ޒިނޭ ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިތްވަރު ދިނުމުން ދީނީ އިލްމުވެރިޔާ އައްޝައިހް އަލީ ޒައިދު ނަޝީދުގެ ނަން ވިދާޅުނުވެ ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ޒައިދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މީހުން ލާދީއޭވެސް ބުނަނީ ހަމަ ބުނާން ވެގެން" ކަމަށެވެ. އޭނާ ވިދާޅުވީ އިންސާނެއްގެ ހިތް ފަޅައިގެން ނުބެލި ނަމަވެސް އެމީހަކު އަބަދު ދައްކާ ވާހަކައާއި އަމަލުން އެމީހަކީ ކޮން ޒާތެއްގެ ކޮން ފިކުރެއްގެ މީހެއް ކަން ދެނެގަވޭނެ ކަމަށެވެ.

ޒައިދު ކުރި އިތުރު ޓްވީޓެއްގައި ވިދާޅުވީ ޒިނޭ ކުރުމަށް ބާރު އަޅާ ނުވަތަ ޒިނޭކޮށް، ނަހަލާލަށް ބަނޑު ބޮޑުވުމަކީ ކުޑަކަމެއް ކަމުގައި ދައްކައި ހެދުމަށް މުޖުތަމަޢގައި ވާހަކަ ދައްކާ އުޅޭ ފަރާތްތައް ﷲ އަށް ބިރުވެތިވުމަށް ގޮވާލައްވާ ކަމަށެވެ. "ދުލަކީ ވަރަށް ބޮޑު ނިއުމަތެއް. ޕަބްލިކްގައި މުޑުދާރު ވާހަކަތައް ދައްކާނީ ވަރަށް ގޮތެއް ނެތީމަ" ޒައިދު ވިދާޅުވިއެވެ.

ކެމްޕޭން އެއްވުމެއްގައި ނަޝީދު ވިދާޅުވީ ކައިވެނި ނުކޮށް ދަރިން ހޯދާ މައްސަލައަށް އޮތް ހައްލަކީ ކުއްޖާގެ މަންމަ އަށް ބާތު ކޮންޓްރޯލް ކުރެވޭ ގޮތް ހެދުން ކަމަށެވެ. ނަމަވެސް މިހާރު އޮންނަ ގޮތުން ކައިވެނިނުކޮށް ތިބޭ އަންހެނުންނަށް ބާތު ކޮންޓްރޯލް ނުކުރެވޭ ކަމަށާއި އެއީ އެކަން އޮންނަންވީ ގޮތް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު އެބަ ދަން ވަރަށް ގިނަ ކުދިން ވިހާތަނަށް. ކޮންމެ ފަހަރަކު އެބަ ބުނޭ އެހެނެއް ނުހެދޭނެއޭ. ކައިވެނި ކޮށްގެންނެއް އެހެން ހެދޭނީ. ދެން އޮތް ގޮތަކީ އަޅުގަނޑު އެއިން މީހަކާއި އިނުން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކައިވެނީގެ ބޭރުން ދަރިން ހޯދަނީ ފިރިހެން މީހާގެ ވެސް ބޭވަފާތެރިކަމެއް އޮވެގެން ކަމަށެވެ. ނަމަވެސް އެކަމަށް އޮތް ހައްލަކީ އަންހެނުން ނުވިހާ ގޮތް ހެދުންކަމެއް ނަޝީދު ވިދާޅުވިއެވެ.

"ކައިވެނީގެ ބޭރުން މިކުއްޖެއް މިހޯދަނީ. އެކަމަށް ހައްލެއް ގެނެވެން އޮތީ ނުވިހާ ގޮތް އަންހެން މީހާ ވެސް ހަދައިގެން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ރޭ ދެއްކެވި ވާހަކަފުޅަށް ވަރަށް ގިނަ އިލްމުވެރިން ގެންދަވަނީ ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ހަނު

    ކަލޭމެން ކުރުވަކަންތައް މިޖައްޖާލުރާޖެގެނަސް އަރުވީ ހަމަ ކަލޭމެންގެ ތެރެއިން މީހުންނުކުމެ އަނިޔާވެރިސަރުކާރު ކިޔައިގެން ކުރިންއޮތް ސަރުކާރު ވައްޓާލާ މިސަރު ކާރު ގެންނަންފަށައިގެން ނޫންތޯ ކުރިންވެސް މިއީދަންނަ މީހެއް ނޫންތޯ. ކަނޑައެޅިކެން އެގޭ އިސްލާމްދީނަށް ފުރަސްތާރަކުރާމީހުން ނާގުޅުން ހުރި މީހެއްކަން މިއީ.

  2. Anonymous

    ޜައީސް ނަށީދުގެމައްސަލަޔަކީ މީހާޔާށްވުރެން ބޮޑު އަނގަޔެއް އޮތުން

  3. އަސް

    ކޮބާ އިސްލާމިކް މިނިސްޓްރީ އަގައިވެސް ނުބުނެ ހަމަހެޔޮވަރު މީނާ ވެއްޖެއްނު މިހާރު މުރުތައްދު ވީކަމަށް ބަލާ ހައްދު ޖަހަން

    • ފަރީދާ

      އޭނަ އެހެރީ ރިވިއު ކޮށްފަ. އޭނަ ކިޔާނެއެއްޗެއް ކިޔޭނެ ބޯނެއެއްޗެއް ބޮވޭނެޔޯ

  4. ނަިނު

    ކައިގެން ބޮިއިގެން އެހުރީ އަމަލު އަރާފަ އޭ މީސްތަކުން ނޭ މިސޮނިބެއައް ވޮޓް ދިންމީހަކުވެސް ހަލާކުގެތެރެއަށް ހިގައިދާނެ ހަދާންކުރާތި

  5. ޢާދަނު

    މީނާޔަކީ ހަމަ ލާދީނީފިކުރުގެމީހެތް އިބޫ ވެސް އެންމެފަހުން ހަލާކުގެތެރެޔައްވައްޓާލާނެ މީނަ ގެ ދުލުގެނުބައިކަމުން

  6. ޖުންދުﷲ

    މީނާ އަކީ ގައިނޮކޮލޮޖިސްޓެއް....އަންހެނުން ގެ ޑޮކްޓަރަށް ބޮޑަށް އިނގޭނީ....ބޮޑު ކާފަރު

  7. ނޫނީ

    އެސޮރު އެބުނަނީ އެމީހުން ވިހާތަނަނައް ގޮސް ވިއްސުމުގެ މަސައްކަތު އުޅޭ ވާހަކަ ވިހަވަގުތު މީނައަކައްނޭގޭތަ އޮޕަރޭސަން ކޮންލާކައް އިގޭނެ މިފަހަރު ިގިރޭސި ވިޅާތު ހުރި ދުވަސް ކޮޅު އެބުނާ ބާތު ކޮންތްރޯލް ގެނަިނަމަ ކިހާރަގަޅު

  8. ޖިންނި

    އެ ނަޝީދަކީ ބޮޑު ކާފަރެއް ބުނާނަން ބުނަން ކެރޭނެ !

  9. ޝާތިރު

    ޝޭޚް ތިހެން ނުބުނޭ ސަރުކާރު ބަލިކަށި ވެދާނެ! އާނ ކޮންމެ ހެން ވެސް މިސަރުކާރު ދެމެހެއްޓުމަށް ތިޔަ ޝޭޚް ބޭނުން ފުޅު ވެ ވަޑައިގަންނަވާށެވެ!!!

  10. ޖޮއްބެ

    ބަލަ އެވަރުގެ މީހަކު ނެތިގެން ކަލެއާ އިޔާޒާ ދޭތި ތެޅިބޭލިތަން އަހަރެމެން ދުށިން ދެން މިހާރު ކޮން ފޯ** ތިޔަކިޔަނީ....؟؟؟

  11. ބޮކި

    ޔާމީން ވެރިކަމުގައި ލާދީނީ ވާހަކަ ދެއްކުމުން އެއްވެސް މައްސަލަ ނެތް ދޯ !

  12. ދުރުމި

    މަށައް ފެއްނަނީ ނަޝީދުބުނަންވީ އޭނަގެ ސަޕޯޓަރުންކާރި އަލަށް ކާވެނި ކުރާ ކޮންމެ ދެމީހަކުވެސް އިނުމުގެ ކުރީން ތިމަންނަ ޓެސްޓްކޮއްފައޭ އިދެވޭނީ އެއީ އިންޑިޔާގެ އޮންނަ ކޮންމެވެސް މަޒުހަބެއްގެ ސްޕްރީމް ލީޑަރ މިކަލޭގެ ޓެސްޓް ކުރީމަ ކަމަށްވަނީ ދެމީހަކު އަލަށް ކާވެނި ކުރެވެނީ. ޔަގީނުންވެސް ނަޝީދު ބުނެފިއްޔާ އައްނިގެ ސަޕޯޓަރުން އެކަންކުރާނެ.

  13. ޔޭސް

    އިލްމުވެރިން ރާއްޖެ ފަސާދަކުރެޔޭ ބުނަނީވެސް ބުނަންވެގެން ކަން ޒައިދަށް އެގިއްޖެތޯ ވިސްނިއްޖެތޯ
    ވިސްނުއެއްޗަކީ ހަމައެކަނި ލާދީނީއޭ ބުނަނީ ބުނަންވެގެންތޯ
    ދެންވެސް ހޭއަރާފިއްޔާ ރަނގަޅު ތިއިލްމުވެރިން

  14. ނަން

    ބޮކި ކަލޭ އަކަށް ނޭގޭތަ ކޮންމެ ސަރުކާރަކަސް ނުބަައި ވާހަކަ ދަައްކަންޏާ ނުބައިވާނެ.

  15. ކިހާދެރަކަމެއް

    ޒައިދު އަކީ ނަޝީދު ގެ ބައިވެރިއެއް، ކުރިންވެސް މިކަން އިނގި އެނގި އުރި ހާލު، މި މީހުން ނަޝީދު މިނިވަން ކޮށް ގެނެސް ރައްޔިތުންގެ ތެރެއަށް ނެރުނީ، ނުވިސްނޭ އިލްވެރިން، ނުވަތަ ވިސްނޭ ހެނަސް އަމިއްލަ ފައިދާ އަށް ދީނައް ވުރެ ދުނިޔަވީ ކަންކަން އިސްކުރާ އިލްމުވެރިން ނަށް ވުރެ ޖާހިލް ބަޔެއް ނުވޭ.

  16. ދިވެއްސެއް

    މީ ޒައިދުގެ ފެންވަރު ހުރި ވަރަކީ. ﷲ އަށް ބިރުވެރިވުމަށް ގޮވާލާފަ ހުދް ތިމާއަށް ވެސް ނުކެރުނު ނަޝީދުގެ ނަން ބުނެލާކަށް. ތިމާ މި ބިރުގަންނަނީ ކާކުދެކެބާ؟ އިލްމުވެރިން ތިއަށް ވުރެ ހިތްވަރުހުންނަން ޖެހޭނެ. ނަޝީދުއަށް ހިތްވަރުލިބޭ ކޮންމެ އެއްޗެއް ބުނާއިރު ތަންމިނަން އަނގަހުޅުވާ ނަޝީދުގެ ނަން ބުނޭ. އެކަމަކު ކުފުރުބަހެއް ބުނީމަ ހަރާމުން ހަރާން. ތި ކަހަލަ އިލްމުވެރިން އަނޑުމަޑުން ލައިގެން ހުރިއްޔާ މާ ތާހިރުވާނެ.

  17. އަޙުމަދު

    އައެއްކާއަނެކަކު މޮޔަގޮވަންފެށީ. ބަލަ ކަލޭމެންނޫންތަ ތިވާހަކަތައްދައްކަން މަގުފަހިކޮށްދިނީ. ރައްޔިތުން މޮޔަހައްދަން ނޫޅެބަލަ.

  18. މުހައްމަދު

    ތިޔަހުރީ ޖަހާލަތުގެ އަނދިރީގަ އަދިކިރިޔާތޯ ހީވީ ހުރިނުބައިކަން ދެކިބަލަ އޭރުވެސް މިހާރުވެސް ފަހުންވެސް އެކަލޭގެޔަކީ އެކަހަލަ ސޮހޮލެއްކަން އެނގިތިބެ އެމީހުން ނަގާކޮނޑަށްލީ މިއަދު ކޮންވާހަކައެއް ދައްކާކަށް މިގައުމު މިނުބައި ހަލާކުގެތެރެޔަށް އެއްލާލީ ހަމަ އެއްލާލީ ތިބާޔާ އެއުޅޭ އިމުރާނު / ސިދައިތަޔާ / އިއްލިޔާސް ދެން އެންމެ ނުބައި ކަމަނަ މަކުނުދޫދާއިރާގެ އަނާރާ މިމީހުންގެ ހުރި ނުބައި ނުލަފާކަމުން ދެންތިބޭ އަތްޖަހަން ހެހެހޭ

  19. ދިވެހި މީހާ

    ދެން އަތްޖަހާ

  20. އާދައިގެ މީހެއް

    މިގައުމުގަ އައު އިސްލާމިކް މިނިސްޓްރީއެއް ހޯދަން އިއުލާކުރަން ފެނޭ މިހާރު

  21. ކުކުޅު

    އިސްލާމިކް މިނިސްޓަރަށް އެއްޗެއް ބުނަން ނުކެރެންޏާ މޫނުފޮރުވަން މޫނުމަތީ ފޮތިގަނޑެއް އަޅައިގެން ގޭގަ އޮވޭ.

  22. އެދުރުބެ

    ލާދީނީ ވާހަކަ ދެއްކުމަކީ ވަރަށް ޕްލޭން ކުރެވިގެން އެފަދަ ވާހަކަ އެއީ ދައްކަން ކަމުދާ އާއްމު ވާހަކަތަކެއް ކަމުގައި ހެދުން. މިއީ މެދުމިނުގެ ސެކިއުލާ ގައުމަކަށް ރާއްޖެ ބަދަލް ކުރުމުގެ މައިޕްރޮގްރާމުގެ ބައިތަކެއް. ދެރަކަމަކީ ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން ބަޔަކު ވިކިފައި ވުން.

  23. ފަޓާސް

    ދެން ބާރައް އަތްޖާ

  24. Anonymous

    ޝއެިޚް މިކަހަލަ ބަޔަކައް ތައުރީފް ކުރުމަކީ ކޮންކަހަލަ ކަމެއްތޯ

  25. ޚަލީމް

    ދަރިވައްޓާލުމަކީ އިނދެގެން އުޅޭ އަންހެންމީހާއަށް ހުއްދަވެފަ ސިންގަލް އަންހެނުންނަށް ހުއްދަނުވާންވީ ސަބަބެއް ކޮބާ. ކުށަކީ ޒިނޭކުރުން ކަމަށްވާނަމަ އަދި އެކަމަށް އަދަބު ދެވޭއިރު އެންމެން ރުޅިއަންނަ ކުއްޖެއް ދުނިޔެމައްޗަށް ގެނެސް އެކުއްޖާ އިތުރަށް ނިކަމެތިކޮށް އަންހެންމީހާއާ އިތުރު ކުއްޖެއް ހަލާކު ކުރުމަށްވުރެ އެބޯޝަން ކުރުން މޮޅު.

  26. عبدالله

    އެއްވެސް މީހެއްގެ ދުލަކު ނުހިފެހެއްޓެނެއެވެ. ކޮންމެވެސް ދުވަހަކުން ހޭއަރާނެއެވެ. މިހާރު އެހުރީ ޣާފިލުކަމުގެ ނިދީގައެވެ. ޔޫރިސް ޓެސްޓްކޮށް ހަމަހޭގައި ހުރިތޯ ބަލަންޖެހޭ ޙާލަތުގައެވެ. މުސްލިމުންގެ ސަފުތަކުގެ ތެރެއިން ސަފެއްގައި ހުރެގެން ޣައިރު މުސްލިމުންގެ މައްޗަށް ބަރޯސާވާ ގޮތުގައި ނާހީކުރައްވާފައިވާ ކަންތައްތަކަށް ހިތްވަރުދީ މުޖުތަމަޢުގައި ބައިބައިވުން އުފެއްދުމަށް ކުރެވޭ މަސައްކަތް ނާކާމިޔާބު ކުރެވޭނީ ކޮންމެ މީހަކުވެސް އެމީހަކު އަދާކުރަންޖެހޭ ފަރުދީ ޒިންމާއެއް އޮންނަކަން ޤަބޫލުކޮށް ގަދައަޅައި މަސައްކަތް ކޮށްގެންނެވެ. ދެކޮޅުހެދުމާ އިންކާރު ކުރުމުގެ ތެރެއިންނެވެ.

  27. ޢަހަންމާ

    ކެލޭވެސް އަނގަ ހުޅުވާނީ ތައުބާވެފަ. ކަލެޔަށް މިއީ މިކަހަލަ ފިކުރެއް ޕްރޮމޯޓު ކުރާ ބަޔެއްކަން އެނގިހުރެ މިމީހުންނާ އެއްކޮޅަށް ޔާމީނާ ދެކޮޅަ ކެމްޕޭން ކުރީ. ކަލޭވެސް މީގެ ޒިންމާ މަހުޝަރުގައި ނަގަން ނުޖެހޭނެ އެއްވެސް ގޮތެއް ނެތް.

  28. ދިވެހި ގައުމު

    ޝޭހުންނޭކިޔާ މިވެރިކަން ގެންނަން އުޅުނު ހުރިހާ ޝެއިހުން މިކަމުގެ ޒިންމާ ނަގަންޖެހޭނެ

  29. ލޮލް

    ލާދީނީ ބުނާމީހާ 15 އަހަރަށް ޖަލަށް. ދީނަށް ފުރައްސާރަ ކުރަން ފުރުސަތު ހުޅުވާލާފަ އޮތީ މިހާރު.

  30. ޢަލީ

    ވެރިކަމުގައި ހުރީ ނަޝިދެއް ނޫން

  31. ހިތާ ހިތުގެ ގުޅުން 1

    ހަމަބުއްދި ފިލާފަ ހުރި މުނާފިގެއް ތީ ހާޑިން ހަމް އާ ވާޖިން އެއާރ ވޭގެ ވެރިޔާ އެއްޖިންސުން ގުޅުން ހިންގުމުގެ މުއްލާ މިމީހުން އެކުވެރިންކަމަށް ބަލައިގެން އުލޭ ޔަޙޫދީންގެ ބަނގުރާ ސޯލާ ސިރާ މިސްޓާ ވާކުޑޭ ބުއްޅަ ބެ ހައްޔަރު ކުރޭ!