ޒިނޭ ކުރި އަންހެނަކު ރަޖަމް ކުރަން ނައިފަރު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ކުރި ޙުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

ސުޕްރީމް ކޯޓުން ދެންމެ ނެރުއްވި އަމުރެއްގައި ވިދާޅުވީ ޅ.ނައިފަރު/ހަނީމޫން، އާމިނަތު ޝަރީފާ މުހައްމަދުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޒިނޭ ކުރުމުގެ ކުށުގެ ދައުވާގެ މައްސަލައިގައި ނައިފަރު މެޖިސްޓްރޭޓް ކޯޓުން ޝަރީޢަތް ހިންގައި ނިންމާފައި ވަނީ އެގަޒިއްޔާގެ ދައުވާގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހަވާލާދީފައިވާ ޖިންސީ ކުށުގެ ޤާނޫނުގެ 27 ވަނަ މާއްދާއާ ހިލާފަށް ކަމަށްވާތީ ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ބާތިލް ކުރާކަމަށެވެ.

އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބެއް ކުށްވެރިޔާ އަށް ދިނުމަށް ޙުކުމް ކުރުމުގެ ފުރުސަތު ރާއްޖޭގެ ޤާނޫނުތަކުން ފަނޑިޔާރުންނަށް އޮތް ނަމަވެސް ފަނޑިޔާރަކަށް ޙުކުމް ކުރެވޭނީ ކުރި ދައުވާއެއްގައި އޮންނަ އަދަބެއް ދޭންށެވެ. ޖިންސީ ކުށުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބުނެފައި އޮންނަނީ ޒިނޭ ކުރުމަކީ ކުށެކެވެ. އެމާއްދާގެ (ށ) ގައި ބުނެފައި އޮންނަނީ ޒިނޭ ކުރި މީހެއްގެ އަދަބަކީ 100 އެތިފަހަރުން ހައްދު ޖެހުމާއި އެކު އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދު ކުރުމެވެ.

2015 ވަނަ އަހަރު ވެސް އަންހެނަކު ރަޖަމް ކުރަން ރާއްޖޭގެ މެޖިސްޓްރޭޓް ކޯޓަކުން ޙުކުމް ކުރިއެވެ. އެފަހަރު އަންހެނަކު ރަޖަމް ކުރަން ޙުކުމް ކުރީ ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުންނެވެ. އެޙުކުމް ވެސް ސުޕްރީމް ކޯޓުން ބާތިލްކޮށް މައްސަލައިގައި ފައިލްތައް ސުޕްރީމް ކޯޓަށް ފޮނުވަން އަމުރު ކުރިއެވެ.

އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްތައް ސާބިތުވެ ހައްދު ޖަހަން މިހާރު ވެސް ރާއްޖޭގެ ކޯޓުތަކުން ޙުކުމް ކުރެއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމާފައި އޮންނަނީ އެފަދަ ޙުކުމްތައް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުން ކަމަށެވެ. އެފަދަ މައްސަލަތައް ދައުލަތުން އިސްތިއުނާފު ނުކުރާތީ ހައްދު ޖެހުމަކީ ވެސް މިހާރު ރާއްޖޭގައި ކުރާ ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. ސޭޓުގެ އަނބިމީހާގެ ފިރިމީހާ

  ކޮބާ ކޮބާ ކޯޓުތަކަށް ވަނީ ސުޢޫދު އެބުނާ ކެނެރީ ނަސީދުގެ ބާރާއި ގޭންގު ވަދެފަ

 2. ަައަބްޅޯ

  މިސަރުކާރުގައި ޒިނޭއަކީ މާބޮޑުމަށްސަލައެއްނޫން ބޯދެތި މުޖުރިމުން މިނިވަންކުރާފަދައިން
  ޒިނޭގެ ހަށްދު ވާގިބުވިމީހާވެސް ތިއޮތީ މިނިވަންވެފަ ދެން ލަލަ!

  • ނޮކްސް

   2015 ވަނަ އަހަރު ހުކުމް ތަންފީޒް ނުކުރެވުނީ ކޮން ސަރުކާރެއް އޮވެގެންތޯ؟ މިހާރު ބޭފުޅާވެސް ހައްދަވަނީ ކަލްކިއުލޭޓަރު ބޭނުން ނުކޮށް އަދުރަމެޓިކްސް ދެއްތޯ. ސަރުކާރު ކުށްވެރި ނުކޮށް އަމިއްލައަށް ގޯންޏަކަށް ހިލަ އަޅައިގެން ގޮސް އެ އަންހެނާ ރަޖަމް ކުރަންވީނޫންތޯ. ޢެމީހާ އެހެރީ އަދަބަށް ހުށަހެޅިގެން. ތިތާ ފަޅުރަށަކަށް އޭނައާ ބޭފުޅާއާ ދެމީހުން ގޮސް ތަންފީޒުކޮށްލަންވީ. ކައިވެނި ވެސް އެގޮތަށް ކުރޭ ނޫންތޯ

 3. ކޮމެންޓްކުރާމީހާ

  ބާތިލްކުރީ ސަރުކާރުގެ ނުފޫޒުންކަމަށް ހާދަ ބެލެވެޔޭ

  • ަައަބްޅޯ

   ޝައްވެއްވެސްނެތް

 4. ޙުކުމްފދ

  ﷲ ގެ ހުކުމް ބަދަލު ކުރާމީހަކީ ތޯއޫތެކެވެ

 5. ާަާަަައަސްލު

  ﷲއަށް ބިރުވެތިވޭ...ސުނާމީއެއްއައިމަ ބިރުންތެޅޭނެ...ފިރުއައުނުހެން...

 6. Anonymous

  އޭނަ ޒިނޭކުރީ އެކަނި؟ އޭނައާއި އެކީ އެކަންކުރި މީހާ ކޮބާ؟

  • މިހިރަ ބީތާޔާ

   ކަލޭ ކޯޓުގަ ސާބިތުކޮށްދިނިންތަ؟

 7. ހުސޭނުބޭ

  ކަލޯމެން އިސްޕިރީންކޯޓު ހަދައިގެން ހަތްއުޑު މަތިން އައިސްފައުވާ ހުކުމްތައް ބާޠިލްކުރަން ތިބޭ! މިއަދު ބަންޑަޅި ބަންޑަޅިން ކަލޯމެންނަށް ފައިސާ ލިބޭނެ! މާދަމާ ލިބޭނެ އެއްޗަކާމެދު ވިސްނާލާ!

  • ހަސީނާ

   ސުޕުރީމް ކޯޓައް ނަރަކައިގެ އަނގުރުއަލިފާނަކީ ފިނި އެއްޗަކައްވީތޯއެވެ.

 8. ޚކކކކކ

  މިހާރު މި ސަރުކާރު ވީމަ. 2015 ގަ އެހެންވީ ވެސް ސަރުކާރުގެ ހެޔޮފުޅު ކަމުން ދޯ. ވިސްނާފަ ބަަސް ބުނެބަލަ... ??

 9. ހުޅުމީހާ

  ސޭކު އިލިޔާސް / ގިޔާސް ޓްވީޓެއް ނެތީތަ ބޮޑުތަނުން ބަލިވީމައޭ ކިޔައިގެނަ ހޭރޭކަށް

 10. ބުލް

  މި ދިވެހި ރާއްޖެއަށް ކޯޓް ތަކަކީ ބޭކާރު ތަންތަން

 11. ރަމަޝާން

  ވ. ރަނގަޅު ނިންމުމެއް! މާތްﷲ ސުޕްރީކޯޓުގެ ފަނޑިޔާރުންގެ އެއްމެހާ ފާފަތަށް ފުއްސަވާ ރަހުމަތްލައްވާފާންދޭ. އަދި ނަރަކައިން މިންޖުކުރައްވާ ސުވަރުގެ ދެއްވާ އެބޭފުޅުންގެ މަސައްކަތުގައި ބަރަކާތް ލައްވަވާފާންދޭ!

 12. ކެޔޮޅު

  ﷲގެ ހަޞުރަތުގައި ޖަވާބުދާރީ ވާންޖެހޭ ދުވަހު މިވެރިން ހަވާލާދޭނެ މާއްދާތަކަކީ ކޮބާބާ .

 13. ރުޅި

  އެކަމަކު އަޑަށް ބާރުލާފަ ބުނާނެ އަހަރެމެން ތަބާވާނީ އަދި އަމަލުކުރާނީ އިސްލާމްދީނުގަވާ އުސޫލުތަކަށޭ..މިވީ ކޯއްޗަކަށް..

 14. ނުރަބޯ

  ލާދީނީ ރީނދޫ ބައިގަނޑަށް ބާރުލިބުމާ އެކު އިސްލާމް ދީނަށް މިއޮތީ މިގައުމުގައި ގޮންޖެހުން ކުރިމަތިވެފަ.

 15. މޫސާ

  ކޮބާ! މަބުނީމެއްނު ކުރިންވެސް ތިހެން ވާނެޔޭ!

 16. އައްޔު

  ހާދައަވަހޭ ދޯ ކީއްވެތަ ހުރިހާ މައްސަލަތަކެއްގައި ތިގޮތަށް ވަގުތުން އިސްތިއުނާފް ނުކުރިޔަސް ގޮތް ނިންމާނަމަ ހާދަ ވަގުތެއް ރުފިޔާއެއް ނިކަމެތި ރައްޔިތުންނަށް ސަލާމަތްވާނޭ
  ސްޕްރީމް ކޯޓުން އެންމެ މާއްދާއަކަށް ރިއާޔަތްކޮށް މައްސަލަ ބާތިލްްކުރި އިރު ޖިނާއީ އިޖުރާތުގައިވެސް އޮންނާނެ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއްނަމަ އިސްލާމްދީނުގައި ބަޔާންކޮށްފައިވާ ހުކުމެއް ކުރެވިދާނޭ. (އެވެސް އޮތީ ކުރެވިދާނޭ) ދެން އަމިއްލައަށް މީހަކު އިސްތިއުފާ ނުކުރަނީސް ބައެއް މައްސަލަތަކުގައި ގޮތް ނިންމުމުން ރައްޔިތުން މެދުގައި ކޯޓްތަކާއި މެދު ނުތަނަވަސްކަން އިތުރުވޭ

 17. ފެކްޓްސް

  ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 1205 ވަމަ މާއްދާގައި ބުނާކަމަށް މިހާރުގެ ލިޔުމެއްގައި ވަނީ، "ގުރުއާނުގައި ހައްްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އިސްލާމީ ޝަރީއަތުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ގާނޫނާއި ގުރުއާނުގައި ކަނޑައަޅާފައިވާ ހުކުމެއް އެމީހެއްގެ މައްޗަށް އިއްވަން ވާނެ ކަމަށެވެ. ނަމަވެސް ...".ސުވާލަކީ، ހަމައެކަނި ޤުރްއާނުގައި ޙައްދު ކަނޑައެޅިވައިވާ ކަމަކަށްވާނަމަތޯ ދިވެހި މުސްލިމިންގެ މައްޗަށް އެ އުޤޫބާތް ހިގަންވަނީ؟ މިހެންވެގެންތާ ނައިފަރު ކޯޓުގެ އެ ޙުކުމް ރާއްޖޭގެ ޤާނޫނުލް ޢުޤޫބާތާ ޚިލާފް ކަމަށްވީ!
  ޤުރްއާނުގެ އިތުރުން އިސްލާމް-ދީނުގެ އަސްލުތައް(ރަސޫލު ޞ ގެ ސުންނަތް، އިޖުމާޢު، ޤިޔާސް) އަށް ރާއްޖޭގެ ޤާނޫނުތަކުގައި ޖާގައެއް ނެތީތޯ؟ އެހެންނަމަ އީމާންވެވެނީ ދީނުގެ އެއްބަޔަށް ކަމުގައި ބެލެވޭނެ ޖާގެ އެބައޮތް. މިއީ ބާޠިލް މާއްދާއެއް ނޫންތޯ!

 18. Anonymous

  މ8ހެންތަ ކޯޓުތައް އިްލާހުވެ އަފުލުއިންސާފު ގާއިމުވަނީ؟

 19. އިސްލާމީ ދަރިއެެއް

  ޙައިރާންވެއްޖެ ! މާތްﷲ ގެ ޙުމެއް ބަދަލު ކުރުމުގެ ބާރު އެއްވެސް މަޚްލޫޤަކަށް ލިބިގެނެއް ނުވޭ! މާތްﷲ އެއިލާހަށް އީމާންވާ ، އެއިލާހުގެ އެއްކައުވަންތަކަން ޤަބޫލު ކުރާ އެންމެހާ އިސްލާމުންނަށް ކީރިތި ޤުރުޢާނުގެ މޫރިތި އެތައް އާޔަތެއްގައި އަމުރުކުރައްވާފައި ވަނީ އެއިލާހު އަންގަވާފައިވާ ގޮތަށް ޙުކުމް ކުރަން. އެއްއާޔަތެއްގައި އަންގަވަނީ،- '' ﷲ ގެ އަންގަވާފައިވާ ގޮތަށް ޙުކުމް ނުކުރާ މީހުންނަކީ ކާފަރުން ކަމުގައި '' އަނެއް އާޔަތެއްގައި އަންގަވާފައިވަނީ އަނިޔާވެރިން ކަމުގައި ، އަނެއް އާޔަތެއްގައި އަންގަވާފައިވަނީ ފާސިޤުން ކަމުގައި،
  މާތްﷲގެ އަމުރުފުޅާއި އެއްގޮތަށް ޙުކުމްކުރި ޤާޟީޢަށް ހިތްވަރުދެން .ތިޔައީ މާތްﷲ އަށް އިޚްލާޞްތެރި އެއިލާހު ދެކެލޯބިވާ އެއިލާހުގެ އަޅެއް . ސުޕްރިމްކޯޓުގެ ފަނޑިޔާރުންނަށް ޤިޔާމަތްދުވަހުވެސް އެމީހާ ދިފާޢު ކޮށްދެވޭނެބާ. ޒިނޭކުރި މީހާ އެކަމަށް މަޖުބޫރުކަމެއްނެތި އިޢުތިރާފުވީމާ ދެންބަލަންޖެހޭނީވެސް ދަޢުވާގެ ޞީޣާއަށް ބާ . ހިތާމައިގެ ކޮޅެއްނެތް .ފަނޑިޔާރުުންނަށް ތައުބާ ވުމަށް ގޮވާލަން .

 20. ދާސާ

  ހައިކޯޓުގަ ތިބެނީ ގަމާރުންތަ އަޅެ. ޤާޟީއެއް ޙުކުމެއް ކުރާ އިރަށް އެބަ ބާތިލްކުރޭ

 21. އެލެކްސް

  މިއޮތީ ލާދީނީ ސަރުކާރު މުޅު ގައުމުގެ ހުރިހާ މުވައްސަސާތަކެއް ބޭނުން ކޮށްގެން ކާފަރު ކޮއްފައި. ދީނީ މީހުންގެ ވާހަކަ ތައްވެސް އަޑު އަހާލަން ޖެހޭ.

 22. ނަޖީ

  ޣޯގާތެރިސަރުކާރުން މިޣޮތީ ޒިނޭޣާމްމުކޮޣްފަ ދެން ޣަތްޖަހާޣެމްދީޕީ މީހުން

 23. ހަސަން

  ސްޕްރީމްކޯޓުގެ ފަޑިޔާރުންނަކަށް ދީނުގައި ކަޑައަޅުއްވާފައިވާ ގޮތަށް ހުކުމް ކުރުމުން ބާޠިލެއް ނުކުރެވޭނެ.މުޙައްމަދު މޫސާއަށް މަރުޙަބާ ދަންނަވަން.ތިޔަ މަޤާމުން އިސްތިޢްފާ ދެއްވާ.

 24. ފޯއްބެ

  ކޮބާ ސޭޚޫނޏް!!!

 25. ސަމާޔަން

  ސުޕުރީމް ކޯޓައް ހަތް އުޑުގެނަތީން ލައުނަތް ހުރި. މިއީ އަހުރެން ބުނެލާ ބަހެއް ނޫން.

 26. ޙަކި

  ﷲ ގެ ހަސްރަތުން ހުކުމް އައީ މަ ވެސް ތިޔަ ސްޕްރީމް ކޯޓުން ބާތިލު ކުރާނެބާ؟