މި ސަރުކާރުން ތައުލީމީ ދާއިރާއަށް ބަޖެޓު ކުރި 248 މަޝްރޫއުގެ ތެރެއިން މިހާތަނަށް ނިންމުނީ 48 މަޝްރޫއުކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިއަދުގެ ޖަލްސާގައި ސަލީމް ވަނީ މިސަރުކާރުން ތައުލީމީ ދާއިރާގައި ހިންގި ޕްރޮޖެކްޓްތަކާ ގުޅޭގޮތުން މިނިސްޓްރާއި ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވަނީ ޕްރޮޖެކްޓްތަކުގެ ތަފްސީލު ދެއްވައިފައެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގައި މިހާތަނަށް ޖުމްލަ 248 ޕްރޮޖެކްޓް ބަޖެޓު ކުރެވުނު ކަމަށެވެ. އޭގެ ތެރޭގައި 1780 ކްލާސްރޫމާއި، 95 މަލްޓިޕާޕަސް ހޯލް، އަދި 590 އެހެން ޕްރޮޖެކްޓް ތައް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން ސްކޫލް ލެބްތަކާއި ފާހާނާތަކާއި ލެބޯޓަރީ، ލައިބްރަރީ އާއި ބައިވަރު އޮފީސް އިމާރާތާއި އިމާރާތްތައް ހިމެނޭއިރު. އޭގެ ތެރެއިން ނިމުނީ 48 ޕްރޮޖެކްޓެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެ އިމާރާތް ތަކުގެ ބޭނުން ވެސް މިހާރު ކުރެވެމުންދަނީ. 114 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް ދަނީ. ދެން ކުރިއަށް އޮތް އަހަރާއި އަންނަން އޮތް އަހަރުގެ ތެރޭގައި މި މަސައްކަތް ތައް ނިމިގެންދާނެ. ދެން ބާކީ ހުރި މަސައްކަތް ތައް ކޮންޓްރެކްޓް ކުރުމުގެ މަރުހަލާ ތެރޭގައި ކުރިއަށް ދަނީ." މިިސަރުކާރުން ސުކޫލް ތަކުގައި ކުރިއަށް ގެންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.

ގިނަ ޕްރޮޖެކްޓްތައް ނުނިމޭތީ އެކަން މަޖިލީހުގެ މެމްބަރުން ވެސް ވަރަށް ބޮޑަށް ފާހަގަ ކުރައްވައެވެ. މީގެ ކުރިން މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ޕްރޮޖެކްޓްތައް ނުނިންމާ ކުންފުނިތައް ބްލެކްލިސްޓު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަސްމާ

    އިބޫ ބައިކޮޅަށް މިނިސްޓަރު މިޔޮއް ގޯލްޖެހީ. އިބޫ އަށް 5 ދައުރު ދިނަސް ނުވާނެ މި ސްޕީޑުގައި ހުރިއްޔާ!!

    • Anonymous

      ކޮވިޑްގައި 2 އަހަރު ބޭކާރުވިކަން މިހާރު އެއްވެސް ބަޔަކު ހަނދާން ނެތްކަހަލަ. މުޅިންވެސް ދައްކަނީ 5 އަހަރުވާން އުޅޭ ވާހަކަ

  2. ރައްޔިތު މީހާ

    ދެލޯކޮޅާ ތިގޮތަށް ބައިކޮޅަށް ގޯލް ނުޖަހާބަލަ...

  3. ދިވެހި ޒުވާނުން

    ރާއްޖޭގައި ނެން އެކަށީގެންވާ ގާބިލު ކޮންޓްރެކްޓަރުންނެއް އަދި ޕްރޮޖެކްޓްތައް ހިންގަން އެގޭ ވަރުގެ މީހުން ޕްރޮޖެކްޓް ތައް ނަގަންވާނީ ޕްރޮޖެކްޓްތަކަށް ކަނޑައެޅުނު ފައިސާ އެހުރީ ބެހެއްޓިފަ އެހެންނޫންތޯ ވާނީ ގައުމުގެ ޒުވާންޖީލު މިއޮތީ މަސްތުން ލޮޑުކޮޑްލާފަ ވިއްޔާ މިކަމުގެ ޒިންމާ ނަގަންޖެހޭނީ ކުރީގެ ވެރިން އެމީހުން މި ގައުމު ޒުވާނުން ހަލާކުކޮށްގެން ހޯދާ އަންދާގާނޫނީ ފައިސާ އިން މުޅި ގައުމުގެ އާމްދަނީ ބޭރަށް ބޭކާރުކޮށް ކުދިން ޖަލަށް ލާ އަދި މަގުމަތިކޮށްފި އެވެރިންނަށް ކުރެވުނުހާ ކަމަކީ ބޭކާރު ކޮށްލީ ޒުވާނުން