މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާއަށް ވަޒީރުކަމާއި ހަވާލުވުމުގެ ކުރިން އެންމެ ފަހު ހަމަސް ދުވަހު އާމްދަނީގެ ގޮތުގައި ލިބިވަޑައިގެންނެވީ އެންމެ 2443 (ދެހާސް ހަތަރު ސަތޭކަ ސާޅީސް ތިން ރުފިޔާ) ކަމަށް އެކަމަނާގެ މާލީ ބަޔާނުން ދައްކައިފިއެވެ.
ހަމައެކަނި ހަމަސް ދުވަހުގެ އާމްދަނީ އާއި މިލްކިއްޔާތުގައި ހުރި މުދަލުގެ މައުލޫމާތު ހިމަނައިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަދި ވަޒީރުންގެ މާލީ ބަޔާންތައް ރޭ ރައީސް އޮފީހުން ވަނީ އާއްމު ކުރައްވާފައެވެ.
މިނިސްޓަރ އައިޝާގެ މާލީ ބަޔާނުން ދައްކާ ގޮތުގައި އެކަމަނާއަށް އާމްދަނީގެ ގޮތުގައި ލިބިވަޑައިގެންނެވި 2443 ރުފިޔާ އަކީ އެސްޓީއޯ އިން ބަލަވައިގެންފައި އޮތް ހިއްސާއަށް ލިބިވަޑައިގެންނެވި ފައިދާއެވެ.
މިނިސްޓަރ އައިޝާ އަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު މަހުޖަނު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން ކަމުގައި ވީނަމަވެސް މިނިސްޓަރ އައިޝާގެ މާލީ ބަޔާނުން ދައްކާ ގޮތުގައި އެކަމަނާގެ މިލްކިއްޔާތުގައި އެއްވެސް އެއްޗެއް ނެތެވެ. އަދި އެކަމަނާގެ ނަމުގައި ދަރަންޏެއް ވެސް ނެތެވެ.
ރައީސް ޞާލިހްގެ މާލީ ބަޔާން ދައްކާ ގޮތުގައި އެމަނިކުފާނު މަގާމާއި ހަވާލުވުމުގެ ހަމަސް ދުވަސް ކުރިން މުސާރައިގެ ގޮތުގައި 1532689 (އެއްމިލިއަން ފަސްލައްކަ ތިރީސް ދެހާސް ރުފިޔާ ހަސަތޭކަ އަށްޑިހަ ނުވަ ރުފިޔާ) ލިބިވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ މިލްކިއްޔާތުގައި އޮތީ އަމިއްލަފުޅު ރަށުގައި އޮތް ގޯއްޗެއް އެކަންޏެވެ.
ނައިބު ރައީސް ފައިސަލް ނަސީމްގެ މާލީ ބަޔާން ދައްކާ ގޮތުގައި އެމަނިކުފާނު މަގާމާއި ހަވާލުވުމުގެ ހަމަސް ދުވަސް ކުރިން މުސާރަ އާއި އެހެނިހެން އާމްދަނީގެ ގޮތުގައި 1710000 (އެއްމިލިއަން ހަތްލައްކަ ދިހަ ހާސް ރުފިޔާ) ލިބިވަޑައިގެންނެވިއެވެ.
ނައިބު ރައީސްގެ މިލްކިއްޔާތުގައި ފުވައްމުލަކުގައި ގޯއްޗެއް އަދި ހުޅުމާލޭގައި ދެ ފްލެޓް އެބަހުއްޓެވެ. އޭގެ އިތުރުން ދެކާރާއި ހަ ސައިކަލް ވެސް އެމަނިކުފާނުގެ މިލްކިއްޔާތުގައި އެބައޮތެވެ.
މާލީ ބަޔާނުގައި ރައްކާ ކޮށްފައި ހުރި ފައިސާގެ އަދަދެއް ހިމަނުއްވާފައެއް ނުވެއެވެ.
ސަރުކާރުގެ އިސް މަޤާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ބޭފުޅުންގެ މާލީ ބަޔާންތައް ހާމަކުރުމުގެ މަސައްކަތުގެ ތެރެއިން، ދައުލަތުގެ ވުޒާރާތަކުގެ އިސް މަޤާމުތަކަށް އައްޔަނު ކުރައްވާފައިވާ ބޭފުޅުންނާއި، ދައުލަތުގެ ކުންފުނިތަކުގެ އިސް މަޤާމުތަކަށް އައްޔަނު ކުރައްވާފައިވާ ހުރިހާ ބޭފުޅުންވެސް ކުރިއަށް އޮތްތާނގައި މާލީ ބަޔާންތައް ހާމަކުރައްވަމުން ގެންދަވާނެއެވެ. އަދި ހުރިހާ މާލީ ބަޔާންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ގަވައިދުން ޝާއިޢުކުރެވި، އަހަރަކު އެއްފަހަރު އަޕްޑޭޓް ކުރެވެމުން ދާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މިގޮތަށް ހެޔޮ މާލީ ބަޔާން ނުނެރުނަސް. ނަމެއްގަ ކީއްކުރަން ކުރާ ކަމެއް.
ރައްކާކޮށްފަހުރި ފައިސާ މާލީބަޔާނުގަ ނުހިމެނީމަ ކޮން އެއްޗެއް އެނގޭނީ.
ހެއްހެއް ރައްޔިތުންނަކީ ހަމާރުން؟؟؟
އައިޝާގެ ފިރިކަލުންގެ ފައިސާއަކީ އައިޝާގެ މުދަލަކަށް ނުވާނެ. ގާސިމްގެބަޔާން ނެރެފިއްޔާ އުޅޭނީ ގެއްލުމުގަ. މާލީބަޔާނަކީ އެކަހަލަ އެއްޗެއް. ޔާމީނުގެ ބަޔާން ނެރެފިއްޔާ އޮންނާނީ ކިހިނެއްބާ. ޢަސްލު ބޭކާރު ކަންތައްކޮަށް ރައްޔަތުންގެ ދުލަށްދަމަނީ. ޢެކަކުވެސް ތީތި ސައްޙަކޮށް ނުނެރޭނެ.
ކީއްވެތަ ވަގުތުން ނަހުލާއާއި އަޅައިގަނެގެން އުޅެނީ؟ ކޮމެންޓަކުން ކިޔާދީބަލަ.
ރައްޔިތުންގެ ވަޒީފާއެއްގަ ހުރީމަ. ރައްޔިތުންގެ މުދަލާ ފައިސާއިން މުސާރަނަގާތީވެ.
ކީއްވެތަ ޔާމީނު އަންނިއާއި އަޅައިގަނެގެން އުޅުނީ ؟
ދެން ކިހިނެއްތޯ ވީ؟ އެއީ ހަމަ އޭނާގެ ބަޔާން އިނގޭތޯ. ހަޖަމް ޕްލީޒް. "ވަގުތުން" އައިޝާއާ އަޅައިގަނެގެން އުޅެނީ ކީއްވެތޯ؟
އޭނާ އަޅާ ހެދުމާ ޒީނަތްތެރިވުމަށް ދާނެހާ ޚަރަދު އެއީ އެއްވެސް ފައިސާއެއް ޚަރަދުނުކޮށް ލިބޭ އެއްޗެހިބާ..
އޭނަގެ ފިރިމީހާގެ ލާރި ނުވާނެ އޭނާގެ ލާރިއަކަށް
ޙުރި ގަމާރު ކަމެއްގެ ބޮޑު ކަމާއެ! އައިޝާ އަށް ގަނެދިނުމަކީ އޭނާގެ ފިރިމީހާ ކުރަން ޖެހޭ ކަމެހ ޏުުންތަ؟
ސޭޓުއަންހެނުން މަށައްވުރެންވެސް ފަޤީރު؟؟؟
ތީ މަކަރުވެރި ކަމެއް
ފޭކު މާލީ ބަޔާން
މަ ޖެހިކަހަލަ ހިސާބެއް ޖެހީތަ އަނެއްކާ؟
އަރަތެއް
ޢާއިޝަާގެ މާލީ ބަޔާނުގަ އޮންނާނީ ޢާއިޝާގެ ނަމުގަ ހުރި މުދަލެއްގެ ވާހަކަ ދޯ. ފިރިމީހާގެ ކިތަންމެ ގިނަ މުދަލެއް ހުއްޓަސް އެނުވާނެދޯ އެއީ ޢާއިޝާގެ މުދަލަކަށް.
އައިސާ ބޭނުންކުރަނީ ފިރިމީހާގެ ކުރެޑިޓް ކާރޑު
ހާދަ ފަޤީރު މަންޖެއެކޭ! ސޭޓުބޭ މާރުކޭޓު ކައިރީގައި ސަލާންޖަހައިގެން އެންމެ ރީތި މަންޖެއަށް ހަމަސްދުވަހުން ތިންހާސްވެސް ހަމަ ނުކޮށްދެވުނު! ހާދަ ދެރައޭ! ހާދަ ދެރައޭ!
އަތުގަ ރައްކާކޮށްފައި ހުރިފައިސާ ނުހިމަނާ މާލީ ހިސާބު. ކޮންމެ ކަމެއްވެސް ހަމަ ''އިބޫސޯލިޙުގެ ވަޢުދުފުއްދުމަށް''
ބަލަ ސޭޓް ހުންނަނީހުރިހާކަމެއް ކޮދީފައޭ އެހެންވީމާ އައިސާ ގެ އެކައުންޓްގަ ލާރި ހުންނާކަށް ނުޖެހޭ އޭނަ އެއީ ވަޒީފާގަ އުޅޭ މީހަކަށްނުވާތީ އޭނަގެ އެކައުންޓްގަ ލާރި ހުންނާކަށް ނުގެހޭ
މިކަމަނާއަށް މުސާރަނުދީ ކީއްވެތަ ބަހައްޓާފައެހުރީ؟
ކޮންމެ މީހަކަށްވެސް އެގޭނެ ތިޔަވަރުގެ ބޮޑު ދޮގެއް ސޭޓުގެ އަނބިމީހާ ހެދީމަ ކޮންފަދަ ބޮޑުދޮގެއްކަން އެހިދީ. މީހުންލއްވާ އަނގަ ނުގޮއްވާ
އައިސާ މުދަލުގެ ޒަކާތުގެ ބައިން ކަމަނާއަށް ހައްގުވާބާއިހޯދަވަން އިސްލާމިކް އެފެއާޒަށް ފޯމުހުށަނާޅުއްވަމުތޯ؟ ކަމަނާޔަށް ދުވާލެއްގެމައްޗައް ލިބިވަޑާއި ގަންނަވާ އާމްދަނީ 13ރ ވަރުޖެހެނީ މިއީ އާމްދަނީ ގެ ގޮތުން ބަލާނަމަ ފަގީރުންގެ ލިސްޓުގާއި ހިމެނިގެން މުދަލު ޒަކާތުން ލިބެން ޖެހޭނެ މިންވަރެއް . ﷲ ގެ ހަޒްރަތު ގާއި އަޅުގަޑު ދުޢާދަންނަވަނީ މި5 އަހަރު ނިމޭއިރު ކަމަނާއާއި ކަމަނާގެ ފިރިކަލުންނާ ދަރިންނަށް ތިޔަފަގީރުކަމުން ސަލަތްކުރަށްވާ ތަނަވަސް ދިރިއުޅުމެއް މިންވަރުކޮށް ދެއްވުން އާމީން
އައިޝާ އަކީ މީހެއްގެ އަތްންބެއް. އޭނާގެ ފިރިމީހާ އޭނާއަށް ކާންބޯންދީ، އަންނައުނުދީ، ބަލިވީމާ ބޭސް ކޮށްދޭ. ދެން އިތުރަށް ބޭނުންވާ ބައެއް ކުދިކުދި ތަކެތި ގަންނަން ދީފަހުންނަ ލާރި އެ 2000 ރުފިޔާއަކީ. އޭނާ އަކަށް މުސާރައެއް ނުލިބޭ ދޭކަށްވެސް ނުޖެހޭ. މިހާރު ސަރުކާރުގެ ވަޒީފާ އަދާކުރާތީ މުސާރަ ލިބޭނެ.
މިނިސްޓަރުކަން ދޭންޖެހުނު ސަބަބު އަދިކިރިއާ މި އެނގުނީ. ފިރިމީހާ އަތުން ހުރިހާ ކަމަކަށް އެވަރަށް ޚަރަދުވާއިރު އެކަން ކުޑަކުރަން މިކަހަލަ ފިޔަވަޅެއް އެޅޭނެ ކޮންމެ މީހަކަށް ނަމަވެސް.
މިނިސްޓަރ ޢާއިޝާގެ މާލީބަޔާން އަޅުގަނޑުޤަބޫލުކުރާގޮތުގައި ރަނގަޅު، އެކަމަނާ އަކީ
މީގެކުރިންވަޒީފާއެއް އަދާކޮށް އަދި އަމިއްލަ ވިޔަފާރިއެއްކުރެއްވި ބޭފުޅެއްކަންއެނގިފައެއް ނެތް. ކިތަންމެ ބޮޑު މަހުޖަނެއްގެ އަނތްބަކަށް ވިއަސް، ފިރިމީހާ އަނބި ދަރިންގެ ޚަރަދަށް ދޭ އެއްޗެއް މާލީބަޔާނުގެތެރެއަށް ވަންނާކަށް ނުޖެހޭނެ.
މިވެސް ބޮޑުއޮޅުވާލުމެއް
އިންކަމް ޓެކްސް ނެގިއްޔާ ވާނީ ހަމަ ތިޔަހެން. ނިކަމެތި އާއްމު މީހާ ފަހާ ދުވާނީ ޓެކްސް އޮތޯރިޓީން. މީ ވާ ގައުމެއް.
އެއްވެސް އިޚްލާޞްތެރި ކަމެއް އަދި އެއްވެސް ރަނގަޅު ނިޔަތެއްނެތި މާލީބަޔާން ހުށަހެޅުމުން އެއީ އެއްވެސް ތާކުންތާކުޖެހޭ ކަމަކަށް ނުވާނެއެވެ. ޔަޢުނީ، މި މީސްމީހުން މިހީކުރަނީ މިރާއްޖޭގެ ރައްޔިތުންނަކީ، އެއްވެސް އެއްޗެއް ނޭނގޭބައެއް ކަމުގައެވެ.
މާލީބަޔާނޭ ކިޔާފަ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ނެރެގެން ކޮންމެހެން ތިޔައީ މާ ސާފު ބައެއް ކަމަށް ދެއްކޭނެ ކަމަކުނެތޭ.
ސޭޓުގެ ލާރި ނުވާނެ ސޭޓު އަންހެނުންގެ ލާރިއަކަށް..ސޭޓު އަންހެނުންނަށް ވަޒީރުކަން ލިބުމުގެ ކުރިން 2000 ރުފިޔާ ލިވެއޭ ބުނީމަ މަ ހައިރާނެއް ނުވޭ.. ސޭޓު އަންހެނުން ނުޖެހޭ ލާރި ހޯދަން ދާކަށްވެސް ކޮންމެހެން..ސަބަބަކީ ބޭނުން ކޮންމެ އެއްޗެއް ސޭޓުގަނެދޭ ބޭނުން ޤައުމަކަށް ދެވޭ..އެހެންވީމަ ހަސަދަވުމުގެ މާނައެއް ނެތް.. މަވެސް ކުރިން ވަރަށް ރުޅިއައި ސޭޓު އަންހެނުން ވަޒީރުކަމަށްލީމަ އެކަމު މިހާރު ހަމަ ސެލިއުޓްކުރަން ވަރަށް ހީވާގި ހިންގުންތެރި ވަޒީރެއް.. ޖޭޕީވެސް އައިޝާއަށް ހަވާލުކުރަން ފެނޭ ސޭޓު އެއްފަރާތްވެފަ.
ތިޔައީ މަކަރުވެރި މާލީ ބަޔާނެއްކަން ޔަގީން ކަށަވަރު
ހުރިމުނާފިގުކަން،ގޭގަ ތިޖޫރީހަދާފަ ފައިސާރަންކާކުރާއިރު ދެންބެންކު އެކައުންޓުއިން އެޗެންފެންނާނެތަ.ތީ ހަމަދިވެހިންގެނަމުގަ ބޭރުމީހުން ވިއަފާރިކުރުން ފަދަކަމެން ،ހާހާހާހަ
މާލީ ބަޔާނާ ބެހޭ ގޮތުން ސްވާލެއް މަރުމަތީގަ ކުރިޔަސް ދޮގު ހަދާފަ މަރުވާނީ..