ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް ވީގޮތެއް އެގޭނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ސުއޫދު ވިދާޅުވެއްޖެއެވެ.
އިބްރާހިމް މުހައްމަދު ސޯލިހް މަރުގެ މައްސަލަތައް ބެލުމަށް އެކުލަވާލީ މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ ރައީސް ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރައްވަމުން ގެންދަވާ މަސައްކަތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، 19 އޮގަސްޓް 2014 ވަނަ އަހަރު ބޭއްވުނު އެއްވުމުގައި ކުރެވުނު ހުރިހާ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
https://twitter.com/hsuood/status/1083745083814404098?s=19
މަރުތަށް ބަލާ ކޮމިޝަނުން ރިލްވާނުގެ މައްސަލާގެ އިތުރަށް ޑރ.އަފްރާޝީމް އަލީގެ މައްސަލައާއި ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލަވެސް އަންނަނީ ތަހްގީގު ކުރަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި އެ ކޮމިޝަަނަކީ 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، އެކިއެކި ސަބަބުތައް މެދުވެރިވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ނުކުރެވި ހުރި މައްސަލަތަކުގައި މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، ޙަޤީޤަތް ހޯދައި، ޢާންމުކުރުމަކީ އިންސާފު ޤާއިމުކުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް ސޯލިހުވަނީ ރިލްވާންގެ މައްސަލަ ދެފުށް ފެންނަަ ގޮތެއްގައި ތަހުގީގުކޮށް އިންސާފު ހޯދައިދޭނެކަމަށް ވިދާޅުވެފައެވެ.
އޮގަސްޓް، 2014 ގައި ވީނުވީ ނޭނގި ގެއްލިފައިވާ ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލީ ހ.ހިލްޓަން އާލިފް ރައޫފާއި ގދ.ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ.
މި ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ގާޒީ ނިންމެވީ ކުށް ސާބިތު ވާ ވަރަށް އެކަށީގެންވާ ހެކި ލިބިފައި ނެތުމުން ކަމަށް ގާޒީ ކުރި ހުކުމްގައި ވެއެވެ.
އެ މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި ހ.ހިލްޓަން އާލިފް ރައޫފާއި ގދ.ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް މި ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވުމަށްފަހު ގާޒީ ވިދާޅުވީ، ދައުވާ ލިބޭ ދެ ފަރާތަށާއި، ދައުލަތަށްވެސް 10 ދުވަހުގެ ތެރޭގައި މި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށެވެ.
ނޫސްވެރިޔާ ރިލްވާންގެ މައްސަލާގައި ދައުލަތުން ދައުވާކުރި ދެމީހުންނަށް ވެސް ކުށްސާބިތު ނުވުމާ ގުޅިގެން ރިލްވާންގެ އާއިލާއިން ވަނީ ތަހުގީގުގައި ފުލުހުންގެ ބޮޑު އިހުމާލުތަކެއްވާކަން މިއަދު ކުރިމިނަލް ކޯޓުން އިއްވި ހުކުމުން ސާބިތުވެފައިވާ ކަމަށާއި އެހެންވެ ފުލުހުންގެ މައްޗަށް ދައުވާ ކުރަން ނިންމާފައިވާކަމަށް ބުނެފައެވެ.
އެކަން އެގޭނީ އިބޫ ވެރިކަމަށް އައުމުން 48 ގަޑިއިރުތެތޭގަދޯ
ފުރުތަމަ 100 ދުވަހުގެ ތެރޭގައި ތިކަން ވަނީ ބަލާނިމިފައި، ދެން އިތުރައް ބަލާނެކަމެއްނެތް،
ސޫދުބުރޯ ފޯކަސްގެއްލުވާލަން ތި ޖައްސާލީ ސަޅި ސްޓަންޓެއް. ބުނެވިފައޮތް އެތީގެ ސަބަބުން އަތަށްގޮވީމަ، މިހާރު އެންމެން ދައްކާވާހަކަ ރިލްވާނު ޓޮޕިކަށް ބަދަލުކޮށްލީ. ދިވެހިން އަޅެ ހަމަ އެހާގަމާރީތަ؟
ހުމާމުގެ ވަކީލަކީވެސް މީނަ. ތަހުގީގު ކުރަނީވެސް މީނަ. ކިހާ މަޖާ ދޯ!
ވާހަކަ އެއް ޖެހޭނީ ރާވަން. ރަގަޅު ޕުލޮޓެއް ރާވަލަފައި ފަޅާލާނީ. އަސްލުވީގޮތް އެނގުނިޔާމް އެއީ ސުއޫދުގެ ރޭވުމަކުން ހިނގި ކަމެއްކަން ކަށަވަރު. ސުއޫދުމެންގެ ރޭވުމުގެ މަތީން ވަނީ ނުބައި އެތައް ކަމެއް ކޮށްނިންމާލާފައި. އެހެން ވީމާ، މަމިބުނަމީ އެއީ ސުއޫދުމެންގެ ކަމަކެކޭ. މިނޫން ގޮތެއް ނުވާނެ.
100
އާދޭސް ކޮށްފަބުނަން އިނގެންޏާ އަވަހަށް ދައްކާ ތިކަންވެސް ނިންމަބަލަ ކޮންމެ ވޯޓަކާދިމާކޮށް ތިޔަޒާތްޒާތުގެ ދޮގުވާހަކަ ފަތުރައިގެން އާއިލާމީހުންގެ ހިތުގެ ކެކުލުންތަކާ ނުކުޅެބަލަ ގައިމު މައިންބަފައިން ކިހާ ހިތާމައެއް ތިކަމުގައި އެކުރަނީ އެމީހުންގެ ހިތުގެރިހުންތަކުގަ އިތުރަށް ލޮނުމިރުސް ތިޔައަޅަނީ ބޮޑެތި އޮޅުވާލުމާ މަކަރުން ފުރާލައިގެން ބޮޑުފޮށްޓަށް ލެވޭގޮތަށް ހަނދާންކުރާތި އެމީހުންގެ ކަރުނައިގެ ކޯރުތަކުގަ ތިޔަކަހަލަ ދިގުވެރިން ގެނބި ޣަރަގުވާނެކަން ސުބްހާނަﷲ
މިނިވަންނޫހުގާ ޖެހި އިންޓވިއު އާއި އައިރިސްޓއިމް ގަޖެހި ނިންޓަވިޔުއާ އިންޓަވިއު ކުށްވެރިކޮށް ނެރުނު ނޫސްބަޔާން ހޯދާ އޭރުން ރިޒްވާނަށް ވީގޮތް އެގޭނެ.
ތިކަލޭގެ ހައްޔަރުކޮށް ފުރިހަމަތަހުގީގެއް ކުރަން ސަރުކާރަށް ގޮވާލަން
ތިކަލޭގެ ހައްޔަރުކޮށް ފުރިހަމަތަހުގީގެއް ކުރަން ސަރުކާރަށް ގޮވާލަން
ކޮބާ ކޮމެޓީ ! ބޮޑު މުސާރަ ކައިގެން ތިބިދޯ އަޅާވެސް ނުލާ
ޑިމޮކުރެޓިސްޓް ރ ވާދު ގެ ކޮމެންޓައް ފުރިހަމައަށް ތާއީދު ކުރަން
މިރާއްޖެއަކު ދުވަހަކުވެސް އިންސާފެއް ނުލިބޭނެ.ވޯޓާ ކައިރިކޮށްފަ މޮޅުވާހަކަތަކެއްދެއްކިދާނެ.އިންސާފުނުލިބިދަނީ އިންސާފުހޯދަދޭންތިބިމީހުންގެ އެވަރުގެ އީމާންތެރިކަމެއްނެތީމަ.ވިޔަފާރިވެރިންގެ ނުފޫޒާ،ސިޔާސީވެރިންގެނުފޫޒާ،ފަނޑިޔާރުންނާއި އަދި ގާނޫނީ ވަކީލުންގެ ނާއިންސާފް ތަހުގީގުން.ގާނޫނީ ވަކީލުންނަކީވެސް ކުށްވެރިން ހިމާޔަތްކުރަންތިބޭބަޔެއްހެންވެސް ހީވޭ.މިހާރު މިއޮތް ސަރުކާރުންވެސް ބޭނުންވި ކަންތައްވެއްޖެ.ބޭނުންވީ ވެރިކަން.ވެރިކަން ލިބިއްޖެ.
ހުމާމުގެ ވަކީލަކީ، ކޮމިޝަންގެ ރައީސްކަމަށް ވެއްޖެއްޔާ ރައީސް އިބޫޖެހޭނީ، ކޮމިޝަންގެ ރައީސް ބަދަލުކުރަން،
ތީހުސް އަނގަތަޅާ މީހެއް. އުއްތަމަ ފަނޑިޔާރުކަން ލިބެންދެން ތިއަނގަތަޅާނެ. މީނައަށް 65 ނުވޭތަ. ބާކީ ކިތައް އަހަރުހޭ
ލާދީނީ ޖަޒީރާ ރާޢްޖޭގެ ތަސައްވަރު ފުރިހަމަކުރަން އަންނީގެ ޕަޕެޓް ސޫދު އަށް ކޮމިޝަނެއް ހުޅުވައި ދީގެން އިބޫ ޞޯލޙް ދުއްވާ ދެބޯގެރި ސަރުކާރު ގައި ކޮން ޢަދުލުވެރި ކަމެއްތޯ މިއޮތީ
ގަޑިތަށް ފާއިތުވަމުން ދުވަސް ފާއިތުވަމުން މަސްތަށް ފާއިތު ވަމުން ދާއިރު .
މީ ކޮން ކަމެއް ކުރެވޭނެ ކާކު؟
ދޮގުވާހަކަ ފެތުރުމާ ހަމަނުޖެހުން އުފައްދަން ތެޅި ތެޅި ތިއްބާ ކުރިންވެސް އަތަށް ގޮވިފަދައިން ގޮޥާނެ