ސުޕްރީމް ކޯޓާއި ހައިކޯޓު ހިންގާ ތީމުގޭގެ ފާރުން ބައެއް މަގުމައްޗަށް ވެއްޓި، އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ސައިކަލުތަކަކަށް ގެއްލުން ވެއްޖެއެވެ.

ފާރުން ބައެއް ވެއްޓުމުން ގެއްލުން ވެފައި ވަނީ ތީމުގެ އާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް ދެމެދު އޮންނަ ހުސައިނީ ގޯޅީގައި ޕާކް ކޮށްފައި ހުރި ސައިކަލްތަކަކަށެވެ.

ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ތީމުގޭގެ ފާރު މަތިން ވެއްޓިފައި ވަނީ ގާތްގަނޑަކަށް ތިން ފޫޓު ފުޅާމިނުގެ ސިމެންތި ބޯޑަރެކެވެ. އެ ބޯޑަރުން ޖެހިި ގެއްލުން ލިބުނު ސައިކަލްތަކަށް ލިބިފައި ހުރި ގެއްލުންތަކުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ ތީމުގޭގެ ފާރުން ވެއްޓުނު ބޯޑަރުން ޖެހި، ފަސް ސައިކަލަކަށް ގެއްލުންވެފައިވާ ކަމަށެވެ.

އެ ހާދިސާގައި މީހަކަށް ގެއްލުންވި ކަމެއް ނުވަތަ ނޫންކަމެއް ޔަގީނެއް ނޫނެވެ.

އެ ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ތީމުގޭގެ މަރާމާތުގެ ކަންކަން ބަލަހައްޓަމުން ގެންދަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. ތީމުގޭގެ އިމާރާތް މަރާމާތު ކުރަން ޖެހޭ މިންވަރަށް މަރާމާތު ކުރުމަށް ބޭނުންވާ ބަޖެޓް ނުލިބޭތީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަމާ

    ތީ ތިތާގަ ހިންގާ ސުރުރިމް ކޯޓުގެ ވެސް ހާލު. ހައިރާން ވާކަށް ނުޖެހޭ

    17
  2. ހުސެން

    ހަރާމް ހުކުމް ކުރާނަމަ ކޯފާ އައުން ދުރެއް ނުން އަދުލުވެރިވޭ ތުރުކީ އަށް ބަލާބަލަ.ފަނޑިޔާރުން ގާޒީން ﷲ އަށް ބިރުވެތިވޭ އަދުލުވެރިވޭ

    19
    1
    • މަގޭޚިޔާލުމީ

      ޔާމީނަށް ކުރިހުކުމް އެކަނި ހަރާމް ހުކުމަކަށް ވެގެން މިއުޅެނީ. ޔާމީން ދައުރުގަ އެހެން މީހުންގެ މައްޗަށް ކުރި ހުކުމްތައް އެއީ ކޮންކަހަލަ ހުކުމްތަކެއްބާ؟ މިއަދުވެސް ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނުނެގޭހާލަތުގަ ތިބިނަމަ ޓިނުތައް ނެގީސްކަން ކަށަވަރު. ފަނޑިޔާރުންތައް ހައްޔަރު ކުރީސްކަން ކަށަވަރު.

  3. ޢަހަންމަަ

    ގަވައިދާ ހީލާފައް ޕާކުކޮއްފައި ހުރި އެއްވެސް އިޅަަނދަކަށް ބަދަލެއްދޭކަށް ނުޖެހޭނެ

    16
    7
  4. ދަރަނި ދަންތުރަ

    ސަކީލް މެން އަދިވެސް ބިރެއްނުގަނޭދޯ ކުށެއްނެތް މީހުންނަށް ހުކުމްކޮށް ރިސްވަތުނަގާ މުޅި އާއިލާ މަތީ މަގާމުތަކުގައި ، އަގުރުއަލިފާން ތިޔަ ކަނީ

  5. އަހްމަދު

    ހުސައިނީ ގޯޅީގައި ތީމުގެވީފަރާތަކީ ޕާކިންޒޯނެއްނޫން، އެއީ ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދު. ނަޝީދު ހުންނަވާ މުރައިދޫގެ ކުރިމަތީ މަގުވެސް އެއީ ޕާކުކުރުންމަނާ ރޮނގުދަމާފައިވާ މަގެއް. އެމަގުގައި ޕާކުކޮށް މުޅިތަން ފުރާލާފާ އޮންނާތީ މިހާރު އެވަނީ ޕޮލިސްޓޭޕްދަމާފާ. އެތާހުންނަ މިސްކިތަށް ނުވަދެވޭނެހެން ޕާކުކޮށްފައި ހުންނާތީވެ އެތާ ޕާކުނުކުރެވޭގޮތަށް ސިމެންތިން ގާގަނޑެއްހަދާފާ އޮންނަނީ އެކަމަކު މިހާރު އެގާފަނޑުމަތީގައި އެހުންނަނީ ސައިކަލްޕާކުކޮށްފައި. ހިޥަނީ އެއީ ވަކިބައެެއްގެ ޕާކިންޒޯނެއްހެން. 9888ނަމްބަރުގެ ބޮޑުސައިކަލެއް ސަރުކާރު ހުލުވިފައި ހުންނަ ކޮންމެދުވަހަކު އެތާ ޕާކުކޮށްފައި ހުންނާނެ. ސައިކަލްދުއްވާ މީހުންނަކީމީ ލަދެއްހަޔާތެއް ހުންނަބައެއްނޫން.

  6. ރެޓޭ

    އާސަހަރާގެ ހުޅަނގު ފަރާތު ފާރުވެސް ހުންނަނީ މަގުމައޗަށް އަރިވެފަ! ފާރު ވެއްޓި ބަޔަކަށް އަނިޔާ ވުމުގެ ކުރިން އެކަމާ އުޅެބަލަ!

  7. ކޮރަލް

    އެ ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ދެން އިތުރު މައުލޫމާތެއް ނުލިބޭނެ އެވެ.

  8. ހެ

    ތީ މުޅި ގައުމުގެވެސް ހާލަތު.ހައިރާން ނުވޭ.ތިވަރަކުން އަދި ރީއެކްޓެއް ނުވާނެ.ވަރަށް ވަރުން ކަރަންޓު އަންނަނީ.