ހުޅުމާލޭގައި ޕާކް ކުރާނެ ޖާގަ ހުސްވުމުން ގަރާޖު ހަދާފައި ނުވާ ވެހިކަލް ރަސްޖިސްޓްރީ ކުރުމުގެ ހުއްދަ ދިނުން މަޑު ޖައްސާލައިފި އެވެ.
ހުޅުމާލެ ތަރައްގީ ކުރާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ކުރި އިއުލާނެއްގައި ވިދާޅުވީ ވޭދުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ހުޅުމާލެއަށް އެތެރެކޮށްފައިވާ އުޅަނދުތައް އިތުރުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ހުޅުމާލޭގައި ގަރާޖު ނެތް ތަންތަނަށް ދޫކުރަން ކަނޑައަޅާފައިވާ ޕާކިން ޖާގަ ހުސްވެފައިވާ ކަމަށެވެ.
އިއްޔެ އިން ފެށިގެން ހުއްދަ ދިނުން މަޑު ޖައްސާލީ ހުޅުމާލޭގައި އިތުރު ޕާކިން ސަރަހައްދުތަކެއް ކަނޑައަޅާ، ޕާކިން އުސޫލެއް އެކުލަވާލައި އާންމު ކުރެވެން ދެން ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
ހުޅުމާލެއަށް އުޅަނދުފަހަރު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލުގައި ބުނާ ގޮތުގައި ހުޅުމާލެއަށް އުޅަނދު ފަހަރު ގެންދިއުމުގެ ކުރިން އެޗްޑީސީގެ ހުއްދަ ހޯދަން ޖެހެއެވެ.
އުޅަނދު އެތެރެކުރުމަށް ހުއްދަ އެޗްޑީސީ އިން ދެނީ ކޮންމެ ފްލެޓެއްގެ އެޕާޓުމަންޓަކަށް އެއް އުޅަނދު އަދި ގަރާޖެއް ނެތް އިމާރާތަކަށް އެއް އުޅަނދެވެ. މީގެ އިތުރުން ގެސްޓު ހައުސް ނުވަތަ ވިޔަފާރި ޔުނިޓުތަކަށް ވެސް އެއް އުޅަނދު ދުއްވުމުގެ ހުއްދަ ދެއެވެ.
ނަމަވެސް ސިނަމާލެ ބުރިޖު ހުޅުވި ފަހުން ހުޅުމާލޭގައި ޤަވައިދާއި ހިލާފަށް ދުއްވާ ވެހިކަލްތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.
އައިސާގެ އަނެއްތަން އޮންނާނެއެއްނޫން ޕާކުރަން
ޖަޒީރާ ރާއްޖޭގައި ގާނޫނެއް ގަވައިދެއް ނުހުއްނާނެ! ހުޅުމާލޭގެ ބީޗްސަރަހައްދުގައި މިހާރު ހަޓްތައްހަދާ ބާބަކިއު ހަދަމުން އެދަނީ!
މައުމޫނު ގަމާރުކަމުން ވީގޮތެއް. މުޅިން އަލަށް ޕްލޭންކޮށްގެން ހަދާ ރަށެއްގައި މާލޭގެ ތަޖުރިބާއަށް ބަލަން ޖެހޭނެނޫންތަ؟ ހަމައެކަނި ކޮތަރުކޮށި ތަކެއްހެން ފްލެޓްތަކެއް ހެދިޔަކަސް ނުނިމޭނެ ބްރިޖް މަގުތައް ކޮބާ؟
ދެން މަތިން ދޯ މި ހުރިހާ ދުވަހަކު ދުއްވީ،??
މާލޭގަ ދުއްވާ ވެހިކަލްތައް ގެންގޮސް ޕާކް ކުރީމަ ވާނީ އެހެން