ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، މިއަދު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އުފައްދަވައިފިއެވެ. މި އޮތޯރިޓީ އުފައްދަވާފައިވަނީ ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު 28/2015 ގެ ދަށުންނެވެ.

މިކަމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (އެންޑީއެމްސީ) އިން ބުނެފައިވަނީ އެސެންޓަރުގެ ހުރިހާ މުވައްޒަފުންނާއި، މިހާރު ކުރިއަށްދާ މަސައްކަތްތައް އަދި މުދާތައް އެންޑީއެމްއޭގެ ދަށަށް ބަދަލުކުރެވިފައިވާކަމުގައެވެ.

ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު، ކުރީގެ ރައީސް ތަސްދީގު ކުރައްވާފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހުއެވެ. އަދި ޤާނޫނު ތަސްދީގު ކުރާތާ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެންޑީއެމްއޭ އުފެއްދުމަށް ޤާނޫނުގައި ބުނެފައިވެއެވެ. އެހެންނަމަވެސް، އެކަން ކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުން އެއޮތޯރިޓީގެ މަޤުޞަދަކީ ކާރިސާއެއް ކުޑަކުރުމާއި އެކަމުން ލިބޭ ފެއްލުން ކުޑަކުރުމަށް ޚާއްޞަ އަހައްމިއްޔަތެއް ދީގެން، ޤައުމީ، އަތޮޅުތަކުގެ، ރަށްރަށުގެ އަދި ސަރުކާރުގެ މުއައްސަސާތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކާއި އަމިއްލަ މުއައްސަސާތަކާއި އަދި މި ނޫންވެސް ކާރިސާއާ ގުޅޭ ކަންކަން ބެލެހެއްޓުމާ ގުޅުންހުރި އެހެން ފަރާތްތައް ލައްވާ، ކާރިސާއާ ގުޅޭ ކަންކަން ބެލެހެއްޓުމުގައި ގުޅިލާމެހިފައިވާ އަދި ވިލަރެސް ކުރެވިފައިވާ ނިޒާމެއް ކުރިއެރުވުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖޮއްބެ

    ބަލަގަ މިހާރުވެސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރެއް ހުރޭނޫންތަ؟ އަދިއެއީ ރީނދޫ ފުރަތަމަ ސަރުކާރުން އެންމެބޮޑަށް ދަވާލި އެއް މުވައްސަސާވެސްމެ. އެހެންވީމާ ތިޔަ، ތަނެއް އުފެއްދީކީ ނޫނެއްނު؟ އެތަނުގެނަން އިންޑިއާ އާއި އެއްގޮތްކޮށްލީނު؟ ދެންހަމަ ލާޗާރުންބިޗާރަށް ތެޅިބާލަނީދޯ.

  2. ސަޓޯ

    ވާހަކައަކީ ކައިގެނޭ ފުރާނީ، ނުކައި ނުފުރާނަމޭ ދެއްތޯ އިބުރޭ..... ކަލޯ ކިއެއްތަ ތިކުރަނީ... އޮފީސްތަކުގެ ނަން ބަދަލް ކުރުން ނޫން ކަމެއް މިސަރުކާރައް ކުރެވޭތަ ބޮޑު ޖޯކެއް

  3. މަހުދީ

    ޖަނަވަރީ 3ވަނަ ދުވަހު ރައީސް މީހާގެ އޮފީސް އޮތޯރިޓީއެއްވެސް އުފައްދަވާނެ! އެއީވެސް މީގެ ކުރިން ނެތްތަނެއް. މީހުންގެ ލޮލުގައި އަނދުން އެޅުވުމަށް ފައްކާ ސަރުކާރެއް ދޯ މިއޮތީ! އިބޫގެ ނަންވެސް ބަދަލުކޮށްލުން ރަނގަޅުވާނެ. ބަދަލުކުރާނީ އެއްވެސް އިރެއްގައި ޙުކުމެއް އިއްވާފައި ނުވާ ނަމަކަށް.