ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު އިތުބާރު ނެތްކަމުގެ މައްސަލާގައި އޭނާ މަޖިލީހަށް ހާޒިރުވުމަށް ދެކޮޅު ހެއްދެވުމަކީ ކަނޑު ވިއްކާލިކަމުގެ ފުރަތަމަ ހެކި ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 13 މެންބަރުންގެ ސޮޔާ އެކު މަޖިލިހަށް ހުށަހަޅާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އެހެންވެ، ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދުގައިވާ ގޮތަށް މަޖިލިހުގައި ބަހުސް ކުރަން ފެށުމުގެ ކުރިން 14 ދުވަހުގެ ނޯޓިސްއެއް ވެސް ރިފްއަތަށް ފޮނުވިއެވެ.

އެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިއްފަތު ހާޒިރުވެވަޑައިނުގަންނަވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި ލިއުމުން ޖަވާބު ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ. ގާނޫނު އަސާސީންވެސް ދިފާއުގައި ލިއުމުން ޖަވާބު ދާރީވުމުގެ ފުރުސަތު ލިބިފައި އޮންނަ ކަމަށް ނަޝީދު ފުރަތަމަ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ސަލީމް ވިދާޅުވީ، ބަންޑާރަ ނައިބު 87 މެންބަރުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވާން ވަޑައިނުގަތުމަކީ ކަނޑު ވިއްކާލި ކަމުގެ ފުރަތަމަ ހެކި ކަމަށެވެ.

މިއަދު މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައި އޮތީ މިނިސްޓަރު ޖަވާބުދާރީވުމަށް ބަހުސްގެ ވަގުތުގެ ކުރިން 10 މިނެޓް، ބަހުސްގެ މެދުތެރެއިން 10 މިނެޓް އަދި ބަހުސްއަށް ފަހު ދިހަ މިނެޓް ދިނުމަށެވެ. ނަމަވެސް ސަރުކާރާއި ދެކޮޅު މެންބަރުން ވަނީ ރިއްފަތު މަޖިލީހަށް ހާޒިރުވާން ޖެހޭނެ ކަމަށް ވިދާޅުވެ ނިޒާމީ ނުކުތާތައް ނަގާފައެވެ. އެކަމާ މެދު ގޮތެއް ނުފެނިގެން މަޖިލީހުގެ ޖަލްސާ ގަޑިއެއްހާ އިރަށް މިއަދު މެދުވެސް ކަނޑާލިއެވެ.

ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ ބަޔާންކުރަނީ ބަންޑާރަ ނައިބު މަޖިލީހަށް ހާޒިރުވެވަޑައިގަންނަވަން ޖެހޭ ކަމަށް މަޖިލީހުގެ މެޖޯރިޓީ ނޫން ޕާޓީތައް ދެކެވަޑަިއިގަންނަވާ ކަމަށެވެ. އަދި އާންމު ކޮމިޓީން އެގޮތަށް ނިންމާފައި އެ ވަނީ އެ ނޫން ގޮތަކަށް އެކަން ހިންގުމަށް ގާނޫނު އަސާސީގައި ޖާގަ ނުދޭތީ ކަމަށް ވެސް އެ ޕާޓީތަކުން ބުނާ ކަމަށްވެސް ވިދާޅުވިއެވެ.

ރިފްއަތުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލައިގައެވެ. މައްސަލަ މަޖިލީހަށް ހުށަހެޅީ ރާއްޖެ-މޮރިޝަސް ކަނޑުގެ އިން ވަކި ކުރި މައްސަލާގައި ޕީޕީއެމް/ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންގެ ސޮޔާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގަމާރުންނަށް ވިސްނޭނީ ތިގޮތަށް

    ތީގެ އަނެއްކޮޅުވެސް އެބައޮތެވެ. "ފުރިފަ ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ އެވެ." ރިއްފްޢަތަށް އެބޭފުޅާ ގޯސްކޮށް ކަމެއް ނުކުރައްވާ ކަމުގެ ޔަޤީންކަން އޮވެފައި، ލިޔުމުން ވެސް ޖަވާބުދާރީވާން ޤާނޫނުން ފުރުޞަތު ލިބިވަޑައި ގަތްފައި އޮތީތީ، އެންމެ 30 މިނިޓަށް ބަންޑާރަ ނައިބުގެ އަގުހުރި ވަޤުތުތައް، ތި މުޑުދާރު މަޖިލީހަށް ޚާޟިރުވެ ނަގައިލުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ތިތާތިބޭ ލަދުޙަޔާތްކުޑަ ގޮތެއްފޮތެއް ނެތް ނަޖިސް މީހުން އަވަގުރާނަ ގޮވާ އަޑު އަހަން ވަޑައި ނުގަތުމުން ވެސް ރިފްޢަތުގެ ޝަޙްޞުގެ ވަރުގަދަކަން ހާމަވެއެވެ.

    14
    6
  2. މުހަންމަދު.

    ކޮންމެގޮތެއްވިޔަސް ތި ރިއްފަތަށް ނުފިލޭނެ ދުވަހެއް އެބައޮތް...އަގައިން ނުބުނެފިއްޔާ ގުނަންތަށް ވެސް ހެކިދޭނެ....

  3. ސަލީމާ

    ދެން ބުނޭ ޔާމީނު ޖަލުގަ އޮންނަންޖެހުމަކީ ކަނޑު ވިއްކާލިކަމުގެ ދެވަނަ ހެއްކޭ

    1
    2
  4. އަބްދޫ

    ހާޒިރުނުވެ ލިއުމުން ޖަވާބުދާރީ ވިނަމަވެސް މައުޒޫއާއިގުޅޭ ވާހަކަތަކަށް ސީދާ ޖަވާބު ދޭންޖެހޭނެ. މިގައުމުގާ ހިގާ ހުރިހާކަމަކީ ވެސް ސިޔާސަތެއް ސިޔާސީގޮތުން ހިގާނެ ކަމެއް. އޭނާގެ މައްޗަށް މި ހުށަހެޅުނީ ރާއްޖެ އިން މިހާތަނަށް ވަކާލާތު ކުރަމުންއައިގޮތް ދޫކޮށް މޮރިސަސްގެ ފަހަތަށް އެރީ ކީއްވެތޯއާއި .ރާއްޖޭގެ ދެކުނުން ބަހަންނުޖެހޭ ތަނެއް ބަހަން އެދުނީ ކީއްވެތޯ އާއި ގާނޫނު އަސާސީގަ ވާގޮތުން ރައީސް ފޮނުއްވިކަމަށް ބުނާސިޓީ މޮރިސަސްގެ ރައީސަށް ފޮނުވޭނީވެސް ސިދާ އެޓަރނީޖެނެރަލް ގެ ލަފައެއް އޮވެގެން ކަމަށް ބުރަވެވޭތީ އެކަމަށް ޖަވާބެއް ދެއްވުމާއި މި ކަންކަމަށް ރިއާޔަތް ކުށް ރިފްއަތު މަޖިލީހަށް ޖަވާބުދާރީ ވެ މިކަންނިމުމަކަށް ގެންދަންޖެހޭނެ. އަދި ރިފްއަތާއިމެދު ދެކެވޭ ވާހަކަތަކުން ސަލާމަތްވާންޖެހޭނެ. ނޫނީ މިވެރިކަން ނިމި ޖަލުގަ އޮންނަން ޖެހުމަކީ ވެސް ވެދާނެގޮތެއް.

  5. 13 ވގ

    ސޫޕް ވައްކަން ކުރިކަމުގެހެކި ހުރިހާ ފިހާރަތަކެއް