ޑަބްލިއު ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކަތެއް ސިޓީ ކައުންސިލުން ހުއްޓުވައިފިއެވެ.

މިއަދު ސިމެންތި ބަސްތާ ވެއްޓުމުގެ ހާދިސާ ހިނގީ ޑަބްލިއު ކޮންސްޓްރަކްޝަންގެ ސައިޓެއްގައެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ ޑަބްލިއު ކޮންސްޓްރަކްޝަން އިން މަސައްކަތް ކުރަމުން ގެންދިޔައީ ޤަވައިދާއި ހިލާފަށް ކަމަށެވެ.

"މިއަދު ކުއްލި ޖަލްސާގައި ނިންމިފައިވަނީ ވަގުތުން ޑަބްލިޔު ކޮންސްޓްރަކްޝަންއިން ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުށްޓާލުމަށް އެންގުމަށް އަދި އެމީހުންނަށް ދީފައިވާ ހުއްދަތައް ވަގުތުން ހިފޭށްޓުމަށް ނިންމިފައިވަނީ" ސިޓީ ކައުންސިލްގެ މެންބަރު ހުސެން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ސިމެންތި ބަސްތާ ވެއްޓުނު ހާދިސާ އާއި ގުޅުވައިގެން ސިޓީ ކައުންސިލްގެ މެންބަރުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލެ ކައުންސިލްގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވީ މިއަދު ހިނގި ހާދިސާ އާއި ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވާ ޑަބްލިއު ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކަތެއް ވަގުތު ހުއްޓާލުމަށާއި އެކުންފުނީގެ ހުއްދަތައް ހިފެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް މެންބަރު އަހްމަދު ޒަމީރު ވިދާޅުވީ ސިމެންތި ބަސްތާ ވެއްޓުނު ހާދިސާ ހިނގި ސައިޓްގައި ޑަބްލިއު ކޮންސްޓްރަކްޝަން އިން މަސައްކަތް ކުރަމުން ގެންދިޔައީ ޤަވައިދާއި ހިލާފަށް ކަމަށެވެ.

"އެމީހުން އެސަރަހައްދުގެ ޕޭމަންޓް މަތީގައި ބަހައްޓާފައިވާ ނުރައްކާ ބޯޑަކީ ނޮވެމްބަރ 06 ވަނަ ދުވަހު ޝޭހް މުހައްމަދު ޖަމީލް މިސްކިތުގެ މަގު ފާރުގައި ސިމެންތި ޖަހަން ވެގެން މިކޮޅުން ގެންގޮސްފައި ހުރި ބޯޑެއް. އެބޯޑު އެހެން ސައިޓެއްގައި ބޭނުން ކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ ޤަވައިދުތަކާއި ހިލާފަށް." ޒަމީރު ވިދާޅުވިއެވެ.

ސިމެންތި ބަސްތާ ވެއްޓުނު ހާދިސާ އާއި ގުޅިގެން ނުވަ އަހަރުގެ އަންހެން ކުއްޖަކު ވަނީ ޒަހަމް ވެފައެވެ. އެކުއްޖާ އަށް ގެންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އެކުއްޖާގެ ހާލު ސީރިއަސް އެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މުޙައްމދު

    ޥަރަށް ރަގަޅު ނިންމުމެއް

  2. ޝުޙާ

    މޫނަށްނުބަލާ ކުންފުނި އެތައްމިލިޔަން ރުފިޔާ އިން ޖުރުމަނާކުރަން ފެނޭ. ޢިންސާނެއްގެ ފުރާނަ ގެއްލެނީ ތިކަހަލަ ވަގަށް ހިންގާ ކުންފުނިތަކުން...

  3. ފަރީދު ޒުހައިރު

    ޑަބްލިޔޫގެ ބައެއް ސައިޓްތަކުގައި މަސައްކަތް ކުރާކަށް ހުކުރު ދުވަހެއް ހުކުރު ވަގުތެއް ނޯވޭ. މަސައްކަތް ކުރިއަސް ތީ ބޮޑުވަރު. ހުކުރު ގަޑީގައި 12:30 ގައިވެސް ކޮންކްރީޓް ހެމަރ ޖައްސާ.

  4. ސޭޓުގެ އަންހެނުންގެ ފިރިމިހާ

    އެކުސް ކޮންސްޓްރަކްޝަން ނަމުގަ މަސައްކަތް ފަށާ... އަނާރުކަލީ ހުރިއްޔާ ސަލާމަތްވާނެ... ހޯރަ އިއްބެ ޒިނޭ ވެސް ..... ޗީޑި އިބޫ ސަރުކާރު

  5. ޒނވޒ

    ރަނގަޅު ނިންމުމެއް. އަޅުގަނޑަކީ ރައީސް ޔާމީންގެ ސަޕޯޓަރެއް. ނަމަވެސް ރައްޔިތުންނާއި ގުޅުން ހުރި ކަމެއްގައި ތިޔަ ނެންގެވި ޑެސިޝަން އަށް ތާއީދުކުރަން. އަދި ރިވިއު ކޮށްފައި ފިޔަވަޅު އަޅުއްވައި ރަނގަޅަށް ހުރި ސައިޓުތަކަށް ލަސްނުކޮށް ހުއްދަތައް ދިނުން ވެސް މުހިއްމު.

  6. މާސްޓަރ

    އެއްކަލަ ދީނީ އުސްތާޒާ އަނާރާ ނަޢީމްގެ ފިރިކަލުން ދިރިއުޅު މަށް ކު ރާމަސައްކަތް މީ. ލަދުން ބޯހލާކު. ގަވާއިދާ ޚިލާފަށް ހޯދާ ހަ ރާމް ލާރި ކައިގެން އެހެންމީހުންނަށް ފަތުވާދެމުން ދުވޭ.

  7. ޢިއްމަ

    ތިޔޮތީ ސީދާ ވައްކަންކޮއްފަ. އަނާރާ އަދިވެސް އަގަތަޅާތި. މިސްކިތެއްގެ މަސައްކަތަށް ގެންގޮއްސަހުރި ބޯޑެއް ވަގަށްނެގީ ކޮބާ ލަދު. އަދި ކުޑަކުއްޖަކު މަރާހަގުރާމަކުރަނީ. ޤަވާއިދާ އެއްގޮތަށްތޯބަލަންވެސް އެގޭނީ ސިޓީ ކައުންސިލަށްވެސް އެންގިނަމަތާ އެސައިޓުގައި މަސައްކަތެއްކުރާކަންވެސް. ލުންފުނީގެ އެމްޑީ ހައްޔަރުކޮށް ތަޙުޤީގުކުރޭ. ޢެއީ އިންސާފަކީ އެހެންނޫނީ އިމްރާން އިސްތިއުފާދެއްވާ...އިންސާފްގާްއިމްނުކުރެވޭތީ. ޢަނަރާއަކަސް ޤާނޫނު އަރާ ހަމަކުރަންޖެހޭނެ. ޢަދާލަތުޕާރޓީ މީހަމަ އަމަލާ ބަހާދިމާނުވާ ބައެއް. ޢިމްރާން އިންސާނެއްގެ ފުރާނަ ސަލާމަތްނުވާ ހިސާބަށްދިޔައިރު ކޮބާ މަނިކުފާނު ހަނު ހުއްނެވީ؟؟؟ ޖަވާބުދާރީ ކުރުވާނަން ހީނުކުރައްވާތި؟ ޔާމީން ވެސް ކަލޭވެސް ޤާނޫނުކުރިމަތީވަާނީ ހަމަހަމަ...ކޮބާ އިންސާފު؟؟ އިމްރާނަކީ ސީދާ އެއްވެސް ރަހުމެެއްހުރިމީހެއްނަމަ މިކަންބަލާނެ އަނާރާއަކަސް. ޝިދާތާވަރުވެސް ނުވި ކޮބާ ލަދު. ޢިސްތިއުފާ....ބަނގުލަދޭޝް އެންމެން މުޒާހަރާއަށް ނިކުމެއްޖެއްޔަ އިމްރާނަކަށް ނުހުއްޓުވޭނެ ހަނދާން ނައްތާލާ...ހީނުކުރާތި ބަންގްލަދޭޝް މީހެކޭކިޔާފަ ތިކަން އޮއްބާލެވިދާނޭ...މާދަމާ އެމީހުންކެކިއެރިޔަސް ނިމުނީ...

  8. ސަރުބަސް

    ތީގަ ކުއްވެރި ވާނީ ސިމެންތި ބަސްތާ. އެހާ މަތިން އެބަސްތާ ވެއްޓޭކަށް ނިޖެހޭ. ތި ބްރޭންޑްގެ ސިމެންތި ތައްޔާރު ކުރާ ކުންފުނީގެ އޯނަރުވެސް ހައްޔަރު ކުރޭ.

  9. އަނާރު

    ހައިރާންވެ އަންތަރީސް ވެއްޖެ. އަދާލަތައް ނިސްބަތްވާ މީހުން ހިންގާ ކުންފުނިތަކުގަ ހުކުރު ވަގުތަށް ހުއްޱާނުލާ ވާހަކަ ކޮމެންޱްގަ އޮތީމަ.

  10. ޑައިލޯގް

    މިސަރުކާރަކަށް ނުކެރޭނެ ހުއްޓުވާކަށް އެއީ ޑަބްލިޔު މީހުންވަނީ މިސަރުކާރު ގެންނަން ޚަރަދުކޮށްފަ އެއީ އަދާލަތުޕާޓީގެ މެމްބަރު އަނާރާގެ ފިރިމީހާގެ ކުންފުނި

  11. ނަން

    އަދި ކިރިޔާ ވިސްނުނީ. ގިނަ ކުންފުނިތަކުން މަސައްކަތްކުރަނީ އަމިއްލައަށް ބޯޑު ހަދައިގެން. އެސައިޓަކަށް ނެގި ބޯޑަކުން ނޫން.

  12. ބުރިޗޯ

    ހަމަ ހިތަށް އަރާއިރަށް، މަސައްކަތެއްވެސް ނުހުއްޓުވޭނެ އިނގޭ. ކަމެއްދިމާވި ދިމާލަކުން ހުއްޓުވައި ފިޔަވަޅު އަޅަންޖެހޭނީ. ތިޔައުޅެނީ އަތަށް ގޮަންދެން. ހަމްނާމެން އަދި ޅަ ވާނެ

  13. ހާމިދު ޝާހިދު

    މިއީ ޒިންމާދާރު ގޮތެއް ނޫން. ޑަބްލިޔޫ ކޮންސްޓްރަކްޝަނަކީ މިހާރު މާލޭގައި ކުރިއަރަމުން އަންނަ ބޮޑު ކުންފުންޏަކަށް ވަމުންދާ ކުންފުންޏެއް. މާލޭގައި އެއްފަހަރާ އެތައް ސައިޓެއްގައި އެމީހުން ދަނީ މަސައްކަތް ކުރަމުން. އެކްސިޑެންޓަކީ ކިތަންމެ ވަރަކަށް ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައި އޮތްނަމަވެސް ހިނގައިފާނެ ކަމެއް. މިކަމުން މިންޖުވަންޏާ ހުރިހާ ކޮންޓްރެކްޓަރުންނަށް އެއްހަމައަކުން ފިޔަވަޅު އަޅަންޖެހޭނީ. އެހެންނޫނީ، އެފަރާތުގެ ހިދުމަތް ހޯދަމުންދާ އެތައް ކައިންޓަކަށް އަގު ނުކުރެވޭވަރުގެ ގެއްލުން ވާނެ. އަސްލު މައްސަލައަކީ، މާލޭގެ އަވަށު ސުޕަވައިޒަރުން މިހާރު ނެތުން. ކުރީ ޒަމާނުގައިނަމަ، އަވަށު ސުޕަވައިޒަރުންނަށް ހުންނަނީ އެކިއެކި ކޮށިތައް ހާއްސަ ގޮގތެއްގައި ބަލަން ހަވާލުކޮށްފައި. އެމީހުން މަދުވެގެން ދުވާލަކު 1 ފަހަރު ރައުންޑެއް ޖަހާނެ. އެމީހުންނަށް ފާހަގަ ވާނެ، ހުއްދަ ބޯޑެއް ހުއްޓަސް އެއީ ގަވާއިދާ ހިލާފަށް ހިނގާ މަސައްކަތެއްކަން. ވަގުތުން އެޓެންޑްވެ، މައްސަލަ ހައްލކުރުމަށް ފުލުހުންގެ އެހީވެސް އޭރު ހޯދާފައި އެބަހުރި. އެއީ، މީގެ 12 ވަރަކަށް އަހަރު ކުރި. މިއަދު އެ އުސޫލުތައް ނެތުމުން ދިމާވި މައްސަލައެއްގައި އެއްކުންފުނި އިނދަ ޖައްސާލުމަކީ ޒިންމާދާރުކަމާއެކު މައްސަލައެއް ނިންމި ގޮތެކޭ ނުދެންނެވޭނެ.

  14. ދދ

    ސިޓީކައުންސިލް ވާންޖެހެނީ ޒިއްމާދާރު ފަރުވާތެރި ތަނަކަށެވެ ކޮންމެކަމެއް އެހެންމީހުނގެ ބޮލުގައި އަޅުވައި ފެއަށް ޖެހުމަކީ
    ހުތުރު ސިފައެކެވެ ޒިއްމާއަދާނުކުރާކަމުގެ ސާފު
    ހެއްކެކެވެ.

  15. ނަފާ

    ޥަގު ފަޅާއެރީ.މީހުންނަ ވަގައް ގޮވަމުން އަދިވެސްދުވަންވީ. ބޯޑު ވަގު. ކޮމެޓީވަގުން. ކުއްވެރިން ދޫކުރާވަގުން. މިހާރު އެގޭތަ ޔާމީނަކީ ވަގެއް ނޫންކަން. ގައުމައް ޒިޔާރައްކުރާ މީހުންނަވެސް ސަލާމަތެއް ނެއް.