މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް 35 އިންސައްތައަށް ބޮޑުކޮށްފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވިދާޅުވެއްޖެއެވެ.

ޑީޖޭއޭއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ޖުޑިޝަލް އެލަވަންސް ހަމަހަމަ އުސޫލަކުން ދިނުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން ހުރިހާ މެނިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑިޝަލް އެލަވަން އަސާސީ މުސާރައިގެ 35 އިންސައްތައަށް އިތުރުކޮށްފައިވާނެ ކަމަށެވެ.

އަދި މި ހިނގާ އޮގަސްޓި މަހުން ފެށިގެން ބޮޑުވި ޖުޑިޝަލް އެލަވަން މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށް އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު މި ބަދަލަކީ 2015 ވަނަ އަހަރަށް ފަހު މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ މުސާރައަށް މިފަދަ ބަދަލެއް ގެނެވުނު ފުރަތަމަ ފަހަރު ކަމަށް ޑީޖޭއިން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ބަޔާނުގައި ވާގޮތުން މި ބަދަލު ގެނައުމުގެ ކުރިން ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ ލިބެމުން ދިޔައީ 187 މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން އެންމެ 11 މެޖިސްޓްރޭޓް ކޯޓަށް ކަމަށެވެ.

މި ބަދަލާއެކު ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ ހަމަޖެހި 800 މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އހ

    ވޯޓައް ބޮޑު ކުރިޔަސް ވޯޓެއް ނުދޭނަން ހާލުގަ ޖެއްސީތީވެ އަދި ބޮޑު ކުރީ އެންމެ ފަހު ވަގުތު

    20
    1
  2. Anonymous

    ރިޒުނާ ތީ ސިޔާސީ މަކަރެކޭ
    ތީތި އެހާ ސަޅިއެއްނޫނޭ

    20
    1
  3. ކަނބިލި ބިލްޑިންގ

    ހަމަ ސީދާ ކްރޮޕްޝަން ވޯޓަށް

    21
    1
  4. ޖަހޫ

    އަހަރަމެންނަށް ބޮޑުވީ 200 ހާ ރުފިޔާ. އެހެންވީމާ 200، 100 ވަރަކަށް މައްސަލަ ހުށަހެޅޭ ކޯޓަކުން ގިއްގެޅެންދެން މަސައްކަތް ކުރާއިރު އަހަރަކު 7 މައްސަލަ ހުށެހެޅޭ ކޯޓަތަކުގެ މުވައްޒިފުންނާ މިވީ ހަމަހަމަ. ހަމަ ޖެހޭ ގޮތެއްބާ މިއީ. މިބުނީ ވަރަށް ތެދަށް ހަމަ މީތި ކަޑަ ރިޒްނާ. 200، 100 ހާ މައްސަލަ ހުށަހެޅޭ ކޯޓެއްގައިވެސް މި ތިބެނީ 3 އެޑްމިން. ކަޑައޭ ކަޑައޭ. މާލޭ ސުޕީރިއާ ކޯޓުތަކެއްގަ ބާންދީން ލައިގެން ދެއިރު ދެ ދަޅައަށް އެތާގެ ތެރޭގައި ތަށި ބަރި ގެނެސްގެން ކެޔަކަސް ކަމަކު ނުދާނެ. ރާއްޖެ ތެރޭގައިވެސް އުޅެނީ ހަމަ ދިވެހިން. މީ ވަރަށް ވާހަކަ. ހަމަ އިބޫ ނޫނަ ގޮތެއް އޮތީ މިފަހަރު.

    17
    2
  5. ކޮބާހޭ ކޮބާހޭ

    ކައުންސިލް ތަކުގެ މުވައްޒަފުންނަށް މުސާރައިގެ 35 ޕަސެންޓް އެލަވަންސެއް ދޭން ނުކެރިގެން މިއުޅެނީ ކީއްވެގެންބާ؟

  6. މުންޖިޗޭ

    މިއަށްވުރެ ބޮޑު ޖޯކެއް އަޑެއްނައަހަން. 35 ޕަސެންޓަށް އޮތް އެއްޗެއް 35 ޕަސެންޓަށް ބޮޑުކުރުމުން އިތުރުވީ ކިހާވަރެއްކަން ނޭގުނު، މިއީ އިންތިޚާބާ ދިމާކޮށް ޖުޑިޝަރީގެ މުވައްޒަފުންގެ ލޮލުގައި އަޅުވާލި އަނދުނެއް، ވޯޓު ހޯދަން ކިތަންމެ މަކަރު ދަޅައެއްދެއްކިޔަސް ހުއްޓުވައިލި ކުރިއެރުންތަކުގެ އަސަރު ކުރާނެ ކަމަށް ޖުޑިޝަރީގެ ދަންނަ ބައެއް މުވައްޒަފުން ބުނޭ.

  7. ދިވެހިން

    ކޮބާހޭ އަހަރެމެންގެ މުސާރައަށް ބަދަލެއް އަންނާނީ ކޮން އިރަކުންހޭ، އަންނަ އަހަރު މުސާރަ ބޮޑުކޮށްދޭނަމޭ ބުނެގެން ވޯޓެއް ނުލިބޭނެ، ތި ކަހަލަ ޗިޕެއް ޖަހަން ނޫޅުއްވާ، ތި ވޯކް އެއް ނުކުރާނެ، ކުރިން އަގު ފަހުން މުދާ އުސޫލުން، ކުރިން ބޮޑު ކޮށްދީފިނަމަ ވޯޓު ޔަޤީން ކުރައްވާ،

  8. ކާސިމްބެ

    ރައީސް ވިދާޅުވި ސިފެންނާއި ފުލުހުންގެ މުސާރަ ބޮޑުކުރާ ވާހަކަ
    ކޮންއިރަކުން ބާ މުސާރަ ބޮޑުވަނީ

  9. ބެންޗު

    މާލޭގެ ކޯޓުތަކުގެ މުވައްޒަފުންނާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މުވައްޒަފުންގެ ހާލު ކިހިނެއްބާ؟ އެތަންތަން ހިސޯރު ކޮއްގެން އެ ތަންތަނުގެ މުވައްޒަފުންނަށް ހިސާނުގެ ޓީމުން ދޭ އަނިޔާގެ ވާހަކަ ވެސް ދައްކަންވީ ސުޕްރީމްކޯޓުގެ ބެންޗުން ސޫދު ތަ؟

  10. ބޭބެ

    ޖުޑީޝަލް މުއައްޒަފުންގެ ސްޓެޕް އެލަވަންސް ނުދީ ވަނީ 4އަހަރު ވެގެން ގޮސްފައި.

  11. ސޫދު

    ރިޒްނާއަށް ފެންނަނީ އެއް ފަޅިވީމާ ހަމަ އެކަނި މެޖިސްޓްރޭޓް ކޯޓަށްވީ. ހިސާންއަށް އެ ވަރުވެސް ނުވޭ. ޖުޑިޝަރީ ފުނޑާލާ އެތާގެ މުވައްޒަފުން ހާލުގައި ޖެއްސުން ނޫން ކަމެއް އެތާގެ ބޮޑުންނަކަށް ނުވި. އެ ފެންނަނީ އެމީހުންގެ އަސްލު ސިފަ.

  12. މުޙައްމަދު

    މިސަރުކާރު ބަދަލުވުމާއިއެކު ޖުޑީޝަރީގެ މުވައްޒަފުންގެ ދެއަރުން އެއްއަރު ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތައް ދެމުން އައި އެލަވަންސް ނުދީވަނިކޮށް މީ އަނެއްކާ ކޮންކަމެއްބާ ! ކޮންމެ ކަމަކާއިގުޅިގެން ވެސް އެލަވަސް ބޮޑުކުރީތީވެ ޝުކުރު ،ހަމަތިގޮތައް މިހާރުނުދީ ހިފަހައްޓާފައޮތް ދެންނެވުނު އެތިކޮޅުވެސް ދިނުން މުވައްފުން އިންތިހާއަށް އެދޭ