސަގާފީ ކަންކަމާއި، ދިފާއީ ކަންކަމުގައި، މިދަތުރުގެ ސަބަބުން މިހާރަށްވުރެ އިތުރަށް ގުޅުން ބަދަހިވެގެންދާނެ." ރައީސް ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ވެސް އެމަނިކުފާނު އިންޑިއާ ސަރުކާރާއި މަޝްވަރާ ކުރައްވާނެއެވެ.

ރައީސްގެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާގެ ރައީސްގެ އިތުރުން ސަރުކާރުގެ ގިނަ ވެރިންނާއި ބައްދަލު ކުރައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޚީދާ

    ދީނީ ގޮތުންވެސް

  2. ލަބީބު

    "މިނިވަންކަމުން އަޅުވެތިކަމަށް ދާނަންހޭ ނުދާނަމޭ
    ފިނިހިޔަލަކުން ގަދަހޫނަކަށް ދަނަންހޭ ނުދާނަމޭ" ފަސްއަހަރުގެ ދައުރެއް އަދާކުރައްވަން ރައީސް ޔާމީން ވަޑައިގެންނެވިއިރު ޤަވްމީރިޟާވްގައި 150 މިލިޔަން ޑޮލަރުނެތްއިރު އަދި މުޅި ޤަވްމު އިޤްތިޞާދީ އަދި ޢުމްރާނީގޮތުން ވަޅުޖަހާފައި އޮތްއިރު ރައީސް ޔާމީންވަނީ ރިޟާވް 700 މިލިޔަން ޑޮަލަރަށް އިތުރުކުރައްވާ އިޤްތިޞާދީ އަދި އުމްރާނީރޮގުން ޤަވްމުވަނީ ކޮޅަށް ޖަހަފަ! މުސާރަތައް މަހުންމަހަށް ބަރަބަރަށް ލިބެމުންދިޔަ! ރައްޔިތުން އެކުގައިނުކުމެ ވަގުވޯޓުގެ ވެރިކަން ނިންމަން އެބަޖެހޭ!

  3. ރަޙީމުބޭ

    ނުކިޔަވާއިބޫ އިސްތިޢުފާ!

    • ނޫރާ

      ވޯޓް ވައްކަން ޖާޑި އިސްތިއުފާ..ނަހަލާލު ވެރިއެއް..ހުއްޓިފަ ހުންނަ އުނިޔައެއް!!

  4. އައްޑޫ އަހަންމާ

    އަދި މިދަނީ ރަގަޅަށް ނޫން.މަގޭ ވޯޓު މަށަށް އަބުރާދީ.މަ ވޯޓުދިނީ އިންޑިޔާގެ އުގަށްވެއްޓި ގައުމު އަޅުވެތިކުރުވާކަށް ނޫން..

  5. ހިތާމައިގެ ކޮޅެއްވެސް ނެތް

    ލާދީނީ މޯދީގެ ފައިބުޑަށް ރާއްޖެ ދާންޖެހޭ އެންމެ ސަބަބެއްވެސް ނެތް، ނުކައި ތިބެންޖެހުނަސް ބޭނުމެއްނުން އިންޑިޔާގެ އެހީއެއް، ނުކައި ތިބެންޖެހުނަސް ބޭނުމެއްނޫން އިސްލާން ދީން ނެތިކޮއްލާނެ ފަދަ އެހީހެއް. މިކަން ހުއްޓުވާ

  6. ފާއިޒް

    ދެން ގަމާރު މި ޤައުމު ވިއްކާ އަޅުވެތި ކޮށްލާ....

  7. އައްޑޫމީހެއް

    މިފަހަރު ގެރިއެެއްވެސް މިކޮޅައްގެންނާނެ

  8. ބައްރީ

    އެމީހުން ހިތްހަމަޖެހޭ ހުރިހައި ދާއިރާއަކުން.

  9. އަލީ

    މޯދީ އެންމެބޮޑަށް މަސައްކަތްކުރައްވާނީ ނުކިޔަވާ އިބޫއަށް ނަމާދުކުރަން ދަސްކޮށްދޭންކަމަށް އިންިޔާގެ މީޑިޔާތަކުން ބުނެއެވެ.

  10. ހުސޭނުބޭ

    އަޅުވެތިކުރުމުގެ ދާއިރާ
    ޖެއްސުންކުރުމުގެ ދާއިރާ
    ހެލްކޮޕްޓަރުން ކިރުފެލުމުގެ ދާއިރާ
    ބިރުދެއްކުމުގެ ދާއިރާ
    ރައީސްމީހާ ޖީބަށް ބަރުކޮށްދިނުމުގެ ދާއިރާ
    މިވަރު އޯކޭ ނު ދޯ!