ތ. ތިމަރަފުށީ ޑޮމެސްޓިކް އެއަރޕޯޓަށް، ފުރަތަމަ ފަހަރަށް ރޭގަނޑު މަތިންދާބޯޓެއް ޖައްސައިފިއެވެ. މި ބޯޓު ޖައްސާފައިވަނީ ދާދި ދެންމެއަކުއެވެ.

ތިމަރަފުށީ އެއަރޕޯޓަށް އެންމެ ފުރަތަމަ ރޭގަނޑު މަތިންދާބޯޓެއް ޖައްސާފައިވަނީ ޤައުމީ އެއަރލައިން، "މޯލްޑިވިއަން" އިންނެވެ.

މި ފްލައިޓުގައި ދައުލަތުގެ ވަޒީރުންނާއި، މޯލްޑިވިއަންގެ ވެރިން އަދި ނޫސްވެރިންވެސް ދަތުރުކޮށްފައިވެއެވެ.

ތިމަރަފުއްޓަށް ފުރަތަމަ ޖެއްސި ފްލައިޓުން އެކި ފަރާތްތައް ފައިބައިވަޑައިގަންނަވަނީ- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އެއަރޕޯޓުގެ ރަންވޭގައި ހަރުކޮށްފައިވާ ލައިޓްތައް ރަސްމީކޮށް އިފްތިތާޙުކޮށް ދަތުރުތައް ފަށާފައިވާއިރު، ދެން އެ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ކުރާނެއެވެ. މީގެ ކުރިން ދަތުރުތައް ކޮށްފައިވަނީ ހަމައެކަނި ދުވާލުގެ ވަގުތުގައެވެ.

މި އެއަރޕޯޓަކީ 2013 ވަނަ އަހަރު ރަސްމީކޮށް ހުޅުވާފައިވާ އެއަރޕޯޓެކެވެ. އެގޮތުން އެއަރޕޯޓު ހުޅުވައިދެއްވީ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު އޭރުގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކެވެ.

ތިމަރަފުށީ އެއަރޕޯޓަށް ރޭގަނޑު ފްލައިޓް ޖައްސަން ފެށުމުގެ ތެރެއިން- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ތިމަރަފުށީ އެއަރޕޯޓުގެ ރަންވޭގައި ލައިޓް ހަރުކުރުމަކީ ކުރީގެ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަމަސި

    ރައީސް ޔާމީން ސަރުކާރުގެ މަސައްކަތް ލައިޓްތައް ހަރުކުރުން

  2. ބޮކި

    ޔާމީންގެ ފަސްއަހަރު ނުވިކަމެއް އެއޮތީ ކޮއްފަދޯ. !

  3. ހެބަލިވޭ

    ޝިދާތާގެ މަހްރަމުން މިހާރު ހާދަ ގިނައޭދޯ. ކުރިން އަތާއަތް ޖޯދުކޮއް ހިލޭ ފިރިހެނުނާއި ސަލާމް ކުރުން މީނާއައް ހަރާމް ވެފަ މިހާރު ހަލާލުވިގޮތެއް ބުނެދީބަލަ. މިކަމަކީ ހަރާމް ކަމެއް ކޮންމެ މީހަކު ކުރި ކަމުގައި ވިޔސް

  4. މޯދީ

    ސަޅި ދޯ 100 ދުވަސް ހަމަ ނުވަނީސް

    މިއޮތީ އެއަރޕޯޓެއް ނިންމާލާފަ ރޭގަނޑުވެސް

    ފްލައިޓް ޖެއްސެނީ؛؛

  5. އަހުން

    ޝުކުރިއްޔާ ރައީސް ޔާމީން ތިޔައީ ގައުމުދުއް ތަރަށްގީގެ ބާނީ.