ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިން ސުކޫލުތަކުގައި މަސައްކަތުގެ ތައުލީމާއި ސްޓެމް އެޑިޔުކޭޝަން (ސައިންސް ޓެކްސްނޮލޮޖީ އެންޑް އިންޖިނިއަރިން މެތަމެޓިކްސް އެޑިއުކޭޝަން) ފެށުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ދިރާސީ އާ އަހަރު ފެށުމޭ ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރު ހިތާބުގައި ވިދާޅުވީ ތައުލީމީ ނިޒާމު ވަރުގަދަކޮށް، ވަށާޖައްސަން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ސުކޫލުތަކުގައި މަސައްކަތުގެ ތައުލީމާއި ސްޓެމް އެޑިޔުކޭޝަން ފެށުމަށް ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް ސްކޫލްތަކުގައި ސްޓެމް އެޑިޔުކޭޝަން ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންކަމުން، އަޅުގަނޑުމެން މިއަންނަނީ، ކުރިއަށް އޮތް ތަނުގައި ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިން، ސުކޫލު ތަކުގައި މަސައްކަތުގެ ތައުލީމު، އުންގަންނައިދޭން ފެށުމަށް ތައްޔާރު ވަމުން. ހަމަ އެޔާއެކު، 21 ވަނަ ގަރުނުގެ މައިގަނޑު ހުނަރުތައް އަޅުގަނޑުމެންގެ ދަރިވަރުންނަށް ލިބިދިނުމަށްޓަކައި، ސްޓެމް އެޑިޔުކޭޝަންވެސް ސުކޫލުތަކުގައި ފެށުމަށް މިއަންނަނީ ތައްޔާރީތައް ވަމުން.". މިނިސްޓަރު ވިދާޅުވިއެވެ.

ސްޓެމް އެޑިއުކޭޝަންގެ ދަށުން ސައިންްސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިން، ހިސާބު އިލްމާ ގުޅުވައިގެން އުގަންނައިދެވޭނެ ކަމަށާއި މިކަންކަމަށް ފަހިކޮށްދިނުމުގެ ގޮތުން ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ، ތަމްރީނުތައް ދެވޭނެ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ގައުމީ މަންހަޖުގެ ތަސަވުރު ހާސިލު ކުރެވޭނީ، އޭގެ އަރައިހުރި ސިފަތައް ދަރިވަރުންގެ ކިބާއިގައި އަށަގެންނުވޭނީ، އެ މަންހަޖު ރަނގަޅަށް ސުކޫލުތަކުގައި ތަންފީޒު ކުރެވޭނީ، ތިޔަ މުރާލި މުދައްރިސުންނަށް، އެކަށީގެންވާ ފަހި، އުފާވެރި މަސައްކަތުގެ މާހައުލެއް ގާއިމު ކޮށްދެވިގެން" މިނިސްޓަރު އައިޝަތު ވިދާޅުވިއެވެ.

މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ސުކޫލުތަކުން ކިޔަވައިގެން ނުކުންނަ ކުދިން، ޒިންމާދާރު، ހަރުދަނާ ރައްޔިތުންގެ ގޮތުގައި ބިނާކުރެވޭނީ ތައުލީމީ މަންހަޖުގެ ތެރެއިން ދަރިވަރުންގެ ކިބަައިގައި ތަފާތު ހުނަރުތައް އަށަގަންނުވައި، މަސައްކަތުގެ މާހައުލާ ރައްޓެހި ބަޔަކަށް ހެދިގެން ކަމަށެވެ.

އިތުރަށް މިނިސްޓަރ ވިދާޅުވިގޮތުގައި މި ސަރުކާރުގައި ފާއިތުވީ ފަސްއަހަރުތެރޭ ތައުލީމީ ނިޒާމު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން އެތައް ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކުރެވި، ކުރިން ރަށުގައި ތިބެގެން ނުކިޔެވޭ އެތައް ކުދިންނަކަށް އެ ފުރުސަތު ފަހިކޮށްދެއްވިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިސަރުކާރުގައި ތައުލީމީ ނިޒާމް ކުރިއެރުވުމަށް އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތައް ކުރެވުނު. އެންމެ މުހިންމު ކަމަކީ ރަށުގައި ތިބވެގެން ބޭނުންވާ ވަރަށް ނުކިޔެވޭ ކުދިންނަށް އެފުރުސަތުވެސް މިވަނީ ހޯދައިދީފައި، އެތައް ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކުރެވިފައި." މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ދަރިވަރުންގެ އިތުރުން މުދައްރިސުންގެ މަންފާއަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެއީ ހަމައެކަނި މުސާރަ ބޮޑުކޮށްލާފައި ނިންމާލަން ގަސްތު ކުރާ ކަމެއް ނޫން ކަމަށާއި އެކަމަށްޓަކައި މުދައްރިސުންނަށް އުފާވެރި މަސައްކަތުގެ މާހައުލެއް ގާއިމްކޮށްދޭން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވަރަށް އަވަހަށް އެ މަސައްކަތް ފެށިގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖ

    ސްކޫލުތަކުގައި ކުރާ ހުރިހާ މަސައްކަތެއް ކުރަނީ އިދާރީ މުވައްޒަފުން 24 ގަޑީއިރު މަސައްކަތްކުރުވައިގެން. ތިކަންވެސް ކުރަންޖެހޭނީ އިދާރީ މުވައްޒަފުން. މުސާރަ ބޮޑުކުރަންވީމާ ޓީޗަރުން. މަސައްކަތްކުރަން އިދާރީ މުވައްޒަފުން.

    4
    2
    • Anonymous

      ޓްރާންސް ޖެންޑަރއާއި އެތިޒަމްވެސް ފަށައިގެންނު ތިއުޅެނީ.

  2. ދަރަނި ދަންތުރަ

    ކަމަނާ ފުރަތަމަ އޮރިޔާން ނިވާކުރޭ ، ﷲ ގެ ފުއްސެވުމާއި ރުއްސެވުން ލިބޭތޯ ބަލާ ، ރާއްޖޭގެ ތައުލީމީ ވަޒީރު ރޯ އޮރިޔާ ހުރުމުން ހާދަ ލަދު ގަނެޔޭ މިކަން އިސްލާހު ކޮށްލާ

    8
    1
    • ހުސޭނުބޭ

      އިސްޓޮމު އެޑިއުކޭޝަނުގައި އެބައި ނެތޯލަ!

  3. ރިލޭ

    ނަމޫނާ ދަށްކަނީ ތި ދިމާލަށް ،،،،،،،، އެކަމަކު ބ ވަރު ،،،،،

  4. އަސްލުގ

    އަނެއްކާވެސް މިނިސްޓަރުކަން ލިބޭތޯ ވަރަށް ހަބަރަށް އަރާހިތުން އުޅޭހެން ހީވަނީ....

  5. ނޫސްވެރިޔާ

    މިދައުރު ނިމުނީމަ ހުސް ހަށި ބަޔައްތޯ ހުންނަވަނީ؟ވަރައް ގިނަ ޒުވާނުން ކަމަނާޔާ ލައިކް ވާތީ ކުރި ސުވާލެއް،

  6. ައާދަމް ޒާހިރު

    އަންނަނީ ހިނި. ދިވެހިންނަށް ކަންކަން ވިސްނެނީ ފުލުގައި ހުޅު ހިފީމާ

  7. Anonymous

    ކަކުލާ ކަކުލާ ނުބުނާތި އިނގޭ، މިކަހަލަ ޖިންނިއަކު ދުށީމުތަ ޢައުރަ ނިވާނުކުރާ؟

  8. ދުންބޯ

    މަންޖޭ ނެތް ދެން މާކަ ގިނަދުވަހެއް.މޮޅު ވާހަކަ ދައްކާނެ ކަމެއް ނެތް.ޗޯރޭ ގެ ޑިގު އަރުވަން މިފަހަރު ހުޅުވި 02 ސްކޫލު ވެސް.އެކަމަކު މަސައްކަތެއް ނުނިމޭ.ސީއެޗްއެސްސީގެ ލެބް ތައްވެސް ނުނިމޭ.ޗެން ޗެއިނުގަ ދަވާދުވެސް ނުލާ..އޭސީވެސް ނުކުރޭ..މުށި ޖަހާމީހުން މުށި ޖަހަނީ ރާނާ މީހުން ރާނަނީ.ތަޅުން އަޅާ މީހުން ތަޅުން އަޅަނީ..މިވަރުން ވެއްޖެ ވިއްޔާ ހުޅުވަން.