ރިޔާސީ އިންތިޚާބުގެ ޚަރަދުތައް ކުރަން ކުރީގެ ރައީސް ޔާމީން ވެސް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެސް އެކައުންޓެއް ޑިކްލެއާކޮށްފައި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޔާމީން އިންތިޚާބަށް ޚަރަދު ކުރި ފައިސާތަކެއްގެ މައްސަލަަ ފުލުހުން ބަލަމުން ގެންދާތީ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އެކައުންޓްގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެން ޑިކްލެއާ ކުރަން ޤާނޫނު މަޖުބޫރު ވެސް ނުކުރާ ކަމަށެވެ.

ނަމަވެސް އިންތިޚާބަށް ފަހު މާލީ ބަޔާން ހުށަހެޅުއްވިއިރު ދެކެނޑިޑޭޓުން ވެސް އެކައުންޓް ނަމްބަރެއް ޖައްސަވާ، އިންތިޚާބަށް ޚަރަދު ކުރެއްވީ އެއެކައުންޓްކަމަށް ލިޔުއްވާފައި އެބައޮތް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މައްސަލަ ޖެހިގެން އުޅެނީ މާލީ ބަޔާނުގައި ޖައްސަވާފައި އޮތް އެކައުންޓްގައި ކަމެއް ނުވަތަ ނޫން ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ." ޝަރީފް ވިދާޅުވިއެވެ.

ޔާމީންގެ 100 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ފްރީޒް ކޮށްފައިވާކަމަށް ފުލުހުން އިއްޔެ ވަނީ ވިދާޅުވެފައެވެ. އެއީ ރައީސް ޔާމީންގެ ނަންމަތީގައި ރާއްޖޭގެ ބޭންކުތަކުގެ އެކައުންޓުތަކުގައި ހުރި ދިވެހި ރުފިޔާއާއި އެމެރިކާ ޑޮލަރު އެއްކޮށްގެންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޔާމީންގެ ވެރިކަމުގެ 5 އަހަރު ތެރޭގައި އެކި ފަހަރު މަތިން ބޮޑެތި އަދަދުތަކުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް އަދި އެފައިސާއިން މުއާމަލާތް ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި މި މައްސަލައިގެ ތަޙުޤީޤުގެ ބޭނުމަށްޓަކައި ޔާމީންގެ އެކައުންޓުތަކުގައި މިހާރު ހުރި ޔޫއެސް ޑޮލަރާއި ދިވެހި ފައިސާ ހިމެނޭގޮތުން ދިވެހި ފައިސާއިން ޖުމުލަ 100 (ސަތޭކަ) މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއްގެ ފައިސާވަނީ ފްރީޒް ކުރެވިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޔާމީން އިއްޔެ ފުލުހަށް ހާޒިރު ކޮށް ސުވާލުކޮށްފައި ވަނީ އިންތިޚާބުގެ ޚަރަދުތަކަށް ޑިކްލެއާ ކުރި އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައި ވާތީ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޢަޒީ

    ޝަރީފް ފައިސާގެ އަ ވައިގަ ޖެހިފަ ހުރީމަ އެކައްޗެއްވެސް އިގޭކަމަކަށް ނުވާނެ. މިހާރު ރައީސް ޔާމިންގެ ނަންވެސް ހަދާނެއް ނުހުންނާނެ. އެހާވަރުވެފަ އެ ހުރީ.

  2. މިއަދު

    އަދި އަލަށްދޯ އިބޫ ކަމެއްނުކުރާވާހަކަ ތިބުނެލަންކެރުނީ ނޫވެރިޔާގެ އެސުވާލަށް ބޭކާރުވާހަކަދައްކާކަށްނުވެސްޖެހޭނެ ވ ކުރު އެއަކީ ޤާނޫނީ ގޮތުން ކުރަންޖެހޭކަމެއްނޫނެ މިކޮމަޝަނުންބަލަނީ ޤާނޫނީގޮތުން ކުރަންޖެހޭކަންތައް ކުރޭތޯ ނުވަތަ ނޫންތޯއެ

  3. Anonymous

    އިންޑިޔާއަށް ރާއްޖެ ވިއްކާލާތީ ރައްޔިތުންގެ ސަމާލުކަންއެހެން ދިމާއަކަށް ހުއްޓުވާލަން ސަރުކާރުންޖަހާ ސްޓަންޓެއް މިއީ

  4. އެދުރުބެ

    ކޮބާ ޝަރީފް އެކައުނޓަށް ވަން ރުފިޔާތަށް! ޙަޣީގަތް ބަލަންޖެހޭ! ވަކި ބައެއްގެ އެކައުންޓެއްނޫން ބަލަންވީކީ

  5. އެދުރުބެ

    ޝަރީފު އެކޮމިޝަނަުން ބޭރުކުރަން ލަސްވެއްޖެ

  6. މާރިޔާ އަޙްމަދު

    ޝަރީފު އިސްތިޢުފދޭން ގޮވާލަން

  7. ނަންނުގަތި

    ޝަރީފު ހުރެގެން ތިޔަ ކޮމިޝަން ރަނގަޅެއް ނުވާނެ

  8. ސަމަންތަރު

    ޝަރީފު 5 ބުރި އިމާރަތެއް ގަތީ ކޮން ރުފިޔާއަކަށް

  9. ހަސަން ޒަހީރު / ލ. ގަން

    ވަގުތު ހަޖަން ކޮށްލާ ދެން، މި 5 އަހަރު ވެރިކަމުގައި ހުންނާނީ އިރާދަކުރެއްވިއްޔާ އިބޫ!

  10. ޏަމްޏަމް

    ދެ ކެނޑިޑޭޓުންނަށާއި އަދި ކޯލިޝަންގެ ގިނަ ބަޔަކަށް ހަރަދުކުރީ ޖާބިރު. ފައިސާ ހޯދިގޮތް ސާފު! ތަހުގީގުކުރާނޭ ކަމެއް އޮތް ކަމަކަށް ނުދެކެން

  11. އަލްޖިބްރާ

    ކޮންމެ މީހަކު ކޮންމެ އެއްޗެއް ލިއުނަސް ޔާމީނަކީ މިޤައުމުދުއް އެންމެ ބޮޑު ވަގު !

  12. ހުސޭނުބޭ

    މިވީހާ ދުވަހަކު ހިންގި ހުރިހައި އިންތިޚާބެއްގައި އިންތިޚާބަށް ޚަރަދުކުރާނެ އެކަުންޓެއް ޑިކްލެއަރކުރާކަން ........ ތިއީ ކަލޭ ކޮންތާކުން ގެނައި ޤާނޫނެއް!

  13. އާމިރު

    ގައުގެ އިންމެންގެ އެކައުންޓްތަކައް ފައިސާ

    ވަންނަގޮތް ޕޮލިހުން ބަލަންޖެހޭނެއް ؟