ކުރީގެ ރައީސް އަބްދުﷲ ޔާމީން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުޅުވާފައިވާ އެކައުންޓަކަށް އަމިއްލަ ކުންފުންޏަކުން އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ޖަމާކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ފުލުހުންނަށް ހުށަހަޅައިފިއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ ގޮތުގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވެ އެފައިސާތައް ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލަ އޭސީސީ އިން ފުލުހުންނަށް ހުށަހަޅާފައި މިވަނީ ފައިސާ ޖަމާކުރިތާ ތިން އަހަރު ފަހުންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އޭސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ޔާމީންގެ އެކައުންޓަށް އަމިއްލަ ކުންފުންޏަކުން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވަނީ ދެފަހަރެއްގެ މަތިން ކަމަށެވެ. ފުރަތަމަ 13 އޮކްޓޯބަރ 2015 ގައި ފަސްލައްކަ ޑޮލަރު އަދި އޭގެ ދެދުވަސް ފަހުން 15 އޮކްޓޯބަރ 2015 ގައި ފަސްލައްކަ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އޭސީސީ އިން ވިދާޅުވިއެވެ.

އޭސީސީގެ ބަޔާނުގައި ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި އަމިއްލަ ކުންފުނީގެ ނަމެއް ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެއީ އެމްއެމްޕީއާރްސީ ޚިޔާނާތުގައި ބައިވެރިވި އެސްއޯއެފް ކުންފުނިން ޖަމާކުރި ފައިސާއެވެ.

އޭސީސީގެ ބަޔާނުގައި ވިދާޅުވީ މިހާތަނަށް އައިއިރު، ފައިސާ ޖަމާކުރި ކުންފުނީގެ ހިއްސާދާރުންނާ ސުވާލު ނުކުރެވެނީ ރާއްޖޭން ބޭރުގައި ތިބީމަ އެވެ. ތަހުގީގު ފުރިހަމަ ކުރުމަށް އެ މީހުންގެ ބަސް ހޯދަން ޖެހޭތީ، އެމީހުން އޭސީސީއަށް ހާޒިރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭސީސީ އިން ވިދާޅުވިއެވެ. ނަމަވެސް ކުރަމުން ގެންދާ މަަސައްކަތްތަކުގެ ތަފްސީލް ދެއްވާފައެއް ނުވެއެވެ.

އޭސީސީ އިން ވިދާޅުވީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު، އޭސީސީގެ ނަމުގައި ބޭންކް އެކައުންޓެއް ހުޅުވައި މި އަހަރުގެ ޖޫން 28 ވަނަ ދުވަހު އެއެކައުންޓަށް ވަނީ ޖަމާކުރެވިފައެވެ.

އޭސީސީ އިން ވިދާޅުވީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއްމިލިއަން ޑޮލަރާއި ގުޅޭ އިތުރު ކަންތައްތަކެއް ފުލުހުންނާއި ވާނީ ހިއްސާ ކުރެވިފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.

މިދިޔަ ހޮނިހިރު ދުވަހު ޔާމީން ފުލުހަށް ހާޒިރުކޮށް ޔާމީންގެ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައި ސުވާލު ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ލައްކަޑޮލަރު

    ޕީނަޓްސް ދެއްތޯތީ.

  2. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ދަ ސަންތިމަރިޔަނބޭ ދަ ބަލާބޮޑޭ ދަ ބޮޑުކަރުވަޅޭ ދަ ސޮމާލިޔަނޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  3. އެއްޑޮލަރ

    ޕީނަޓަކަަސް އަދި ކެޝޫނަޓަކަސް ގައުމެއްގެ ވެރިޔެއްގެ އެކައުންޓަށް އެކިއެކި ފަރަތްތަކުން ފައިސާ ޖަމަކުރާކަށް ނުޖެހޭނެ. އެއީ ހަމަ ރިޝްވަތު، އޭނަ ވެރިޔަކަށް އަދި ކޮންމެ ކޯޓަކުން މަސައްކަތްކޮށްގެން ގެނަޔަސް ރައްޔިތުން ބެހެއްްޓީ ފުރިހަމަ މުސާރަޔާ އަދި އޭނަ ތަޅާބާލާނެ ފައިސާ ދީފަ. ކޮންމެން ރިޝްވަތު ފައިސާ ހޯދުމާ ނޮޑެތި މަޝްރޫޢޫތަށް ދޭމީހުންގެ އަތުން ބައި އެޅުމާ އަދި ސަރުކާރުން ކުރާ ޓުރިޒްމގެ ކޮންމެ ވިޔަފާރިޔަކުން ބައިއެޅުމެއްނޯންނާނެ. އެއީ ހަމަ ޣައްދާރެއް . ޚާއިނެއް. ވަގެއް. އިތުރުބަހަނާނުދައްކާ ތިޔައެތި ހަވަރަށް ދީބަލަ. މިދެން ބޮޑުވެއްޖެ ކަމެއް.

    • ޚަލޭ

      ކަލޭ ހަވަރަށް ދޭން ފެނޭ. ހޭކެނޑޭނެ ކަމެއް ނެތް...

  4. ބުރޯ

    އެކުންފުނިން ޖަމާކޮށްފިނަމަ އެވާނީ އެމްއެމްއާރުޕީ ގެ ފައިސާއަށްތަ ؟

  5. މޯދީ

    ކަލޯ ލުތުފީ ތަ މެހެއި ދުވަހަށް އޮތީ ނިދާށާއި؟ ތަގޭ ޒިއްމާ އަދާ ކެޑަ އެއްތައްނާ މިގައުމު މިހިސާބަށް ނިއޭހެއް. ތަގޭ ކޮރަޕްޝަނަސް އެހެއި ބޮޑ.

  6. India ލޯނު

    ވަތަކުތޯ ޖަމަލުފޮޑިއަށް

  7. ހަސަނު

    ލޯންޗް ގޮއްވާލިފަހުން ރައީސް ބައްދަން ތިފައިސާ ތިހުރީ ޖަމާކޮށްފަ

    • އަޙުމަދު

      ފިނިފެންމާ ލޯންޗް ގޮއްވާލައިގެން ރައީސް ޔާމީނު އަވަހާރަ ކޮއްލަން އުޅެ އެކަން ނުވީމަ، ރޔ ބޮލުގަ ބަދުނާމެއް އަޅުވަންވެގެން ކޮއްފައިވާކަމަކާ ވަރައްވައްތަރު. އެހެން ނޫނަމަ ތި ފައިސާ ޖަމާކުރާނީކީ ލޯންޗު ގޮއްވާލި ފަހަުން ނޫން. ތީހަމަ ރޔ ބަދުނާމުކުރަން ގަސްދުގައި ރާވައިގެން ކޮށްފައިވާ ކަމެއް

  8. މަސްވެރިޔާ

    އޭސީ.ސީ އަކީ އެއްވެސް އިތުބާރެއްނެތް އެއިރެއްގެ އޮންނަ ސަރުކާރެއް ބޭނުންގޮތަކަށް ކަންކަން ހިންގަމުންދާތަނެއް؛ މުއައްސަސާގައި ތިބި މެންބަރުންގެ ތެރޭ ރ..އާއި ނރ.އަކީ އެއްވެސް އިތުބާރެއްނެތް ދެމީހުން.

  9. ނީބުމަ

    މިވާގޮތުން އެއްދުވަހާ މާގިނައިން މަރުކަޒީބޭންކް ނުވަތަ ބީއެމްއެލް ކައިރިން ހިނގިޔަސް ފުލުހުންނައް މައްސަލަ ހުށައަޅާފާނެއޮތަ؟