ށ.ނޫމަރާ ފަޅުން ނިކުންނަން އުޅުނު "އަބާރަނާ" ނަމަކަށް ކިޔާ ދޯންޏެއް ނޫމަރާގެ ނެރު ފައިކަތަށް އެރުމުން އެމްއެންޑީއެފްގެ ކޯސްޓްގާޑްއިން އެދޯންޏަށް އެހީތެރިވުމަށް ހަރަކާތްތެރިވާން ފަށައިފިއެވެ.

ނެރަށް އަރާފައިވަނީ 50 ފޫޓްގެ ދޯންޏެކެވެ. އެންއެންޑީއެފްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މިހާދިސާގެ ރިޕޯޓް އެފަރާތްތަކަށް ލިބިފައިވަނީ މިއަދު 12:34 ހާއިރުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެސަރަހައްދުގައި އެދޯންޏަށް އެހީތެރިވުމަށް އިތުރު ދޯންޏެއް ދަނީ ހަރަކާތްތެެރިވަމުންނެވެ.

އަޕްޑޭޓް: ދޯނިއަށް ދިޔަވަމުން ދާކަމަށް އަދި އެދޯނި ފުންކުރުމަށް ދޯނީގެ ވެރި ފަރާތުން ކަންނެލި ދޯންޏެއް ފޮނުވައިގެން އޭގެ ކަފުޖަހައިގެން މަސައްކަތްދަނީ ކުރަމުން

ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތް

(މިއަދު ހެނދުނު 10:00 އިންް މާދަމާ ހެނދުނު 10:00 އަށް)

ދެކުނުގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުންވެސް އެކަށީގެންވޭ، މީގެތެރެއިން ބައެއް ރަށްތަަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސ ލަފާކުރެވޭ. އަދި މެދުތެރޭ ބައެއް ރަށްތަކަށްކެރީގެއަސަރު ފޯރުމާއިއެކު ގުގުރުން އެކަށީގެންވޭ.

އިރުއުތުރާއި އިރުން، އުތުރާއި މެދުތެރޭގެ އަތޮޅު ތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވޭ.

އުތުރާއާއި މެދުތެރޭ އަތޮޅު ތަކުގެ ކަނޑުތައް ގަދަވާނެ، އަދި ދެކުނު އަތޮޅުތަކުގެ ކަނޑުތައްއާދައިގެވަރަކަށް ގަދަވާނެ.

މިވިއްސާރައިގައި ދެކުނުގެ ރަށްތަކަށް ބޯކޮށްވާރޭވެހި އަދި އުތުރާއި މެދުތެރޭގެ އަތޮޅު ތަކަށް ވައިގަދަވާނެ ކަމަށްލަފާކުރެވޭތީވެ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާކަމެއް.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ނަންނަ

  އަޅޭ ! ??????

 2. ޚަމަނަ

  ކޮން ރަށެއްގެ ދޯންޏެއް؟

 3. ކަމްރު

  އާތް

 4. ޗެރީ

  މާއުނގޫދޫ ތެޔޮބޯޓް

 5. ގެރި

  ޢަލީސަލީމް ތެޔެބާޒު ނޫމަރާ ނެރައްއަރައިފި