ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ބޭނުމަށް ރިކޯޑު ސާފު ކުރަން ހުށަހަޅާ ފޯމުތައް މިރޭ 21:00 ގެ ފަހުން ހުށަހަޅާނަމަ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައިވާ ސުންގަޑިއާއި ހަމައަށް ސާފު ނުވެދާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވިދާޅުވެއްޖެއެވެ.

އީސީން ވިދާޅުވި ގޮތުގައި ޔާސީ އިންތިހާބަށް ކުރިމަތިލާން ފޯމު ހުށަހަޅަންޖެހޭ ސުންގަޑި ހަމަވާނީ މާދަމާގެ ނިޔަލަށެވެ.

ޑީޖޭއޭއިން މިރޭ ވިދާޅުވީ، ރިޔާސީ އިންތިހާބާއި ގުޅިގެން މިހާތަނަށް އެ ޑިޕާޓްމެންޓަށް 34 ފަރާތެއްގެ ރެކޯޑް ސާފު ކުރުމަށް ހުށަހަޅާފައިވާ ކަމަށާއި މިއަދު ހަވީރު 18:00 އާއި ހަމައަށް 32 ފަރާތެއްގެ ފޯމު ރެކޯޑް ސާފު ކުރުމަށްފަހު ހަވާލު ކުރެވިފައިވާ ކަމަށެވެ. އަދި ނިނިމިވާ 2 ފޯމު ވީ އެންމެ އަވަހަކަށް ނިންމުމަށްޓަކައި ކޯޓުތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޑީޖޭއޭއިން ވަނީ ވިދާޅުވެފައެވެ.

ޑީޖޭއީއިން ވިދާޅުވީ، ރިޔާސީ އިންތިހާބާއި ގުޅިގެން ރެކޯޑް ސާފު ކުރުމަށްޓަކައި މިރޭ 21:00 ގެ ފަހުން ހުށަހަޅާ ފޯމުތައް، އީސީން ކަނޑައަޅާފައިވާ ސުންގަޑިއަށް ނުނިމުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ޑީޖޭއޭއިން ވިދާޅުވީ އެ އިދާރާއިން ކުށުގެ ރިކޯޑު ސާފު ކުރަނީ އޮޓޮމޭޓެޑް ސެންޓްރަލް ޑޭޓާ ބޭސް އަކުން ކަމުގައި ނުވާތީ މުޅި ރާއްޖޭގެ ހުރިހާ ކޯޓަކުން ވަކިވަކިން ރެކޯޑް ސާފު ކުރުމަކީ ވަގުތު ހޭދަވާ ކަމެއް ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ކެނޑިޑޭޓުން މިހާރު އީސީއަށް ފޯމު ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްއެންޕީގެ ލީޑަރު، މުހައްމަދު ނާޒިމްގެ ފޯމު ބަލައިގެންފައިވާކަން އިއުލާނު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޑީޖޭއޭ އަކަށް ތިހެނެއް ނުހެދޭނެ. 34 ފޯމު ހުށަހަޅައި 32 ފޯމު ނިންމާފައިވާއިރު ދެން ދެތިން ފޯމެއް ނިންމަން އެތަށް ވަގުތެއް ނަގާނެ ކަމަށް ތިޔަބުނަނީ ގަސްދުގައި ޕީޕީއެމްޕީއެންސީގެ ފޯމު ހިފެހެއްޓުމުގެ ބޭނުމުގައި. ނުސީދާކޮށް ތިޔަބުނަނީވެސް އެހެން. ސޯލިހާއި އަދި ޑިމޮކްރަސީ ދައްކަންކަން ކެނައެއްގެ ރިކޯޑު ސާފުކޮށްދީ ސޯލިހުގެ ފޯމު އިލެކްސަނުން ބަލައިގަތްކަން ކަށަވަރު ވުމުން ދެން އިތުރަށް ހުށަހަޅާ ފޯމުތަކުގެ ރިކޯޑު ސާފުކޮށް ދިނުން ލަސްކުރުމަކީ ގަސްދުގައި ޕީޕީއެމްޕީއެންސީ ކޯލިސަނުގެ މެންބަރުންނަށް އެއްލި ބަހެއް. ޔާމީންގެ ސަރީޢަތްގަސްދުގައި ލަސްކުރުވައި ކަރަންޓްކަޑުވައި ހެދި ބަޔަކު ތިޔަކަންވެސް ގަސްދުގައި ކުރާނެ. އެހެންނޫނީ ފާޅުގައި ތިޔަހެން ނުވެސް ބުނާނެ.