މީސް މީޑިޔާ ބޭނުންކުރާއިރު އެހެން މީހުންގެ އިހުސާސްތަކަށް އިހުތިރާމް ކުރަން ފުލުހުން ގޮވާލައިފިއެވެ.
ފުލުހުން މިހެން ވިދާޅުވީ މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައެވެ.
މި ނޫސް ބަޔާނުގައި ބަޔާން ކޮށްފައިވާ ގޮތުން މީސް މީޑިޔާ ބޭނުންކުރާ ފަރާތްތަކުންނާއި އަދި ޖުމުލަކޮށް ހުރިހާ ރައްޔިތުންވެސް، ރައްޔިތުންގެ މަސްލަހަތަށާއި، އަމަން އަމާންކަމަށާއި ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި އެހެން މީހުންގެ އިހުސާސްތަކާއި މުޖުތަމަޢުގެ މަސްލަހަތުތަކަށް އިހުތިރާމް ކުރުމުގެ ސަގާފަތެއް ދެމެހެއްޓުމަށް އެދެއެވެ.
ފުލުހުންގެ ނޫސް ބަޔާނުގައި އިތުރަށް ވިދާޅުވީ މީސް މީޑިޔާގައި ބަހުގެ ހަމަލާތައް ބަދަލުކުރުން އިތުރުވުމާ ގުޅިގެން އެކަންކަން ކުރާކަމަށް ފާހަގަކުރެވޭ ބައެއް ފަރާތްތަކާ ފުލުހުން ބައްދަލު ކުރަމުންދާކަމަށެވެ. ހަމައެހެންމެ، އެފަދަ ކަންކަން ނުކުރުމަށާއި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި، ރައްޔިތުންގެ މަސްލަހަތާއި، ފަރުދީ ރައްކާތެރިކަމަށް ހުރަސް އެޅޭ ކަންކަން ހިންގަން ގޮވާލާ ފަރާތްތަކާމެދު އަޅަން ޖެހޭ ފިޔަވަޅުތައްވެސް އަޅަމުންދާކަމަށް ވިދާޅުވިއެވެ.
ފުލުހުން މިހެން ވިދާޅުވިއިރު، މީސް މީޑިޔާގެ އެކި ވަސީލަތްތަކުގައި ލާދީނީ ވާހަކަތައް ފެތުރުން ވަނީ އާއްމުވެފައެވެ. ހަމައެހެންމެ، އެފަރާތްތަކާ ރައްދު ދިނުމަށްވެސް އެތައް ފަރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ލާދީނީ ފަރާތްތަކާ ދެކޮޅަށް ފޭސްބުކުގައި ހިންގާ "ސިރޫ އާޓްސް" ޕޭޖް ހިންގާ މުޙައްމަދު ސިރުހާން މިއަދު ވަނީ ފުލުހުންގެ އިދާރާ އަށް ހާޟިރުކޮށްފައެވެ.
އެމްޑީޕީގެ ޖަގަހައިން މިކިޔަނީކީކޭބާ؟ ޕާރޓީ ކުއްޖަކު ހިތުގަޖެހޭވަރުގެ އެއްޗެއް ކާކުބާ ބުނީ؟
ދީން ގަބޫލު ނުކުރާ ޖާހިލުންނާ ދިމާލަށް އެއްޗެތި ގޮވޭނެ..މީހުން ބޮލުގަ ދޮގުއިލަޒާމު އަޅުވާ ވަގަށްގޮވާ އަބުރު ކަތިލާއިރު ފުލުހުން ޗުއްޕުވެސް ނުބުނޭ
ކޮން ބައަކަށް ބިރު ދައްކަން އެންގުން ތި އަންގަނީ؟ ފިުލުހުންގެ މައްޗަށް ބަސް ކިޔަން ހަވާލު ކޮށްފަ ތިހިރަ މީހާގެ ބާގައި މީހުންގަނޑެއްނު ހޭބަލި ވެގެން ތެޅެނީ. އެމީހުން މަގުމަތީން ހިނގާފަ ދާ މީހުން ގަޔަށް ބޮލަށް އަރާ މާރާމާރީ ހިންގީމަވެސް ހަމަ ޗޯ ބޭލިފަ ތިބޭ ބަޔަކު ކޯޗެކޭ ކިޔާކަށްތަ؟ ކިހާ ބޮޑު ވަބާއެއް.
ފުލުހުން ލައްވާ ވެރިކަން ކުރަން ފެށީތަ. ފިޔަވަޅު ކީއްކުރަން ފިޔަބުރިކުރިޔަސް ދީނައްފުރައްސާރަ ކުރާމީހުންނަށް ރައްދުގަ ޖަވާބު ދޭނެ މުސްލިމުން.
ދިވެހި ރައްޔިތަކަށް ގާނޫނު އަސާސީގައި ވާގޮތުންނަމަށް ވެވޭނީ މުސްލިމަކަށްވެގެން .
ދީނަށް ފާޑުކިޔަނީ ޣައިރު މުސްލިމުންނަމަ ޕޮލިބުންހެ ތިވާހަކަ ރަނގަޅު. އެހެންވިއްޔާ ދިވެހި ރައްޔިތަކަށް ލިބިދޭ ހައްގުތަކެއް އެމީހުންނަކަށް ނުލިބޭނެ
ގާނޫނު އަސާސީގަ ތިހެން އޮންނަކަމަށްވަންޔާ އެއީ ފިކުރީ އަޅުވެތިކަން. މާމޮޅުކަމެއް ނޫން އެއީ.
ދީނާ ހިލާފ ކަންކަމާ ދީނަށް އެއްޗެހިގޮވާ މީހުންގެ ކިބައިން އެކަން ހުއްޓުވަން މަސައްކތްކުރުމަކީ ކޮންމެ މުސްލިމަކު ކުރުން ލާޒިމް ކަމެއް. ޢަތުން ނުހުއްޓުވެންޏާ އަނގައިން ހުއްޓުވަންޖެހޭ. ޢަނގައިން ނުހުއްޓުވެންޏާ އެންމެކުޑަމިނުން ހިތުން އެކަމަށް ނަފްރަތުކޮށް އެފަދަ ތަންތަނާ މީޖުނަ ދުރުވާންޖެހޭ! ދެން ކީކޭ ކިޔާކަށް؟
ލާދީނީފިކުރަށް ފުރައްސާރަ ކުރާމީހުންނާ ދޭތެރެފިއަވަޚުއަޅަން ނުނާބަޔަކު ކޮންދީނީއެއްބައިވަންތަ ކަމުގެވާހަކައެއްތަމިދައްކަނީ އެއްބަޔަކުތަ ޤައުމީމަސްލަހަތު ދަމަހައްޓަބްޖެހެނީ އަނެއްބަޔަކު ވަރިހަމަ މީހުން ރޮލާކެއަސް މީހުންގެ އަބުރު ކަތިލއަސް ދޮގުއަކްޒާމު މީސްމީހުން ބޮލުގަ އެޅުވިއަސް ޗުއްޕުވެސް ބުނާކަށްނުކެރޭ މުޅިޤައުމުގެ އެންމެންލައްވާ ޤައުމީމަސްލަހަތު ދަމަހައްޓަން މަސައްކަތް ކުރަންވީނުންތޯ ވަކިބަޔަކު އަސްތިސނާނުކޮށް އެއިރުން ތިބުނުއްވާ މަސްލަތު ހިމާޔަތްކުރެވޭނީ