އިންޓަނޭޝަނަލް މާފިއާ މެންބަރުންތަކެއް އިންޑިއާ އިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކޮށްފިއެވެ. އޭގެ ތެރޭގައި ތިން ދިވެހިން ހިމެނެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އިންޑިއާގެ ޓަމިލްނާޑޫ އިން ތިން ދިވެހިންނާއި އިންޑިއާ މީހަކު ހައްޔަރު ކުރީ 1.3 ލީޓަރުގެ ހަޝިޝްއޮއިލް އާއި އެކުއެވެ. އެތަކެތީގެ އަގު 4.5 ކްރޯޑް އިންޑިއާ ރުޕީސް (10 މިލިއަން ދިވެހި ރުފިޔާ) އަށް އަރާނެ ކަމަށް އިންޑިއާ ފުލުހުން ބުނެއެވެ.

ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ އިންޑިއާ މީހެއް ކަމަށްވާ އެންތަނީ ސާމީ އާއި ތިން ދިވެހިން ކަމަށްވާ އުމުރުން 33 އަހަރުގެ އާޒިމް ހަބީބް އާއި 34 އަހަރުގެ މުހައްމަދު ސަފޫފް އާއި 30 އަހަރުގެ ސިފާ އިބްރާހިމް އެވެ.

"ފުލުހުން ބުނާ ގޮތުގައި ތިން ދިވެހިން ނިސްބަތްވަނީ މާފިއާ ގްރޫޕެއް ކަމަށްވާ ކޮނާ ގޯލްޑް އަށެވެ. އެއީ ހޮކޮންގްގައި ހިންގާ ގްރޫޕެކެވެ." އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެއެވެ.

އެކްޓިން ސިޓީ ޕޮލިސް ކޮމިޝަނަރ އެމްޕީ ދިނޭޝް ވިދާޅުވީ މިގްރޫޕް ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ ސައިބާ ޔުނިޓުން ދިން މައުލޫމާތުގެ އަލީގައެވެ. އެމީހުންނަކީ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ވޯންޓެޑް ލިސްޓްގައި ހިމަނާފައިވާ ތިން މީހުންނެވެ.

ތިން ދިވެހިން އިންޑިއާ އަށް ގޮސްފައި ވަނީ ޓްއަރިސްޓް ވިސާގައެވެ. އެމީހުން ވަނީ ކޮޗީގެ އެކި ހޮޓާތަކުގައި މަޑުކޮށްފައެވެ.

ފަސް ދުވަސް ވަންދެން އެމީހުންނަށް ފާރަލުމަށް ފަހު ހައްޔަރު ކުރީ ޓަމިލްނާޑޫގެ ނުޑުމްބަސެރީ އެއާޕޯޓުން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވަން ތައްޔާރުވަމުން ދަނިކޮށް މަސްތުވާތަކެއްޗާއި އެކުއެވެ.

އިންޑިއާ ފުލުހުން ބުނާ ގޮތުގައި މިތިން މީހުން ވަނީ ވަރަށް ގިނައިން ރާއްޖެ އާއި އިންޑިއާ ދެމެދު ދަތުރު ކޮށްފައެވެ. އަދި ތައިލެންޑާއި ސިންގަޕޫރަށް ވެސް މިމީހުން ވަނީ ގިނަ ދަތުރުތަކެއް ކޮށްފައެވެ.

މިއީ ފާއިތުވި މަދު ދުވަސްކޮޅެއްގެ ތެރޭގައި ކޮޗީ އިން އަތުލައިގަތް މަސްތުވާތަކެތީގެ ބޮޑު ހަތަރު ވަނަ ނެޓްވޯކެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ކަހެރުވައް

  ތީ ދިވެހިން ކަމަކަށް ނުވާނެ. ދިވެހިންނަކީ އާންމުގޮތެއްގައި ނަމާދުކޮށް ރޯދަހިފައި ރަސޫލާއަށް ސަލަވާތް ކިޔަވާ އުޅޭ މީހުން. ތިވާނީ އަންނި ސަރުކާރުގެ ރޭވުމަކަށް. މީ ދޮގެއްތަ ސިހާމޫ

 2. ބަންގްލާ

  ބަންގާޅީން ގެނެސް މަސައްކަތް ކޮށްފަ ދިވެހިން ހޮޓާތަކުގަ ބައިނަލްއަޤްވާމީ ގޮތުން ޖަރީމާ ހިންގުމުގަ! އުފަލުން އަތްޖަހާލަމާ ؟ އަލްޙަމްދުލި ﷲ ވެސް ކިޔާލާނަންތަ ؟

 3. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ތި ބައިގަނޑުގެ ދިފާއުގަ ގައުމުގެ ހަލާކު އެމްޑީޕީ މާދަމާ ނުކުންނާނެ. އަދި އެމީހުންގެ ހިތްވަރަށް ނާދަމާ ލިޓަސްއިން ސައިކަލާ، ކާރު ބަހާނެ.

  • Anonymous

   ލިޓސް އެއް ނޫން ލޮޓަސް

 4. ސޮންދާލި

  އިންޑިޔާ ފުލުހުންނަށް ޔަޤީން ދޯ ދިވެހި ފުލުހުން އަބަދު ޝައްކުވާނީ

 5. މުހައްމާ

  މަސްތުވާ ތަކެތި ތީމިހާރު ބޮޑު ވަބާޔަކައްވެއްޖެއެވެ. ޟަސްތުވާ ތަކެތި އެތެރެކުރާމިހުންނާދޭތެރޭ ހަރުކަށި އަދަބު ދޭންވެއްޖެއެވެ. ޢަދި އެމީހުންގެ އަތުން ގަނެ ވިޔަފާރި ކުރާ މީހުންނާ އަދި އެ ބޭނުން ކުރާ ފަރާތް ތަކާ ދޭތެރެވެސް އެފަދަ ފަރާތްތަކާދޭތެރޭވެސް އެފަ ހަރުތަ

 6. އަންދު

  މީ ކޮންތާކު އޮތް ހަބަރެއްތަ؟

 7. އަސްލޭ

  މީ ދިވެހީން ގެނެސްދޭ ކުރިއެރުމާއި މޮޅު ނަން.. ވަރައް މިފަހުން ބޮޑީބިލްޑިން އިން މެޑަލް ހޯދައިގެން އައި ސޮރަކުވެސް ހައްޔަރުކުރީ 6 ވަރަކައް ކިލޯގެ މަސްތުވާތަކެއްޗާއިއެކު.

  • ޜާއްޖެމީހާ

   ބޮޑީބިލްޑްކުރާ ސޮރު ދޫކޮއްލައިފި. މީ ވާވަރު

 8. ސަޓޯ

  ހާސް ނުވޭ އަންނި އެމީހުން ސަލާމަތް ކޮއްދޭނެ

 9. ާނަމަނަމަ

  ތީ އަސްލު މޭން އެއް!! ގައުމު ހަލާކު ކުރާ އެކަކު (ސިއްޕަޅޭ) !! ޢަދި އުޅޭނެ އެކަކު !! ތެޔޮ އެތެރެ ކުރުމުގެ ބޮޑެއް !! ޢަދި އުޅޭނެ ފޭކް !! ޓި ދެގޮލާ ހުއްޓުވަން ވީ !!!

 10. ރަގަޅު

  ނަސީބު ގައުމަށް އައުމުގެ ކުރިންކަން، އެހެން ނޫންނަމަ ދޫކޮށްލަން ޖެހޭނީ ކުއްވެރިންގެ ހައްގު އެހާބޮޑު މިގައުމުގައި، ވަޅި ޖަހާގެން އަނިޔާ ވާ މީހާއަށް ވުރެ ވަޅި ޖަހާގެން ހައްޔަރު ކުރާ މީހާއަށް އޮންނަ ހައްގުތަކާއި އެއްޗެސް ގިނަ

 11. މީނާ

  ތިމީހުން ދަންޖައްސަންވީ އެތައްބަޔަކު ސަލާމަތް ކުރެވޭނެ

 12. ބަކުރުބެ

  އިންޑިއާއިން އަބަދުވެސް ކުށެއް ކޮއްގެން އަތުލާ ދިވެހިންނަކީ އައި އެސް ޖަމާއަތު ނުވަތަ ތަލަބާނުންގެ ނުވަތަ މާފިޔާ މީހުން. ބޯ ހަލާކު ހުވާ މިބުނީ.

 13. ޕަބުޖީ ނަޓްވަރުލާލް

  ދިވެހިން ހުރިހާ ކަމެއްގަ މިސަރުކާރުގަ އެންމެ އުހަށް... ދުނިޔޭން ބޭރަށް ދިވެހިޒުވާނުން ކިޔަވަން، ޕިކުނިކު، ފިނިބުރު ޖަހަން ވެސް ކިނބޫ ސަރުކާރުގަ ދެވޭނެޔޯ

 14. ޝާކޮ

  މަސްތުވާ އެއްޗިއްސް ބޭނުން ކުރަނީ އަސްލް ކީއްވެތަ އެހާ ގެއްލުންވާއިރު ?

 15. އަހްމަދު

  ދަންޖަސްސާ