މިސްކިތެއްގެ ދޮރުމަތީ މިސްކިތެއް އެޅުން ކީރިތި ރަސޫލާ މަނާކުރައްވައިފައިވާ ކަމަށް އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ ކަޅުވަކަރު މިސްކިތް އިސްލާމީ މަރުކަޒުގެ ކުރިމަތީގައި އަލުން ބަހައްޓަށް އުޅޭތީ އެކަމަށް އިޝާރާތްކޮށެވެ. ކަޅުވަކަރު މިސްކިތް ބަހައްޓާނީ ޗާންދަނީމަގު، ދިރާގު އޮފީސް ކުރިން ހުރި ބިމުގައެވެ.

ޝަހީމް ވިދާޅުވީ އެ މިސްކިތް އަލުން ރާވާ ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއ ނަމަވެސް ޖަމާއަތުގައި ނަމާދުކުރާ އިތުރު މިސްކިތެއްގެ ކުރިމަތީ ޖަމާއަތުގައި ނަމާދުކުރާ އިތުރު މިސްކިތެއް ނެހެދޭނެ ކަމަށެވެ.

"އެއީ ދީނީގޮތުން ބަލާއިރު އިލްމުވެރިން ބަހުސްކޮށްފައިން މައްސަލައެއް. މިސްކިތެއްގެ ދޮރުމަތީ މިސްކިތެއް އެޅުން ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި ވަނީ މަނާކުރައްވައިފައި. ކަޅުވަކަރު މިސްކިތް ބަހައްޓަނީ އެތާގައި ނަމާދުނުކުރެވޭ ގޮތަށް ކަމަށް ވަންޏާ އަދި ތަރައްގީގެ ގޮތުން ހުންނަ އިމާރާތެއްގެ ގޮތުން ހުންނަ ނަމަ އެތާ ބެހެއްޓުން އެންމެ ރަނގަޅު" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އޭނާގެ ނަޒަރުގައި އެ މިސްކިތް ބަހައްޓަންވާނީ ކޮންމެވެސް އެހެން ސަރަހައްދެއްގައި ކަަމަށެވެ. އަދި އެފަދައިން ވިދާޅުވީ އެއްވެސް ސިޔާސީ މަގްސަދެއްގައި ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތުގައި ހިލޭ ސާބަހަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ދުވާފަރު ދަންޑަހެލު

    މިސްކިތެއް ނަގާފަ ކުޅިވަރު ކުޅޭ ތަނެއް އެޅުމަށް ރަސޫލާ ހުއްދަ ކުރެއްވި ބާ؟

    • Anonymous

      އޭ. ގޮސް ޙަދީޘް ތައް ކިޔާބަލަ ހުރިހާ ކަމެއް ސިޔާސީ ނުކޮށް. ސީދާ ހުއްދަ ނޫން ކަންތައް ހުންނާނެ ޙަދީޘް ގަ ބަޔާންކޮށްފަ.

  2. ނޫސްކިޔާމީހާ

    އަޅުގަޑު ވަރަށް ތާއީދު ކުރާ ޢިލްމުވެރިއެއް. ޙަދީޘް ނަންބަރ ވިދާލުވެ ދެއްވުން އެދެން ބަލާލަން ބޭނުންވާތީ.

  3. އާދަން ނަޢީމް

    ތި ކަޅުވަކަރު މިސްކިތް ބަހައްޓަން ވަރަށް ރަނގަޅުވާނެ ބްރިޖް ކރި ދަރުބާރުގެ އާ ދިމާލަށް ވަށްކޮށް ހަދާފަ ހުންނަ ތަނުގައި... ވަރަށް ރީތިވާނެ

    • ދޮން ހަސަނު

      އޭރުން އަނެއްކާ ޣާނިޔާ ރުޅިދުރުވާނެ. ބުނާނެ އަގުލީ އެއްޗަކާހެދި ބުރިޖް ނުފެނެއޭ..

  4. އިބްރާހީމް

    އަޅުގަނޑަށްފެންނަނީ ޒިކްރާމިސްކިތްހުރިތަނުގަ ތި މިސްކިތް ބަހަށްޓަން

  5. އަރީފު

    ކަޅުވަކަރު މިސްކިއް ބަހައްޓަން އަހަރެން ނައް އެންްްްމެ ރަގަޅީ ދަރުބާރުގެ އިރުމަތިން އޮންނަ ހުސްބިން ކޮޅުގައި

  6. ޚިޔާ

    ބުއްދީގެ ގޮތުންވެސް ދެ ޖަމާޢަތެއްގައި ޖެހިޖެހިގެން ނަމާދު ކުރަން ތިބެންޖެހުމަކީ އުދަގޫވާނެކަމެކެވެ. އެހެންތަނެއް ޚިޔާރު ކުރުން ބުއްދިވެރިއެވެ.

  7. ގޫގުލާ

    ކީއްތަވާނީ ހުޅުމާލޭގަވެސް އާސާރީ ތަނެއް ހުރީޔާ؟

  8. ަރުޚާމް

    ތި މިސްކިތް ބަހައްޓަންވީ މާލޭގައި އެންމެ މިސްކިތް މަދު ސަރަހައްދެއްގައި.. ނުވަތަ ހުޅުމާލޭގައި.

  9. ޔުމްސާން

    މައުމޫނަކީ ތި މިސްކިތައް ގަވާއިދުން އެރި މީހެއްތޯ.. މިސްކިތާހުރެ މަރުދަން މި ޖެހެނީ. ތިޔަ މިސްކިތް ގެންގޮސް ރާއްޖޭގެ އާބާދީ ކުޑަ މިސްކިތް މަދު ރަށެއްގައި ބަހައްޓައި ދިނުމައް ރައީސް އިބުރާހިމް ސޯލިހު އަރިހުން އެދެން.

  10. ހުދުހުދު

    މުސްލިމުން ނަމާދުކޮށްކޮށް ތިއްބާ މިސްކިތްނަގާފަ އެތަނުގަ ނާޒަރަންގީ ކުލޭ ތަނެއް އެޅުން ރަސޫލާ ހުއްދަ ކުރެއްވިތޯ؟ އެކަން ކުރި އިރު ޝަހީމަށް ހަމަ އެނގިވަޑައި ނުގަންނަވަނީބާ؟ ނޫނީ އެއްޗެއް ވިދާޅުވަން ކެރިވަޑައިނުގަތީބާ؟ ނޫނީ ލިބެންއޮތް މަންފާއެއް ނުލިބިދާނެތީ އެއްޗެއް ވިދާޅުވަން ކެރިވަޑައިނުގަތީބާ؟

  11. ޙަސަން އަޙުމަދު

    އެމީހުން އެމިސްކިތް ރާވަފާނެ އިސްލާމީ މަރުކަޒް ތެރޭގައިވެސް. އެމް.ޑީ.ޕީ ސަރުކާރަކީ ވަރަށް ބަރާބަރު ސަރުކާރެެއްނޫންތޯ؟ ވަޢުދު ފުއްދުމުގައިވެސް ލާމަސީލުނޫންތޯ؟ މިހާރު 56 ވައުދު ފުއްދައިފި. ކުރީގެ ސަރުކާރުން ހަދާ ތަރައްޤީކޮށް ނަންބޯޑު ޖަހާފައިވާ ކިތައް ތަނުގެ ނަންބޯޑު ބަދަލުކުރެވިއްޖެބާ! މަގުހުރަސްކުރަން ހުންނަ ކަފިހި ހުރަސްތައް ރީނދޫ ދަވާދަށް ބަދލުކުރެވުނީ ކިތައް މަގުގައިތޯ؟ ވަޒީފާތަކުން ކިތައް މީހުން ކަނޑާލެވިއްޖެތޯ؟ އެއީވެސް ފުއްދުނު ކިތައް ވަޢުދު.

  12. އަލްއުސްޘާދު

    ކިހިނެއްވާނެތޯ އިއްޒުއްދީން ފާލަމާދިމާލުން ތަންކޮޅެއް ހިއްކާގެން ބެހެއްޓީޔާ

  13. ޟުސުމް

    ޓްވިޓާގައި ވަރަށް އަނގަ ފުޅާ ކޮށްފައި އުޅޭ އާނިޔާ ކިޔާ ދައިތައެއް އުޅޭނެ. އޭނާވެސް މިސކިތް ރޭވުމުގައި ބައިވެރިކުރުން އެދެން

  14. ޙަސަނު

    އެމް ޑީ ޕީ ސެކިއުލަރިސްޓުން ދީނަށް ފުރައްސާރަ ކުރާނީ ޚާއްޞަކޮށް ރޫޙާނީ ލީޑަރު އެލެކްސް

    • ކަހެރުވައް

      އަސްލު ދީނަކަށް ފުރައްސާރައެއް ނުކުރެވޭނެ. އެކަކުވެސް ބުދުނީނަށް ފުރައްސާރަކޮށްގެން އެކަމާ ގަޔަށް ހިނިއަރައިގެން އުޅޭތަ؟

  15. ނަން

    ރަސޫލާއެއް ނޫން ހޭހުރި މީހަކު ނަމަ އެކަހަލަ ކަމެއް ކުރާކަށް ނުރުހޭނެއެއްނު؟ ސިނަމާއެއްގެ ދޮރުމަތީގައި ސިނަމާއެއް އެޅިޔަކަސް އެކަކުވެސް ނުބުނާނެ ނާޅާށޭ

  16. މީ

    صَلَّى اللّٰهُ عَلَيْهِ وَسَلَّمَ

  17. عبدالله

    އިސްލާމިކް މިނިސްޓަރީގައި މިހާރު ހުންނެވި މިނިސްޓަރަކީވެސް ޕީއެޗްޑީގެ ބޭފުޅެކެވެ. އެމަނިކުފާނަށްވެސް ތިޔައީ މުތަވާތިރު ޚަބަރެއްތޯ ބެލޭނެއެވެ.