ކަމެއް ގޯސްކޮށް ކުރާކަމުގައިވާނަމަ، އެއީ ގޯސްކަމެކޭ ބުނަން އެންމެ އުނދަގުލީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމްގެ ގާތުގައިކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"ޗެނަލް 13" އިން ކުރިއަށް ގެންދިޔަ ޕްރޮގުރާމެއްގައި، ވޭލް ސަބްމެރިންގައި އިންނަވައިގެން އުމަރު ވިދާޅުވީ ކިތަންމެ އުނދަގޫ ކަމެއްކަމުގައިވިޔަސް، ގާސިމްގެ ކައިރީގައި ކަމެއް ގޯސްކޮށް ކުރައްވާނަމަ އެކަން ވިދާޅުވި ކަމުގައެވެ.
މީގެއިތުރުންވެސް، އުމަރު ވިދާޅުވީ ގާސިމަކީ އޭނާއާ ވަރަށް ގާތް ބޭފުޅެއްކަމަށާއި އެއީ ވިޔަފާރީގައިވެސް ބައިވެރިއެއްކަމުގައެވެ. ހަމައެހެންމެ، ބައެއް ފަހަރު ގޯސްކަމެއް ކުރެއްވި ވާހަކަ ވިދާޅުވުމުން، ބައެއް ފަހަރު ގާސިމް ހަޅޭލަވައިގަންނަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އުމަރު އިތުރަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓުގައި މަސައްކަތް ކުރެއްވިއިރުވެސް ކަމެއް ގޯސްކޮށް ދާކަމުގައިވާނަމަ އެވާހަކަ ދަންނަވާފައިވާނޭކަމުގައެވެ. އެހެންނަމަވެސް، ކެބިނެޓުގައި މިނިސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާއިރު އެކަން ކުރައްވަން ޖެހޭނީ މެގަފޯނެއް ހިއްޕަވައިގެން ހުންނަވައިގެން ނޫންކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުންވެސް، އުމަރު ވިދާޅުވީ އޭނާ ދެން ހިންގަވާނީ އޭނާގެ އަމިއްލަ މަގުގައިކަމަށެވެ. ކުރިން އޭނާ މަސައްކަތް ކުރެއްވީ އެހެން ލީޑަރުންގެ ފަހަތުގައިކަމަށާއި އެހެންނަމަވެސް، ދެން ހިންގަވަން ބޭނުންފުޅުވަނީ އަމިއްލަ މަގުގައިކަމަށެވެ. އަދި ސިޔާސީ ފަޅިން ޤައުމީ ޓީމުގެ ކެޕްޓަންކަން ކުރައްވަން ބޭނުންފުޅުކަމަށްވެސް ވިދާޅުވިއެވެ.
އުމަރުގެ ބަސްމަގާއި އުޅުން ފެންނަމުން އަންނަނީ އެއް މިސްރާބަކަށް. އެންމެ ފުރަތަމަ ވެސް ވިދާޅުވީ ގައުމުގެ މިނިވަންކަމާއި ދީން ހިމާޔަތްކުރެއްވުމުގެ ވާހަކަ. އެ ކަން ކުރެއްވޭތޯ އެކި ސިޔާސީ ލީޑަރުންނާއެކު އެކި ދުވަސްވަރު މަސައްކަތްކުރައްވައިފައިވާތަން ފެނޭ. އަދި އެއާ އިދިކޮޅަށް މަސައްކަތްކުރާ ބައެއް ލީޑަރުންނާ އެ ފަދަ މީހުން ގުޅުމުން ދެން އެ ޚިޔާރު ކުރެއްވީ ކުރިން ވެސް ހުންނެވި ފިޔަވަޅު. އެކަމަކު މިހާރު އެކަނި. ވީމާ ނިޔަތް އިޚްލާޞްތެރި އަދި އަމަލުގައި ސާބިތުކަމަށް އަޅުގަނޑު ގަބޫލުކުރަން.
އުމަރަކީ ސިޔާސީ ގޮތުން ގަބޫލުކުރާ ހަމަތައް ހަމަ އެއްގޮތެއްގައި މިހާޔަނަށް ހިފަހައްޓާފައި ހުރި މީހަކީ!! ދެން ހުރީ ރައިސް ޔާމީން!! މިދެ ބޭފުޅުން އެއް އޮޑިއެއްގައި ގައުމަށްޓަކައި އެކައްޗެއް ކިޔައިގެން ވަރަށް ސާބިތުކަމާއެކު ނިކުންނަންޖެހޭ!! ދެ ބޭފުޅުންގެވެސް ޚިޔާލު ތަފާތުވާނީ ވަރަށް މަދު ކަންތައްތަކާ ކަން ޔަގީން!! އެހެންވީމަ އެއްގޮތްކޮށްލައިގެން ގައުމަށްޓަކައި، ގައުމުގެ ހުރި މައްސަލަތައް ޙައްލު ކުރުމަށްޓަކައި އަދި އިސްލާމް ދީނާ ގައުމު ބިނާ ކުރުމަށްޓަކައި މި ދބޭފުޅުންގެ ފަހަތުގައި ޓީމެއް ރުކުރުވާލާތަން ދެކެން ބޭނުން!! މިގައުމުގެ މިނިވަންކަމާ އިސްތިގުލާލު ދެމެހެއްޓޭނީ ހަރުދަނާ ތަޢުލީމީ ގައުމަށް ވަފާތެރި ކެރޭ ބަޔަކާއެކުވެގެން!! އެއީ ރައިސް ޔާމީނާ އުމަރު ނަސީރު!! މިހާރު ގައުމުގެ ކުރިއެރުން މިވަނީ މަޑުޖެހެން ފަށާފަ!!
ވަރަށްވެސް ރަނގަޅު ވާހަކައެއް.
އުމަރާއި ޔާމީން ފިޔަވައި ގައުމު ދެކެ ލޯބިވާ، ރައްޔިތުންނަށް ހެޔޮ އެދޭ، ވަޠަނީ އިތުރު އެއްވެސް ބޭފުޅަކު ސިޔާސީ މައިދާނަކުން ނުފެނޭ. ގައުމާއި ރައްޔިތުން މި މުސީބާތުން ސަލާމަތް ކޮށް ދެއްވުމަށް ދެބޭފުޅުން އެކުގަ މަސްކަތް ކޮށް ދެއްވާނެ ނަމައޭ ވަރަށް ހިތަށް އަރާ. ވަރަށް ދެކޭހިތްވާ ދުވަހެއް އެއީ.
ކޮބާތޭ ތަމެންގެ ފުލުހުންގެ ކަމިޝަނަރު ފުލުހުން ހަމަ މަގަށް އަޅުވަނީ ތަމެން ފުލުހުންގެ އިދާރާ ތެރޭގައި ޔާރާ ދިލްދާރާ ލަވަ ކިޔަން ތިބެގެންތޭ ޑައުން ދަ ލައިންގައި ކަންކަން ހިނގާ އަދި ހިނގަމުންދާ ގޮތް ތަމެން ޕޮލިސް ކަމިޝަނަރަށް އިނގޭތޭ ކޮބާތޭ ޓްރެފިކް ޕޮލިސް އެކްސިޑެންޓްސް ތައް ތަމެންގެ ވެރިކަމުގައި ދަނީ އެކްސެލެރޭޓް ވަމުންނޭ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު ސްކައި ރޮކެޓް ވަނީ ޕޮލިސް ހަމަ މަގު ސާރޗް ކުރަނީ ސޭ ހެއިލޯ ބޯއިސް ހެއިލޯ ހެއިލޯ..
ގާސިމަ ކެހިދޭން އުޅޭތީ ވާގޮށް އެއީ
ޢުމަރު ނަސީރުގެ ބައެއް ސިޔާސަތުތަށް ކަމުދޭ! އެކަމަކު ލިބުނު ފުރުސަތުގައި އޭނާއަށް އެކަށީގެންވާ މަސައްކަތެއް ކުރެވުނުތަނެއް ނުފެނުނު! ވީމާ އެއަށްވުރެ ބޮޑު ވަޒީފާއެއް އާނާއަށް ދޭން ވިސްނާއިރު އަހަރެންގެ ޟަމީރު ދެބަސްވޭ! އޭރު ހިނގާދިޔަ ކޮރަޕްޝަންގެ ޢަމަލުތަށް ބެލުމުގައި އަދި މާރާމާރީއާއި އެފަދަ އެހެން މައްސަލަތަށް ހުއްޓުވުމުގައި އެންމެ އިސްފަރާތުގެ ޙައިސިއްޔަތުން ދާޙިލީ ވަޒީރުގެ ޒިންމާ އަދާނުކުރެވުނު ކަމުގައި ދެކެން!
މޮޔަފުޅުވީތޯ އަލީނަސީރު؟
ހިންނަވަރޭގެ ވެރިކަމަށް ދެ މަސްދުވަސް ވެގެން ދާއިރުވެސް ރާއްޖޭގައި ހުރި އެއްވެސް ކަމަކަށް ހައްލެއް ގެންނަން އެއްވެސް މަސައްކަތެއް ހިންނަވަރޭ ވެސް އަދި ހިންނަވަރޭ މެންގެ ޕޮލިސީ ސެކްރެޓަރީ އަނޭ މެން ކުރާ ތަނެއް ފެނިގެން ނުދެއޭ އެ ބަތާހަރާމީން ގެ ކަމަކީ ސަރުކާރުގެ ބަޖެޓުން ރާއްޖޭން ބޭރަށާއި އަދި ދަ ރާއްޖެތެރެއަށް ދަތުރު ކޮށް މަޖާ ނަގަނީއޭ މިވަރު ވެގެން ދާއިރު ވެސް ހިންނަވަރޭ ކޮބާތޭ ކޮބާތޭ ތަމެން ހުޅުމާލޭން ދޭން ބުނި 1 ލައްކަ ގޯތި ތައް ކޮބާތޭ ކޮބާތޭ ހިންނަވަރޭ ތަމެން ކޮބާތޭ ޔޫއާރ ފޭޑެޑް ޔޫއާރ ފޭޑެޑް ޔޫއާރ ފޭޑެޑް ޔޫއާރ ފޭޑެޑް ފޭޑެޑް ފޭޑެޑް ސޯ ލޮސްޓް އިން ލަންކާ ޑާންސް ޑާންސް ޑާންސް ޑާންސް..
ގިނަބަޔަކު އިއްތިފާޤުވެ ހޮވާފައިވާ ވެރިއަކަށް ޤާނޫނު ލިބިދޭ ބާރުތައް ބިނާވެފައިވަނީ، ރައްޔިތުންގެ ފަރާތުން ލިބިފައިވާ މަޤާމުގެ ބާރުވެރިކަން ދެމެހެއްޓުމުގެ މައްޗަށް ކަމުގައިވާއިރު، އަބަދުވެސް ޢުމަރު ބުނަނީ، ގޯހޭ، ގޯހޭ، މިފަދައިން ކަމުގައިވާއިރު، ޢުމަރުގެ ވިޔަފާރީގައި ބޭނުންކުރާ ވަސީލަތެއްގެ ބޭނުން ހިފުމުގައި ދުއްތުރާ ކޮށްފައިވާ ކަމަށްބަލައި ސިޔާސީ މައިދާނަށް ނުކުތީއްސުރެ ޢުމަރަށް ކަމުދިޔަ ވެރިޔަކު މިރާއްޖޭގައި ވެރިކަން ކޮށްފައިނުވާއިރު، އޭރުވެސް މިހާރުވެސް ޢުމަރު ބޭނުންވަނީ ވެރިކަމެވެ. މިގޮތުން ޢުމަރުކުރަމުންދާ ކަންކަމުގެ ސަބަބުން މިރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ލިބެމުންނުދާއިރު، ވެރިމީހާ ބަދުނާމްކޮށް މީޑިއާގައި ދޭތެރެ ޖެއްސުމުގެ ގޮތުން ޢުމަރު ދައްކާ ބައެއް ނޭދެވޭ ވާހަކަތަކަކީ، ނޫހުގެ ބޭރުގަނޑުގެ ފަލަސުރުޚީގެ ދަށުން ފޮޓޯޖަހައި ޖާގަލިބެމުންދާ ކަންކަމެވެ.
ރުޅި އަޔަސް ކަލޭމެންގެ ލާދީނީންގެ އަތްދަށަކު އުމަރެއް ނުލެވޭނެ. ނުވިކޭނެ. ނުގަނެވޭނެ. ދެރަ ވޭތަ؟
ވޯޓުން ވައްކަން ކޮށްގެން ގޮނޑިއަށް ސަނގަލާ ޖެހުނީމަ ގިނަ ބަޔަކު އިއްތިފާގުވީ ކަމަށް ގަބޫލު ކުރާނީ ތިކަހލަ ބޮލު ރޮދިން.
އުމަރޫ ކަލޭ ނުބުނާނަންދޯ ޔާމީން ގޯހެކޭ !
އާނ ނުބުނާނެ. ގޯސް މީހުން ގޯހޭ ބުނާނީ. އުމަރަކީ އަބަދުވެސް އިންސާފުން ވާހަކަ ދައްކާ މީހެއް. ބާރުގަ ތިބޭ ބައެއްގެ ކޮޅަށް ޖެހި ހިހޫ ތަނުން ކާން ބޭނުންވާ މީހެއް ނޫން.
މިރާއްޖޭގަ ވެރިކަން ކުރަން ޔާމީނާ އުމަރަކީ އެންމެ ރަގަޅު ކޮމްބިނޭޝަން. ޔާމީންއަކީ ސްޓްރެޓެޖިކް ޕްލޭނިންގގަ ޖީނިއަސް ބޭފުޅެއް. އުމަރަކީ އިމްޕްލިމެންޓް ކުރުމުގަ ދެވަނައެއް ނެތް ބޭފުޅެއް. އައި ހޯޕް ޓު ސީ ދެމް ބެކް އިން ޕަވަރ.
އަންހެނުންނަށް ތައުރީފު ކުރުމަކީ ފިރިހެނުންގެ އާދަ
ވޭލް ސަބްމެރީން ކަލެއަށް ހޯދާދިނީ ބުރުމާ ! އެހެންވީމާ ގޯހޭ ބުނަން އުދަގޫ ވާނެ ! އެހެންނޫނަސް ކަލެއަކީ ކަތުރުފަންޏެއް ! ވަދެފިތަނެއް ކައި ހުސްކުރާނެ !
އުމަރަކީ ސިޔާސީ މައިދާނުގަ އެއްވެސް އުރައްޕަތެއްހުރި މީހެއްނޫން އަބަދުވެސް އުޅެނީ ތިމާވަރުގެ މީހަކުނެތިގެން ނުފޯރާފޮތިން ފޫގަޅަން ވެގެން ކޮންމެ ޕާޓީއަކައް ދިޔަކަމުގަ ވީނަމަވެސް އެންމެ ފުރަތމަވެސް ދިމާކުރަނީ ރައީސްކަން ހޯދަން އަދި އަމިއްލަ އައް ޕާޓީއެއް ހަދައިގެން އެޕާޓީ ގެ 3000 މީހުނާއެކު ނުހިންގުން މީހަކު ކިހިނެއްތަ ސަރުކާރެއް ހިންގާނީ އުމަރު ބަލާ ސަބުމެރިން ދުއްވޭތޯ އެކަން ވެދާނެ
ޤައުމީ ޓީމް ކެޕްޓަންކަމޭ ނުކިޔާ ހިތްވަރު ހުރިއްޔާ މަޖިލީސް ގޮނޑި ގަނޑަކަށްވެސް ކާމިޔާބުވޭތޯ ބަލާބަލަ. މާ ސިޔާސީވެގެން ނޫޅެ،،