އެމްޑީޕީ ނޫން އެއްވެސް ޕާޓީއަކުން ރާއްޖޭގައި ލާމަރުކަޒީ ނިޒާމެއް ހިންގަން ތާއިދު ނުކުރާ ކަމަށާއި އެހެން ހުރިހާ ޕާޓީއަކުން ވެސް ތާއިދު ކުރަނީ މާލެއަށް ބާރުތައް ޖަމާކުރަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިލްޔާސް ލަބީބް އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ފެށުމުގެ ގޮތުން ބާއްވަމުން ގެންދާ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ނޫން އެހެން އެއްވެސް ޕާޓީއަކުން ލާމަރުކަޒީ ނިޒާމަކަށް ތާއީދެއް ނުކުރާ. ހުރިހާ ޕާޓީއަކުން ވެސް މަސައްކަތް ކުރަމުން އަންނަނީ މާލެއަށް ބާރުތައް ޖަމާކުރަން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިހާރު އަމަލު ކުރަމުން އަންނަ ޤާނޫނު އަސާސީގައި ލާމަރުކަޒީ ކޮށް ދައުލަތް ހިންގުމަށް ބާބެއް އެކުލަވާލާ ލާމަރުކަޒީ ނިޒާމު އަލުން އަނބުރާ ހޯދައިދިނީ އައްޑޫ ރައްޔިތުން ކަމަށެވެ. ޤާނޫނޫ އަސާސީގައި ފުރަތަމަ ބާބުގައި ޔުނިޓަރީ ދައުލަތެއްކަމަށް ބުނެފައި ވަނިކޮށް ފަސްވަނަ ބާބު ހުށަހަޅާ ލާމަރުކަޒީ ނިޒާމް އަލުން ހޯއްދަވައި ދެއްވީ މެންބަރު އަސްލަމް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް 19 އަށް ފަހު އައްޑޫގައި 5000 އެނދު ތަރައްޤީ ކުރާނަން ކަމަށާއި އައްޑޫ އަށް ވުރެ ވަކިން ރީތި ޖަޒީރާ ރަށްތަކެއް ރާއްޖޭގެ އެހެން ތަނެއްގައި ނެތް ކަމަށެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްޤީ ކުރަން ޖެހޭ ކަމަށާއި އެމަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މާލޭ މީހުން މީގެ ކުރިން އައްޑުއަށް ބޭސްފަރުވާއަށް ގަވައިދުން އައި ދުވަސްވަރެއް ވެސް ހިނގައްޖެ ކަމަށާއި އައްޑޫ ތަރައްޤީ ކުރުމަށް އެދެނީނަމަ އަލުން އަނބުރާ މިޙަޤީޤަތް ގެނެސްދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބީލަން ނެރެ އެބީލަންތައް ފާސްކޮށް ކޮންޓެކްޓްތައް ގާއިމްކޮށް ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް އައްޑޫ ކައުންސިލާއި ހަވާލު ކުރައްވާނެ ކަމަށް ވެސް ނަޝީދު މިރޭ ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިހާތަނަށް އުފެދުނު ސަރުކާރުތަކުން މަސައްކަތް ކުރީ އައްޑޫ ރޫޅާލަން ކަމަށެވެ.

"މަޖިލިސް 19 އަކީ އައްޑޫ ނުރޫޅާ މަޖިލީހަކަށް ވާނެ. އަޅުގަނޑުމެން މަޖިލިސް 19 ހަދައި ދޭނަން އައްޑޫ ބިނާ ކުރާ މަޖިލީހަކަށް." ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް 19 ތަފާތު ވާނެ ކަމަށާއި އެމަޖިލިސް ނަޒާހަތްތެރިވާނެ ކަމަށް ނަޝީދު ވިދާޅުވާ ވިދާޅުވުން މިރޭ ވެސް ތަކުރާރު ކުރެއްވިއެވެ. "މަޖިލިސް 19 ތަފާތު ވާނެ. އެމަޖިލިސް ނަޒާހަތްތެރިވާނެ. ވައްކަމެއް ނުކުރާނެ. ތިބޭފުޅުންގެ ފައިސާ ބަލަހައްޓައިދޭނެ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ހުޅުދޫގައި ދިރިއުޅެނީ ވަރަށް މަދު ބައެއް ކަމަށާއި އެއީ މިރާއްޖޭގެ ހިތާމަ ކަމަށެވެ. ނަމަވެސް އެއީ ފުރުސަތެއްގެ ގޮތުގައި މިހާރު ފެނިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އެއީ ގެސްޓް ހައުސްގެ ފުރުސަތެއް. ޑޮލަރުން އެގެތައް ފުރާލެވޭނެ." ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ބޯގޯސް

  ތިޔަ ލާމަރުކަޒީ ނިޒާމަށް ބޯހަމަޖެހޭ މީހަކު ތާއީދެއްނުކުރާނެ. ކުންފުންޏާ ވަޑާންގެ ބަގުރޫޓް ކޮށް ގައުމު ބަގުރޫޓް ވާހިސާބަށް ދިއުމުން އިސްތިއުފާ ދިން ސޮރު އަކީ ތަންދޮރު ނުދަންނަމީހަކު ވީމާ އެސޮރުގެ ތާއީދު ތިޔަ ލާމަރުކަޒީ އަށް އޮވެދާނެ . ދިވެހިގައުމަށް ލާމަރުކާޒީ ނިޒާމް އަދި ބޭނުންކުރަން ތައްޔާރު ކުރުމަށްކުރިޔަށް އޮތް 50 އަހަރު ބޭނުންވާނެ މިހާރު މިއޮތް ލާމަރުކަޒިއަކީ ގައުމުގެ ހަލާކު.

  • ބޮޑޫމީހާ

   އޭ ބޯގޯސް ކަލޭ ހިތުހުރި އެއްޗެއް ނުކިޔާ މަޑުން ހުރެބަލަ. އަންނިޔަކީ އަމިއްލަގެޔަށް ޔަރާން ލާރި ވެއްދި މީހެއްނުން. ކޮރަޕްޝަންގެ އެންމެ ލާރިޔެއްގައިވެސް ޖެހުނު މީހެއްނޫން، ބޭކާރު ވާހަކަ ނުދައްކާ، އަދިވެސް އަންނިޔަށ ލިބޭނޭވަރުގެ ސަޕޯޓެއް އެއްވެސް ދިވެއްސަކަށް ނުލިބޭނެ. ދެން އަގަނާރުވަ މަޑުން ުރޭ. ވެރިަކްނ ކުރި އެހެން މީހުން އިސްލާމްދީނާ ޚިލާފަސް ކުރިކަންތަކެއްވެސް މަދެއްނޫން. ކީއެއްޗެހިވެސް ވަކި މަދެއްނޫން. ﷲ އަކީ ދަރިކަލަކު އަބިކަނބަލަކު ބައިވެރިޔަކު ނުވާ އެއްކައުވަންތަ ކަލާނގެ ކަމަށް އަންގަވަ އޮއްވާ ސޫރަތުލް އިޚްލާޞްގެ އެ ފުރިހަމަ އެއްގެވުމާ ދިމަ ދެކޮޅަށް ﷲގެ ދަރިން ތިބިކަމަށް ހުރިހަ ރައްޔިތުންނަށް އަންގާދިނުމަށް ބޮޑު އެއްވުމުގައި އިއުތިރާފް ވުމަކީ ހަމަ ސީދާ ޝަރީކު ކުރުން. އެކަންބުނަންނުކެރޭ އިލްމުވެރިން ތިއްބަސްއެންމެ ރަގަޅު. އެހެންވީމަ އެރޮގުންވެސް އަންނި މާރަގަޅު. ދެންވެސް އަގަމަތީ ޓޭޕްއަަޅައިގެން މަޑުން ހުރުން މާރަގަޅުވާނެ.

 2. ނަސީދާ

  އެމްޑީޕީ ނޫން ޕާޓީއަކުން ދީނާ ދެކޮޅު ސެކިއުލަރ ވިސްނުންވެސް ނުގެންގުޅޭ. އެވާހަކަވެސް ކޮސްގޮވާ ކަލޭގެ ގޮވާލިނަމަ.

 3. މާސްޓަރ

  އެހެންވީމާ ވެރިކަމަށް އައި ދުވަހު ރައްޔިތުން ނަމުގައި ރައްރަށުގެ އެކައުންޓު ތަކުގައި މިލިއަނުން ހުރި ރުފިޔާކޮޅު ދަވާލީވެސް ރައްޔިތުން ބާރުވެރިކުރުވަން.

 4. އިބްރާހީމް

  އެމްޑީޕީ ކުދިންނަށް ދަންނަވަން ނަޝީދުގެ ބުއްދި ސަލަތުންހުރިތޯބެލުމަށް ޓެސްޓެއްހެދުމަށް

 5. ދދދދދ

  އާނއެކޭ ރާއްޖެއަށް ނުކަތާ ވަރު ކަންކަމާ ތިތެޅެނީ ކަލޭގެ ލާދީނީ ބައިގަނޑު.

 6. ހިމާރުލް ޤައުމު

  ޢެމްޑީޕީން ގެނައި ނިޒާމެއްތޯތީ..ތި ނިޒާމް ހަލާކު ކުރީ އެމްޑީޕީގެ ހަރުކަށި ފިކުރު. ސަރުކާރަށް ޖެއްސުން ކުރުމުގެ ފިކުރު. ނަޝީދުގެ މަސައްކަތް ސާފު. ޥެރިކަމުގެ ބާރުތައް މަނިކުފާނަށް ފޮރޮޅާލުމުގެ މަސައްކަތް.

 7. ފާުއިޒާ

  މަނިކުފާނު ނޫނީ އެއްވެސް މީހަކު މޮޔަވެގެނެއް ނޫޅޭ

 8. ބަލާތި

  މާލޭގައި ދުއްވާ ޓެކްސީ ތަކުގެ މައްސަލަ ތަކަކީ އަދި އެ ޓެކްސީ ދުއްވާ ޑްރައިވަރުންގެ އަޚްލާގު ފެންވަރާއި އެމީހުން މީހުން އަތުން ނުހައްގުން ފައިސާ އަތުލާ މައްސަލަ އަކީ މިއަދު މާލެ އަށް ދިމާވެފައިވާ ވަބާ އެއް ފަދަ ކަމެކޭ ކަން މިހެން ހުރުމުން މިކަން އެބަޖެހޭ ހައްލުވާން. ޓެކްސީ ޑްރައިވަރުން ނުޖެހޭ ކޮންމެހެން ނުފޯރާ ފޮތިން ފޫގަޅައިގެން މާލެ ސަރަހައްދުން ބޮޑެތި ކުލި ދީގެން ތިބެން އަގުހެޔޮ ތަންތަނުގައި ތިބީމާ ނިމުނީއޭ ލިބޭ މިންވަރަަކުންނޭ ޚަރަދު ކުރަން..

 9. ދަވޭ

  މާލޭގައި ދުއްވޭނެ ހަމަ ޓެކްސީ ދަތުރަކަށް 10 ރުފިޔާ އަށް ދެބައި ކުޅަ އެއްބައި އޮންނާނެ ފައިދާ އަށް އެއީ ޔަގީން ކަމެކޭ ކަން މިހެން ހުރުމުން މާލެ ސަރަހައްދުގައި ޓެކްސީ ކުރާނެ އަގުތަކަކީ އެއީ މާލެ ތެެރެއަށް 10 ރުފިޔާ އަށް އަދި މާލޭން ހުޅުމާލެ އަށް 20 ރުފިޔާ އަށް މާލޭން ހުޅުލެ އަށް 15 ރުފިޔާ އަށް ޑިކީ އަށް އެއްޗެއްލި ނަމަވެސް އެއްވެސް އަގެއް ނަގަން ނުޖެހޭނެއޭ ޓެކްސީ ހަދާފައި ހުންނަނީ ޑިކީ އަށް އެއްޗެހިލާ ގޮތަށޭ މިކަން ދަންނަން ޖެހޭނެއޭ އެންމެން ވެސް

 10. ބެއްޔާ

  ގެތައް ފުރެންދެން ޑޮލަރު އަޅާފަ ކޮންމެ ޑޮލަރެއްގެ ފަހަތުގަ ފުލުހެއް ބަހައްޓާ. ކޮންމެ ރަށެއްގެ މިސްކިތްތަޅާފަ އެތާ 10 ބުރީގެ ގެސްޓުހައުސް އަޅާ. ތިގޮވަނީ އަތަށް.

 11. ކަރާ

  އެހެނވެގެންތާ އައްޑޫ ރަށްރަށުގައިތިބި ރަނގަޅު ތަޢުލީމީ މީހުން ގެނެސް މާލޭވަޒީފާ ދެމުން ގެންދަނީ. ވަރަށް ބޮޑު ތެދެއް ނަސީދު ހަދަނީ. ގަބޫލުކުރާ ބަޔަކު އުޅޭނެ. އެކަމަކު ފެންނަނީ އެމަންޒަރެއްނޫން. ތެދަށް ބުނަންޏާ ނަސީދަކީ ބަހާ އަމަލާ ދިމާނުވާނެ މީހެއް. އެހެންނޫނަސް އައްޑުއަކު ރަނގަޅު މަސައްކަތެއް ކުރަިއަކަށް ނުދާނެ. އެއީ އެހިސާބުގަނޑުގެ މީހުންގެ އަޚުލާގާ ވައްކަންކުރުމާ މިކަހަލަ އެތައްކަމެއް އޮންނާތީ. އަބަދުވެސް ސަރުކާރުފެލައިގެންއުޅޭ ބައިގަނޑެއް އެއީ.

 12. ލީވާން

  އެމްޑީޕީ ކުދިންނަށް ދަންނަވަން ނަޝީދުގެ ބުއްދި ސަލަތުންހުރިތޯބެލުމަށް ޓެސްޓެއްހެދުމަށް....ނަސީދު މެން ގައުމު ދަރުވާލީ / ކޮން ވާހަކައެއް

 13. عبدالله

  ރަށްފުށުގައި ދިރިއުޅެމުންދާ މީހުންނާއި އެނޫން ތަންތާނގައި ދިރިއުޅޭ މީހުންގެ ތަފާތަކީ، ފަރަގުބޮޑު ތަފާތަކަށްވާއިރު، އަދި ގައުމީ ނިޞްބަތުގައި، އެމީހަކު ބޭނުންވާ ތަނެއްގައި ދިރިއުޅުމުގެ ޙައްޤު ކޮންމެ މީހަކަށްވެސް ނުގެއްލި އޮންނައިރު، ވަޒީފާގެ ބާޒާރުގައި މީހުން ތޮއްޖެހިފައިވާ ތަނެއްގައި، ރަށްފުށުގެ އާބާދީގެ ތެރޭގައި ވަޒީފާގެ ފުރުޞަތު ނޯންނައިރު، އެކަށީގެންވާ ޞިއްޙީ ފަރުވާއެއް ނުހޯދޭ ތަނެއްގައި އަދި އެކަށީގެންވާ ރަނގަޅު ތަޢުލީމެއް ލިބެން ނު އޮންނަ ތަނެއްގައި ލާމަރުކަޒީގައި ތަމެން ދިރިއުޅޭށޭ، މަމެން ދިރިއުޅޭނީ، މަރުކަޒީގައޭ ބުނެ ރައްޔިތުންނަށް މިކަންކަމުގެ ޙަޤީޤަތް އޮޅުވާލުމަށް ކުރެވޭ މަސައްކަތަކީ، އިންސާނިއްޔަތަށް އެއްވެސް ފައިދާއެއް އޮންނަ މަސައްކަތެއް ނޫނެވެ. ޔަޢުނީ، ފަސްކުޅަނދު މަދު މީހުންނަކީ، ބީރައްޓެހިން ކަމަށް ބަލަމުން ރާއްޖެތެރޭގެ މީހުންނަކީ، ފަސްކުޅަނދު މަދުބައެއްކަމަށް ބުނަމުން ދިޔަ ޒަމާނަކީ، މިފަދަ ތަހުޒީބީ ޒަމާނެއްނޫނެވެ.