އެމެރިކާ އިން ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ހިޒް އެކްސެލެންސީ އެލެއިނާ ޓެޕްލިޓްސް އާއި އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯރ އޭޝިއަން އެންޑް ޕެސިފިކް ސެކިއުރޓީ އެފެއާރޒް ހިޒް އެކްސެލެންސީ ރަންޑަލް ޝްރައިވަރ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ބަންޑާރަ ކޮށީގައި ބޭއްވެވި މި ބައްދަލުކުރެއްވެވުމުގައި ދިފާޢީ އަދި ސަލާމަތީ ދާއިރާއިން ގުޅުން ހަރުދަނާކުރުމާއި ދެޤައުމުގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށްގެންދެވޭނެ މަޝްރޫއުތަކާއި ބޭހޭގޮތުން މަޝްވަރާކުރައްވައި ދިވެހި ސިފައިން އެމެރިކާއިން ތަމްރީންކުރުމާއި އަދިި ދިވެހި އަސްކަރިއްޔާ ތަރައްޤީކުރުމަށް ގުޅުން ހުރި ދާއިރާތަކުން އިތުރު އެހީތެރިކަން ހޯއްދެވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައެްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދާއި ބްރިގޭޑިއަރ ޖެނެރަލް ހާމިދު ޝަފީޤުގެ އިތުރުން އެމެރިކާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޓާރޗޭ ލެޕްޓިނަންޓް ކާނަލް ޑޮގްލަސް ހެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު