އޮންލައިން ކޮށް ވޯކް ވިސާއަށް ފައިސާ ދެއްކޭނެ ހިދުމަތް ތާއާރަފް ކޮށްފިއެވެ. ވޯކް ވިސާއަށް އޮންލައިކޮށް އެދެވޭނެ ގޮތް ހަދާފައި އޮންނަތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް ފައިސާ ދެއްކުމުގެ ޚިދުމަތް މީގެ ކުރިން އޮންލައިކޮށެއް ނުލިބެއެވެ.

މިއަދު މޯލްޑްވްސް ޓެކްސް އެކެޑެމީގައި ބޭއްވި ރަސްމިޔާތެއްގައި މި ހިދުމަތް ތާއާރަފް ކޮއްދެއްވީ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް އެވެ.

މި ހިދުމަތަކީ މީރާގެ މުވައްޒަފުންނާއި ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން އެންޑް ޓެކެނޮލޮޖީން އުފެއްދި ހިދުމަތެކެވެ.

މިހިދުމަތް ތާއަރަފް ކޮއްދެއްވަމުން މިނިސްޓަރ މަލީހު ވިދާޅުވީ މިއަދު މި ތަޢާރަފް ކުރެވުނު ހިދުމަތުގެ ސަބަބުން ހާއްސަކޮށް ވިޔަފާރިވެރިނާއި އާންމު ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

އޮންލައިން ވޯކް ވިޒާ ޕޭމެންޓް ތާރަފް ކުރުމުގެ ރަސްމިޔާތުގައި މިނިސްޓަރ މަލީހު ވާހަކަ ދައްކަވަނީ ވަގުތު އިމޭޖަސް : ޖިމީ

"އާއްމުކޮށް ސަރުކާރުގެ މުހިންމު ހިދުމަތް ހޯދުމަށް މިޖެހެނީ ކިޔުޖެހިގެން ތިބެން. މިއީ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް އެބަވޭ. އެތަށް އިރެން ވަންދެން ކިޔުގައި ތިބެން ޖެހޭ, މިއަދު މި ތަޢާރަފް ކުރެވުނު ހިދުމަތުގެ ސަބަބުން ހާއްސަކޮށް ވިޔަފާރިވެރިނާއި އާންމު ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެން ދާނެ" މިނިސްޓަރ މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ދުވާލެއްގެ މައްޗަށް 150 އާއި 200 ވަރަކަށް މީހުން ހަމައެކި ވޯކް ވިސާ ހޯދުމަށް މީރާގައި ކިޔު ޖެހޭ ކަމަށާއި ކޮންމެ މީހަކަށް ހިދުމަތް ދިނުމަށް އެއް ގަޑިއިރު ހޭދަވާނަމަ ކިއުގައި ތިބި އެންމެނަށް މި ހިދުމަތް ފޯރުކޮއްދިނުމަށް ދުވާލަކަށް 10000 ރުފިޔާ ހަރަދުވާނެ ކަމަށެވެ.

"މިއީ ހަގީގަތުގައި ބޮޑު ވޭސްޓެއް, މަހެއްގެ މައްޗަށް ތިން ލައްކަ އަހަރެއްގެ މައްޗަށް 3 މިލިއަން ވަރަކަށް ރުފިޔާ އެބަ ވޭސްޓްވޭ މި ހިދުމަތް ކިޔުގައި ޖެހިގެން ހޯދާނަމަ, މި ތައާރަފް ކުރެވުނު ހިދުމަތާއި އެކު ބޮޑު އެއްޗެއް ސޭވް ވެގެން ދާނެ" މިނިސްޓަރ ވިދާޅުވިއެވެ.

މަލީހު އިތުރަށް ވިދާޅުވީ އޮންލައިންކޮށް ވިސާ ހޯދާ ނަމަ މަދު މިނެޓް ތަކެއްގެ ތެރޭގައި މި ހިދުމަތް ލިބޭނެ ކަމަށެވެ.

ރާއްޖޭގެ ކޮންމެ ރަށަކަށް ވެބްސައިޓް ހެދުމަކީ ރައީސް އިބްރާހިމު މިހައްމަދު ސޯލިހުގެ ސަރުކާރުގެ ވައުދެއް ކަން ފާހަކަ ކުރައްވައި މިނިސްޓަރ މަލީހު އިތުރަށް ވިދާޅުވީ ސަރުކާރުގެ ހުރިހާ ހިދުމަތެއް އެއް ޕޯޓަލް އަކުން ލިބޭ ގޮތް ހެދުމަށް މިހާރު މަސައްކަތް ފަށާފައި ވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަލާމް

    ކޮން ސައިޓެއް މެދުވެރިވެގެންތަ ދެއްކެނީ؟

  2. ޅަބޭ

    ޝުކުރިއްޔާ ރައީސް ޔާމީން!

  3. ސަންގުގެރި

    ޝުކުރިއްޔާ ރައީސް ޔާމީން ތަރަށްގީގެ ބާނީ