އަލިފާނެއް ނެތި އެއްވެސް ތަނަކުން ދުމެއްނާރާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރަކަށް ހުންނެވި ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ" ގައި ގޮވާ ގޮވުމުގެ ތެރެއިން އަލިފާން ނުފެންނަ ވީޑިޔޯ އެއް، "ސަންގު ޓީވީ" އިން ރޭ އާއްމުކޮށްފި ވަނިކޮށެވެ. އުމަރު އަކީ "ފިނިފެންމާ" ގޮވުން ތަޙްޤީޤު ކުރި ކޮމިޝަންގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ.

"އާފަތިސް" ނޫހަށް މައުލޫމާތު ދެއްވަމުން ޢުމަރު ވިދާޅުވީ ވީޑިއޯ އެއްގައި ޢާއްމު ގޮތެއްގައި ފެންނާނީ ސިކުންތަކު ފަންސަވީސް ފްރޭމް ކަމަށާއި ފިނިފެންމާ ގޮއްވާލިއިރު އަލިފާނެއް ނެތި އެއްވެސް ތަނަކުން ދުމެއްނާރާނެ ކަމަށެވެ.

" ލޮލަށް ފެނުމާ ނުފެނުން އެހެން ކަމެއް. ވީޑިއޯ ލަސް ނުކުރަނީސް އަލިފާނެއް ނުފެންނާނެ. މިވައްތަރު އެކްސްޕްލޯސިވްސް ގައި ސިކުންތެއްގެ ދިހަބައިކުޅަ އެއްބައިހައި ކުޑަ ވަގުތުކޮޅެއްގައި އަލިފާން ފެންނާނީ. އަހަރެމެން ފުރަތަމަ އެވީޑިއޯ ދައްކާފައިވަނީ އޭގެ ސްޕީޑުގައި ދެން ދައްކާފައިވާނީ ސްލޯ ކޮށްލާފައި،" ޢުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އަލިފާން ނެތީސް އެހައި ބޮޑަށް ލޯންޗުގެ ދޮރުތަކާއި އެއްޗެހި ބުރައިގެން ނުދާނެ ކަމަށެވެ.

"މިކަހަލަ ހައިއެކްސްޕްލޯސިވްއެއްގައި ސުކުންތެއްގެ ދިހަބައިކުޅަ އެއްބައިހައި ކުޑަވަގުތުކޮޅެއްގައި އަލިފާން ފެންނާނީ. އެހެންވީމާ ފްރޭމްތައް ސްލޯކޮށްލީމައި ނޫނީ އަލިފާން ނުއެއް ފެންނާނެ،" ޢުމަރު ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ އެއާކޮންޑިޝަން އަކީ ގޮވާ އެއްޗެއް ކަމަށްވާނަމަ އެއާ ކޮންޑިޝަން ހަމައެކަނި ގޮވާނީ ފިނިފެންމާގައި އެކަނި ނޫން ކަމަށެވެ.

"އެތައް މިލިއަން އެއާކޮންޑިޝަން ދުނިޔޭގައި ގެންގުޅޭ. ގޮވާނަމަ ދުނިޔޭގައި ކޮންމެ ދުވަހަކު އެއާކޮންޑިޝަނެއް ގޮވާނެތާ. އޭގައި ހުންނަނީ ގޮވާކަހަލަ ގޭހެއްނޫން. ނުގޮވާނެ އެޔެއް،" ޢުމަރު ވިދާޅުވިއެވެ.

"ސަންގު ޓީވީ" އިން ރޭ ހާމަކޮށްފައިވާ ގޮތުގައި މި ވީޑިޔޯކޮޅު ނަގާފައިވަނީ ހަމައެކަނި ރައީސް އޮފީހުންނެވެ. އަދި އެއްވެސް ޓީވީ ޗެނަލަކަށް މި މަންޒަރު ރިކޯޑު ނުކުރެވޭކަމަށް ބުނެފައިވެއެވެ.

ކުރިން ރައީސް އަބްދުﷲ ޔާމީންގެ ތަރުޖަމާނުކަން ކުރެއްވި އިބްރާހީމް މުއާޒް އަލީ ވިދާޅުވެފައިވަނީ ފިނިފެންމާ ގޮއްވާލި ދުވަހު އަލިފާން ނުފެންނަކަމަށެވެ. މުއާޒް އިތުރަށް ވިދާޅުވެފައިވާ ގޮތުން އޭނާއަށް އެންމެ ފުރަތަމަ އަލިފާން ފެނިފައިވަނީ އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ދެއްވި ސީޑީއެއްގައި އިން ވީޑިޔޯއަކުންކަމަށެވެ.

މިކަމަށް ރައްދު ދެއްވާ އުމަރު ވިދާޅުވީ އޭނާ މުއާޒާ ޙަވާލުކުރެއްވި ވީޑިއޯއަކީ ރައީސް އޮފީހުގެ ކެމެރާއަކަށް ރެކޯޑުކުރެވިފައިވާ ވީޑިއޯއެއް ކަމަށާއި އެއީ ލޯންޗުގައި އެއްޗެއް ގޮވި ޙާދިސާ ތަޙުޤީޤު ކުރުމަށް ރައީސް ޔާމީން އެކުލަވާލި ކޮމިޝަނަށް ލިބުނު ވީޑިއޯއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ކައުންސެލަރު

    އަޖައިބު؟
    ޓީވީއެމް އަކަށް ތިއެއް ނުލިބޭ؟ ވީޓީވީ އަކަށް ތިއެއް ނުލިބޭ؟ "ފިތުނަ" ޓީވީއަކަށް ތިއެއް ނުލިބޭ. (އެއީ އެންމެ ދުއްޕާންޓީވީ)
    ކަން މިހެން ހުރިއިރު ދައުލަތުގެ ތީވީއަށް ތި ނުލިބެ ތިޔަބުނާ ބަޔަކަށް ތިއެއް ލިބުނުގޮތާދޭތެރެއެންނު އެންމެފުރަތަމަ ތަހުގީގު ކުރަންވީ؟

  2. އުމަރާ އަލިފާން ނެތިވެސް ދުންއަރާނެ.

  3. މިކަހަލަ މޮޔައިން މިޤައުމުގަ ހާދަ ގިނައޭ

  4. އެހެން ވީމަ އެދުވަހުު ހުރިހާ ޓީވީ ތަކަކާ ޑީލް ހަދާފަ ދޯ އޮތީ ؟ އެދުވަހު ހުރިހާ ޓީވީ ތަކަކުން ދެއްކަަީ ަަ އަލިފާން ފެންނަ ވީޑިއޯ!!!!

  5. ބަލަ އަދީބު ކުރި ކަމެއްތި.އޮޅުވާލަން އުޅޭނެ ކަމެއް ނެތް

    ބިލިއަނުން ރައްޔިތުންގެ ފައިސާ ބަނޑު އަޅައިގެން ހުރެ

    ތިމާ އަމިއްލަ ޓީވީ ޗެނެލުން ތިމާ ހުދު ފޮތިކޮޅެއް ކަމަށް

    ދައްކަން ކިތަންމެ ވަރަކަށް އުޅުނަސް ރައްޔިތުން

    ޤަބޫލެއް ނުކުރާނެ. އަދީބޫ އަދީބޫ އަދީބޫ

  6. ހަރުގަނޑުކޮބާ

    ބްރަދަރ، އަލިފާންނެތިވެސް ދުންއަރާ، މިސާލަކަށް ބޮއިލަރު ގޮވާއިރު. ދެން، އެއާކޮންޑިޝަން ސިސްޓަމް ގޮވައިގެން ބޮޑެތި ގެއްލުން ލިބިފަ ހުންނަނީ މަދެއްކޮށެއްނޫން.

  7. ((ފިނިފެންމާ ގޮއްވާލިއިރު އަލިފާނެއް ނެތި އެއްވެސް ތަނަކުން ދުމެއްނާރާނެ ކަމަށެވެ.))

  8. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    އަލިފާން ހުއްޓަސް ނެތަސް އެއޮތީ އެއްޗެއް ގޮށްވާލާފަ! އެކަންކުރިމީހާ ޖަލަށްވެސްލި! ދެން މިޔަދު ރައްޔިތުންބޮލަށް ސަވާރުވާން ނުކުރާކަމަކަށް ހަދަންނޫޅެ ގޮސް ޖަލުގަ އޮވެބަލަ!

  9. ސަންގު ވީޑިއޯ ހާދަ ނުސާފޭ. ސުވާލަކީ އެހާ ނުސާފު ވީޑިއޯ އެއް އެޑިޓް ކޮއްފަ އަލިފާން ފެންނަގޮތައް ހެދިނަމަ ހާދަ ހާދަ ނުސާފުވާނޭ

  10. އަލިފާންނެތި ދުމެއް ނާރާނެ.އަލިފާން ހުރެގެން ދުންއަރާނި އެއީ ޔަގީންކަމެއް ރޯވުން އެއީ އެހެންކަމެއް.

  11. ސާބަހޭ ދެބޯގެރި ދުއްވުމަށް.
    އަދީބަކީ 150 މިލިއްން ޑޮލަރު ގެ ވެރިއެއް.
    މާތް ބޭފުޅެއް.
    ފިނިފެންމާ ލޯންޗް ތޯ މުހިންމީ ؟
    އިންސާފުގެ ދަތުރުގެ ރައީސް އަށް ދެން މިއަދީބު ޖަލުގައި ބެހެއްޓި ދާނެތޯ؟
    މިފައިސާ ހޯދޭނެތޯ ؟ ނުވަތަ އަދީބުގެ މައްސަލަ ކުރިއަށް ގެންދެވޭތޯ؟
    ދެން ކީކޭތޯ؟

  12. ބުރަދަރ ޒަހީނު

    އަހަރުންގެ އައިސް އަލަމާރި ހުޅުވާލިއަސް ދުން އަރައޭ! ބުރާންޗާ!!

    - ބުރަދަރ ޒަހީނު -

  13. ކިނބޫ ރައީސް

    ވީޑިއޯ ވަގަށް ނެގި ކަމަށް އެއްބަސްވީމަ ވައްކަމުގެ ހުކުމް ކޮށް ޖަލަށް ލާން ޖެހޭނެ ސަންގުގެ ހުރިހާ އެންމެން.

  14. ތަތީ ޗީފް އިންޖިނިއަރއެއްތަ؟ އަލިފާން ނެތި އެއްވެސް ތަނަކުން ދުމެއް ނާރާނެއޯ. ހޭބަލްވެފަ~!

  15. ރައީސް ކުރައްވާ ދަތުރުތަކުގައި ރައީސް އޮފީހުގެ ކެމެރާމަނުން މަސައްކަތްކުރާނެ އެދުވަހުވެސް ވީޑިއޯކުރުމަށް ރެކޯޑްކުރަން ޖައްސާފައި ހުރެދާނެތާ ދެންތިބި ޓީވީ ޗެނެލްތަކުން ވީޑިއޯ ރެކޯޑް ނުކުރުމަކީ ރައީސް އޮފީހުގެ މައްސަލައެއްތަ. އެހެންނޫނަސް މީޑިއާތަކުން ރެކޯޓްކުރާނީ ކަމެއް ހިނގީމަ އަހަރެމެންނަށް ފެނުނު އިންޑިއާ ރައީސް މަތިންދާބޯޓުން ނިކުންނަންދެން ހުރިހާ ޓިވީ ތަކުން އެދޮރު 15 މިނިޓްވަންދެން ދެއްކިތަން

  16. އޮޅުވާލިވޯޓް

    ސާބަސް ޢުމަރު ދޮސްނެތިއް ގޯޅިޖަހާ ތަދެއްވެސްނުވާނެ

  17. ޢެއީ ކުޑަކުދީންނަށްވެސް އެގޭ ކަމެެެް .އެކަމަކު ގޮއްމުށުގެ ބާރު އޑުބާރު މީހުންނަށް އެވަރުވެސް

    ނޭގުނު

  18. ހުޅު ރޯނުވިޔަސް ދުން އަރާފާނެ . އުމަރަށް އަދި އެހިސާބަށް ނުކިޔެވެނީ ތޯއްޗެއް.

  19. ދުންނާރަންޏާ ދުންޔާ ހަރުގަނޑުން އަރުވާ

  20. މިކަހަލަ ކޮސް ގޮވަ މީހުން މިގައުގެ ރައީސް ކަމަށް ކުރިމަތިލާން އެއުޅެނީ. ހޮވިއްޖިއްޔާ ގައުމު ހަލަކު.

  21. މިނިވަންކަން މަތީ ތިބެންނުވާ މީހުން މިނިވަންކަމާއެކު އުޅެލަން ލިބުނީމަ އަލިފާން ބޭނުމެއްނުވާނެ ދުންއަރުވާކަށް.

  22. ބުރޯ ސްމޯކްބޮމް ކިޔާ އެއްޗެއްވެސް ހުރޭ

  23. އެހެންވީމާ ފްރޭމްތައް ސްލޯކޮށްލީމައި ނޫނީ އަލިފާން ނުއެއް ފެންނާނެ،" އަސްލު އޮޅުވާލެވުނީތާދޯ؟ ހައިއެކްސްޕްލޯސިވް އެއްގެ ޒއްރެއްގެ މިންވަރު ގޮވި ނަމަވެސް އަލިފާންގަޑުން ވަރަށް ބޮޑު ގެއްލުމެއްވާންޖެހޭނެއެވެ. ޝައްކު އުފެދުން ގާތެވެ. ޢުމަރު ވެސް ހަގީގަތާ ޚިލާފު ވާހަކަ މީގެކުރިންވެސް ދައްކަވާފައުވެއެވެ.

  24. އަތުގެ އިސްތައްޓެއްވެސް ލޯއްޔެއްވެސް ނާނދަޔޯ. އެކަމަކު އަލިފާން ރޯވިއްޔޯ. އުމަރަކީ ފައްކާ ބުރާންޗެއް ހޭދެބައިވެފަހުރި.

  25. ކަލޭ ބޮލުން އަރާނީ

  26. މަދިރި ބޭސް ޖަހާއިރު ދުންއަރުވާ އަދިވެސް ދުންއެރުވޭ އެތައް ގޮތެއްހުރޭ