އާއިލީ ބައްދަލުވުމަކަށް ކ.މާފުށީ ޖަަލަށް މަސްތުވާތަކެތި ހިފައިގެން ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފައި ވަނީ، އިއްޔެ ހެނދުނު 10:30 ހާއިރު ކަމަށެވެ.

އޭނާއަކީ އާއިލީ ބައްދަލުވުމަށް މާފުށީ ޖަލަށް ދިޔަ 27 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައި، މަސްތުވާތަކެތި ހުރިކަމަށް މާފުށީ ޖަލުން، މާފުށީ ޕޮލިސް ސްޓޭޝަނަށް ދިން މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެނެސް ބަލައިފާސްކުރިއިރުއެވެ. ފުލުހުން ވިދާޅުވިގޮތުގައި، އެ މީހާގެ އަތުން މަސްތުވާ އެއްޗެއްހުރި ހުރި ތިން ސެލޯފިން ކޮޅާއި، މަސްތުވާ އެއްޗެއް އަޅާފައި ހުރި ތިން ރަބަރު ކޮޅާއި، މަސްތުވާ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މީހާގެ ބަންދަށް 13 ދުވަަސް ޖަހާފައިވާއިރު، އެ މައްސަލަ އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ބޯހަޅާކް

  ތިކަޅޭގެ ވަޅު ދޮރޯށިން ދޫކޮއްޅާ ދުވަހަކުވެސް މިގައުމަކުން ތިވަބާ ސަޅާމެއް ވާނެތޯ އަނެއްކާ ތިއަތުޅާ ޑުރަގު ކޮބާއިތޯ ތިޔަތް ހަދާގޮތެއްވެސް ބަޅަން ވެއްޖެ ނޫންތޯ

 2. ގަންޖާ

  އާއިލީ ބައްދަލުވުން ބާއްވާއިރު “ހަދިޔާ” ގެންދިއުމަކީ މިރާއްޖޭގައި ކުރިންވެސް ގެންގުޅަމުންއައި ރީތި އާދައެއް!

 3. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  އާއިލާ ކުދިންނަށް ވިޒިޓްކުރާއިރު ކޮންމެސް ހަދިޔާއެއް ހިފައިގެން ދިއުން އެއީ ވަރަށް ޖަޒީރާވަންތަ ސިފައެއް.

 4. ައަނގަ ބޮޑޭ

  މީ ކޮން ޖިންސްއެއްގެ މީހެއްކަންވެސް ނުބުނެވެނީބާ؟ މަގުމައްޗައް ކުނިއަޅާ މީހާ މާ ނުރައްކާތާ!!!!!!

 5. ކޮތަރު އިމްރާނު

  އިންސާނިއްޔަތަށްޓަކައި ދޫކޮށްލާ!

 6. ?

  .މަގުމައްޗަށް ކުނިއަޅާމީހުންގެނަން ހާމަކުރެވޭ މި މީހާގެ ނަމެއް ހާމަކުރާކަށް ނުކެރުން