ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނާ އެކު އެ ކޯޓުން އިންސާފު ނުލިބޭނެ ކަމަށް ވިދާޅުވެ، އެ ކޯޓާ ބެހޭ ގޮތުން، މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ދެއްކެވީ ދޮގު ވާހަކަތަކެއް ދެއްކެވީ ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަގޮތުގައި ހިފާ ގައުމު ހަލަބޮލިކޮށް ނަފްރަތު އުފައްދާ، ޝަރުއީ ނިޒާމްގެ ހުރުމަތް ގެއްލުވާލާ ކޯޓުތަކުގެ ބާރު ކަނޑުވާލުމުގެ ބޭނުމުގައި ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުން މިހެން ވިދާޅުވީ ސުއޫދުގެ ވާހަކަތަކާއި ގުޅިގެން މިރޭ ނެރުއްވި ބަޔާނެއްގައެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ ރައީސް އުފައްދާފައިވާ އެ ކޮމިޝަންގެ ދައުރަކީ ކަނޑައެޅިފައިވާ ވަކި މައްސަލަތަކެއް ތަހުގީގުކުރުން ކަމަށްވާއިރު، ކޮމިޝަނުގެ އިހުތިސާސްގެ ބޭރުން ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑޭނެހެން މީޑިޔާގައި ސުއޫދު ދެއްކެވި ވާހަކަ ކުށްވެރިކުރާ ކަމަށެވެ.

"މި ކޯޓުގެ ހުރުމަތްކެނޑޭހެން މީޑިއާގައި ވާހަކަ ދައްކައި މި ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް ދެއްކުމުގެ ގޮތުން ހުސްނުއްސުއޫދު ދައްކާފައިވާ ވާހަކަތައް މި ކޯޓުން ކުށްވެރިކުރަމެވެ." ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅޭނެ ނިޒާމު ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަނޑައަޅާފައި ވަނިކޮށް އޭގެ ބޭރުން ކަންތައް ކުރުމަކީ އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ކޮމިޝަނުން ކިތަންމެ ރަނގަޅަށް މައްސަލަ ބެލިކަމުގައި ވިޔަސް ކްރިމިނަލް ކޯޓުން އިންސާފު ނުލިބޭނެ ކަމަށް ސުއޫދު ވިދާޅުވުމަކީ އެ ކޯޓުގެ ފަނޑިޔާރުންނާ މެދު ސުއޫދު ވަކި ގޮތެއް ނިންމަވައިގެން ދެއްކެވި ވާހަކަތަކެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ކޯޓުގެ ފަނޑިޔާރުންގެ ޙުރުމަތް ކެނޑޭނޭހެން ދައްކާ ވާހަކަތައް ބަލާނެ ކަމަށް ވެސް ކްރިމިނަލް ކޯޓުން ވިދާޅުވިއެވެ.

"ޖިނާއީ އަދުލުގެ ނިޒާމާމެދު ޢާންމުންގެ ހިތްތަކުގައި ނުބައި ތަޞައްވަރެއްދީ މިކޯޓާއި މިކޯޓުގެ ފަނޑިޔާރުންގެ ޙުރުމަތް ކެނޑޭނޭހެން ކުރާ މިފަދަ ކަންކަން މިކޯޓުން ބަލަމުންދާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ." އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ކްރިމިނަލް ކޯޓުން ސުއޫދަށް ރައްދު ދީފައި ވާއިރު ސުޕްރީމް ކޯޓުން ވަނީ ސުއޫދު ދެއްކެވި ވާހަކަފުޅުގައި ހިމެނޭ ކަންކަން ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ނަން

    ސުޢޫދަކީ ކޮސްގޮވާ މީހެއް. ނެތް ހެއްކެއްގެެ މައްޗަށް މަރޭ މަރޭ ކިޔަނީ. މީހުން މަރާ މީހުންނާްވެސް މީހުންގެ އަބުރު ކަތިލާ ވާހަކަ ދައްކާ ފުންނާބު އުސް ވަކީލުންނަށްވެސް މިއަދު ތިހެން ކިޔޭނީ ޤިޔާމަތްދުވަހު ކޮންތާކަށްބާ ވަންނަނީ.

  2. އަބޯ

    ގ.ކެނެރީގެ ނަސީދު އާ ސުޢުދު އާދެމީހުންގެ މަސައްކަތަކީ ރައްޔިތުންގެ ކުރިމަތީ ފަނޑިޔާރުގޭގެ އަގު ވައްޓާލުން ހުރިހާފަރާތަކުންވެސް ގާނޫނުއަސާސީގެ 52 ކިޔާލަބަލަ އެއީ ކުށްވެރިން ފިލުވާ މާއްދާ . ގާނޫނުއަސާސީ ތަސްދީގު ނުކުރަން މައުމޫނު އުޅުނީ މިފަދަ ކަންކަން ނަސީދު މެން ގާނޫނުއަސާސިގަ ލިޔެވިފާ އޮތީމަ . މުޒާހަރާކޮށްގެން މައުމޫނަށް މަޖްބޫރު ކުރުވީ މި މީހުން.

  3. ސަރޭ

    ތިޔަ ބުނެވޭ ކަހަލަ ފަނޑިޔާރުގެއެއް ރާއްޖޭގައެއް ނެތޭ ބުންޏަސް ރަނގަޅުވާނެ. ޢަބުރެއްނެތް ކުށްވެރިންނެތް ޤައުމެއް މި ނޫނީ ނޯންނާނެ. ދެން ކޮން ފަނޑިޔާރުންނެތް ތިބޭނީ. ފަނޑިޔާރުންވެސް ކުރާނެ ކަމެއްނެތިފަ ތިބެނީ. ޖަޒީރާ ރާއްޖެއަށް ސަލާން

  4. ޖާންޓޭ

    ސާބަހޭ ކުރިމިނަޅް ކޯޓައް.ދޫނުކުރައަޗޭ.

  5. މުހައްމަދު

    މިހާތަނަށްޤަުމުގަ ކަން ހިނގައިދިޔަގޮތަށްބަލާއިރު
    ިދުގެވާހަކަތަކަކީ ވަރަށް ރަނގަޅު ޤަބޫލުކުރެވޭ
    ބިނާކުރަނިވި ވާހަކަތަކެއް! މިފަނޑިޔާރުން
    ހީވާކަހަލަ މިއަށްވުރެ ވަކިމަތިވެރި ބަޔަކުނެއްހެން. އޭގެމީހެއްކިތަށްމެ ނުބައި ޖަރީާމާއެއް ހިން ގިޔަސް ނަން ވެސްގަނެގެންނުވާނެ.އެތިބެނީ މަތިވެރިކަމުންގޮސް
    ސިދުރަތިލް މުންތަހާޔަށްވުރެވެސް މާމަތީބައެއްކަމަށް ދެކިގެން އުޅޭ ޖހލ ނބއ
    ކޮރަޕްޓް ބައެއް އެއީ މަގުމަތިން ދަނިކޮށް ނގތަކަށް ބަލާލިޔަސް ނޫނީ ޝަރިއަތުގަ ދިފާއުގަވާހަކަ ދެއްކިޔަސް މީހުން ކުޑަކަކޫ ޖައްސުވާ އަދި ވަގުތުން ހުކުމް ކޮށް ހަދާފަހުރީމިހާރަކަށްއައިސް ކިތަށް ފަނޑިޔާރުން ތޯ ވިސްނާލަބަލަ ވީއިރުމީވަކިކޮން ގޮތަކުން
    މާމާތްވެ ބޮޑުއިއްޒަތެއްލިބިގެން އުޅޭކޮން ބައެއް
    މުޅިޖުޑިސަރީގަ ގިނައީ ސަދޫމުގެ ފަނޑިޔާރުންނާއި ގޭންގު ލީޑަރުން އަދިޑީލަރުންގެ ޕަޕެޓުން.ފައިސާލިބެންޏާ އޯކޭ

  6. ސޭޓުގެ އަނބިމީހާގެ ފިރިމީހާ

    ސުޢޫދު ގުޑް... ހަޖަމުނުވާ ގާޒީންތިބީ ސޯފާގަ

  7. ބާރީ

    މި ސޫދަށްވީ ކުރިމިނަލް ކޯޓުން ދައްޖައްސާ މަރަން ހުކުމްކުރަން

  8. ސަމީރު

    ޖުޑިޝިއަރީގަ އަގުވައްޓާލަން ރައީސުލް ޖުމްހޫރިއްޔާ ހަވާލުކޮށްފަ ހުރިމީހެއްތީ. ދައުލަތުން މުސާރަދީގެން ޖުޑިޝިއަރީއަށް ފާޑުކިޔަން ނެރެފަހުރި މީހެއްތީ. އަދި ދުށިންތަ މީނަ ފަރުމާކޮށްފަ މީނަ ކޮމިޝަނަށް ހުރިހާ ބާރެއް ދަމައިގަންނަން ހަދައިފަ މަޖިލީހަށް ލައިފަ އޮތް ބިލް؟ ގައުމުގެ ވެރިޔާއަށް ވުރެން ކޯޓްތަކަށްވުރެން ބާރުގަދަ. ކޯޓް ތަކުން މީނަ ސަސްޕެންޑްކޮށްފަ އޮތީމަ އެކަމާ ހަސަދަ ބާލަނި. ފަހަތައް ނުޖެހި މީނައަށް ހަރުކަށި ފިޔަވަޅު އަޅަން ޖުޑިޝިއަރީއަށް ގޮވާލަން.

  9. ހުސޭނުބެ

    ބަލަގަމިސަރުކާރަކީ ރައްޔަތުންނަ އަދުލްވެރިކަމާ އިންސާފު ހޯދަދޭން ވެގެނޭ ކިޔާގެން އައި ބާގަޑެއް މިއުޅޭ ވެރިން ބޭނުންވަނީ މިރާއްޖޭގެ ކޯޓުތަކުގަވެސް ކާފަރު ފަރަންޖީން ހުރިހާ ކޯޓެއްގެ ފަޑިޔާރުންނަލާން.........؟؟

  10. ފުނަދޫ މީހާ

    ރާއްޖޭގަތިބިހުރިހާފަނޑިޔާރުން އެއްތަނަކަ އަޅާފަ ރޯއްލިޔަސް ފާފަވެރިއެއްނުވާނެ ރުފިޔާނެއްމީހާޔަހާޔަކައް މިގައުމަކު އިންސާފެއްނުލިބޭނެ އިންސާފުހޯދަން ދާނެތަނެއްނެތް

  11. މޫސާ

    ބަޔާނެއް ނެރެލިޔަކަސް ކަމަކު ނުދާނެ! ކޯޓަށް ޙާޟިރުކޮށް ބަޔާން ނަގާ ޙުކުމް ކޮށްފަ އަދަބުދީ!

  12. މަސްވެރިޔާ

    ރާއްޖޭގެ ކޯޓްތަކުގެ މަސައްކަތް ރޭޓާއި، އޯވަރ އޯލް ޕަރފޮމެންސް ރަގަޅު. ފަނޑިޔާރުން މަސައްކަތްކުރާ ރަނުގެ ޖާގަ ނޯވޭ.. ކޯޓް ރޫމް ވަރަށް ކުޑަ. ކޭސް ރިސާޗް ހެދޭކަށް ނުހުރޭ.
    ފަނޑިޔާރުންގެ ނަޒާހައްތެރިކަމށް ރައްޔިތުންގެ އިތުބާރު ގެއްލުވާލީމަ ދެން ފުނޑޭނެ. އިންވެސްޓަރުން ނާއްނާނެ. ކުރައިމް ރޭޓް މަތިވެ ތަޅާފޮޅުމާއި ފޭރުން ގިނަވާނެ. ސަރުކާރުން ބޮޑް ކުށްވެރިން ގެޔަށް ބަދަލްކޮށްފަތިބީ ކަރަޕް ޑީލްތަކުގެ ދަށުންކަމަށް ބުނެވޭ.

  13. ބަރުގޮނު

    ސުޢޫދު މީ ކިހާވަރެއްގެ މީހެއްބާ... މަސްދުވަސްވެސް ނުވަނީސް އެތައް ބައިވަރު ކަމެއް ހާމަކޮއްލާފި. ކޯޓްތަކުގެ ފަޑިޔާރުން ޢައްޔަން ކުރާގޮތް ، ފަޑިޔާރުންނާ ގޭންގްތަކުގެ ގުޅުން ، އެކިއެކި މަސްއަލަ ގޭންގްތައް އެދޭގޮތަށް ނިންމާދީފައިވާކަން... ސުޢޫދު ވާ މޮޅު. މިހާބޮޑެތި ސިއްރު ކަންތައްތައް ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިހާ ވަރަށް ހޯދުމަކީ ހަމަ އަޖާބެއް.

  14. عبدالله

    ޢަމަލުކުރެވޭ ޤާނޫނުތަކުގެ ތެރެއިން ލިބެން އޮންނަ ބާރުވެރިކަމެއްގައި ފިސާރި ވަރުގަދައަށް ހިފަހައްޓައި، ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް އެއްވެސް ކަމެއް ކުރުމަށް އިތުރު ބާރުވެރިކަމެއް ނުހޯދައިވެސް ވަގުތީ ކޮމިޝަނެއްގައި މަސައްކަތް ކުރެވޭނެ، އެކަމަކު، ކޮމިޝަނުން އަމާޒު ހިފާފައިވަނީ، ޙުކުމްދާރުންގެ މައްޗަށާއި، ޒިންމާދާރުންގެ މައްޗަށް ދައްލާދެއްގެ ގޮތުގައި ވެރިވެގަތުމަށް ކަމަށްވާނަމަ، އެފަދަކަންތައްތައް ކުރުމަށް އިތުރު ޤާނޫނުތަކެއް ވުޖޫދަށް ނުނެރެ ފަރުނުޖެހޭނެ،