ޑިސެމްބަރ މަހު ބަންގްލަދޭޝްގައި އޮތް އާއްމު އިންތިޚާބުގައި ކެމްޕޭން ކުރުމާއި އިންތިޚާބުގައި ވާދަކުރުން ވެސް އިދިކޮޅު ގިނަ ކެންޑިޑޭޓުންނަށް މަނާކޮށްގެން ބޭއްވި އިންތިޚާބު ކާމިޔާބުކުރި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއަށް ދިވެހި ސަރުކާރުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ދިވެހިރާޢްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަ ސަފީރު އައިޝަތު ޝާން ޝާކިރު ވަނީ ހަސީނާ އާއި ބައްދަލުކޮށް ދިވެހިސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ފަރާތްޕުޅުން މަރުޙަބާ ދަންނަވާފައި ކަމަށް ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން މައުލޫމާތު ދެއްވައެވެ.

ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން ވަނީ ހަސީނާ އާއި ޝާން ބައްދަލުކުރައްވާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ޓްވީޓް ކޮށްފައެވެ.

ހަމަނުޖެހުން ބޮޑުވި އިންތިޚާބަށް ފަހު ހަސީނާ ވަނީ ބޮޑުވަޒީރު ކަމުގެ އާދައުރެއްގެ ހުވާ މިމަހުގެ 07 ވަނަ ދުވަހު ކޮށްފައެވެ.

އުމުރުން 71 އަހަރުގެ ހަސީނާ އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ވޯޓް ލާން ފެށިއިރު ވެސް ބައެއް ވޯޓް ފޮށިތައް ހުރީ ސަރުކާރު ކެންޑިޑޭޓުންނަށް ފާހަގަ ޖަހާފައިވާ ކަރުދާސްތަކުން ފުރާލާފައެވެ.

ހަސީނާގެ ޕާޓީ އިން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން 288 ގޮނޑި ކާމިޔާބު ކޮށްފައެވެ.

އިންތިޚާބުގެ ކެމްޕޭން ތެރޭގައި އިދިކޮޅު ގިނަ ބަޔަކު ހައްޔަރުކުރިއެވެ. އިންތިޚާބު އޮތް ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ވެސް 17 މީހުން މަރުވިއެވެ.

އދ.އާއި ޔޫރަޕިއަން ޔޫނިއަން އަދި އެމެރިކާ އިން ވެސް ވަނީ ބަންގްލަދޭޝްގެ ހާލަތާއި މެދު ކަންބޮޑުވުން ފަޅުކޮށް ބަޔާންތައް ނެރެފައެވެ.

ނަމަވެސް ބަންގްލަދޭޝް އަކީ އިންޑިއާ އިން ރުހޭ ގޮތައް ކަންތައް ކުރަމުން އަންނަ ގައުމަކަށް ވާތީ މިސަރަހައްދުގެ ގައުމުތަކުންގެ ތާއީދު ބަންގްލަދޭޝް އިން ކުރާ ކޮންމެ ކަމަކަށް އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ވެއްޓޭނެ

  ވޯޓު އޮޅުވައިލުމުގައި ރަންވަނައިގާ ހޮވޭނީ ދިވެހިރައްޖޭގެ 2018 ވަނައަހަރުގެ ރިޔާސީ އިންތިޚާބެވެ. ޔާމީނަށް ލިބުނު ވޯޓުން 40000 ވޯޓުވަނީ ވަގަށް ނަގާފައެވެ. އެހެންވީމާ ވޯޓުވަގުން ވޯޓވަގުންނަށް މަރުޙަބާކިޔަންވާނެއެވެ.

  • ??

   .ހާދަމޮޅޭ ހަމަ 40000 ވޯޓުތަ?

   1
   1
 2. ރާއްޖެ

  މިވެސް ގައުމު އިންޑިއާއަށް ވިއްކާލައިގެން އުޅޭ އަންހެނެއް..

 3. ޖަހާންގީރު

  އެހެންތާވާނީ '' މި ބުނީ ލަނޑަޔާވާނީ ލަނޑަޔާއޭ ''

 4. ފޯއްބެ

  ވަގުންގެ ފޮށި ބާރަށް ބަނުމަކީ ވަރަށް ޢާއްމު ކަމެއް...

 5. ހައްޖަ

  ވޯޓްއޮލޅުވާލަން ޔާމީނު ވަރައްމަސަކަތްކުރި އިރާދަކުރެއްވަޔާ އެކަމެށް ޔާމީނަކަށްނުވާނެ ތާއީދެއްނެތް

  • ދިިރާސާ

   އޭ ކަންޖާ ވޯޓް އޮޅުވާލަން އުޅުނީ ޔާމީނެއްނޫން ވޯޓް އޮޅުވާލިމީހުން އެތިބީ ވެރިކަމުގަ އިރާދަ ކުރެއްވިއްޔާ ލަސްތަކެއްނުވެ އެކަމުގެ ވޭނާއިހިތާމަ އެމީހުން އުފުލަންޖެހޭނެ މާތްކަލާނގެ އެބައިމީހުންނަށް އެކަމުގެ ޙައްޤު ޖަޒާދެއްވާށި އާމީން

   2
   2
   • ރަނޭޝް

    އާމީން

 6. ކހ

  ތި ބަންގްލަދޭޝް މީހުންނަކީ މުޅި ދުނިޔެއަށްވެސް އޮތް މުސީބާތެއް.

 7. ޣެރި

  މެލޭސިޔާގެ ނަޖިިބު މަތިން ވަރަށް ހަނދާން ވޭ

 8. ނަޖްވާ

  ވަރަށް އޮބި ހިނިތުންވުމެއް ދެ ބޭޅުންވެސް!

 9. ކެޔޮނިރު

  ވެރިކަންކަން ކާމިޔާބުކުރީ ވޯޓުން ދެން ލަލަލަ....

 10. ނުރަބޯ

  ކެކެކެކެ ތިޔާބުނީ ތެދެއް. ވޯޓުވަގުން ވޯޓުވަގުންނަށް މަރުޙަބާކިޔާނެ.

 11. ޖޮއްބެ

  ހަސީނާވެސް ދަސްކުރީ އީސީ ސަރިއްޕެ ކައިރިންނޯ.