ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނަމުގައި ޕީޕީއެމްގެ ލީޑާޝިޕުން އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމާފައިވާކަން "ވަގުތު"އަށް ކަށަވަރުވެއްޖެއެވެ.

"ވަގުތު"އަށް އެނގިފައިވާ ގޮތުގައި ޕީޕީއެމް ކައުސިލުން ވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމާ، އެކަމާ ގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަށް ޕާޓީގެ ލީޑާޝިޕާ ހަވާލުކޮށްފައެވެ. ޕީޕީއެމްއިން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށީ، އެ ޕާޓީގެ ލީޑާޝިޕް މައްސަލަ ސްޕްރީމް ކޯޓުގައި އޮތުމުން، އެ މައްސަލަ ކޮންމެ ގޮތަކަށްވެސް ނިމިދާނެ ކަމުގެ ފުރުސަތު އޮތުމުންނެވެ.

"ވަގުތު"އަށް ވާހަކަ ދެއްކި ޕީޕީއެމްގެ ކައުންސިލް މެމްބަރަކު ވިދާޅުވީ ކުރިއަށް އޮތް މަޖިލީސް އިންތިހާބާ ދިމާކޮށް، ސްޕްރީމް ކޯޓުން ޕާޓީގެ ލީޑާޝިޕާ ދޭތެރޭ ހުކުމެއް ކޮށްފި ނަމަ، ޕާޓީގެ ހިންގުން ހުއްޓުމަކަށް އައިސްދާނެ ކަމަށެވެ.

"ވަގުތު"އަށް އެނގިފައިވާ ގޮތުގައި ޕީޕީއެމްއިން މިހާރު ކުރަމުންދާ މަސައްކަތަކީ އަލަށް އުފައްދާ ޕާޓީގެ ލޯގޯ ފައިނަލް ކުރުމުގެ މަސައްކަތެވެ. އަދި މި ހަފްތާ ތެރޭގައި އާ ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުށަހެޅުމަށް ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

ޕީޕީއެމްގެ ކޮންގްރެސްއިން، ޕީޕީއެމްގެ ރައީސަކީ ކުރީގެ ރައީސް ޔާމީން ކަމަށް ނިންމެވުމުން އެ ނިންމުން ބަލައިގަންނަން އިލެކްޝަންއިން ދެކޮޅު ހެދި ނަމަވެސް، ހައިކޯޓުން ވަނީ ކޮންގްރެސްގެ ނިންމުންތައް ބަލައިގަތުމަށް އީސީއަށް އަމުރުކޮށްފައެވެ. އޭގެ އިތުރުން އީސީން ވަނީ ޕީޕީއެމްއަށް ލިބެން ޖެހޭ ބައެއް ފައިސާވެސް ހިފަހައްޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. sis

    އަސްލު
    ލާދީނީ ނުވާތި

    • ހިނަ

      ވަގުންގެ ޕާޓީ.

  2. Ma

    މަ ވަންނާނަން އިންސާ އަﷲ

  3. علي وحيد ٢٠١٩

    އެކަމެއްގެ ވަގުތު ޖެހުމުން އެކަމެއްވާނެ ތިބުނާ ޕާޓީއެއް އުފައްދަން ޖެހޭވަގުތު ޖެހުނީމައުފައްދަފާނެ ﷲގެ ރަޙުމަތާއިއެކު މިތިބީ ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގަ

  4. ޙަސަން އަޙުމަދު

    ތިމަރަ ޝަރީފަށް ޕީ.ޕީ.އެމް ދީފައި ޕާޓީ އެއް އުފެެއްދުން ބުއްދިވެރި. އެ ތިމަރަ ބޯ ކެއި ރިޝްވަތުގެ ނަހަލާލު ފައިސާގެ ސަބަބުން ޕާޓީ އާއިގެން ކުރިއަށް ދެވުމުގެ ފުރުޞަތެއް ނުދޭނެ. އެއީ އިބިލީހެއް.
    މިކޮމެންޓް ޖަހައިދިނުން އެދެން.

  5. ދދދދ

    ތި ޕާޓީ ރަޖިސްޓްރީ ކޮށް ދޭނެބާ! ކޮށް ދިންނަމަވެސް އުއްތަމަ ބާޣީ މަނިއްޕުޅުން ސޫމޯޓޯ ނުކުރާނެބާ!

  6. ވައިހޭ މުހައްމަދު

    ތިކަން ކުރަން މާލަސްވެއްޖެ. ވަރައްރަނގަޅުނިންމުމެއް، މިތިބީ ކެތްމަދުވެފަ ތިޕާޓީ އައް ސޮއިކުރަން. ރައީސް ޔާމީންގެ ޓީމް އޮންނާނެ ފަހަތުގައި، ޤައުމު އަބަދުވެސް ބޭނުންވާނީ ޤައުމަށް ގައްދާރު ނުވާ ވެރިން، ޤައުމު އަބަދުވެސް އެދެނީ ރައީސް ޔާމީން ޤައުމު ގެވެރިޔަކަށް ހުރުމަށް.

    • ޒފފ

      ވައްކަން ކުރުމަކީ ގައްދާރުވުން. ޕީޕީއެމުން މި ވަކިވީ އަދި ތިޔަ ޕާޓީއާއި ގުޅެން ވެސް ބޭނުމެއް ނޫން.

  7. ގޯސް

    ޑީއާރުޕީ، ޕީއޭ، ޕީޕިއެމް އަށް އުފެދިފައި މިހާރު އެމްޓީޑީ އަދި ޕީއެންސީ (ޕީޕަލްސް ނެޝަނަލް ކޮންގްރެސް) ގެ ނަމުގައި ދެ ޕާޓީއަށް ތިޔަ ބައިވީ. އެއްޗަކީ އެކައްޗެއް. ވިސްނުމަކީ އެކައްޗެއް. އަހަރެމެން ތިޔަކާ ގަޔާއެއް ނުވޭ. ކޮންމެ ދައުރަކު ވައްކަންކޮށްފައި އާ ޕާޓީއެއް ތިޔަ އުފައްދަނީ. ތިޔަ މަކަރު ރައްޔިތުން ދަނެއޭ.

  8. ހގގތ

    މިދިޔަ 40 އަހަރު މައުމޫންގެ ސަޕޯޓަރުންގެ ގޮތުގައި ތިބި މީހުންގެ %92 މީހުންގެ ވިސްނުން ދޮވެލައި ޔާމީނު ކޮޅަށް އަނބުރުވާލީ މިދިޔަ 4 ވަރަކަށް އަހަރު. މި ޕާޓީ ހެދުމުން މިއީ މިކަން ނިންމައި ސިއްކަ ޖަހައި ވަކަރަށް ޖަހާލުން. މައުމޫނަށް ލިބުނީ ތޮށިގަނޑު. އެހެންތާ ވާނީ 2014 ގައި ޔާމީން ޖެއްސުން ކުރަން ފެށުމުން މިބޭ ހަމަ ހުރީ. ފަހުން ހިނި އައިއްސަ ހުރެ ގުޅުން ރަނގަޅޭ ބުނެ ބޭރަށް ފުރައިގެން ދިޔައީ. އެދުވަސްވަރު ރަށްރަށަށް ގޮސް ޕީޕީއެމްގެ މީހުންތައް މައުމޫން ފަޅިއަށް އަނބުރުވަން ދަތުރުތައް ކުރި ނަމަ މައުމޫނަށް މިހާލު ނުޖެހުނީސް. ދެން މހާރު އެމްޑީޕީ މެންބަރުންވީ 17 މަޖިލިސް ގޮނޑި މައުމޫނަށް ދޭން. ސިޔާސީ ގޮތުން ސުމެއްގެ ވިސްނުން ހުރީ މައުމޫނާ ފާރިސްގެ.

  9. ރާއްޖެ

    މޑޕ އަޑީގައި އޮވެން ޕޕމގެ ދުވަސް ދުއްވާ
    ލުމަށް ފަތުރަމުންދާ ހީލަތްތެރި ދަލުގައި ނުޖެހި ވީހާ އަވަހަކަށް ޕޕމ ގެ މެންބަރުން
    އާ ޕާޓީއެއްއުފެއްދުމަކީ ކޮންމެހެންވެސް ކުރަން
    ޖެހޭކަމެކެވެ އެހެން ނުހަދައިފިނަމަ ޕާޓީއަށް
    ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިނޭނެއެވެ އެންމެރަނގަޅު ގޮތަކީ ޕޕމ އުވާލުމެވެ އެޕާޓީގެ
    ފައިދާ މައުމޫން ނެގިއަދީގެން ނުވާނެއެވެ.

  10. ޙައްވަ

    މަރުހަބާ ޕޕމ ގެ ޢާފެކްސަނަށް

  11. *** ރައޫފު

    ކޮބާ ފައިން އެރިއްޖެ އެއްނު. ތީތި ސަޅި

  12. މަވެސް ރޔާމީނާއެކު

    މަވަންނަނާނަން ތިޕާޓީއަށް. މަވެސް ރޔާމީނާއެކު.

  13. ޢައިބާ

    ޕީޕީއެމްގެ ދަރަނި އަދާކޮއްފައި މެނުވީ ތިޔަ ޕާޓީއެއް އުފައްދާގެން ނުވާނެ ، ހެޔޮ ބޭންކުގެ ހުރި ޔާމީނުގެ 100 މިލިއަން ރުފިޔާ އިންވިއަސް

  14. އިމްތިހާންތރަސް7

    މަވެސް އިރާދަކުރެއްވިއްޔާ ވަންނާނަން ތިޔަޕާޓީއަށް

  15. އަލްޖިބްރާ

    ޔާމީނު ވަގަށްނެގި ޕާރޓީ ޔާމީނުއަތުން ގެއްލޭނެކަން ޔަޤީންވީ ! ތިވަރަކުން އަދި ނުވާނެ ! ޖަލުން ގޮޅިއެއް ހަދާފަ އެގޮޅިއަކީ އަލަށް ހަދަން އުޅޭ ޕާރޓީގެ އޮފީސްކަމަށް ހަދާ ! އޭރުން ތިހުރިހާއާލާތުން އެތަނުގައި ޖަލްސާ ބާއްވަފާނެ ނު ! ބޮޑު ބަލާއެއް !

  16. ގަމާރު

    ތިޔަ ނިންމުން ނައިސްފަ މިތިބީ. ވަރަށް ހިތްހަމަ ޖެހިއްޖެ..މަށަކީމީ ޔާމީންގެ ސަޕޯޓަރެއް. އަވަހަށް ފޯމް ގެނޭ.

  17. ގަމާރު

    ތިޔަ ނިންމުން ނައިސްފަ މިތިބީ. ވަރަށް ހިތްހަމަ ޖެހިއްޖެ..މަށަކީމީ ޔާމީންގެ ސަޕޯޓަރެއް. އަވަހަށް ފޯމް ގެނޭ. ސަޅި

  18. ާބަކުރުބޭ

    ތި ޕާޓީގެ ވެސް ސައިޒަކަށް ވާނީ ޕީއޭގެ ސައިޒް ކަމަށް ލަފާކުރެވެނީ

  19. ނުރަބޯ

    ތީތި ވަރަށް ދިގުދައްމާނެ މިއުޅޭ ތިމަރަ ތަލަގަނޑު. ވީމާ ވަގުތު އޮއްވާ އަވަހަށް ޖައްސާ.

  20. Anonymous

    މަވެސްވަްންނާނަން އިންސާﷲ