އިންތިހާބާއި ގުޅިގެން ރެކޯޑް ސާފުކުރުމަށް މަދުވެގެން 48 ގަޑިއިރުގެ ވަގުތު ބޭނުންވާތީ، ރެކޯޑް ސާފުކުރައްވާ ފަރާތްތަކުން ވަގުތަށް ސަމާލުވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އަންގަވައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ރެކޯޑް ސާފު ކުރާ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަހެވެ. ހޯމަ ދުވަހާއި ހަމައަށް 4 ދުވަސް ބާކީ އޮތްއިރު، ޑީޖޭއީން ވަނީ ހަފްތާ ބަންދުގައި ވެސް ރެކޯޑް ސާފު ކުރަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ހަފްތާ ބަންދުގައި ފޯމު ހުށައެޅޭގޮތަށް ފުރުޞަތު ހުޅުވާލާފައިވަނީ އާއްމުކޮށް ރެކޯޑް ސާފުކުރުމަށް ހޭދަވާ ވަގުތަށްވުރެ، ރިޔާސީ އިންތިޚާބާއި ގުޅިގެން ރެކޯޑް ސާފުކުރުމަށް އިތުރު ވަގު ހޭދަވާތީއެވެ.

ރެކޯޑް ސާފު ކުރުމުގެ ފުރުސަތު މިއަދު ހަވީރު 17:30 އާއި ހަމައަށް ހުޅުވާލައި، މާދަމާ ހެނދުނު 9:00 އިން މެންދުރު ފަހު 15:00 އާއި ހަމައަށް ވެސް ފޯމު ހުށަހެޅޭނެ ކަމަށް ޑީޖޭއިން ވަނީ ހުޅުވާލާފައެވެ.

ޑީ.ޖޭ.އޭއިން ވަނީ، އިންތިޚާބުގެ ސުންގަޑީގެ ކުރިން މިކަމައި ގުޅޭ ރިކޯޑް ލިބޭވަރަށް ވަގުތު އޮއްވާ، އެކަމަށް އެދި ފޯމު ހުށައެޅުމަށް އިލްތިމާސްކުރައްވާފައެވެ. މިކަމަށް އެދި ޑީ.ޖޭ.އޭގެ ރިސެޕްޝަން ނުވަތަ މެއިލް މެދުވެރިކޮށްވެސް ހުށައެޅޭނެއެވެ. އީމެއިލް މެދުވެރިކޮށް ހުށައަޅާނީ [email protected] އަށެވެ.