އަންހެނަކު ރަޖަމް ކުރަން ނައިފަރު މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރި ނަމަވެސް އެެމައްސަލަ އަދިވެސް ކުރިއަށްދާނެ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވިދާޅުވެއްޖެއެވެ.
ޑީޖޭއޭ އިން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑީޝަލް އެޑްމިނިސްޓޭޝަންގެ ލީގަލް އޮފިސަރ ފައިސަލް އާދަމް ވިދާޅުވީ އެމައްސަލައިގައި ދެން ކަންތައްކުރަންވީ ގޮތް ސުޕްރީމް ކޯޓުން މިހާރު ނައިފަރު މެޖިސްޓްރޭޓް ކޯޓަށް އަންގަވާފައި ވާނެ ކަމަށެވެ.
"މައްސަލައިގެ ދައުވާ ސުޕްރީމް ކޯޓުން ބާތިލެއް ނުކުރައްވާ. މައްސަލައިގެ ޙުކުމް ބާތިލް ކުރެއްވީ. އެހެންވީ މިމައްސަލަ އަދިވެސް ކުރިއަށްދާނެ. މައްސަލަ ކުރިއަށް ގެންދަންވީ ގޮތުގެ ސުޕްރީމް ކޯޓުން ވަނީ ރަސްމީކޮށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް އަންގަވާފައި." ފައިސަލް ވިދާޅުވިއެވެ.
އަންހެނަކު ރަޖަމް ކުރަން ކުރި ޙުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން ނެރުއްވި އަމުރެއްގައި ވިދާޅުވީ ޅ.ނައިފަރު/ހަނީމޫން، އާމިނަތު ޝަރީފާ މުހައްމަދުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޒިނޭ ކުރުމުގެ ކުށުގެ ދައުވާގެ މައްސަލައިގައި ނައިފަރު މެޖިސްޓްރޭޓް ކޯޓުން ޝަރީޢަތް ހިންގައި ނިންމާފައި ވަނީ އެގަޒިއްޔާގެ ދައުވާގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހަވާލާދީފައިވާ ޖިންސީ ކުށުގެ ޤާނޫނުގެ 27 ވަނަ މާއްދާއާ ހިލާފަށް ކަމަށްވާތީ ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ބާތިލް ކުރާކަމަށެވެ.
އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބެއް ކުށްވެރިޔާ އަށް ދިނުމަށް ޙުކުމް ކުރުމުގެ ފުރުސަތު ރާއްޖޭގެ ޤާނޫނުތަކުން ފަނޑިޔާރުންނަށް އޮތް ނަމަވެސް ފަނޑިޔާރަކަށް ޙުކުމް ކުރެވޭނީ ކުރި ދައުވާއެއްގައި އޮންނަ އަދަބެއް ދޭންށެވެ. ޖިންސީ ކުށުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބުނެފައި އޮންނަނީ ޒިނޭ ކުރުމަކީ ކުށެކެވެ. އެމާއްދާގެ (ށ) ގައި ބުނެފައި އޮންނަނީ ޒިނޭ ކުރި މީހެއްގެ އަދަބަކީ 100 އެތިފަހަރުން ހައްދު ޖެހުމާއި އެކު އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދު ކުރުމެވެ.
އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްތައް ސާބިތުވެ ހައްދު ޖަހަން މިހާރު ވެސް ރާއްޖޭގެ ކޯޓުތަކުން ޙުކުމް ކުރެއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމާފައި އޮންނަނީ އެފަދަ ޙުކުމްތައް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުން ކަމަށެވެ. އެފަދަ މައްސަލަތައް ދައުލަތުން އިސްތިއުނާފު ނުކުރާތީ ހައްދު ޖެހުމަކީ ވެސް މިހާރު ރާއްޖޭގައި ކުރާ ކަމެއް ނޫނެވެ.
ޑީޖޭއޭ ފައިސަލް މެން ތިހެން ދެންނެވީމަ ނިމުނީތޯ؟ ކޮބައިތޯ މީގެ ދެ އަހަރު ވަރު ކުރިން ގއ.ގެމަނަފުށިން ތިގޮތަށް ކުރި ހުކުމް؟ އެވެސް ސްޕްރީމް ކޯޓުން ބާތިލް ކުރީ. އޭގެ އެއްވެސް ޝަރީއަތެއް ނުހިނގާ އިނގޭތޯ.
މިއީ ސައްތައިން ސައްތަ މުސްލިމް ގައުމެކޯ ޔޯލަ ޔޯ !!! ލަދުން ބޯހަލާކު... ހައްދު ޖެހުމެއް ނެތް... ބަނގުރާވެސް ބޯންވީ.. ކުރެވޭ ކަމެއް ނެތް. އެއްދޮރުން ވައްދާފަ ހަމަ އެދޮރުން ނެރެނީ... ކޮބާތަ އިސްލާމީ އިބުރޭ ސޯލިހު.. މިކަންތައް ރަގަޅު ކުރޭ... ކަލެއައް ވޯޓުދިނީ މިކަން ކަން ރަގަޅު ކުރަން
ދިވެހި ރާއްޖޭގެ ކޯޓުތަކަކީ ސަދޫމްގެ ކޯތުތައް.އަދި ސްޕްރީމް ކޯޓުގައި ތިބި ފަނޑިޔާރުންނަކީ ުރުތައްދުން ކަމުގައި ވެއެވެ. އެއީ ﷲ ސުބުހާނަހޫ ވަތަޢާލާގެ ހުކުމުގެ މައްޗައް ވަޞުޢީ ގާނޫނު އިސްކުރިކަމުގެ މައްޗައް އެމީހުން މުރުތައްދުވާނެކަން ޤްރުއާނާ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތުންނާއި އިލްމުވެރިންގެ އިޖްމާއުން ސާބިތުވޭ..
މިހާރު ވެރިކަމުގަ ހުރި މީހާ '' ިބޫ ދައްކާ ކަހަލަ ވާހަކަ '' ދެ އުޅިއެއް ނުވާ ވާހަކަ ހޯރަ ވާހަކަ !