ސަރުކާރާ އިދިކޮޅު ހަމައެކަނި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަކީ "އޮޕޮޒިޝަން ފައިޓިންގ ފޯސްއަކަށް" ހަދަން ތައްޔާރަށް ހުންނެވިކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި އުމަރު ނަސީރު ވިދާޅުވީ، ހުންނެވީ އިދިކޮޅުގައި ކަމަށާއި، އެކަމާ ދޭތެރޭގައި އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

އުމަރު ވިދާޅުވީ، އުމަރު ޕީޕީއެމް އިން ފެނިގެންދާނީ އޭނާގެ ލީޑަރޝިޕްގެ ދަށުގައި، ޕީޕީއެމްގެ ސަފުތައް އަތުރާލާ ކަމަށްވާނަމަ ކަމަށެވެ. އަދި އެކަން ކުރައްވާނީ ޕާޓީ ރީ-ގްރޫޕްކޮށް، ރި-ބްރޭންޑްކޮށްގެން ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ލީޑަރޝިޕްގެ ފަހަތަށް ޖަމާވާކަމުގައި ވަނީނަމަ، އަޅުގަނޑު މިހުރީ ރީ-ގްރޫޕްކޮށް، ރި-ބްރޭންޑްކޮށްގެން އޮޕޮޒިޝަން ފައިޓިންގ ފޯސްއަކަށް ރެޑީކުރަން ތައްޔާރަށް. އަޅުގަނޑަށް އެނގޭނެ އޮޕޮޒިޝަން ފައިޓިންގ ފޯސްއަކަށް ތައްޔާރުކުރަން. 2008 ވަނަ އަހަރު ޑީއާރުޕީ އޮތީ ހަމަ މިހާލަތުގައި، އޮއްވާ ހަމަ އަޅުގަނޑުގެ ލީޑަރޝިޕްގައި ފައިޓިންގ ފޯސްއަކަށް ބަދަލުކުރީވެސް." އުމަރު ނަސީރު ވިދާޅުވިއެވެ.

ނަމަވެސް ޕީޕީއެމްގެ ޢާއްމު މެންބަރެއްގެ ގޮތުގައި ޕާޓީއަށް ގުޅި، ހުރިހާ ސަކަރާތެއް ޖަހައި، މުޒާހަރާ ކޮށްދޭ މީހަކަށް ނުވެވޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.

"އެއަށް އަޅުގަނޑު ރެޑީ، އެކަމަކު ހަމަ އަންނަގޮތަށް އައިސް ޕީޕީއެމްގެ ޢާއްމު މެންބަރަކަށްވެގެން އެތާ ވަދެ އިށީންދެ އެތާ އެ ހުރިހާ ސަކަރާތެއް ޖަހައި، މުޒާހަރާ ކޮށްދޭ މީހަކަށް އަޅުގަނޑެއް ނުވާނަން އިނގޭތޯ." އުމަރު ނަސީރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، މިކަމާ ދޭތެރޭގައި ޕީޕީއެމްގެ ލީޑަރޝިޕާ މަޝްވަރާ ކުރެވެމުންނެއް ނުދާ ކަމަށާއި، ނަމަވެސް ޕީޕީއެމްގެ ޢާއްމު މެންބަރުން އެކަމަށް އުމަރުގެ ކިބައިން ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

"ޢާއްމު މެންބަރުން އަޅުގަނޑަށް ވަރަށް ބޮޑަށް ގުޅާ އަންނާށޭ ބުނެ ހަދާ. ޢާއްމު މެންބަރުންގެ ތެރޭގައި އަޅުގަނޑަކީ ވަރަށް ގިނަ މީހުން ދަންނަ، ހުރިހާ މީހުންނާވެސް ގުޅޭ މީހެއް، ޢާއްމު މެންބަރުން ވަރަށް ބޮޑަށް އެކަމަށް މަސައްކަތް ކުރޭ." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ޕީޕީއެމް އުފެއްދި އެންމެ އިސް ތިން މީހުން ތެރޭގައި އުމަރު ހިމެނިވަޑައިގަންނަވާނެ ކަމަށާއި، އޭނާގެ އިތުރުން ދެން އެންމެ އިސްކޮށް އުޅުއްވީ ކުރީގެ ރައީސް ޔާމީނާއި، ކުރީގެ ރައީސް މަޢުމޫން ކަމަށެވެ. އަދި ޕީޕީއެމް އަކީ ކުއްލިއަކަށް އުފެދުނު ޕާޓީއެއް ނޫން ކަމަށާއި، ވަރަށް ބޮޑު ހަރަކާތެއްގެ ތެރެއިން އުފެއްދި ޕާޓީއެއް ކަމަށް އުމަރު ވިދާޅުވިއެވެ.

"ޑީއާރުޕީން، ޒެޑް ޑީއާރުޕީން، އިހުތިޖާޖް ކިޔާ ހަރަކާތަކުން އައިސް އަންނިގެ ހަރަކާތް ނިންމާ ހަރަކާތުން އުފެއްދި ޕާޓީއެއް. ޕީޕީއެމް އުފެއްދުމުގައި އެންމެ ބޮޑު ރޯލް ކުޅުނު އެކަކު އަޅުގަނޑަކީ. އަޅުގަނޑުގެ އޮފީހުގައި ޕީޕީއެމް އުފެއްދީވެސް. އެހެންވީމަ އަޅުގަނޑަކީ އަސްލު ޕީޕީއެމްގެ މީހެއް، އެކަމަކު އަޅުގަނޑު ޕާޓީން ކަނޑާލާފަތާ މިހުރީ." އުމަރު ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ، ޕީޕީއެމްގެ ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ އާ ޕާޓީ އުފެއްދުމާ އުމަރާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ނަމަވެސް އެއީ ނުހައްޤުން ޕާޓީ އަތުލަފާނެތީ ކުރާ ކަމެއް ކަމަށް އަދި އެއީ ކުރަން ޖެހޭވެސް ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ތެދު

    ވެރިކަމައިގެން ތެޅެނީ...މައުމޫނާ އެކީ ޔާމީނާދެކޮޅައްތެދުވެ މިއަދު ގައުމު މޑޕ އާ ހަވާލުކޮއްފަ ދެން ކޮންހާސަރެއް

    • ޙައްގުބަސް

      ޙަގީގަތުގައި އުމަރަކީ ސިޔާސީގޮތުން ގާބިލް މީހެއް! ބޭނުންވާ ކަމެއް ބޭނުންވާގޮތަކަށް ނޫނީ ޙާސިލްކުރަން ބޭނުންވާނެ މީހެއްނޫން!! އަދި ނަތީޖާ ނެރޭނެ! އަދި ގައުމަށާ ދީނަށް ޙަރާމް ކޯރުވާނެ މީހެއްނޫން!! އެކަމަކު ބުނަން ބޭނުންވަނީ އުމަރު ނަސީރުގެވެސް ވަރަށްބޮޑު ޙިއްސާއެއް އެބައޮތް މިގައުމުން މިއަދު މިފެންނަ ހިތްދަތި މަންޒަރުގެ ފަހަތުގައި! އުމަރަކަށްވެސް ރައިސް ޔާމީނާއެކު ގައުމު ބިނާކުރަން މަޑިކޮށްނުލެވި ސަރުކާރަށް ފާޑުކިޔާ ބޭރުވީ! އިދިކޮޅުގައި ތިބި ބަޔަކަށް މަގުފަހިވާގޮތަށް ވާހަކަތައް ދައްކާ ކަންކަންކުރަމުން ދިއުމުގެ ނަތީޖާއަކަށްވީ ވެރިކަން ބަދަލުވުން! ޙަގީގަތަކީ ޔާމީންގެ ސަރުކާރު ބަލިކަށިކުރުމުގެ ހުރިހާ ނުބައި ރޭވުމަކަށްވީ އަދީބު!! އޭނާއަށް ރައިސް ޔާމީން ކުރި އިތުބާރުން އޭނާ އުޅެމުންދިޔަޔީ ބޭނުންގޮތަކަށް! ނުޙައްގުން ހިތަކަށް ފައިސާ ލިބެން ފެށުމާއެކު ވިސްނުން ބަދަލުވެ ވެރިކަމަށް އަންނަން ޕްލޭންކުރީ! ފައިސާއަށް ގިނަބަޔަކު ހައްލުވާލީ! ފައިސާއަށް ނުގުޑި އަދި އެބައެއްގެ މަގުބޫލުކަންވެސް ރައްޔިތުންގެތެރޭ އޮތް ދެމީހުން ކަމުގައިވާ ކާނަލް ނާޒިމާ އުމަރު ނަސީރުގެ ދުވަސް ދުއްވާލަންވެސް ހަމަ ރޭވީ ބްރޯ! އޭރުގެ ކޮމިޝަނަރާ އޮތް ގުޅުމުގެތެރެއިން ނާޒިމް ފްރޭމްކޮށްލީ! އުމަރު މާ ބޯރަގަނޅު! އިންޒާރުތަކާ ކަންތައްތައް ވާގޮތުގެ ވާހަކަ ދެއްކީމާ ޔާމީނު އެކަމެއް ގަބޫލު އޭރު ނުކުރި! އުމަރު އިސްތިއުފާ ދިނީ! ރައިސް މިއެލާޓްވީ ރައިސް ޔާމީނު ހުންނެވި ލޯންޗުކޮޅު ގޮއްވާލި ހިސާބުން! އޭރު އޮތީ އެމްއެންޑީއެޕްތެރެއިން ޓީމަކާ ޕޮލިސްތެރެއިން ޓީމެއް ބްރޯ އަށްދަށުގަ!! ބްރޯގެ ރޭވުގެތެރެއިން މައުމޫނާ ޔާމީންވެސް ދުރުކުރުވީ!! ޙަގީގަތަކީ ޔާމީން ބަލަިކަށިކޮށް ވެރިކަމަށް އައުން! އޭރު ބްރޯ އޮތީ ފައިސާއަށް ހުރިހާ ތަނެއް ގަނެފަ!! މިކަންކަން އުމަރުމެނަށް ނުވިސްނުނީ! އަސްލު އުމަރުމެންކަހަލަ ވަތަނީ ބޭފުޅުން ހީކުރީ ޔާމީންގެވެސް އަތެއް އޮވެގެންކަމަށް ބްރޯ މިހުރީކަމެއް ކުރީ!! އެއީ މުޅިން ޙަގީގަތެއްނޫން!! މިހާރުވެސް އުމަރު ހުންނަންވާ ޓީމަކީ ހަމަ ޔާމީންގެ ވަޠަނީ ޓީމާއެކު ގައުމަށްޓަކައި މަސައްކަތްކުރުމަށް!!

      • ލޮލް

        ޓޫ ލޯންގް، ޑިޑްންޓް ރީޑް. ލޮލް.

  2. عبدالله

    މިހާރު މިއޮތް ސަރުކާރުންވެސް ރަނގަޅުކަމެއް ރަނގަޅުގޮތަކަށް ކޮށްފިއްޔާ ޖެހޭނީ އެކަމަކަށް ތާއީދުކޮށް ސަރުކާރަށް ޝުކުރުއަދާކުރަން، އަދި ނުބައި ކަމެއް ކޮށްފިއްޔާ ޖެހޭނީ އެކަމަކަށް އިންކާރުކޮށް ދެކޮޅުހަދަން، ކޮންމެއަކަސް މިސަރުކާރަކީ، އުފެދުމުގައިވެސް މައްސަލަތަކެއް ހުރި ސަރުކާރެއް،

  3. ހުދުވާ

    ރީއްޗަށް ބުނާނަމަ އުމަރަކީ ސިޔާސީ ރަންޑިއެއް!

  4. ޢަލީ

    އަހަރެންނަކީ އުމަރަށް އަބަދުވެސް ތާއިދުކުރާ މީހެއް. ޢުމަރު ޕީޕީއެމް އިން ފެނުމަކީ އަހަރެން ވަރަށް ދެކޭ ހިތްވާ މަންޒަރެއް. ގައުމު މިހާރު އޮތް ހާލަތުން އަރައިގަނެވޭނީ އުމަރު ޕީޕީއެމްގެ ލީޑަރޝުޕް ޕޮޒިޝަކަށް އައިސްގެން މަސައްކަތް ކޮށްގެން. ޢުމަރުވަނީ އެކަން ކުރިންވެސް ސާބިތުކޮށްދީފައި. ރައީސް ޔާމީނަށް ގޮވާލަން އުނަރު ޕާޓީއަށްވައްދައި އުމަރަށް ބާރުވެރިކަންދޭން.

  5. މަސްވެިރިޔާ

    އުމަރުގެ ވިސްނުން ރަގަޅު އަދި ރ.ޔާމިން އުމަރަށް އިތުބާރު ކުރީތީ ދައުލަތުގެ އެންމެ މުހިންމު މިނިސްޓަރ ކަމުގައި ހުންނެވުމުގެ ފުރުސަތު ދެއްވި އަދި އުމަރު ވަޑައިގެންބެވީ އަމިއްލަ އިޚްތިޔާރުގަ. މީހުން ދޭތެރެޖަެްސަން މީހުން ދައްކާވާހަކައަށް ނުބަލާ ޤައުމު އަޅުވެތިކަމުން ސަލާމްތްކުރުމަށް ރައީސް ޔާމިންގެ އަތްޕުޅުގަ ހިފާ. ހަމަ ޤައިމުވެސް އުމަރަކީ ކެރޭ ކަންތައް ކުރަން އިނގޭ ބޭފުޅެއް.

  6. ީހަރުގަނޑު

    އަޖާބެެއްކަހަލަ މީހެއްމިވެސް ވެރިކަމާހެދި ދެފޭކޭރިނުވެގެން ތެޅެބޭލަނީ

  7. ހަރުގަނޑު

    މިބޭފުޅާއަކަށް ނުކެރުނު ޔާމީން ދައުރުގަ މަގުމައްޗައް ނިކުންނާކަށް. ޖަލަށް ލާފާނެތީ ބިރުން.

  8. Miadhu

    ޢުމަރަކީ ޑިމޮކުރަޓިކް ސިޔާސީވވެރިއެއް ދެން ފެނިގެންމިދަނީ ޚުދުމުހުތާރު ސިޔާސީވެރިން ރާއްޖެއިން މިހާތަނަށްފެނުނު އެއްމެ ޚުދުމުހުތާރުވެރިޔަކީ މިހާރުގެރައިސް އިބޫ އެއީ ކުރުމުއްދަތަކުން ރައިއޔަތުންނަށް އިޖުތިމާޢީ އަދި އިގުތިސާދީ އަނިޔާ ދީފައިވާ ބަހާއި ޢަމަލު ދިމާނުވާ ވެރިއެއް

    • ޢަހު

      ޙެހެހެހހެހެހެހެހހެހެހހެހެހހެހެހހެހހެހެހހެހެހހެހެހހެހެހެހހެެހެހހެހެހެހެހހެހެބދނޗބޗޖެޮޮެފޖފޖފsަމސނަޖްިެިފނޗނ×މ×ނޗނފނެކކެކދނޗނނ×ނަނނ×ނ×ނސޖެކކފކފކފކދމ×މދމމދ
      ނޭގުނޭތިކިޔާ އެއްޗެއް

  9. ޜނދ

    ގެޓްލޮސްޓް...

  10. އިބޫ

    މިފަހަރު އުމަރަކަށް ބަޢާވާތެއް ނުކުރެވޭނެެ

  11. މުހައްމަދު

    ޢަހަރުމެނގެ ކުރިމަތީވެސް އަދި ފަހަތުވެސް ބަހައްތާނީ ޔާމީން. ޢުމަރުގެ ފަހަތަކައް ކުރިއަކައް ދާކަށް ބޭނުމެއްނޫން.

  12. އަލްޖިބްރާ

    ކަލެއަށް ހެދޭނީ އަބަދުވެސް " ކޮމާންޑިން ސެންޓަރު " އުޅެންޖެހޭނީ " ފައިޓިންގ " ގަ ! އެނޫންކަމެއް ކަލެއަކަށް ނުކުރެވޭނެ ! އަދި ކަލޭ ކުރި އެއްކަމަކުން ވެސް ނެރެވުނު ރަގަޅު ނަތީޖާއެއް ފެންނާކަށް ނެތް ! ރަގަޅު ނަތީޖާއެއް ނެރެވޭނެ ފެންވަރެއްވެސް ކަލޭގެ ކިބައިގާ ނެތް ! ކަލޭ އެތަނަކަށް ވަދެއްޖެނަމަ އެތަނެއް ހަލާކުކުރުން ނޫން ކަމެއް ކަލެއަކަށް ކުރާކަށް ނޭގޭނެ ! ކަލެއަކީ ކަތުރުފަންޏެއް !