މިއަދު ހެނދުނު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިފައިވާއިރު، ސްކޫލުތަކުގެ ކުދިން ސްކޫލަށް ދިޔަ ވަގުތާ ދިމާކޮށް އަރަބިއްޔާ ސްކޫލު ކުރިމަށްޗައް ބެލެނިވެރިން އެއްވެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މި އެއްވުމުގައި ބެލެނިވެރިން ސުއޫރު ފާޅުކުރަމުން ދިޔައީ ދެޖިންސު މަސްހުނި ނުކުރުމަށެވެ.
މަދު ބެލެނިވެރިންނާއި އެކު ކުރިއަށް ދިޔަ އެއްވުމުގެ ބައިވެރިންނާއި ނައިބު ރައީސް ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވަނީ ބައްދަލުކޮށް އެފަރާތްތަކުގެ ކަންބޮޑުވުން އަޑުއައްސަވާފައެވެ. ނަމަވެސް މިކަމާއި ބެހޭ އިތުރު ތަފްސީލެއް ރަސްމީ ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
އަރަބިއްޔާ ސްކޫލްގެ ޕްރައިމަރީ އެންމެ ދަށް ގްރޭޑްތަކަށާއި ދަރިވަރުން މަދުވުމުން އޭލެވެލްގައި ފިޔަވައި އެހެން ހުރިހާ ގްރޭޑެއްގެ ހުރިހާ ކްލާހެއްގައި މީގެ ކުރިން ކިޔަވައި ދެމުން އައީ ދެޖިންސްގެ ދަރިވަރުން ވަކިން ކްލާސްތަކުގައި ބައިތިއްބައިގެންނެވެ. ނަމަވެސް މިއަހަރު ދެކްލާހެއް ފިޔަވައި އެހެން ހުރިހާ ކްލާހެއްގައި ކިޔަވައި ދެނީ ދެޖިންސް އެއްކޮށެވެ.
އަރަބިއްޔާގެ ބެލެނިވެރިން ބުނެފައި ވަނީ މިއަހަރު އަރަބިއްޔާގައި ކިޔަވައި ދެނީ ދެޖިންސް އެއްކޮށް ކަން އެނގުމުން މީގެ ކުރިން ސްކޫލް ޕްރިންސިޕަލާއި އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކޮށް އެކަން އެގޮތައް ނުކުރުމަށް އެދިފައި ވާނެ ކަމަށެވެ. ނަމަވެސް ބެލެނިވެރިން ބޭނުންވި ގޮތައް ކްލާސްތައް ބަދަލުކޮށްފައެއް ނުވެއެވެ.
އަރަބިއްޔާ އަކީ އަރަބި މީޑިއަމަށް ހާއްސަކޮށްގެން ރާއްޖޭގައި ކިޔަވައި ދެމުން އަންނަ ހަމައެކަނި ސްކޫލެވެ.
ޖަޕާނުގެ ސްކޫލުތަކުގައިވެސް އޮންނަނީ އެގޮތްތަ؟ އެމީހުން އެހާ ކުރިޔަށް އަރައި ތަހުޒީބުވެފައި އެތިބެނީ ސްކޫލުގެ ތެރޭގައި ދެޖިންސް މަސްހުނި ފިލުވައިގެން އުޅޭތީތަ؟
އަރަބިއްޔާއަކީ ގޮތްފޮތްހުރި ދީނުގަވާ ރީތި އުސޫލުތައް ކުދީންގައިގަ އަށަގަންނުވަން މަސައްކަތްކުރާތަނެއްކަން މިކަމުން ވަރަށްބޮޑަށް ސާފު! ދީނުގަ އޮތްގޮތަށް ދިރިއުޅުމުގެ ހުރިހާކަމެއް ބައްޓަންކުރަން ޖެހޭނީ. މީ މުސްިމުން. މީ ޖޕާނު ރޯމާ ކާފަރުންނެއްނޫން ދެއްތޯ؟
ދިވެހި ރޯމާ މުސްލިމުން ހަހަހަަ ވަކިން ކިޔަވަން ތިްބެވީމަ ނިކުމެފަ ކޮަޅުވެގެން ދަނީ ހަދަން
ކީރިތި މާތް ނަބިއްޔާ އަންގަވާ އަމުރު ކުރައްވަނީ ކުއްޖާގެ އުމުރުން 7 އަހަރު ވުމުން ދެޖިންސްގެ ކުދިން ނިދާ ތަންމަތި ވަކި ކުރުމަށް. މީ ގްރޭޑް 1 އަށް ވައްދާ ޢުމުރު.
އެއް ޢާއިލާއެއްގެ ދެޖިންސްގެ ކުދިންގެ ނިދާ ތަންމަތި ވަކި ކުރަން އަންގަވާފަ ވާއިރު،
އެކިޢާއިލާތަކުން އައިސްތިބި އެކި އަޚްލާޤުގެ ކުދިން އެއްކްލާސްރޫމެއްގައި ހީސަމާސާކޮށް ސަކަރާތްޖެހޭ މާޙައުލެއްގައި، ދެޖިންސްގެ ކުދިން ވަކިކުރުމަށް ބާރު އެޅިގެންދާނޭ މިންވަރު ހިތަށް ތަޞައްވަރު ކޮށްލައްވާ.
ޖިންސް މަސްހުނި ނުކޮއް ދަރިންނަށް ކިޔަވާދޭން ބޭނުންވާ ބެލެނެވެރިންނަށް ކުދިންނަށް އެ ހައްގު އޮންނަން ޖެހޭނެ. ރާއްޖޭގައި ޒިނޭ އިތުރުވަނީ މިގޮތަށް މަސްހުނި ކޮއްގެން ހުރިހާކަމެއްކުރާތީ.
އެމީހެއްގެ ދަރިއަކަށް އެމީހެއްގެ ގޭގައި ކިޔަވައިދޭން ވީނު. އެހެން މީހުންގެ ދަރިންގެ އަޚްލާޤް ގޯސްވަނީވެސް މިފަދަ މީހުންނާ ހެދި.
ބޭއަދަބީ މީހެއް ވާ!
ދަރީންނަށް ދަސްކޮށްދޭ ރީތި ގޮތަކީ މުޒާހަރާ ކުރުމާ ވެރީންނަށް އެއްޗިހި ގޮވުން.
ހިލޭ މީހުނާ އެކުވެ ފުރެންޑުސް އާ ބިޓުންނަގަން ދަސްކޮށްދޭންވީ. ޢެކަހެރި ޗެޓްކޮށް ހިލޭ އަންހެނުނާ އެކަހެރިވާން ދަސްކޮށްދޭންވީ. ފުރެންޑުގެ ނަުގަ ހިލޭ އަންހެނުން ގެންގުޅޭން ދަސްކޮށްދޭންވީ. ޥަގުތުމީހުން މި ކޮމެންޓު ނުޖަހާނެކަން އެނގޭ
ކޮބައިތަ މައްސަލައަކީ.ހުރިހާ ރާއްޖެތެރޭގެ ސުކޫލުތަކުގައި ވެސް އަބަދުވެސް ކިޔަވާދެނީ 2ޖިންސު އެކީ. އެއްކުލާސް ރޫމެއްގަ..މޫނު ބުރުގާ އެޅިމީހުންގެ ވަރު ތަންކޮޅެއް ބޮޑީ.
ރާއްޖެތެރޭ ސުކޫލުތަކެއްނޫން ފޮލޮކުރަންވީ. ފޮލޯކުރަންވީ ޤުރުއާނާ ސުންނަތް....
ސެކިއުލަރ ހަމަލާ ތިއޮތީ އެލެކްސް ގެ ބެލުމުގެ ދަށުން ފޮނުވާލާފަ
ތިހުރިހާ ކަމެއްވެސް މިސަރުކާރުން މަސްހުނި ކުރާނެ ، އެކަން ނުވެގެން ނޫންތޯ ތިބެލެނިވެރިން ފުމެނެށީ
ކުރިން އޮތް ގޮތަށް ބަދަލު ކުރުމަށް ގޮވާލަން!
ދެޖިންސް ހެއްދެވީ މާތްﷲ! އެއްމާބަނޑު ދެކުދިން ތިންކުދިން ހަތަރުކުދިން ވިހާއިރު ދެޖިންސް ކުދިން ގަރުބަގަތީ އެއްތަނެއްގައި! ވިހެއީ އެއްތަނަކުން. މަގުހިނގާއިރު އުޅެނީ އެކުގައި! ކިޔަވަން އެއްތަނެއްގައި ތިބުމެއްނޫން މައްސަލައަކީ! މައްސަލަ މައްސަލައަކަށްވަނީ ތަރުބިއްޔަތުކުރުމުގައި ހުރި މައްސަލަ! މަގޭ ތިބީ ފަސް އަންހެންދަރިން! ދެކުދިން ސުކޫލުނިމި ތިންކުދިން ތިބީ 3، 6، 9 ގައި، ކުލާހުގަ ތިބެނީ ދެޖިނސް އެކުގަ! އިންޝާއަﷲ އެކުދިންގެ ތަރުބިއްޔަތު ރަގަޅުވީމާ ގޯސްއަޑެއް ނީވޭ!
ހަމަ ސާބަސް ވަރަށް ތާއީދު އަހަރެނގެ ވެސް ތިބޭ 7 ދަރިން އެކަމު އެއްވެސް ގޯސް އަޑެއް ނާރާ
ބައެއް މީހުންނަށް ރަނގަޅު ކުއްޖަކު ތަރުބިއްޔަތު ވުމަކީ ހުތުރު އަޑެއް ނޭރުން
ކަމަށް ބުނާ މީހުންގެ ގާތުގައި އަންހެން ދަރި ބަނޑުބޮޑު ނުވަންޏާ ހަމަ އެންމެ ރަނގަޅު، އޭނަ ގެއަށް ރޮމުން ރޮމުން ނާންނަންޏާ އެންމެ ރަނގަޅު، ފިރިހެން ކުއްޖަކު މާރާމާރިއެއް ނުހިންގަންޏާ، ރޭޕު ނުކުރަންޏާ ހަމަ އެންމެ ރަނގަޅު.
ރަނގަޅު ތަރުބިއްޔަތުގައި ދަރިން ބޮޑުކުރުމަކީ އެ ކުއްޖާ ހެއްދެވި ފަރާތް އެނގުން އަދި އެފަރާތުން އޭނައާ ޙަވާލު ކުރެއްވި މަސްއޫލިއްޔަތުތައް ދަތުން އަދި އޭނަގެ ގާތަށް ފޮނުއްވުނު ރަސޫލާއަށް ތަބާވާން އެނގުން. އަދު މި ބޮޑެތިވާ ކުދިންނަށް ރައްބެ ރަސޫލެއް ފޮތެއް ނުދަނޭ، އެކަމަކު އެއީ ހަމަ ވަރަށް ރަނގަޅު ކުއްޖެއް، ބާރަށް އެއްޗެއްވެސް ނުބުނާނެ، އަތްވެސް އުފުލާ ނުލާނެ، ދިރިހުއްޓަސް މަރުވެފައިވާ މީހެއް.
??
މިއަށް ކިޔަނީ ހައްދު ފަހަނައެޅުންހެން ހީވަނީ. މީދެން ބޮޑުވަރު. ތިޔަވަރުން ސްކޫލަށް ދަރިން ނުފޮނުވާ ގޭގައި ކިޔަވައިދީބަލަ.
އެއް ޖިންސުން މީހުންނާ އިނުމަކީ މިހާރު އުޅޭ ލާ ދީނީ މީހުން މާ ތާއީދު ކުރާ ކަމެއް.
މީ މެދުމިން އިނގޭ! ކަލޭެން ހައްދުފަހަނައަޅާތިބެ ﷲ 7އުޑުމަތިން އެންގެވި އެއްޗެއް ނޭނގޭހާލު ވާހަކަ ނުދައްކާ
ފޮޓޯން ތިފެންނަ މަންޒަރު ބަދަލުވެގެން ނޫނީ މި ރާއްޖެ އަކަށް ހަމަޖެހުމެއް ނާންނާނެ. ދިވެހިން ތިބެންޖެހޭނީ ކަޅު ހެދުމަކު ނޫން.
ކަލޭތީ ހާދަ ގޮތެއްނެތް އިންސާނެކޭދޯ؟
މާތްﷲ ތެދުމަގުދައްކަވާށި އާމީން
ކެނެރީގޭ ނަސީދު ވެރިކަމުގަ އަމީނިއްޔާ މަޖީދިއްޔާ ސްކޫލުގަ ދެޖިންސް އެއްކޮށް ކިޔަވައިދޭން ފެށިކަން އެވެސް ވަރަށް ދެރަވި ކަމެއް.
ޢައްޑޫގައި ހުރި ސްކޫލަކަށް އައްނިގެ ވެރިކަމުގައި ހެދިގޮތަށް ތިތަނަށް ހަދާނެ. ޢިސްލާމިއްޔާ ސްކޫލްގެ ނަން ބަދަލުވީ އައްޑޫހައި ސްކޫލަށް. ބުރުގާގެ ބަދަލުގައި ސްކާޜޓް ލެވޭގޮތް ހެދި. ހުދުކުލައިގެ ބަދަލުގައި ދަނބުކުލަ ޔަށް ބަދަލު ކުރި. ދެޖިންސް އެއްކޮށް ކިޔަވަްިދޭންފެށި.
އިންޝާﷲ ނު
މީދެން މާ ރީތިގޮތެއްތަ؟ ދަރިވަރުންނަށް ތިޔަ ނޭއްގާނީ ޢަމަލުތައް ދެއްކުމުގެ ބަދަލުގައި ތިޔަ ވާހަކަ ޢަރަބިއްޔާގެ މެނޭޖްމަންޓަށާއި އެޑިޔުކޭޝަން މިނިސްޓަރަށް ލިޔުމަކުން ދެންނެވިނަމަ ކިހާ ރީތިވީސް!
އާޓިކަލް ނުކިޔާ ކޮމެންޓް ކުރާކަމަށް ބެލެވޭ
ނޭއްގާނީ ވަނީ ރަނގަޅު ކަމަކަށް އަޑު އުފުލީމަތޯ
ބިރެއްނެތި މަޖާ ކުރުން
އަންނި އާ އަންނިގެ ލާދީނީ ބައިވެރިން ރުޅި އަންނާނެ ތިޔަހެން މުޒާހާރާ ކުރަންޏާ. ކޯބްރާ އަދި ސަކިންދާ އަދި ސަކިންދާގެ ފިރިސޮރު ސޮމީމް ވެސް މެއެވެ.
ރަނގަޅު ޖީލެއް ބިނާކުރެވޭނީ އެޑިއުކޭޝަން މިނިސްޓަރު ހުރިގޮތަށް ހުރެގެންތޯއެވެ؟
ދެ ޖިންސު މަސްހުނި ނުކޮށް ބެހެއްޓީޔާ ނިކުންނާނެ ނަތީޖާ މާހިތިވާނެ.. އޭރަށް ސްކޫލު ނިންމާފަ ނިކުންނާނީ ފިރިހެންކުޅިން އާއި އަންހެންކުޅިން.
ޢިލްމު ނުލިބޭ ޖާހިލުން އެފާޑަށް އުޅެނީ. މިހާރު ފިރިހރންކުޅިންނާ އަންހެންކުޅިން އެ އުޅެނީ އެމީހުނަށް އިސްލާމުދީނުހެ ތަރުބިއްޔަތު ލިބިފަ ނެތީމަ. ޙަޔާތްކުޑަ ވާހަކަ ދައްކަން ލަދުކޮބާ؟ ﷲ އަށް ބިރުވެތިވެ އިއްފަތްތެރިވެ ހިލޭ އަންހެނުނާ ދުރުވެގެން ހުރި މީހަކު ފިރހެންކުޅިއަކަށް ވާނެގޮތެއް ކަލޭބުނެބަލަ؟ ޝައިތާނާއަށް އެފަދަމަިހަކު ހެއްލުންތެރި ނުކުރެވޭނެ. ބޯގޯސް ވާހަކަ ދައްކަން ނުހަދާ!
ރޯމާ ކާފަރުން އެއްޖިންސުން ގުޅުންހިންގަނީ ކުޑައިރުއްސުރެ ދެޖިންސު ވަކިކޮށް ރީތި އަދަބުތައް ދަސްކޮށްދީފައި އޮވެގެންތޯ؟
އަރަބިއްޔާގައި އުޅޭ ދަރިވަރުންގެ އަންހެން ޕޭރެންޓުން ފިރިހެނުން ނުފެންނަ ގޮތަށް އުޅެންވީ އޭރުން ހުރިހާ މައްސަލައެއް ހުންނާނީ ހައްލުވެފަ. އަދި ފިރިހެނުންނާއި ކައިވެނިވެސް ނުކުރުވަންނީ އޭރުން ދެޖިންސު މައްސުނި ނުވާނެ. އެކޮށް އަންހެން ފިރިހެން ވަކިކޮށްލާ. ދުވަހަކުވެސް މައްސުނި ނުވާގޮތަށް.
މީގެ މައްސަލައަކީ ހިލޭ އަންހެން ކުދިންނާއި ފިރިހެން ކުދިން މައްސުނިވުމޭ. ކައިވެނި ކުރީމަ އެމީހެއްގެ ފިރިމީހާ ނޫނީ އެމީހެއްގެ އަނބިމީހާ އަކީ ހިލޭ މީހުންނެއް ނޫން ދޯ
ﷲ އަންގަވާފަ އޮތީ ދެޖިންސު މަސްހުނި ނުވާން. ހިލޭ އަންހެންކުދިން ތަކަާއެކު މަގޭދަރި އުޅޭކަށް މަބޭނުމެއްނޫން. މަގޭދަރިއަށް ނަރަކައިން ތަންމަތި ތައްޔާރުކުރާކަށް،މަ،ނޭދެން. ށާފުވެއްޖެތަ ކަތުނޭ؟
މަންޖެމެން މޫނު ނިވާކުރީމަ މުދައްރިސުކަން ނުކުރެވުނޭ ކިޔާފަ ގޮވި އެތިވަރު ކޮބައިތޯ؟ މިހާރު ދެން ތިގޮވަނީ ދެ ޖިންސް ވަކިކުރާށޯ ބަލަ ކޮއިފުޅާ އެކަން އެކަމުގެ ވެރިފަރާތުންވަނީ ކުރައްވާފައި، ފޮރުވިގެން އެކަހެރިވެ ތިބޭ ވަކި ވަކި ޖިންސްގެ ތަފާތު މީހުން ކުރާ ކަންތަކަށް ރާއްޖޭގެ މަޝްރަޙުން ބަލާބަލަ އޭގެ ފަހުގައި އެތިވަރު ގޮވަން މަޑުކޮށްލާ
މީހުންގެ ހިޔާލަކަށްނޫން ބަލަންވީ. ބަލަންވީ ޤުރުއާނާ ސުންނަތް. ށައިތާނާ ދޭހާ ވަސްވާހެއް ހިޔލުކަމުގައި ބެލެވިގެނެއް ނުވާނެ
ކުދިންގެ ލަދުހަޔާތްކަނޑުވަން މަސްހުނިކޮށްފަ އޮންނަނީ. މިހާރު މިއުޅޭ ދީނީމީހުންބުނެބަލަ އެއްޗެކޭ މިކަމާ.
ފިރިހެންދަރިންނާ އަންހެންދަރިން ވަކިކޮށް ދެގެޔެއްގައި ގެންގުޅެންވީނު! މަގުތަށްވެސް ދެބައިކޮށް އެފަޅި އަންހެނުންނަށް އަނެއްފަޅި ފިރިހެނުންނަށް ހަދަންވީނު! ސުކޫލު ނިމުމާއެކު ދެޖިންސް އެކުގައި މަގުމަތީ އޮޅުލައި ، އުނގުޅި ، ކޮފީއަށްގޮސް ، ރޭގަނޑު ދަންދެބައިވަންދެން ބޭރުގައިއުޅޭ ، ރޭހަތަރުދަމު ދެޖިންސްއެކުގައި ކޮޓަރިތައްކުއްޔަށްހިފައިގެން ނާޗަރަންގީކުޅުނަސް ހެޔޮތަ؟ ސުކޫލުގައި ކުލާސްރޫމުގައި ދެޖިންސް އެކުގައިތިބުންތަ މައްސަލައަކީ؟ ބޮޑުވަރު
މި ހުރިހާކަމެއް ހައްލުވާނީI މުޖުތަމައުގެ އެންމެން ގުޅިގެން. މިހާރު ދެް މީހުން ނުބެހޭކަންތަކާ ނުބެހޭށޭ ކިޔާ ދޫކުރާތީ ގޯހުން ގޯހަށްދަނީ. ފަރުދީ ޒިނމާ ވަރަށް މުހިންމު
ކަމެއްގޯސްވުމުގެކުރިން އެކަމަށްފިޔަޅުއަޅާ އެކަންހައްލުކުރުމަށްގޮވާލުމަކީހައްދުފަހަނައަޅާ
ދިއުންކަމުގައިނުދެކުންރަގަޅުކަމެއްގޯސްވެދާނެކަމަށް އަޑުަުފުލުމަކީދަރިފުޅުސްކޫލަށްނުފޮނުވާ
ގޭގައިކިޔަވައި ދިނުމަށްގޮވާލުމަކީ ތަރުބިއްޔަތުކުރުމާ އަޚުލާގް ގޯސްވުމާގުޅުންހުރިކަމެއް
ކަމުގައި ނުދެކެން ގާނޫނާ.ގަވާއިދުހަދާ އެއަށްއަމަލުކުރަން އެދެނީ އެކަމުގެ ރަގަޅުގޮތް އެންމެހާފަރާތްތަކަށް ނޭގޭނެތީއެއްނޫން އެއްވެސްކަމެއް އެކަމެއްކުރަންވީގޮތްނޫންގޮތަކަށް
ކުރެވިއްޖެނަމަ ނިކުންނަނަތީޖާ ގޯސްވެދާނެގާނޫނާގަވާއިދުހަދަންޖެހެނީވެސްމިހެ ންވުމުން
ކަމުގައިދެކެނީ ދެޖިންސް މަސްހުނިވާގޮތަށްހުރުމަކީ ރަގަޅުކަމެއްނޫން އިސްލާމްދީނުގައި
ދެޖިންސްމަސްހުނިވާގޮތަށް ކަންތަށްނުބެހެއްޓުމަށްބާރުއަޅުއްވަނީ ކީއްވެތޯ
މިމީހުންނަށް ފިރިހެނުން ހިންގާ މަގުން ހިންގޭ ދޯ
ކަމޭމެންނަށް މުސްލިމް ގައުމުތަކުގަ އުޅެވޭ ދޯ؟
ޙިލޭފިރިހެނުންނާ އެކަހެރިވެ ޗެޓްކޮށް ކޮފީއަށް ގޮސްއުޅޭ އިއްފަތްތެރި އަންހެނަކު އުޅޭނެބާ؟ ބޮލުގަ ތެތްކަމެއްހުރިކޮންމެ މީހަކަށް އެނގޭނެ ނޫޅޭނެކަން. މިހެން އުޅެނީ އެމީހުން ބަލަހައްޓާނެ މީހުން ނެތީމަ ނޫނީ ލިބިފަހުންނަ ނުބއި ތަރުބިއްޔަތުން. މުޖުތަމައުން ފެންނަ ކަންކަން ކުދިން ކޮޕީކުރޭ އަބަދުވެސް. ނާސަރީގަ އުޅޭކުދިންވެސް ބިޓުން ނަގައިގެން.ޢެކުދިންނަށްqޥާއެއނުވާއެއްނޭނގުނަސް.... މިއޮތީ މުޖުތަމައު ވެއްޓިފައިވާ ދަށުދަރަޖަ ވަރަށްސާފު ދޯ
އަމިއްލަޔަށް އިންޑިޕެންޑެންޓް ޥެގެން އުޅޭ އަންހެނުންނާ، ކައިވެނިކޮށްގެން ހިލޭ އަންހެނުން ހޯދާ އަންހެނުންނާ ފިރިހެނުންނާ، ފިރިހެންކުޅީންނާ އަންހެންކުޅިންނާ މީދެންހަމަ އެކައްޗެއް! ﷲގެ ހުކުމްތަށް ބޮލާލާ ޖަހަނީ ތިބެގެން. ކިއްވެ؟ އުޅޭނެގޮތެއް ދަސްވފަ ނެތީމަ. ކުޑައިރުއްސުރެ ފެންނަ މަންޒަރާ އުޅެވޭ މާހައުލުން. ދެންވެސް ބުނޭ ދެޖިންސު މަސްހުނިކުރީމަ ފައިދާބޮޑޭ!
ކަޅު ހެދުން ލައިގެން ނުކުމެ މިތިބީ އަހަރެމެންގެ މިޖީލުވެސް ހަލާކު ކޮށްލަންތަ؟ ކުދިންކޮޅު ގޮވައިގެން ޕާކިސްތާނަށް ނޫނީ އަފްގާނިސްތާނަށް ދާންވީނު.
މިޒަމާނަކު ކިތަންމެ ދީނީ ތަރުބިޔަތެއް ދިނަސް ވާކަމެއް ނޯންނާނެ. މައިންބަފައި ކުރިމަތީ އެކުދިން ކިތަންމެ ބަސް އަހައިގެން އުޅުނަސް ރައްޓެހިންނާ އެކުގަ އެއުޅެނީ ހަމަބޭނުން ގޮތަކަށް. މީ ފެނިފަހުރި ކަންތަކޭ. ތީބޭކާރުކަމެއް.
ރީންދޫއިން ޖަރީވެފަ އޮތް ސަރުކާރެއްގަ ދީނަށް ކުރާ އިހްތިރާމް ނުވެސް އިނގޭނެ... ޖެއްސުމަށް އެއްޗެކޭ ބުނެވުނީމަ ވަރަާށް ވެފަ އެންނު ކޮމެންޓު އެއްޗިހި އެތަޅާލަނީ....އަމިއްލަ ދަރި މައްސުނިގަނޑުތެރޭ ބޮޑުކުރިޔަސް އަރަބިއްޔާއަށް ކުދިން ވައްދައިގެން އުޅޭ ޕޭރަންޓުންގެ ކޮންސާރންއަކީ ވަކި އެއްޗެއްދޯ! އެހެންނޫންނަމަ އެތާކަށްނޫން ދޯ ވައްދާނީވެސް!ދީނުގަ އޮންނަގޮތް ނޭންގޭތީކީނޫންދޯ ހަމަ މީހަކަށް އެއްޗެއް ގޮވާލާހިތުންދޯ
ދެން މިމީހުންގެ ފިރީން ކަނޑި ހިފާފައި ނުނުކުމެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު
ކުރިން އަމީނިއްޔާ ސްކޫލާ ،މަޖީދިއްޔާ ސްކޫލު އޮތީވަރަށް ރަގަޅަށް މިހާރު އެފަދަ ސްކޫލެއް ރާއްޖޭގައިނެތް މިހާރު އެދެސްކޫލްވެސް މަސްހުނު ކޮއްލައިފި ދެޖިންސްވެގެން ކުރިން ކިހާރީތި
ދެޖިންސް މަސްހުނި ނުކުރަން އޮންނަ ގުރުއާނުގެ އާޔަތެއް އޮވޭތަ؟
ސުންނަތަށް ބަލާބަލަ ދެލޯނަގާއިގެން
ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުންވެސް ހިލޭ ފިރިހެނުންނާ އަންހެނުން ތަޢުލީމު އުނގެނުމުގައިވެސް ވަކިވުމުގެ މައްޗަށް އެތައް ޙުއްޖަތްތަކެއް ވެއެވެ. عَنْ أبي سَـعِيْد رَضِيَ اللَّـهُ عَنْـهُ قَالَ: جَـاءَتِ امْـرأةٌ إلى اَلرسُولِ صَلىَّ اللهُ عَلَيْهِ وَسَلَّمَ فَقَالَتْ : يَا رَسُولَ اللَّـهُ، ذَهَبَ الرِّجَالُ بحَدِيثِكَ ، فَاجْعَلْ لَنَا مِنْ نفْسِكَ يَوْماً نَأتِيكَ فِيهِ، تُعَلِّمُنَا مِمَّا عَلَّمَكَ اللهُ ، فَقَالَ :اجْتَمِعْنَ فِي يَوْم كَذَا وَكَذَا، فِي مَكَانِ كَذَا وَكَذَا. فَاجْتَمَعْنَ، فَأَتاَهُنَّ رَسُولُ اللهِ صَلىَّ الله عَليْهِ وَسَلَّمَ، فَعَلَّمَهُنَّ مِمَّا عَلَّمَهُ الله، ثُمَّ قَالَ : مَا مِنْكُنَّ امْرَأَةٌ تُقَدِّمُ بَيْن يَدَيْهَا مِنْ وَلَدِهَا ثَلاَثَةً إِلاَّ كاَنُوا لهَا حِجَاباً مِنَ النَارِ. فَقَالَتِ امْرَأَةٌ مِنْهُنَّ : يَا رَسُولَ اَللهِ، وَاثْنَيْنِ؟ قَالَ: فَأَعَادَتْهَا مَرَّتَيْنِ ثُمَّ قَالَ: وَاثْنَيْنِ وَاثْنَيْنِ واثْنَيْنِ. {صحيح البخاري} އަބޫސަޢީދު ރަޟިޔަﷲ ޢަންހު ވިދާޅުވިކަމުގައި ރިވާވެގެންވެއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އަންހެނަކު އައިސް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ތިބާގެ ޙަދީޘްތައް އަޑުއެހުމުގައި ފިރިހެނުން ކުރިއަރައި ހިނގައްޖެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ތިބާއަށް އުނގަންނަވާ ދެއްވާފައިވާ ތަކެތި އަހަރެމެންނަށް އުނގަންނަވައިދެއްވުމަށްޓަކައި، ތިބާގެ ކައިރިއަށް ތިމަންމެން އަންނާނޭ ދުވަހެއް ހަމަޖައްސަވައިދެއްވާށެވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މިވެނި އެވެނި ދުވަހެއްގައި ތިޔަކަނބަލުން ޖަމާވާށެވެ. އެވެނި މިވެނި ތަނެއްގައެވެ.” ދެން އެބޭކަނބަލުން ޖަމާވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ﷲ ސުބްޙާނަހޫ ވަތަޢާލާ އުނގަންނަވާދެއްވާފައިވާ ތަކެތީން އެބޭކަނބަލުންނަށް އުނގަންނަވައިދެއްވިއެވެ. އޭގެފަހުގައި ޙަދީޘްކުރެއްވިއެވެ. (ޅަފަތުގައި) އެމީހެއްގެ ތިންކުދިން މަރުވެ، އެކަނބުލޭގެއާ ނަރަކައާ ދެމެދު ހުރަހެއްކަމުގައި އެކުދިން ނުވާ އެއްވެސް ކަނބަލެއް ތިޔަކަނބަލުންގެ ތެރެއިންނުވެއެވެ.” އޭގެތެރެއިން އަންހެނަކު ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ! ދެކުދިންވެސް ތޯއެވެ؟” އަބޫ ސަޢީދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އެކަނބުލޭގެ މި ސުވާލު ދެ ފަހަރު ތަކުރާރު ކުރެއްވުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ދެކުދިންވެސް ދެކުދިންވެސް ދެކުދިންވެސް” (މެއެވެ.)”
މި ޙަދީޘުން ދަލީލުކޮށްދޭގޮތުގައި އަންހެން ކަނބަލުންނަށް އިސްލާމްދީން އުނގަންނަވައި ދެއްވުމަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަނބަލުންނަށް ޚާއްޞަކުރައްވައިގެން ވަކި ދުވަހަކާއި ތަނެއް ހަމަޖެއްސެވިއެވެ. އަދި އުނގަންނަވައިދެއްވިއެވެ.
އެއްމަޖިލީހަކަށް އަންހެނުންނާއި ފިރިހެނުން އެއްކޮށްގެން ފިތުނައަށް މަގުފަހިވާގޮތަށް، ދީނީ ތަޢުލީމު އުނގެނުމުގައިވެސް ޢަމަލުކޮށްގެން ނުވާނެކަމާއި، ތަޢުލީމު އުނގަންނައިދިނުމުގައި 2 ޖިންސު ވަކިކުރަންޖެހޭނެކަން، ވަކިދުވަހަކާއި ވަކިތަނަކާއި ވަކިވަގުތެއް އެކަނބަލުންނަށް ޚާއްޞަކުރެއްވުމުން ދޭހަވެއެވެ. އެކަނބަލުންނަށް ވަކި ދުވަހަކާއި ވަކި ތަނެއް އަދި ވަކި ވަޤުތެއް ޚާއްޞަކުރުމުން ދެޖިންސު ތަޢުލީމުގެ ކަންތައްތަކުގައި ވަކިކުރުމަށް ބާރުލިބެއެވެ. އަދި ކިއެއްތަ ދީނީ ޢިލްމުކިޔެވުން މިމަގަށް ހުރި އިރު ދުނިޔަވީ ޢިލްމުތަކާއި އެހެނިހެން ފަންނުތަކުގެ ޢިލްމުތައް ކިޔަވާއިރު މިކަން މިގޮތަށް ކުރުން މާބޮޑަށް އައުލާވެގެންވެއެވެ. އެހެނީ ލަދުވެތިކަމާއި މަޑުމޮޅިކަން ވަނީ ދީނީ މަޖިލީސްތަކުގައެވެ.
http://shafiu.mv/241 .
ކީރިތި ރަސޫލާ 23 އަހަރުގެ ތެރޭގައި ޞަޙާބީންގެ ޖީލު ތަރުބިއްޔަތު ކުުރެއްވީ ހިލޭ ފިރިހެނުންނާއި އަންހެނުން 'މަސްހުނި' ނުވާ ގޮތަށް، އަދި އެ ޖީލު ވީ އުއްމަތުގެ އެންމެ ރަނގަޅު އެންމެ ޚުލުޤު ހެޔޮ ޖީލަށް. މުސްލިމުން ދުނިޔޭގެ ތަރައްޤީ ހޯދީ ޝަރީޢަތް ނެގެހެއްޓި ހިނދު ﷲ ރަޙުމަތާއި ވާގިފުޅުން.
ޣައިރު މުސްލިމުން މަސައްކަތް ކުރަނީ ހަމައެކަނި ދުނިޔަވީ ކުރިއެރުމަށް ނަަމަވެސް މުސްލިމުން ދެ ގުނަ މަސައްކަތް ކުރަން ޖެހޭނެ އެއީ ދުނިޔެއާއި އާޚިރަތް ހޯދުމަށް، އެކަން އޮތީ ޝަރީޢަތުގެ އެންމެހާ ކަމެއް ނަގަހައްޓަން މަސައްކަތް ކޮށްގެން.
މީހުން އެބަ ބުނޭ ދެ ޖިންސު ހެއްދެވިޔޭ، އެއް ރަޙިމަކުން ކުދިން އުފަންވާ ވާހަކަ ނުވަތަ މަދަރުސާތަކުގައި އިސްލާމީ ޝަރީޢަތް ނެގެހެއްޓުމުން 'ސަދޫމީން' އުފެދޭނެކަމަށް. -ސުބްޙާނަﷲ، ﷲ އެބައި މީހުންނަށް ﷲ މަގު ދައްކަވާށި -
އެއްޖިންސުން ކައިވެނިކޮށް އެ ޢަމަލަކީ ހުއްދަ އެއްޗެއްކަމަށް ހެދީ މުސްލިމުންތަ ނޫނީ ހުޅަނގުގެ ޤައުމުތަކުން ނޫންތަ؟ އެއް ރަޙިމަކުން އުފަންވާ ކުދިންނަކީ މަޙުރަމުންނެއް ނޫންތަ؟ ދެ ޖިންސު ހެއްދެވީ އަންހެނުންނާއި ފިރިހެނުން ﷲގެ އިސްމުފުޅުން ކުރާ ކައިވެނީގެ ޒަރިއްޔާއިން އެކީ ދިރިއުޅޭކަށް ނޫންތަ؟ އެހެންޏާ ޒިނޭ ކުރަންތަ؟!!! އެބައި މީހުންގެ ބުއްދި ފިލާ ދިޔާއި ކޮންތާކަށްތަ؟
ނަމާދުގައި އަންހެނުންނާއި ފިރިހެނުން ވަކިން ތިބެން ޖެހޭ. 'ޓޫ ބައި ޓޫ' ނެހެދޭ. އެއްބަނޑު އެއްބަފާ ދެ ކުދިން ވަކި ޢުމުރަކަށް އެޅުމުން ނިދާ ތަންމަތި ވަކި ކުރަން ޖެހޭ.
އަދުގެ ކިޔަވާދޭ މާޙައުލުތަކަކީ އެއްކުޖަކު އަނެއްކުއްޖަކާ ބެހި މައްލަވުކުރާ ތަންތަންކަމަށް ވާއިރު ދެ ޖިންސުގެ ކުދިން ވަކިކުރަން ޖެހޭ.
ބައެއް މީހުންނަށް ރަނގަޅު ކުއްޖަކު ތަރުބިއްޔަތު ވުމަކީ ހުތުރު އަޑެއް ނޭރުން ކަމަށް ބުނާ މީހުންގެ ގާތުގައި އަންހެން ދަރި ބަނޑުބޮޑު ނުވަންޏާ ހަމަ އެންމެ ރަނގަޅު، އޭނަ ގެއަށް ރޮމުން ރޮމުން ނާންނަންޏާ އެންމެ ރަނގަޅު، ފިރިހެން ކުއްޖަކު މާރާމާރިއެއް ނުހިންގަންޏާ، ރޭޕު ނުކުރަންޏާ ހަމަ އެންމެ ރަނގަޅު.
ރަނގަޅު ތަރުބިއްޔަތުގައި ދަރިން ބޮޑުކުރުމަކީ އެ ކުއްޖާ ހެއްދެވި ފަރާތް އެނގުން އަދި އެފަރާތުން އޭނައާ ޙަވާލު ކުރެއްވި މަސްއޫލިއްޔަތުތައް ދަތުން އަދި އޭނަގެ ގާތަށް ފޮނުއްވުނު ރަސޫލާއަށް ތަބާވާން އެނގުން. އަދު މި ބޮޑެތިވާ ކުދިންނަށް ރައްބެ ރަސޫލެއް ފޮތެއް ނުދަނޭ، އެކަމަކު އެއީ ހަމަ ވަރަށް ރަނގަޅު ކުއްޖެއް، ބާރަށް އެއްޗެއްވެސް ނުބުނާނެ، އަތްވެސް އުފުލާ ނުލާނެ، ދިރިހުއްޓަސް މަރުވެފައިވާ މީހެއް.
ވަރަށް ފުރިހަމަ!??
ޤުރްއާންގައި އޮންނަނީ ކާފިރު. ދިވެހިންމިކިޔަނީ ކާފަރުން. ކާފަރުންނޭ ކިޔަން2ނުކެރި ޣައިރުމުސްލިމުންނޭ ކިޔަނީ ކީއްވެތަ؟ ޤުރްއާނުގެ އެންމެ އާޔަތެއްގާވެސް ޣައިރު މުސްލިމް މިލަފްޒު އެބއޮތްތް؟ ޣައިރު މުސްލިމް، ޝިޔަޢީމުސްލިމް، ސުންނީމުސްލިމް، މީތަފާތުވައްތަރުގެ މުސްލިމުންތަ؟
ޤުރުއާނުގައި އޮންނަނީ 'ޖައްނަތާ'އި 'ނާރު'، 'ސުވަރުގެ'އާއި 'ނަރަކަ'އެއް ނޫން، ޤުރުއާނުގައި 'އިސްލާމުން' ނޯވޭ ނަމަވެސް އޮންނަނީ މުސްލިމުންނާއި މުއުމިނުންގެ ވާހަކަ. ޤުރުއާނުގައި ގައިމުވެސް އެބައޮތް ނޭނގެންޏާ އެނގޭ މީހުންގެ ގާތުން ސުވާލުކުރުމަށް. ރަސޫލާއަށް ތަބާވުމަށް. އެކަލޭގޭފާނު ކަމަކަށް ނިޔާ ކުރައްވާފިނަމަ އީމާނުގެ އަހުލުވެރިއަކަށް އެއްވެސް އިޚުތިޔާރެއް ނެތް ވާހަކަ.
ގުރުއާނުގައި ނަމާދޭ އޮވޭތަ؟
އެ ތަރުބިއްޔަތު ކުރެއްވި ޖީލު ކޮންފަދަތަ؟
"އެ ތަރުބިއްޔަތު ކުރެއްވި ޖީލު ކޮންފަދަތަ؟"
ތިބާގެ މަލާމާތް ހަމަ ރައްދުވާނީ ތިބާއަށް. ތި ފުރައްސާރައިގެ ޖަވާބު ހޯދުމަށް ޤިޔާމަތް ދުވަހަށް އިންތިޒާރު ކުރޭ! އޭރުން ނިކަން ޔަޤީންކޮށް ފެންނާނެ ﷲ ރުއްސުން ލެއްވި އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނާއި ޢަލީގެފާނާއި އަދި އެބަޔަކަށް ﷲ ރުއްސުން ލެއްވި މީސްތަކުން ކީރިތި ރަސޫލާ އަރިހުގައި ތިއްބަވާ މަތިވެރިކަން. ނަމަވެސް މީސްތަކުންގެ ތެރޭގައި އުޅޭ އިވުނު ނަމަވެސް ބީރު، ފެނުނު ނަމަވެސް ކަނު ވިސްނުނު ނަމަވެސް ޖާހިލު ބަޔަކު. އެމީހުން ގެރި ބަކަރިތަކެއް ފަދަ. ﷲ އަޅަމެންގެ ޣާފިލުކަން ފިއްލަވާށި.
އެ ސަހާބީން ދުވަހަކު ވެސް ކުށެއް ނުކުރާނެ ތަ
ނިކަން ސާފުތޯހިރުވާނެ. ވަކިބައްޓަމަކަށް ހޭނި ތަރުބިއްޔަތު ވެފަ ތިބޭނީ. ރުޅިއެއް ހަރުކަށިކަމެއް އނިޔާވެރިކަމެއް ބިރުދެއްކުމެއް ނުހުންނާނެ
ޞަހާބީންނަކީ މަލާއިކަތުންނޭ މީހަކު ނުބުނޭ.
1. ބަދުރު ހަނގުރާމައިގައި ބައިވެރިވި ބޭކަލުންގެ ފާފަތައްވަނީ ﷲ ފުއްސަވާފައި
2. ޢާއްމުކޮށް ހުރިހާ ޞަޙާބީން ޝާމިލުވާގޮތުގައި ﷲ ރުއްސުން ލެއްވިކަމަށް އަންގަވާފައިވޭ
3. ޞަޙާބީންނަށް ބަދުބަސް ނުބުނުމަށް ކީރިތި ރަސޫލާ އުއްމަތަށް ވަޞިއްޔަތްކުރެއްވި
4. މީހަކަށް ރަނުގެ ފަރުބަދައެއް ލިބިފައި އެ ހުރިހާ މުދަލެއް ﷲގެ މަގުގައި ހޭދަކުރިނަމަވެސް ޞަޙާބީއަކު ﷲގެ މަގުގައި ހޭދަކުރި އަތްގޮށްޓެއްގެ މިންވަރާވެސް އެއްފަދަ ނުވާނެކަން ބަޔާންވެފައިވޭ
ތިމާ ތިމާއާ އަރާ އަރަފޯދިގެންނުވާ މީހުންނަށް ފުރައްސާރަކުރުމުގެ ބަދަލުގައި ތިމާގެ އަމިއްލަ ނަފުސް ހެޔޮ މަގަށް އަނބުރާ ގެނައުމަށް އިސްކަންދީ
އެމް.ޑީ.ޕީ ސަރުކާރެއް ހަމައަންނައިރަށް އަރަބިއްޔާއަށް ހާދަ ދުއްޕާނެއް ކުރެއޭ!
މީގެ ކުރިން އަރަބިއްޔާގެ ބިމުގައި ފުލެޓެއް އަޅާފަ އަރަބިއްޔާ މަގުމަތިކޮށްލީ އެއްވެސް އިނާރާތެއް ނެތި!
އަދި އރަބިއްޔާގެ ބަޖެޓުން ލާދީނީ މީހެއްގެ ކޮލެއްޖެއް ހިންްގައިފި..
ކިހިނެތްވެގެން ތިއުޅެނީ..އަހަރުމެން މަގުމައްޗަށް ނެރެން ނޫޅޭ..
ކަލޭމެން ވެރިކަން ކުރިޔަސް އަހަރުމެންގެ ދީނާ ޤައުމާ ނުކުޅެ ވެރިކަން ކޮށްބަލަ! ކިހާ ބޮޑު ބލއެއްތަ!
ވަގުތުންވެސް މިކަހަލަ ކޮމެންޓެއްވިއްޔާ އޮށްބާލާނެ.
ތިކަމާ މަދެކޮޅު، އެމްޑީޕީ ސަރުކާރުން ޢަރަބިއްޔާ ސްކޫލުގެ އާއިމާރާތުގެ މަސައްކަތްވެސް ފެށީ، 2005 ވަނަ އަހަރުވެސް ތިޔަ ކުރީގެ ޢަރަބިއްޔާ ޢިމާރާތް ހުރީ ހަލާކުވެގެން ފައިބަފައިބާ
ޖާހިލިއްޔަތުގެ ތަރުބިއްޔަތުން މަސްހުނިފިލުވައިގެން ތަރުބިއްޔަތު ކުރި އެއްވެސް ދަރިވަރެއްގެ ފަރާތުން އިންސާނިއްޔަތަށް ދުނިޔެއަށް ކުރި ފައިދާއެއް ދައްކަބަލަ. އޭގެ ތެރޭންވެސް ފޯރާ މީހެއްގެ ދަރިއެއް ނަމަ ފޮނުވަނީ ލަންޑަނަށް ނިއުޔޯކަށް. މިޖެހެނީ ކޮންތާކު؟
ރައްޔަތުންގެ ފައިސާއިން ޚަރަދުކޮށްގެން ހެނދުނު ނާސްތާދީގެން 7 ފޫޓު ބިޔަ އައިސިސް ފާޑު މީހުން މިރާއްޖޭގައި އުފައްދާނެ ކަމެއް ނެތް. ދަރިންކޮޅު ގޮވައިގެން ސީރިޔާއަށް އަވަސްގޮތަކުން ދާންވީ.
މިސަރުކާރުން އަރަބިއްޔާ ފުނޑަން ވ.މަސައްތްކަތް ކުރޭ. ކުރިމަތީހުރި ސްކޫލަށް ވެސް ދަނީ ހަމަ ދިވެހި ދަރިން .އަރަބިއްޔާ ސްކޫލަށް ވެސް ހަމަ ދިވެހި ދަރީން.މަގުމަތިން ދާއިރު ބަލާ މީހަކަށް ފެންނާނެ މިސްކޫލް ތަކުން ގެ ސްޓަރަކްޗަރ ގަޑުން ވެސް ސަރުކާރުން އިހުމާލު ވެފަ އޮތްމިންވަރު. ޢަރަބިއްޔާ ސްކޫލު ގެ ބޭރު ފާރުން އެހެރީ ފެންނަން ....ތިބޭފުޅުން އެމަގަށް އަރައިފިއްޔާ ބައްލަވާތި..
ޢެޑިއުކޭށަން ގެ ދަށުން ހިނގާ2ސްކޫލް މީ. ލަދުވެތި ކަމެއް ސަރުކާރުން ކޮއްފަ އިން...
ކާކު ދަސްކޮށްދޭ ސުންނަތަކަށްތެ އަމަލު ކުރަންވީ؟ ތީގެ ތެރޭން ދޭއްޗެއް އެއްގޮތަކަށް ބުނާ މީހަކު އެބަ އުޅޭތޭ؟
ދެ ޖިންސް އެކުގައި ސްކޫލުގައި ކިޔަވާ ނިމުމުން އޮފީހުގެ މާހައުލުގައި އަދި އާދައިގެ ދިރިއުޅުމުގެ މުޖްތަމައުގައި ގުޅިގެން އުޅެން ފަސޭހަވާނެކަން އެއީ އެނގެން އޮންނަ ކަމެއް. އޮފީހަށް ނޫނީ ބޭރުތެރެއަށް ނުނެރެ ފިރިމީހާގެ ބަނޑުދަށުގައި ގެންގުޅެން ބޭނުންނަމަ ސްކޫލުތަކަށް ފޮނުވާނެ ކަމެއް ނެތް.