ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސުކޫލުތަކުގެ ތެރެއިން 134 ސުކޫލެއް އެއް ދަންފަޅިއަށް ބަދަލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވީ ރާއްޖޭގައި ހުރި 213 ސުކޫލުގެ ތެރެއިން 134 ސުކޫލެއް އެއްދަންފަޅިއަށް ބަދަލުކޮށްފައިވާކަމަށާއި، ބާކީހުރި 79 ސުކޫލުވެސް އެއްދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބާކީ ހުރި ސްކޫލްތަކަށް އެއް ދަންފަޅިއަކަށް ބަދަލުކުރާނީ، އެ ސުކޫލުތަކުގެ ހާލަތު ދެނެގަތުމަށްފަހުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެއްދަންފަޅިއަށް ބަދަލުކުރާ ސުކޫލުތަކުގެ ނަންތައް އަދި ހާމަކޮށްފައެއް ނުވެއެވެ. ރާއްޖޭގެ ސްކޫލްތައް އެއްދަންފަޅިއަކަށް ބަދަލުކުރަމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓުރެންޑީ

    ޑރ.އައިޝަތު އަލީ އަށް ދަންނަވާލަން ބޭނުންވަނީ މޮޅުވާހަކަ ނުދައްކާ ދިވެހި ރައްޔިތުންނަށް ތެދު މައުލޫމާތު ހާމަކޮށްދޭށޭ..އެއްދަންފަޅިޔަށް ބަދަލުނުވެގެން ނޫން މިއުޅެނީ.ސްކުލުތައް ހުޅުވެން 2 ދުވަހަށް މިވީ ގިނަ ސްކޫލްތަކުގަ ޓީޗަރުން ހަމަނުވޭ،ފޮތްތައް ހަމަނުވޭ.ޔަގީނުންވެސް ގއ.އަތޮޅުމަދަރުސާގެ ޓީޗަރުންހަމަނުވޭ.މިދިޔަ އަހަރު ސްކޫލުގަ ކިޔަވައިދިން ސީނިޔަރ ގިނަ ޓީޗަރުންތަކެއް ހިމެނޭގޮތައް 8 ވަރަކަށް ޓީޗަރުން މާލެ ބަދަލުވެއްޖެ.އެމީހުންގެ ބަދަލުގައި އިތުރު ޓީޗަރުންނެއް ނާދޭ އެރަށަކަށް.އަދި ރާއްޖެއިން ބޭރުން އަންނަ ޓީޗަރުން ނާދޭ.ކުދިންގެ ފޮތް ހަމަ ނުވޭ.މުހިންމު ގިނަ ފޮތް ތަކެއްނުލިބޭ..މަގާމުގެ ކުރީކޮޅު ޚާއްސަކޮށް ރައްޔިތުންނަށް އޮޅޭގޮތަށް މައުލޫމާތުދޭތީ ދެރަވޭ.ހާލަތު ބަޔާންކޮށް ދިނުމަކީ މައްސަލައެއްނުން.