އެމްޑީޕީ އާއި ދެކޮޅަށް ކޯލިޝަނެއް އުފައްދަން ޖޭޕީ އިން ނިންމާ އެކަން އިއުލާން ކޮށްފިއެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުމުން ޖޭޕީ މަގުމައްޗަށް ނެރެ އެއްލާލާފައި ވާތީ ޖޭޕީ އާއި ގުޅިގެން މަޖިލީހަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާއި ވާހަކަ ދައްކަން ޖޭޕީ ތައްޔާރު ކަމަށެވެ.

"ޖޭޕީއަށް މި ޖެހުނީ މިފަހަރު ވެސް ސަލާން ޖަހަން، މަޖިލީހުގެ ގޮނޑިތައް ކުރިމަތިލުމުގައި ޖޭޕީއާއެކު ގުޅިގެން މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަ ދައްކަން ޖޭޕީ ތައްޔާރުވެއްޖައީން،" ގާސިމް ވިދާޅުވި އެވެ.

މި ޓުވީޓުގެ ކުރިން ގާސިމް ވަނީ އިތުރު ޓުވީޓެއްވެސް ކުރައްވާފައެވެ. އެ ޓުވީޓެއްގައި ގާސިމް ވިދާޅުވީ، ޖޮއިންޓް ޕާލިމަންޓްރީ ގުރޫޕު އެމްޑީޕީން ރޫޅާލާނެ ކަމަށް ބުނުމުން ހައިރާން ނުވާ ކަމަށެވެ. އެއީ މިހާރު ވެސް އޮތް އެއްޗެއްތޯ ވިދާޅުވެ ގާސިމް ވަނީ ސުވާލު ވެސް އުފައްދަވާފަ އެވެ.

ގާސިމް ވިދާޅުވީ އިތުރަށް ރޫޅާކަށް މަޖިލީހަށް ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް އެމްޑީޕީއިން ނިންމީ އެއްބަސްވުމާއި، ވައުދާއި، އަހުދާއި ހިލާފުވެގެން ކަމަށެވެ.

ކޯލިޝަން ރޫޅާލާނެ ފަދަ މޭރުމަކުން ގާސިމް މިރޭ އިންޒާރު ދީފައިވާއިރު އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ މެމްބަރު އަބުދުލްލަތީފު މުހައްމަދު ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު އަނބުރާ ނަގާފައިނުވާތީ ޖޮއިންޓް ޕާލިމަންޓްރީ ގުރޫޕަށް ބުރޫ އަރާނެ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ މި ބަޔާނުގައި ލަތީފް ހުށައަޅާފައިވާ އިސްލާހަކީ ނިމިދިޔަ ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފަށް އެ މެމްބަރާ މެދު ހިންގެވި އަމަލުތަކުގެ ނަތީޖާ ކަމަށާއި، އެކަމުގެ ސަބަބުން އެހެން މީހެއްގެ ސިޔާސީ ހައްޤުތަކަކަށް އަރައިގަތުމަކީ ލަތީފް ހިންގެވި ދަށުދަރަޖައިގެ ފިނޑި އަމަލެއް ކަމަށް ވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

 1. ތަހުތު

  އެމްޑީޕީދެންލަލަލާ

  • ޙައްގުބަސް

   ރައިސް ޔާމީންގެ ސަރުކާރުން ރާއްޖެ ތަރައްގީ ކުރަމުން އައި އައުން މިއޮތީ މި ކޯޅޭޝަން ސަރުކާރާއެކު މުޅިން ވަޅުޖެހިފަ!! މުޅިން ސަކަރާތެއްނު!! ކީއްކުރާނީ މިރާއްޖޭގެ ރައްޔިތުން އެމީހުންގެ ސިކުނޑި ހުޅުވާލައިތިބެ ވިސްނާނީ ކޮންއިރަކުންބާއޭ ހިތައް އަރާ!! 2008 ގައިވެސް އެމްޑީޕީއަށް ނުވަތަ އެޕާޓީގެ ކެންޑިޑޭޓަކު ރައިސްކަމަށް ރައްޔިތުން ގެނައި ނޫންތޯ؟ ވީ ކިހިނެތްކަމާއި ހެދީ ކިހިނެތްކަން އެނގޭ ނޫންތޯ؟ 3 އަހަރު ނިމުނުއިރު ރާއްޖެއޮތީ ފުންވަޅުގަނޑެއްގެތެރޭ ނޫންތޯ؟ އެހެންވީމަ މިރާއްޖޭގެ ރައްޔިތުން ވިސްނަން ވެއްޖެނޫންތޯ؟ މިފަހުގެ ތާރީޚެއްގައި މިރާއްޖެ ނުދެކޭފަދަ ބޮޑެތި ކުރިއެރުންތަށް ހުރިހާ ދާއިރާތަކުން ރާއްޖެއަށް ރައިސް ޔާމީންގެ ފަސް އަހަރުގެ ދައުރުގައި ގެނަސް ދެއްވި! މިހާރު ދެރަވޭ އަނެއްކާވެސް ގައުމު ހަލަބޮލިވެ ތަރައްގީތައް ވަޅުޖެހި ކުރިއެރުންތައް ހުއްޓެމުންދާތަން ފެންނާތީ!!

 2. މޑޕ

  މޑޕ އަށް ވެސް ގޮޑި ހޯދުމުގެ މިނިވަން ކަން އެބައޮތެއްނޫންތޯ

 3. ހައްޤުބަސް

  ހުރިހާ ޕާޓީއެއް އެއްކޮޅަށް އެރިޔަސް މަޖިލިސް މެޖޯރިޓީ އެމްޑީޕީ ނަގާނެ.. އަސްލު ސައިޒު ފެންނާނެ ވަރަށް ސާފުކޮށް...

 4. ނަފާ

  ޕުރައިމަރީގަ ވޯޓު ލީ މީހުން ގިނަކަމުން ތަރަތަރަ ލައިގަތީ ކެތްނުވެގެން.. މެޅޭނެ މެޅޭނެ ހުރިހާއެންމެން ގުޅިގެން ނިކުތަސް މެޅޭނެ..

 5. ޖޭމްޖޭމް

  ކެނެރީގެ ނަޝީދަށް ލިބުނީ ދާއިރާގެ ވޯޓް ލާ މީހުންގެ ކުޑަ ފްރެކްޝަން އެކޭ އެއީ އެންމެ 250 މީހުންނޭ ކަން މިހެން ހުރުމުން ޖޭޕީ އާއި އަދި ޕީއެންސީ ގުޅިގެން ކޯލިޝަނެއް ހެދުން އެއީ މުހިއްމު ކަމެކޭ މިގޮތަށް މިކަން ކޮށްފިނަމަ މަމެންނަށް ޔަގީނޭ މަޖްލީހުގެ މެޖޯރިޓީ މަމެން ޕީއެންސީ އަށޭ އާއި ޖޭޕީ ގުޅިގެން އުފައްދާ ކޯލިޝަނަށް ލިބޭނެ ކަމަށް އެއިރުން އެމެން ރަންރީނދުލޭ މެން ތިބޭނީ ޖޭމްވެފައޭ ޖޭމް ޖޭމް ހިއަރ ކަމްސް ދަ ޖޭމް ބިންގޯ ބިންގޯ ޖިންގޯ ހަދާށޭ ކޯލިޝަން

 6. ާމޯޑު

  ސާބަހޭ ގާސިމު ބާރައް ކުރިއައް އެމްޑީޕީސައިޒައް ތިރިކޮއްލާތި

 7. ބިޖޫ

  ހަމަ ސާބަސް ތިހިންތިބޭނީ ދިވެހިދަރިން އައްސަރި
  ޞަހާސާބަސް ގާސިމްއައް

 8. ސާ ލެމަން

  ކޮންމެ ސަރުކާރެއްގަ ގާސިމް ތެޅެނީ މިފާާޑައް.

 9. އިބްރާ

  އެބަ ރަނގަޅުވޭ. ކަންކަން އެނގޭނީ ވިސްނައި ފިކުރުކުރާ ބަޔަކަށެވެ.

 10. ހުސޭނުބޭ

  ގައިމު އަހަރެމެން ތަސްބީހަފައްޗެއްހެން އަޑުއެހީ ކޯލިޝަން ދެމިއޮންނާނެ ވާހަކަ! މައުމޫނާއި ޖަމީލާ ރިޔާޒާ ޗާބީ ދީފައި ތިބި ބުދުތަކެއްހެން މިހާ ދުވަހު ދެއްކި ވާހަކައަކީ އެއީ. ޤާސިމްބެ އަނެއްކާ ކޯންއެއްޗެއް ހާކާލަން ތި އުޅެނީ! ކޯލިޝަންގެ ނަހަލާލު ދަރިއެއް ހޯދަނީތަ! އަންނި އެވަރަށް ނުވިހާ އޮޕަރޭޝަން ކުރާށޭ ބުނީމާވެސް!

 11. ޕަޕަޕާޕާޕާ

  ވިލިގިލި ދާއިރާގެ ޕްރައިމަރީން ދިޔާނާ ފެއިލްވީއޭ ދޯ ތަމެންނަށް ޕޮލިޓިކަލް ސައެންސްގެ އަލިފުބާ ވެސް ނޭގެނީއޭ ޕަޕަޕާޕާޕާ ޕަޕަޕާޕާޕާ ޕަޕަޕާޕާޕާ ޕަޕަޕާޕާޕާ ހޭއް ހޭއް ހޭއް

 12. ބުރުމާ ދަރި ތޮރުފާ

  ބައްޕަ ތިހެން ބުނާނެކަން މާ ކުރިންވެސް އިނގޭ. ތީ އަބަދުވެސް އެންމެ ފުރަތަމަ އޮޑީން ފުންމާލާ މީހާ ?

 13. ދަތްދޫނި

  ކޮސް ނުގޮވާސޭޓޫ! ﷲގެ ރަހުމަތުން ހަމަ ހިލާ ލާހިކެއްނޫން ތަމެން މަޖުލިހުގެ މެޖޯރިޓީ އެއް ހޯދާކަށް. ރައްޔިތުން ދެވަނަ ބަޤާވާތެއް ކުރުމުގެ ފުރުޝަތުވެސް ދެނެއް ނުދޭނެ. ރައްޔިތުން މިހާރު މި ތިބީ ވަރަށް ބޮޑަށް ރޯފިލާ ހޭވެރިކަން ވެފާ. ވ ސަލާން.

 14. ށޒދސ

  ޢަލްހަމްދުލިއްލާހި

 15. ޤާސިމް

  ޖ ޕ އަކީ ގައުމަށް މުސީބާތެއް.

  • ސުރުޚީބޭބެ

   މި ޕާޓީ ސިސްޓަމާ ކޮންމެ ޕާޓީ އަކީވެސް ބޮޑު މުސީބާތެއް

 16. ހަމަ

  އެބަރަނގަޅުވޭ އަހަރެމެން މިތިބީ ވާނުވާބަލަން ކެނެރީ ނަސީދަކީ ގައްދާރެއް މިކަން ގާސިމަށް ނޭގޭތީ ދެރައީ..

 17. ސާބަހޭ

  އެއްކަމެއްވެސް ރަނގަޅެއް ނުވާނެ ލާދީނީ އަންނި ކަނޑު ނުފައްތަނީހެއް. ބޮޑު ބާލާވެރިކަމެއް މި ގައުމަށް ލައްވާފަހުރި.

 18. ރައްޔިތު

  ގާސިމްކާ ނުކުޅެވޭޅަ..!

 19. ބުރޯ

  ލަތިފަށް ސާބަސް ގަސިމަށް ސާބަސް ފާސްކުރޭ

 20. ނުރަބޯ

  އެއްވެސް ބަޔަކު ޖޭޕީއާއި ކޯލިޝަން ހަދާނެކަމެއްނެތް. އޭނާ ހަރުތެރެއަށް އަމިއްލައަށް ގަސްދުގަ ފައި ކޮއްޕާލައިގެން ފަޔަށް ކަށިޖަހާފައެއޮތީ. ވީމާ އެކަމުގެ ވޭނާ ޖެކުޅުން އުފުލަން ބަހައްޓާ.

  • .........

   ތިވެސް ތެދެއް. އަމިއްލައަށް ބޮނޑި ބޮއިގެން އެހެރީ. ރަނގަޅު. ބަހައްޓާ.

 21. ނަމަ

  މޮޔަފުޅު ވީބާ އަނެންކާ

 22. އައިތިންކް

  އެމްޑީޕީ ދޫކޮށް، އެހެން ޕާޓީތަކާ ގުޅެން ޖޭޕީ ތައްޔާރު ވެއްޖެނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ޕީއެންސީ ގެ ހިތްސާފޭ ގާސިމް އަށް އިނގޭތޭ ތިޔާއީ މަމެން ގޯތީގެ ކުއްޖެއް ނޫންތޭ އަވަހަށް ގޯއްޗަށް އަންނަން އުޅެގަ އޯއް ޔޭއް ދިސް ކުޑް ބީ އިޓް އައި ތިންކް އައި އޭމް އިން ލަވް ވިދް ޔޫ އޯލް މައި ލޯންލީ ނައިޓްސް ސަޕްރަައިޒިންގްލީ އޯވަރ އައި ނޯ ޔޫ މިސްމީ ދަ ވޯލްޑް ޖަސްޓް ގޯސް ދިސްވޭ އައި ތިންކް އައި އޭމް އިން ލަވް ވިދް ޖޭޕީ ޔޫމަސްޓް ބީ ދެޓްވަން އޫމް ޔޭއް ޖޭޕީ އައި ނޯ ޔޫ މިސްމީ ދަވޭ ޔޫ ހަގް މީ ދަވޭ ޔޫ ލުކް އެޓްމީ އޯއް ޔޭއް ޔޫއާރ ދެޓް ވަން އައި ތިންކް އައި އޭމް އިން ލަވް ވިދް ޖޭޕީ އައި ކޭންސީ ދަ ޓޫ އޮފް އަސް ޓުގެދަރ އައިނޯ އައި އޭމް ގޮނާ ބީ ވިދްޔޫ ފޯރ އެވަރ..

 23. ޑިމޮކްރަޓިސްޓް،ރ.ވާދޫ

  މިހުރިހާދުވަހު އެމަޑީޕީވެގެން އުޅެފަ މާދަމާ ވާހަކަ ބަދަލުކުރަން ލަދުވެސް ނުގަންނާނެ އަނެއްކާ. މިކަހަލަ މީހުނަށް ރައްޔިތުން އިތުބާރުކުރާނެ ގޮތެއް މަށަށް ވިސްނަދީބަލަ. ހަމަ އެހާ ސްމޫތުކޮށް އިދިކޮޅަށް ތާއީދުކޮށްވެސް ވާހަކަދައްކާލާނެ. ސިޔާސީ މީހުނަށް އިތުބާރުނުކުރުމަށް ރައްޔިތުންނަށް ގޮވާލަން.

  • ޡާރާ

   ޢަންނިވެސް ކުނި މަހަކަށް ނުގޮވާ ވަރަށް އެއްޗެތި ގޮވި ގާސިމަށް އެކަމަކު ޔާނާ ދެކޮޅަށް.ނުކުންނަން ވީމަ ގާސިމްވަރުގެ މީހަކު ނެތިގެން ކޮނޑަށް އަތްވައްޓާލައި ގެން ތެޅިބޭލީ ވެރިކަން ލިބުނީމަ ތިމާގެ މޮޅުކަން

 24. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  މިހުރިހާ ނުބައެއްގެ އަޑީގަ ހުންނަނީ ކެނެރީގޭ އަންނި. މިކަޅޭގެ ސިޔާސީން ބޭރުކޮށްގެންނޫނި އެކަކަށްވެސް މިގައުމުގަ ހަމަޖެހުމެއް ނުލިބޭނެ. ދެރައީ މަތިފަޑީގަ ތިބި މީހުނަށް މިވަރު ނުވިސްނި މީނަގެކޮޅަށް އަރާތީ. ސިޔާސީން ސީދާ ބާކީކުރަންވީމީހެއް މީނަމީ.

 25. ހަދާހަދާ

  އެމްޑީޕީ ދޫކޮށް ޖޭޕީން ޕީއެންސީ އާއި އެކު ކޯލިޝަން ހަދާނެ ކަމަށް ރޭގައި މަމެންނަށް ހުވަފެނުން ވެސް ފެނުނޭ ކުދިންނޭ ތިން ފަހަރު ދެން ކިއެއްވެތޭ ނުހަދަންވީ ހަދާ ހަދާ ހަދާ ހިނގާ ހަދަމާ ދޯ އަވަސް ކުރަން އުޅެގަ ހަދާ ހަދާ ހަދާ އޯއް ޔޭއް ދިސް ކުޑް ބީ އިޓް އައި ތިންކް އައި އޭމް އިންލަވް ވިދް ޖޭޕީއޭ މަމެން ބުނަން ނެތީމޭ މަމެންގެ ލޯންލީ ނައިޓްސް ތައް ސަޕްރައިޒަކުން އޯވަރ ވީތޭ ކޮންކުއްޖެއްތޭ މަމެން ގޮވައިގެން ޖޭޕީ ގޯއްޗަށް ދާނީ މަމެން ގެންދަގަ ޖޭޕީ ގޯއްޗަށް ގެންދަގަ...

 26. ޞިނޮ

  ﷲ އިރާދަކުރެއްވިއްޔާ މަޖިލިހުގެ މެޖޯރިޓީއެއް

  ނުލިބޭނެ އެމް ޑީ ޕީ އަކައް

 27. test

  ގާސިމުގެ ހަލާކު އަނެެއްކާ ފެންނަށް އުޅެނީބާ

 28. ދިސްވޭއޭ

  ކޮބާ ޖޭޕީ ކުދިންނޭ މަމެން ކުރިން ވެސް ބުނީމެއް ނޫންތޭ ތިޔާ އެމްޑީޕީ އަކީ އެއީ ދުވަހަކު ވެސް ތެދެއް ހަދާނެ ބަޔެއް ނޫނޭ ކުޅަދާނަ އެއް ނޫނޭ ކޯލިޝަން ސަރުކާރެއް ހިންގަން ޖޭޕީ ފުރަތަމަ އެމެން ބޭރު ކުރީ ދެން އެމެން ބޭރު ކުރާނީ ރައީސް މައުމޫނޭ ތަމެން ބަލަން ތިބޭތީ އެއިރުންނޭ ޖޭޕީ ކުދިންނަށާއި އަދި ރައީސް މައުމޫނުގެ ކުދިންނަށް ހޭވެރިކަން ވާނީ އަދިވެސް ވަގުތު އޮތްވާ ޕީއެންސީ އަތުގައި ހިފާށޭ މަމެން މިތިބީ ޖޭޕީ ކުދިންނާއި ގުޅިގެން މަޖްލީސް އިންތިޚާބު...

 29. ދޮންބެ

  އަވަސް ކުރޭ މިފަހަރު އަސްލު ސައިޒް ފެންނާނެ
  ..

 30. ާބޮޑޭ

  ގާސިމު ވަރެއްހަމަ ނެތް އެމްޑީޕީ ބޭނުންހާ ގޮތެއް ހަދައެއް ނުލެވޭ މަޖިލިސް ބަންޑުދަށައް ލުމައްފަހު އެއުޅީ ގާސިމައް ލޮޓިދުއްވާލަން

 31. ހުސޭނު

  ގައުމައް ހަމަޖެހުމެއް އަންނާނީ ލާދީނީ ނަސީދު ގަންހިންގި ދުވަހަކުން.

 32. އަހްމަދު

  ސާބަހޭ ގާސިމްބޭ ތިކަންކުރަން މިހާރުމާލަސްވެއްޖެ މިރޭ އިބޫވެސް އެބުނީ އެމްޑީޕީއައް މެޖޯރިޓީ ލިބެންޖެހެޔޯ

 33. ޝަހީދު

  ޤައުމުގެ ޙައްޤުގައި ޤާސިމް ތިޔަނެންގެވީ ވަރަށް ރަނގަޅު ފިޔަވަޅެކެވެ. އިރާދަކުރެއްވިއްޔާ ޤާސިމާ ގުޅިގެން ޕީ.އެން.ސީ އަށް މަޖިލީހުގެ މެޖޯރިޓީ ނެގޭނެއެވެ. އެހެނީ، އެމް.ޑީ.ޕީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެއްޔާ ވެލެޒިނީ، އިބުރާ އަދި އާނިޔާގެ އިތުރުން އަންނިމެން ފާޅުގައި ލާދީނީ ފިކުރު ފެތުރުމަށް ހިތްވަރުދީ އެކަންކަމަށް މަގުފަހިކުރަން ޤާނޫނުތަކަށް ބަދަލު ގެންނާނެކަން މިހާރުވެސް ދަނީ އެވެރިންގެ ޢަމަލުތަކުން ފެންނަމުންނެވެ. ރައްޔިތުން މިކަމަށް ވިސްނަވާށެވެ.

 34. ނޫންތަ؟

  އަބަދުވެސް ޖެހޭނީ ސަލާން ޖަހަން. ފުރަތަމަވެސް އަހަރުމެން ވިސްނައި ދިނީމު ތި ރީނދޫ ބާގައި މީހުން ތިހެން ހަދާނެކަން. މިހާރު ތިއޮތީ އެތަން އައިއްސަ. އަނެއްކާވެސް އައިސް ބުނޭ މާފު ކުރާށޭ. އަބަދު ކިހިނެއް މާފު ކުރާނީވެސް.

 35. މަސްވެރިޔާ

  އޮނަރަބަލް ޤާސިމް އަކީ ޖޭޕީއަށް ސަަރުކާރެއްގެ ތެރެއިން ލިބޭ މިނިސްޓަރުންގެ ސޮލޮޓަށް ބައްލަވާނެ ބޭފުޅެއްނޫން ، އެމަނިކްފާނަށް އެއަށްވުރެ ޤައުމީ ވަންތަކަމާއި މިނިވަންކަން މުހިންމުވާނެ. އެމަނިކްފާނަކީ ވަރަށް ވިސްތޫނު ބޭފުޅެއް، އެމްޑީޕީއަށް މަޖްލިސް ލިބިއްޖެނަމަ ޤައުމު ފަނާވެ ހަލާކުވެދާނެތީ އެ ނިންމެވީ ޤައުމީ ނިންމުމެއް. މިއީ ހަމަ ބަތަލެއް.

 36. ޙައްލު

  ގާރޫނު ނެތިގޮސް ގެން ނޫނީ މިގައުމަކަށް ދުވަހަކުވެސް

  ހަމަޖެހުމެއް ނުލިބޭނެ

 37. ޖާސިމް

  ގާސިމް ތީ ގައުމުގެ ހަލާކު...ވ. ސާފުކޮށް ތިފެންނަަނީ....

 38. ޙަބަރުގެ

  ގާސިމަށްވެސް ގާސިމުގެ ޕާޓީގެ ހުރިފެންވަރަކުން ހުރިހާ ގޮނޑިއެއް ހޯދުމުގެ ފުރުސަތުއެބަ އޮތް މިކަމުގައި ބަޔަކު ގޯސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ގާސިމު ހުރިހާ ދާއިރާއަކަށް ކުރިމަތޮލާން އެމް ޑީ ޕީން ހުރަހެއް ނާޅާ ރިޔާސީ އިންތިހާބުގަ ގާސިމް އެހީތެރިވީމަ އުމުރު ހުސްވަންދެން ގާސިމު ފައިބުޑަށް ވެއްޓިގަނެގެން އުޅޭކަށް ނުޖެހޭ

 39. ސަބު

  ލާދީނީ ޕާޓީއަށް ގޮޑީގެމިނިވަންކަމެންނޫހަމައެކަނި
  ބޭނުމީ ހުރިހާބުއިންހންކެ ދިޔަލެން ހަރެންމަޑެން
  އިންސާނެން ޖަނަވާރެން މިހުރީހަންތާވެސް
  ލިބެންޖެހޭމިނިވަންކަން

 40. ހދ

  ޖޭޕީގެ ނިންމުމަށް ތާއީދުކުރަމެވެ މޑޕ އަށް
  މަޖިލިސް ނުލިބޭނެ ހުރިހާފޯމިއުލާއެއް ބޭނުން
  ޚުރަން ޖެހެއެވެ އެހެން ނޫމްނަމަ ރާއްޖެ
  އަނެއްކާވެސް ފުން ވަޅުގަޑަކަށް ވެއްޓިދާނެއެވެ
  ނަޝީދަކީ ރާއްޖޭގެ ހަލާކެވެ.

 41. އަހާށޭ

  ތެދައް ބުނަނީނަމަ ނަޝީދަކީ އަބަދުވެސް ވައުދައް ތެދުވެރި މީހެއްނޫން އަމިއްލަ އެދުންވެސް ބޮޑު މީހެއް. މިހާރު ހަޤީގަތުގައި އެމް.ޑީ.ޕީގެ ވެރިޔަކީ އިބްރާހީމް ސޯލިހު، އެކަމަކު ނަޝީދު މިތަނަނަށްވަދެ މުޅިފަނި މުކުރަނީ.

 42. ނޫރާ

  ޤާސިމްގެ ނިންމުމަށް މަރުޙަބާކިޔަން އެމްޑީޕީއަކީ ވަޢުދާ ޚިލާފުވާބައެއް

 43. ރައްޔިތުން

  އިބޫ ގެ ވެރިކަން ހަލާކު ވުމުގެ ފަނި ނަޝީދަކީ. އެއީ ވެރިކަން ދަމަހައްޓަން ނޭގޭ މިސްރާބު ނުހިފޭ ވިސްނުމެއް އޮތް އަމިއްލަ އެދުން ބޮޑުމީހެއް.