ގަވައިދާ ހިލާފަށް ޕާސްޕޯޓް ހިފަހައްޓާ ކެންސަލް ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލަށް 50 މިލިއަން އެމެރިކާ ޑޮލަރު (772 މިލިއަން ދިވެހި ރުފިޔާ) ހޯދަން ދައުލަތާއި ދެކޮޅަށް ދައުވާ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބުދުﷲ ޖާބިރު ނިންމަވައިފި އެވެ.

ޖާބިރުގެ ޕާސްޕޯޓު މިދިޔަ އަހަރު އިމިގްރޭޝަނުން ހިފަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން މިއަދު ވަނީ ޙުކުމް ކޮށްފައެވެ. އެހެންކަމުން ލިބުނު ގެއްލުމުގެ މަދަނީ ބަދަލު ހޯދަން ދައުވާ ކުރުމުގެ ފުރުސަތު ޖާބިރަށް މިހާރު ވަނީ ލިބިފައެވެ.

ޖާބިރު ވިދާޅުވީ ގާނޫނާއި ހިލާފަށް އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.

އޭނާ އަކީ ވިޔަފާރިވެރިއަކަށް ވާތީ ދަތުރު ނުކުރެވުމުގެ ސަބަބުން ހިނގަހިނގާ ހުރި އެތަކެއް ވިޔަފާރިއަކާއި ޕްރޮޖެކްޓް ތަކަކަށް ގެއްލުންވި ކަމަށާއި، އެކަމުގެ ސަބަބުން އާއިލާ އާއި، ވިޔަފާރިއާއި ދުރުގައި އިނގިރޭސި ވިލާތްފަދަ ޙަރަދު ބޮޑު ތަނެއްގައި އެތަކެއް ދުވަސްވަންދެން ހުންނަން ޖެހުނު ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން އެ މައްސަލައިގައި ޖާބިރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރަން ނިންމާފައިވާ ކަމަށާއި، ގާތް ގަޑަކަށް 50 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް އެކަމުގެ ސަބަބުން ވެފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ޕާސްޕޯޓް ބާތިލް ކުރި އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ މައްސަލައިގައި އެ ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، އިމިގްރޭޝަން ގާނޫނާއި ޕާސްޕޯޓާ ބެހޭ ގާނޫނުގެ އިތުރުން އެހެން ގާނޫނުތަކާއި ގަވާއިދުތަކުގައި އޮތް ގޮތުން، ދިވެހި އެއްވެސް ރައްޔިތެއްގެ ޕާސްޕޯޓެއް ބާތިލް ކުރުމުގެ ބާރު އިމިގްރޭޝަނަށް ނޯންނާނެ ކަމަށާއި އެހެންކަމުން ޖާބިރުގެ ޕާސްޕޯޓު ބާތިލްކުރީ ގާނޫނު އަސާސީގެ 19 ވަނަ މާއްދާއާއި 41 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. މަރުމޯލު

    ތިކަމަށްވުރެ އަވަހަށް ކުރަންވިކަމަކީ ޑރ މަނިކުފާނު ދައްކާލުން

  2. ގާބުރި

    ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު އަށް ވަރަށް އާދޭޙާ އެކު ދަންނަވަން. ތިޔަ ޖާބިރު ތިތަނުން ބޭރުކޮށްދެއްވާ. އޭނާ ބަހައްޓާ އޭަނާގެ ވިޔަފާރި ހިންގަން، ސަރުކަރުގެ އެއްވެސް އާރެއް ބާރެއް ހިނގާ ކަމަކާ މަތިނުކުރައްވާ. މިހާރު ތިޔަމީހާ ވެއްޖެ ހަމަ ބޮޑު ތުރާލަކަށް.

  3. ދަތްދޫނި

    ޖާބިރޫ ސާބަހޭ . ރިސޯރޓެއް ގަނެފައި ހަދާހާ ފައިސާ ތި ލިބެނީ. ތިފައިސާ މި ކޮންމެ ސަރުކާރެއް އަޔަސް ޖާބިރަށް ދައްކަން ޖެހޭނެ.

  4. އިބޫ

    މީނަ ސްޕެޝަލް އެންވޯއީއަށް ލެވުނު މޮޔަވެސް ހިތަށް އަރައިފި. ފުރަތަމަ ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް ދައްކަން ވީނު. މަގޭ ސަރުކާރުން ކަލެއަށް ދޭނެ ލޯ ލާރިއެއްވެސް ނޯންނާނެ. ބޮޑު ނޮހޮރޮއްޕާނެކޭ މީނަ އާ ހެދި. އަހަރެން މި އުޅެނީ ލަދުން ދެފައި ގާތްކޮށްލަން ނުކެރިގެން.

  5. މާމިގިލީ މީހާ

    ޖާބިރު ތިޔަހުރީ ރަނގަޅަށް މޮޔަވެފަ، މިނިސްޓަރު ކަން ނުލިބިގެން.. ސަރުކާރުން ޖާބިރު ލާންވީ ގުރައިދޫގަ ހުރި މޮޔަ މީހުން ބަހައްޓާ ތަނަށް. ވީހާވެސް އަވަހަކަށް..

  6. އިންސާފު

    މައުމޫނައް ދިން ލާރިއާ އިބޫއައް ދިން ލާރި ކޮޅު އެންމެފަހުން ސަރުކާރުން ނަގަން ދޯ ތިނިންމަނީ

  7. ލައްކަޑޮލަރު

    ތިކަހަލަ ޝަރާބީތައް ތިލަނީ މަގާމްތަކަށް

  8. ހުވަދޫ މީހާ

    މީނަ މީ ހަމަޖެހޭ މީހެއްބާ؟ ސަރުކާރުގެ އިސް މަޤާމެއްގައި ހުރެ ސަރުޔކާރާއި ދެކޮޅަށް ދަޢުވާ؟؟؟!!!!!

  9. ޅޮޓަސް

    ހީވޭ ނަފުސާނީ މައްސަލަ އެއް އުޅޭހެން ،،މީނަޔައް ބޭސް ކުރަން ފެނޭ..

  10. ގާބިރު

    މީ މޮޔަފުޅު ވެގެން އުޅޭ ބެެފުޅެއްތޯ. ޙަނދު ބޮޑުވެފަ ހުރީ

  11. ކިިއުންް

    މިއަދު ދިވެހިންް ލިބިިފަޢިި މިިޥަނީ އަންްދާާ ގާަނޫނުު މޑޕ އަން ދޤދާ

    • ނެއްތަ ދެން ލިބޭނެ ގޮތެށް

      ފުރަތަމަ ސުވާލަކީ.ޖާބިރު އަގު ބޮޑު ކޮން ޔޫކޭ. ގަ ގޮސް ހުރީ ކާކު ބުނެގެން ތޯ؟
      2.ސުވާލަކީ.ކަލޭ ތިހާ ރުފިޔާ ގެން ގުޅޭ މީޚާ ދައުލަތައް ދޭން ޖެޙޭ ރުފިޔާ ނުދައްކާ ފިލައިގެން ތިއުޅުނީ ކީއްެވެބާ އޭ؟؟؟؟؟

  12. ޢައިންތު

    މީނާމީ ފައިސާޔާ ރަލާހެދި މޮޔަވެފަ ހުރިމީހެއް
    ރައީސްއޮފީހަކުނޫން މީނަ ބަހައްޓަންވީ
    ގުރައިދޫގަ ހާއްސަ އެޑްވައިޒަރު ކަންދޭންވީ

  13. ފާތި

    ކިނބޫގެސަރުކާރު ހިންގަނީ އެއްވަރުގެ ބޯހަމަނުޖެހޭމީހުން ލައިގެން އަންނިއެކޭ ލޮލީ އެކޭތަފާތެއްނެތް

  14. ފިކުރު

    ހިތުހުރިގޮތަކަށް ދިވެހިރައްޔިތުން އައިޑީކާޑާއި ޕާސްޕޯޓު ފަދަތަކެތި ބާތިލުކުރުމަކީ ކުރެވިގެންވާނެކަމެއްނޫނެވެ. ކުށެއް ސާބިތު ނުވާހާ ހިނދަކު ކޮންމެ މީހަކީވެސް މައުސޫމް މީހެއްކަމުން މިފައިސާ ދަވްލަތަކުންނޫން ހޯދާންޖެހޭނި މިފައިސާ ހޯދަންޖެހޭނީ އިމިގްރޭޝަން ގާނޫނާއި ޚިލާފަށް ޢަމަލުކޮށްފައިވާ ފަރާތްތަކުގެ އަތުން. މިހާފައިސާ ދަވްލަތުން ދައްކަންޖެހިއްޖެނަމަ ދަވްލަތް ފަގީރުވެ ގައުމު ބަޑަށްޖެހޭނި ދެއްތޯ؟

  15. އާދިލަ

    އަބަދުވެސ ކޮންމެވެސ ތަނަކުން ލާރި ނުލިބިގެން އުޅޭ މީހެއް. މޮޔަވީކަންނޭނގެ

  16. ސޯލިހު

    ކިނބިގަސްދޮށުގެ ހިބަކޮށްލިބުނީތަ މައުމޫނު ކައްވާލި ލާރިގަނޑުކޮބާ

  17. އަލީ

    މިއީ ސަރުކާރުން ރާވާއިގެން ކުރާކަމެއް.

  18. ޢިސަ

    ތިހެން ފައިސާ ހޯދައިގެން މުއްސަނދި ވެގެން އުޅޭމީހެއްތީ...

  19. Anonymous

    ތިޔައީ ހަލާލު ނޫންތަކެތިން ކައިބޮއި ހައްދަވާ ބޭފުޅެއްތަ ؟ އެންމެފަހުން ދުށްރޭ ހުންނެވި ހާލަތު ދުށްމީހަކަށް އެގޭނީ މީހާއަށް ބޮވުނު މިންވަރު

  20. ވަބާ

    މިވެސް މިޤައުމަށް ޖެހިފަ އޮތް ބޮޑު ވަބާއެއް، މާދަމާ ބުނާނެ ބިލްގޭޓްް މައިކްރޯސޮފްޓް ހިންގަނީ ތިމަންނަ އަތުން ރުފިޔާ ނަގައިގެންނޭ، މީނައަށް ސަރުކާރުން މަޤާމެއް ދިނީތީވެ ހަމަ ހައިރާންވެއްޖެ. މިކަހަލަ ދެއުޅިއެއްނުވާ މީހަކު މީ ރައީސްގެ ސްޕެޝަލް އެންވޯއީ އޯ.....

  21. ރާބެ

    ތިވަރުން ފުދޭނެތަ ކަލެއައް

  22. ހިޔާ

    އެތިފޮދެއް ހިއްޕަވާފަ ހުރިހެން ހާދަ ހީވެޔޭ!

  23. އިބްރާހިމް

    ދިވެހި ރައްޔިތުން ދެކެލޯބިވާ ވެރިން ރައްޔިތުންގެ ފައިސާ ނާޖާއިޒުގޮތެއްގައި ހޯދާކަށް ނޫޅޭނއެވެ.

  24. އިބޫ

    ސާބަސް ޖާބިރު
    ޙައްގު ހޯދުމަށް ތިކުރައްވާ މަސައްކަތަށް

  25. ތައްކާނު

    މީތަ ރައްޔަތުންނަށް ހެޔޮއެދުމަކީ ، މަނިކުފާނުގެ ތިޖޫރީތަކުގައި ބަހާވަރަށް ފައިސާ ހުންނަ އިރު ދިވެހި ރައްޔަތުންގެ ފައިސާއިން ބަދަލު ހޯދަން މަސައްކަތް ކުރުމީ ވަރަށް ނޭއްގާނީ ކަމެއް ، މަނިކުފާނު ބަދަލު ބޭނުމިއްޔާ ޔާމީނަށް ދަންނަވައިގެ އެބަދަލު ހޯއްދަވާ، މަނިކުފާނަށް ކުރިކަމެއް ވިއްޔާ ކުރީ އެމަނިކުފާނުގެ ވެރިކަމުގައި

  26. ޖާންޓެ

    މައުމޫނު، ޔާމީނު، އިބޫ މީނަގެ އަތުން ލާރި ނެގި ވާހަކަ ކުރިން ދެއްކީ. މިހާރު އެ ބުނަނީ ދައުލަތުން މީނައަށް ލާރި ދޭންޖެހޭ ވާހަކަ. ޖާބިރު މިހާރު ހަމައެއްނޫން. މަށަށް ޔަގީން ޗައިނާ އަދި އިންޑިޔާގެ ވެރިން އަތުންވެސް ލާރި ހޯދަން އުޅޭނެކަން. ނުވިތާކަށް ބިލް ގޭޓްސް ވެސް މީނަ އަތުން ލާރި ނަގައިގެން ފިލައިގެން އެ އުޅެނީ...

  27. ނަޢީމުބޭ

    ޅިޔަނާ ހާދަ ޑޮލަރެއް! އަނެއްކާ އިންޑިޔާއިން ދިން 1 ބިލަޔަން ޑޮލަރ ކައްވާލާނެ ގޮތެއް ހޯދީތޯ؟ 4 އަނބިން ގެންގުޅެއް ނަދުރެއްބުނޭ އޭރުން 50 މިލިޔަން ޑޮލަރު ލިބިދާނެ! ނުވަތަ މައްސަލަ ބައްލަވާ ފަރާތައް 20 މިލިޔަން ހައްދަވާ

  28. ާަާަަައަސްލު

    ލޮލީވިއްކަންނުކުމޭ...އަލިފެއް ބާއެއް އޭއެއް ބީއެއް ނޭނގޭމީހުން ތިވަރުގެވަޒީފާދޭކައް ހެޔޮނުވާނެ..ނަމަމެސް ތިކަހަލަމީހުންސިޔާސީހަރަދުކޮއްގެން މިއުޅެނީ.
    އަޅުގަނޑުގެނަމަކީ އަބްލޯޖާބިރު ހ.ތިމާވެށި..ދެންމިހިރީ ހަނު..ސުބުހާނަﷲ.

  29. ޒޫނާ

    ޖާބިރަކީ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ނަން ލިސްޓް ކުރެވޭ ބޭފުޅެއް ކަމުގާ މިހާރަކު ގިނަ ބަޔަކު ޤަބޫލެއް ނުކުރާނެ. މުވައްޒަފުންނަށް މުސާރަ ނުދެވި، ސަރުކާރުގެ މުވައްސަސާތަކަށް ދަރަނިވެރިވެ، މުދާތައް ވިއްކާ، މިހިސާބަށް ކަންތައްތައް ދިޔައީމަ ފައިސާވެރިއެއްގެ ގޮތުގާ ނުދެކެވޭނެ. ޖާބިރަކީ ރައީސް އިބޫގެ ސަރުކާރުގެ ނާޖާއިޒް ފައިދާ ނަންގަވަން ވަރަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމުގާ ގިނަ ދިވެހިން ޤަބޫލުކުރޭ. އަނބިކަނބަލުން ދިޔާނާ، ޤާނޫނީ ވަކީލަކަށް ވީތީ، ހިތު ހުރިހާ ލިޔުމެއް ޝަރުޢީ މުވައްސަސާތަކަށް ލެވިދާނެ. އެކަމަކު އެ މުވައްސަސާ ތަކުގާ ތިއްބަވާ މެމްބަރުން ޖާބިރާ ދޭތެރޭ ވިސްނަވަން ވެއްޖެ. ޖާބިރަކީ ވަރަށް ނުރައްކާތެރި އަދި އަމިއްލަ އެދުން ކުރިއަށް އިންތިހާ އަށް ޖައްސަވައިގެން އުޅުއްވާ ބޭފުޅެއް ކަމަށް ގިނަ މީހުން ޤަބޫލުކުރޭ.

  30. ޙިކުމަތް

    މަނިކުފާނަށް ތި ފައިސާ ގަނޑު ލިބުމުން ލަސްނުކުރައްވާ އަޅުގަނޑުމެން ރައްޔަތުންނަށް ދައްކަވަން އޮތް ފައިސާކޮޅު އަވަހަށް ދައްކަވާ ނިންމަވާތި. މީނާ އަވަހަށް ސަރުކާރުން ބޭރަށް ފޮނުވާލާ. މޮޑަށް ވައްތަރީ އެމް.ޑީ.ޕީ ގެ މަޖްލިސް އިނތިޚާބުގެ ކެމްޕެއިން އަށް ގޮނޑި ގަންނާން ހޯދާ ލާރިހެން. ރާއްޖޭގެ ރައީސްކަމުގެ ގޮނޑި ހޯއްދަވައިދެއްވި ގޮތަށް މަޖުލިސް ގޮނޑިކޮތައްވެސް ހޯދަން މި އުޅެނީދޯ.

  31. ރައްޔަތު މީހާ.

    މަނިކުފާނަށް ތި ފައިސާ ގަނޑު ލިބުމުން ލަސްނުކުރައްވާ އަޅުގަނޑުމެން ރައްޔަތުންނަށް ދައްކަވަން އޮތް ފައިސާކޮޅު އަވަހަށް ދައްކަވާ ނިންމަވާތި. މީނާ އަވަހަށް ސަރުކާރުން ބޭރަށް ފޮނުވާލާ. މޮޑަށް ވައްތަރީ އެމް.ޑީ.ޕީ ގެ މަޖްލިސް އިނތިޚާބުގެ ކެމްޕެއިން އަށް ގޮނޑި ގަންނާން ހޯދާ ލާރިހެން. ރާއްޖޭގެ ރައީސްކަމުގެ ގޮނޑި ހޯއްދަވައިދެއްވި ގޮތަށް މަޖުލިސް ގޮނޑިކޮތައްވެސް ހޯދަން މި އުޅެނީދޯ.