ވައްކަން ވެސް ކުރަން އެގޭނީ , ކުރަން އެގޭ މީހުންނަށް ކަމަށް ބުނެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަވުގުރާނަ ގޮވާ ވީޑިއޯ އެެއް އާންމު ވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސައި ކޮޓަރީގައި ނަގާފައިވާ ކަމަށް ބެލެވޭ މި ވީޑިއޯގައި މެންބަރު މުހައްމާ ވަނީ ހޫނު ޒުވާބެއްގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި މުހާތަބު ކޮއް " ވައްކަން ވެސް ކުރަން އެގޭނީ , ކުރަން އެގޭ މީހުންނަށް" ކަމަށް ވިދާޅުވެފައެވެ.

ދާދި ފަހުން ވެރިކަމަށް އައި ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ސޮއިކުރެއްވި މުހައްމާ ފުރަތަަމަ މަޖިލީހަށް ހޮވިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ. އެއަށް ފަހު އޭނާ ވަނީ ޕީޕީއެމްވެސް ގުޅިވަޑައިގެންފައެވެ.

ޕީޕީއެމް އިން މުހައްމާ ވަކިކުރީ ރައްޔިތުން މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހް މުހައްމަދު ވަކިކުރަން ސޮއި ކުރި މައްސަލައިގައެވެ. އެމައްސަލައިގައި މުހައްމާގެ ގޮނޑި ގެއްލުނުތާ ދޮޅުއަހަރެއްހާ ދުވަސް ފަހުން ސުޕްރީމް ކޯޓުން ވަނީ މުހައްމާގެ މެންބަރުކަން އިއާދަކޮށްދެއްވާފައެވެ.

މުހައްމާ އެމްޑީޕީ އަށް ސޮއި ކުރެއްވި އިރު އަންނަ އަހަރުގެ ކުރީކޮޅު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯދުމަށް ވަރަށް ގިނަ ބަޔަކު ގެންދަނީ އެމްޑީޕީ އަށް ސޮއި ކުރަމުންނެވެ. މުހައްމާ ވެސް އަންނަ އަހަރު އޮންނަ މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ މެންބަރު ކަމަށް ވާދަކުރައްވާނެ ކަމަށް ވަނީ އަޑުފެތުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަހަށްދޭބަލަ

    ކާމިޔާބު ދަތުރަކަށް ވާނެ ކަމަށް އުއްމީދުކުރަން ކަމަށް ތަމެންގެ ރައީސް ބުނި ނަމަވެސް މަމެން އޭނާ ދައްކާ ވާހަކަ ގަބޫލުކުރަން ނެތީމޭ ތަމެންގެ ރައީސް ގެ ވެރިކަމަކީ އެއީ ޗަސްބު ނެތި ހަފުސްވެ ހޮއްޑޮޑޮ ސްޓައިލަށް ހިނގާ ސަރުކާރެކޭ ތަމެންގެ ފައިނޭންސޭ ކިޔާ ލަވަޔަކީ އެހެލާން ތެހެލާން ލަވައޭ އެއީ އެހެލާން ތެހެލާން ސްޓައިލް އަކީ އޯއް ޔޭއް ތަމެންނަށް ނުވާނެއޭ އެއްވެސް ކަމެއް ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިންޑިއާ އަށް ދެން ވިއްކާލާ ކަޓެއް ޖައްސާލާ

  2. ވަތަނަބޭގް ބޭބީ

    ކުރިޔަށްއޮތް މަޖިލީހުން މިފަދަމީހުން ފެންނަގޮތް ހަދައިގެންނުވާނެ.
    މިވައްތަރުގެރައްދުދޭމީހުނާއި ޒުވާބުކުރަން ނުދަނެ ޒުވާބުކުރާމީހުން ރަނގަޅެއްނުވާނެ.

  3. ނަޖްވާ

    ކީކޭ ދެން ބުނާނީ؟ މިކަހަލަ މީސްމީހުން މި އުޅެނީ އަހަރުމެން ތަބާވާން ޖެހޭ ޤާނޫނު ހަދަން ވެގެން!

  4. ޙަސަން އަޙުމަދު

    އަދަބެއް ސަދަބެއްނެތް ލަދުހަޔާތްކުޑަ މިޒާތުގެ މީހުން މިފަދަ ކަރާމާތްތެރި މަޖިލިސްގައި ސާމިލްވާކަމީ ހައިބަވަންތަކަން ނެތިގެންދާކަމެއް.

  5. ވަހީދު

    ދިވެހިންގެ ވިސްނުން މިހާރު ވަރަށް ބަދަލުވެއްޖެ. ރިޝްވަތު ފެށެނީ މަޖްލިސްތެރެއިން ކަމަށް ގިނަބަޔަކު ގަބޫލު ކުރޭ. ފާޑުފާޑުގެ މީހުން ދެން މަޖުލިހަށް ނުހޮވާނެ.

  6. މުހައްމަދު

    ހެޔޮނުވާނެ މިވެސްހަމަ ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކުރުމެއްބާ ދާއިރާއިންވެސް މިކަހަލަ މީހަކު ހޮވިއިރުވެސް އިގޭނެ މީކީ ތަމްސީލެއްނޫންކަން މިކުޅޭ ޑްރާމާތަކުގައިވެސް ބަސްމަގު އެހާހުތުރު އިންސާނެއްކަން މުޅީންވެސް ވިޔަފާރިއަށް ދެންކިހިނެއް ރަގަޅުވާނީ ދެންވެސް ހޮވާއިރު ފިސާރި ބަލާފަ ހޮވުން ރަގަޅު